Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަޙުމަތްތެރި ކަމުގެ މެޗު

އޮޔާޒަބަލްގެ ދެ ލަނޑާ އެކު، ސްޕެއިން އިން ސާބިއާ ބަލިކޮށްފި

މެޗުގެ ފުރަތަަމަ ހާާފުގައި ސްޕެއިން އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 މާރިޗު 2026 | ހޮނިހިރު 03:44
މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ އޮޔާޒަބަލް އުފާ ފާޅު ކުރަނީ

މެޗުގައި ލަނޑު ޖެހުމަށް ފަހު ސްޕެއިންގެ އޮޔާޒަބަލް އުފާ ފާޅު ކުރަނީ | ރޮއިޓާސް

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުން ސްޕެއިން މޮޅުވެއްޖެ އެވެ. 

ހުކުރު ދުވަހުގެ ރޭ ދަންވަރު ސާބިއާއާ ދެކޮޅަށް ކުޅުނު މެޗު ސްޕެއިން އިން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަަމަ ހާާފުގައި ސްޕެއިން އިން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު އެ ޓީމުން ޖެހީ ދެ ވަނަ ހާފުގަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 16 ވަނަ މިނެޓުގައި ސްޕެއިން އަށް ލީޑު ނަގައިދިނީ މިކޭލް އޮޔާޒަބަލް އެވެ. އެ ލަނޑު ޖަހަން އޮޔާޒަބަލް އަށް ފުރުސަތު ތަނަވަސްކޮށްދިނީ ފާމިން ލޮޕޭޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް، އޮޔާޒަބަލް ވަނީ ސްޕެއިންގެ ދެ ވަނަ ލަަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެއީ ޕައު ސުބާސީ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.

މެޗުގެ ދެ ވަނަ ހާފުގައި ވެސް ސްޕެއިން އިން ވަނީ ރަނގަޅަށް ކުޅެ ލަނޑު ޖަހަން ފުރުސަތު ތަކެއް ހޯދައިފަ އެވެ. މެޗުގައި ސްޕެއިންގެ ތިން ވަނަ ލަނޑު، މެޗުގެ 72 ވަނަ މިނެޓުގައި ޖެހީ ވިކްޓޯ މުނޯޒް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.

ބައިނަލްއަޤުވާމީ ރަޙުމަތްތެރި ކަމުގައި ސްޕެއިން އިން ދެން ކުޅޭނީ މިޞްރާ ދެކޮޅަށެވެ. މިއީ ޖޫން މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ސްޕެއިން އިން ކުޅޭ ރަޙުމަތްތެރި ކަމުގެ މެޗު ތަކެކެވެ.

ސްޕެއިން ފުޓުބޯޅަ ޓީމުސާބިއާ

އިތުރަށް ކިޔާލަން

22 ނޮވެމްބަރު 2025

ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި

22 ނޮވެމްބަރު 2025
ސާބިއާގެ ރައީސް ބޮސްނިޔާގައި "ސްނައިޕަރ ޓޫރިޒަމް" ހިންގި ކަމަށް ކުރާ ތުހުމަތު ދޮގުކުރައްވައިފި
19 އޮކްޓޯބަރު 2025

ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި

19 އޮކްޓޯބަރު 2025
ފީފާ ރޭންކިންގެ އެއް ވަނަ އަށް ސްޕެއިން ޖެހިލައިފި
12 އޮކްޓޯބަރު 2025

ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި

12 އޮކްޓޯބަރު 2025
ސްޕެއިން އިން ޖޯޖިއާގެ މައްޗަށް ވެސް ކުރި ހޯދައިފި
04 އޮކްޓޯބަރު 2025

ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް

04 އޮކްޓޯބަރު 2025
ޔަމާލް އަށް އަނިޔާވެ ކުޅުމާ ދުރަށް
08 ސެޕްޓެމްބަރު 2025

ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި

08 ސެޕްޓެމްބަރު 2025
ސްޕެއިން އިން ހަ ލަނޑުގެ މޮޅެއް ހޯދިއިރު، މެރީނޯ ހެޓްރިކް ހަދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު