Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެަރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް

ރައީސްގެ ސްކޮލަޝިޕް ލިބޭ ދަރިވަރުންނަށް ދެން ކިޔެވޭނީ، ރައީސް ބޭނުންފުޅުވާ ދާއިރާއަކުން އެކަނި

30 މާރިޗު 2026 | ހޯމަ 14:34

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕްގައި ކިޔެވޭނީ ރާއްޖެއަށް ބޭނުންވާ ތަމްރީނުތަކުގެ ލިސްޓުގައި ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް ކަނޑައަޅައި، އެ ފުރުސަތު ހަނިކުރުމާ ގުޅިގެން ދަރިވަރުންނާއި ބެލެނިވެރިންގެ ކަންބޮޑުވުން ވަނީ އިތުރުވެފަ. މި ބަދަލާއެކު ސްކޮލަރޝިޕްގެ ޝަރުތުތަކަށް ވެސް ވަނީ ބައެއް ބަދަލުތައް ގެނެސްފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 30 މާރިޗު 2026 | ހޯމަ 14:34
އައިޔޫއެމްގެ ގްރެޖުއޭޝަންގެ ތެރެއިން

އައިޔޫއެމްގެ ގްރެޖުއޭޝަންގެ ތެރެއިން | ރައީސް އޮފީސް

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ ސްކޮލަރޝިޕްގެ ދަށުން މަތީ ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، މީގެ ފަހުން ކިޔެވޭނީ ރާއްޖޭގެ "ޓްރެއިނިންގ ނީޑްސް ރިކުއަރމަންޓް ލިސްޓުގައި" ހިމެނޭ ދާއިރާތަކުން އެކަނި ކަމަށް މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަން އިން ކަނޑައަޅައިފި އެވެ.

މިނިސްޓްރީން އާދީއްތަ ދުވަހުގެ ރޭ އާންމުކުރި އާ އުސޫލުގައިވާ ގޮތުން، ރައީސްގެ ސްކޮލަރޝިޕް ދޭނީ އެ ވަގުތަކު މިނިސްޓްރީން ޝާއިއުކޮށްފައިވާ ރާއްޖެއަށް ބޭނުންވާ ތަމްރީނުތަކުގެ ލިސްޓުގައި ހިމެނޭ ދާއިރާތަކަށް އަމާޒުކޮށްގެންނެވެ. މިއީ މީގެ ކުރިން އަމަލުކުރަމުން އައި އުސޫލަށް ގެނައި ބޮޑު ބަދަލެކެވެ. ކުރިން މި ސްކޮލަރޝިޕް ލިބޭ ދަރިވަރުންނަށް އެ ދަރިވަރަކު ބޭނުންވާ ކޮންމެ ދާއިރާއަކުން ދުނިޔޭގެ ކޮންމެ ގައުމެއްގައިވެސް ކިޔެވުމުގެ އިހުތިޔާރު އޮވެ އެވެ.

Advertisement - newsAdvertisement

އާ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ ސްކޫލްތަކުން ގްރޭޑް 12 ނިންމައި، މަތީ ސާނަވީ އިމްތިހާނުގައި ބައިވެރިވެގެން ސްކޮލަރޝިޕް ހޯދާ ދަރިވަރުންނަށް މި ފަހަރު ކިޔަވަން ބޭނުންވާ ކޮންމެ ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ދޭނެ އެވެ. ނަމަވެސް އޭގެ ފަހުން މި ފުރުސަތު ލިބޭ ދަރިވަރުން އަމަލުކުރަން ޖެހޭނީ އަލަށް އެކުލަވާލި އުސޫލަށެވެ.

މި ސްކޮލަރޝިޕްގެ ދަށުން ރާއްޖޭގެ މަރުކަޒުތަކުގައި ތައުލީމު ހާސިލްކުރާ ދަރިވަރުންނަށް، އާންމުކޮށް ކަނޑައަޅާފައިވާ ސްޓައިޕެންޑް ރޭޓުގެ އިތުރުން މަހަކު 6،000 ރުފިޔާގެ ހާއްސަ އެލަވެންސެއް ދިނުމަށް ވެސް ސަރުކާރުން ވަނީ ނިންމާފައެ ވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕް ލިބޭ ޝަރުތުތަކަށް ބަލާއިރު، މަތީ ސާނަވީ އިމްތިހާނު ނިންމާ ދަރިވަރުންގެ ތެރެއިން އޭލެވެލްގެ މަދުވެގެން އެއް މާއްދާ އިން "އޭ ސްޓަރ" ހާސިލްކުރަން ޖެހެ އެވެ. މީގެ އިތުރުން، އެޗްއެސްސީ އިމްތިހާނުގެ ދިވެއްސާއި އިސްލާމް ހިމެނޭހެން ޖުމްލަ ފަސް މާއްދާ އިން "އޭ ސްޓަރ" ހޯދަން ޖެހޭއިރު، އޯލެވެލް ނުވަތަ އެއަށްވުރެ މަތީ އިމްތިހާނަކުން އިނގިރޭސި މާއްދާއިން "ސީ" އަށް ވުރެ މަތީ ފާހެއް ލިބިފައި އޮންނަން ޖެހޭނެ ކަމަށް އުސޫލުގައިވެ އެވެ.

ރައީސްގެ ސްކޮލަރޝިޕަކީ ރާއްޖޭގެ ގިނަ ދަރިވަރުންތަކެއް އެންމެ ބޮޑު އުންމީދަކާއެކު މަސައްކަތް ކުރާ ފުރުސަތަކަށް ވާއިރު، ކިޔަވާނެ ދާއިރާ އިހުތިޔާރު ކުރުމުގެ ފުރުސަތު ހަނިކުރުމާ ގުޅިގެން ގިނަ ދަރިވަރުންނާއި ބެލެނިވެރިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ގިނަ ދަރިވަރުން ބުނަމުންދަނީ މިއީ އެ ދަރިވަރުންގެ މުސްތަގުބަލަށް އެޅުނު ހުރަހެއް ކަމަށާއި، މީގެ ސަބަބުން ކިޔެވުމަށް އޮތް ޝައުގުވެރިކަން ކުޑަވެގެންދާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ ސްކޮލަރޝިޕްމިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓް

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

05 ފެބުރުއަރީ 2017

ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި

05 ފެބުރުއަރީ 2017
ކޯޓް އަމުރެއްގެ ދަށުން އއ. ކައުންސިލްގެ ނައިބް ރައީސްގެ އިތުރުން 5 މީހުން ހައްޔަރުކޮށްފި
05 ފެބުރުއަރީ 2017

އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!

05 ފެބުރުއަރީ 2017
އައްޑޫ މަސްވެރިންނަށް އައިސް ނުލިބޭތާ ހަތަރު މަސް، އައިސް ހޯދަން ހުވަދޫ އަށް!
01 ފެބުރުއަރީ 2017

އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!

01 ފެބުރުއަރީ 2017
އީޕީއޭއަށް ލިބެން ޖެހޭ 19 މިލިއަން ރުފިޔާ ނުލިބޭ!
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
15 ޖެނުއަރީ 2017

ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް

15 ޖެނުއަރީ 2017
ރައީސްގެ ދެކަނބަލުންނަށް ތައުރީފް ކުރައްވަނީ ރުއްސަން: ނާޒިމް
14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
10 ޖެނުއަރީ 2017

ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން

10 ޖެނުއަރީ 2017
ފޭދޫ ފިނޮޅު ވިއްކާލުމުން ފުލުހުންނަށް މާލީ ފައިދާ ލިބޭނެ: ފުލުހުން
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް