Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަނަސްގެ މަރު

މެޑަމް ފާތުން ރ މީދުއަށް ވަޑައިގަތުމުން އަނަސްއަށް އިންސާފު ހޯދައިދުނުމަށް ގޮވާލާ އިހުތިޖާޖު ކޮށްފި

އިހުތިޖާޖުކުރުމުން އާއިލާއާއި މެޑަމް ބައްދަލުކުރެއްވި، އެއްވެސް ބަސްފުޅެއް ވިދާޅެއް ނުވޭ

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2017 | އަންގާރަ 13:45
އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާކުރި އިހުތިޖާޖް

އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާކުރި އިހުތިޖާޖް

ރައީސް އަބުދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބުރާހިމް ރ. މީދުއަށް ވަޑައިގަތުމުން އަނަސްއަށް އިންސާފު ހޯދައިދުނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ހަމަހިމޭންކަމުގެ އިހުތިޖާޖުކޮށްފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން މިކަން އިންތިޒާމް ކުރުމުގައި އިސްކޮށްއުޅުނު އަނަސްގެ އާއިލީ މެންބަރަކު ބުނީ، މި އިހުތިޖާޖަކީ އަނަސްގެ މަރަށް އަވަސް އިންސާފެއް ހޯދައިދިނުމަށް ގޮވާލާ އާއިލާއާއި، އެރަށުގެ ގިނަ ޒުވާނުން ގުޅިގެން ކުރިއަށް ގެންދިޔަ އެއްވުމެއް ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ބުނީ، މި އެއްވުމުގެ އެންމެ ބޮޑު ބޭނުމަކީ ރައީސްގެ އަނބިކަނބަލުންނާއި އަދި އެރަށަށް ވަޑައިގެންނެވި ސަރުކާރުގެ އިސްބޭފުޅުންގެ ސަމާލުކަމަށް މިކަން ގެނައުން ކަމަށެވެ. އަދި އެކަމުގެ ނަތީޖާއެއްގެ ގޮތުން އަނަސްގެ އާއިލާގެ ބައެއް މެންބަރުންނާއި މެޑަމް ފާތުން ބައްދަލު ކޮށްލެއްވިކަމަށް އަނަސްގެ އާއިލާގެ މެމްބަރަކު ބުންޏެވެ. އަދި އަނަސްއަށް އިންސާފު ހޯދައި ދިނުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކުން ވަރަށް ސީރިއަސްކޮށް މިކަން ތަހުގީގު ކުރަމުންދާ ކަމަށް މެޑަމްގެ ފަރާތުން ވާހަކަފުޅު ދެއްކެވި އިކޮނޮމިކް މިނިސްޓަ ސައީދު ވިދާޅުވިކަމަށް އާއިލާއިން ބުންޏެވެ. އެހެންނަމަވެސް މެޑަމް މިކަމާ އެއްވެސް ބަސްފުޅޭއް ވިދާޅުވެފައި ނުވާކަމަށް އާއިލާގެ ފަރާތުން ވާހަކަދެއްކި މީހާ ބުންޏެވެ.

މެޑަމް ފާތުމަތު އިބްރާހިމް މިހާރު ރ. އަތޮޅަށް ކުރައްވަމުންގެންދަވާ މި ދަތުރުފުޅުގައި މީދޫއަށް ވަޑާއިގަތީ އަންގާރަދުވަހުގެ ހަވީރު 4.45 ހާއިރުއެވެ. އޭރު މީދޫގެ ބަނދަރު ސަރަހައްދުގައި އަނަސްއަށް އިންސާފު ހޯދައި ދިނުމަށް ގޮވާލާ ކުރިއަށް ގެންދިޔަ ހަމަހިމޭން އިހުތިޖާޖު ދިޔައީ ކުރިއަށެވެ. އެ އިހުތިޖާޖުގައި ޒުވާނުން ތިބީ، އަނަސްއަށް އިންސާފު ހޯދައިދިނުމަށް ގޮވާލާ ޝުއއޫރުތައް ލިޔެފައިވާ ބޯޑްތަކާއި ބެނާތައް ހިފައިގެންނެވެ."ޓީޝާޓް ކުށްވެރިނުކުރޭ" "ޖަސްޓިސް ފޯ އަނަސް" ލިޔެފައިވާ ބެނާތައް ހިފައިގެން ޒުވާނުން ތިބިއިރު، އަނަސް މަރާލިލޭ ލައިގެން ހުރި ޒާތުގެ ކެމޮފްލާޖް ބޮޑު ޓީޝާޓެއް ވެސް މި އިހުތިޖާޖްގައި ޒުވާނުން ވަނީ ބޭނުން ކޮށްފައެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި މެޑަމް ފާތުމަތު އިބްރާހިމް ރ. އަތޮޅަށް ކުރައްވާ މި ދަތުރުފުޅަކީ، އިލެކްޝަންސް ކޮމިޝަނުން ހުސްވެފައިވާ ކަމަށް ކަނޑާއަޅާފައިވާ ރ. މަޑުއްވެރީ ދާއިރާގެ ބައިލެކްޝަންގެ ކެމްޕެއިނަށް ތާއީދުހޯދުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މީދޫގައި އަންގާރަދުވަހުގެ ރޭ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފައެވެ.

އަނަސް މަރާލާފައިވަނީ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސަރވިސް ސެންޓަރު ތެރޭގައި ހުއްޓަ އެވެ.

އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި ހަތަރު މީހުންގެ ގްރޫޕަކުން ތޫނު ހަތިޔާރާއެކު ލިޓަސް ސަރވިސް ސެންޓަރު ތެރެއަށް ވަދެ އަނަސްގެ ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީފައިވެއެވެ. ލިޓަސް ސަރވިސް ސެންޓަރަށް އަނަސް ދުވެފައި ގޮސް ވަދެފައި ވަނީ އެމީހުން އޭނާގެ ފަހަތުން ދުވެފައި ދިއުމުން ކަން ވީޑިއޯއިން ފެނެ އެވެ. އަނަސް އަށް ހަމަލާދިން އެންމެން ވެސް ތިބީ މާސްކް އަޅައިގެންނެވެ.

އަނަސްގެ ހަށިގަނޑުގެ 37 ތަނަކަށް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހަމަލާދިން އިރު، އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފަ އެވެ.

އަނަސްގެ މަރުގެ މައްސަލަ އާއި ގުޅިގެން ކޯޓް އަމުރެއްގެ ދަށުން މާފަންނު ދިމިޝްކް ގެ ކިޔާ ގެއަކުން، އުމުރުން 23 އަހަރުގެ ފިރިހެނަކާއި 18 އަހަރު ނުފުރޭ ފިރިހެނަކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

އަނަސްގެ މަރުގެ ތަހުގީގު ކުރިއަށްދާއިރު، އެ މައްސަލައިގެ ތަހުގީގު ކުރިއަށް ގޮސްފައިވާ ވަރާއި ގުޅޭގޮތުން ފުލުހުން ވަނީ އަނަސްގެ ބައްޕައާއި ބައްދަލުކޮށް މައުލޫމާތު ހިއްސާކޮށްފައެވެ. އެހެން ނަމަވެސް ތަހުގީގު ކުރިއަށް ގޮސްފައިވާ ވަރާގުޅޭ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް މީޑއާއަށް ފުލުހުން ހިއްސާކޮށްފައެ އްނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުންގެ އަބުރާ ބެހުނުކަމަށް ބުނެ ރާއްޖެ ޓީވީގެ 6 ނޫސްވެރިއެއްގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅައިފި

މެޑަމް ފާތުންގެ އަބުރާ ބެހުނުކަމަށް ބުނެ ރާއްޖެ ޓީވީގެ 6 ނޫސްވެރިއެއްގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅައިފި

21 މެއި 2017
ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް

ރައީސް މޮޑޭ ފުށްގަނޑަކަށް، މެޑަމް ހަލުވަން ގެންގުޅޭ ބޮލިރަވަ ފުއްތަކަކަށް މެންބަރުން ހެދީ މަސީހު: މަޚްލޫފް

26 މާރިޗު 2017
މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

މަޚްލޫފްއަށް ބޭނުންވާ އިންޖެކްޝަން ގެނެސްދިނުމަށް މެޑަމް އަރިހުން އެދިއްޖެ

21 މާރިޗު 2017
މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

މެޑަމް ފާތުން ގއ. ވިލިގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުހަބާ ކިޔުމަށް ދިއުމަށް އަންގައިފި

04 މާރިޗު 2017
ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

ރައީސް ޔާމީނާއި މެޑަމް ފާތުންއާ ގުޅޭގޮތުން ފޭސްބުކްގައި ޕޯސްޓް ކުރާތީ ޑްރައިވަރަކު ވަޒީފާއިން ވަކިކޮށްފި

20 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު