Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލަލީގާ

ސްޕެނިޝް ލަލީގާ: މެސީގެ ހަތަރު ލަނޑުން އެއިބާގެ މައްޗަށް ބާސާ ކުރިހޯދައިފި

ބާސާ ވަނީ ލީގުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައި

ލީވާން އަލީ
ލީވާން އަލީ, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 23:43
ބާސާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އަދި ޕައުލީނިއޯ

ބާސާ އަށް ކުޅެމުން އަންނަ ލިއޮނެލް މެސީ އަދި ޕައުލީނިއޯ

ސްޕެނިޝް ލަލީގާގައި ލިއޮނެލް މެސީގެ ހަތަރު ލަނޑުން އެއިބާގެ މައްޗަށް ބާސެލޯނާ ކުރިހޯދައިފި އެވެ.

އަންގާރަ ދުވަހުގެ ރޭ ކުޅުނު މެޗު އެއިބާއާ ވާދަކޮށް ބާސާ މޮޅުވީ 1-6 ގެ ނަތީޖާއަކުންނެވެ.

ބާސާ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ ބާސާ އެވެ. އެގޮތުން އެޓީމުން ވަނީ 20 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ލިއޮނެލް މެސީ އެވެ.

މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ބާސާ އެވެ. އެގޮތުން 38 ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޕައުލީނިއޯ އެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން އެއިބާގެ މައްޗަށް ބާސާ ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެންވެސް މޮޅަށް ކުޅެމުންދިޔައީ ބާސާ އެވެ. އެގޮތުން 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑެނިސް ސުއަރޭޒް އެވެ.

އެހެންނަމަވެސް 57 ވަނަ މިނެޓުގައި އެއިބާ އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. އޭގެ ދެ މިނެޓު ފަހުން މެސީ ވަނީ ބާސާ އަށް އިތުރު ލަނޑެއް ކާމިޔާބުކޮށްފައެވެ.

މެސީ އޭނާގެ ހެޓްރިކް ފުރިހަމަކުރީ 62 ވަނަ މިނެޓުގައި އެވެ. މެޗު ނިމެން ތިން މިނެޓަށްވެފައިވަނިކޮށް މެސީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ބާސާގެ ހަވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. މި އަހަރު މެސީ ވަނީ ބާސާ އަށް ކުޅުނު 40 މެޗުގައި 40 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސާ ވަނީ ލީގުގައި ކުޅުނު ފަސް މެޗުވެސް ކާމިޔާބުކޮށްފައެވެ. އެޓީމު އޮތީ ލިބުނު 15 ޕޮއިންޓާއެކު ފަސް ޕޮއިންޓްގެ ލީޑަކާއެކު، ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މެޗުން ބަލިވި އެއިބާ އޮތީ ކުޅުނު ފަސް މެޗުން ލިބުނު ހަ ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 13 ވަނައިގައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

ސްޕެނިޝް ލަލީގާ: އެތުލެޓިކް ކްލަބް ބަލިކޮށް ބާސާ ލީޑު ކުޑަކޮށްފި

05 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

ޕްރިމިއާ ލީގު: ކޭންގެ ލަނޑުން ޓޮޓެންހަމް ސަލާމަތްވިއިރު، ލިވަޕޫލް ބަލިވެއްޖެ

05 ފެބުރުއަރީ 2017
ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

ވެންގާ ހަތަރު މެޗަށް ސަސްޕެންޑުކޮށް ޖޫރިމަނާކޮށްފި

28 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

ޕްރިމިއާ ލީގު: ސަންޗޭޒްގެ ލަނޑުން ބާންލީ ބަލިކޮށް އާސެނަލް ދެވަނަ އަށް

23 ޖެނުއަރީ 2017
ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

ސްޕެނިޝް ކަޕުގެ ކުއާޓާއަށް އެތުލެޓިކޯ ދަތުރުކޮށްފި

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

19 މާރިޗު
ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު
20251 އަހަރު ކުރިން
ރާއްޖެ

ޕީއެންސީގެ މަޖިލިސް މެންބަރުން މުޒާހަރާތަކުގައި ބައިވެރިވާނެ، މިވެރިކަން ވައްޓާލާނަން: މެންބަރު މައުރޫފު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟
20242 އަހަރު ކުރިން
ރިޕޯޓު

ވުޖޫދުގައި ނެތް ތަންތަނުން ވެސް ވަޒީފާ ދެނީ! މި ކަހަލަ ވެރިކަމެއް ދުށީމުތަ؟

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި
20233 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓީއޯއިން ހެޔޮ އަގުގައި ލުނބޯ ވިއްކަން ފަށައިފި

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި
20224 އަހަރު ކުރިން
ދުނިޔެ

ތުރުކީގައި ހުރި ރަޝިއާގެ މިސައިލް ސިސްޓަމްތައް ޔޫކްރެއިނަށް ދިނުމަށް އެމެރިކާއިން ހުށަހަޅައިފި

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް
20215 އަހަރު ކުރިން
ރާއްޖެ

ފިރުޝާނާއާމެދު މުޅި ދިވެހި ޤައުމު ފަޚުރުވެރިވޭ: ރައީސް

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ކިނޮޅަސް ކައުންސިލަރަކު ނިޔާވެފަައި އޮއްވާ ފެނިއްޖެ

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު
20188 އަހަރު ކުރިން
ރިޕޯޓު

ގިނަބަޔަކު ފެންކަޅިކޮށްލި މެޑަމް ނަސްރީނާގެ ހިތްވަރުގަދަ ބަސްފުޅު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު