Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެ ޓީވީ

މެޑަމް ފާތުންގެ އަބުރާ ބެހުނުކަމަށް ބުނެ ރާއްޖެ ޓީވީގެ 6 ނޫސްވެރިއެއްގެ މައްސަލަ މީޑިއާ ކައުންސިލަށް ހުށަހަޅައިފި

21 މެއި 2017 | އާދީއްތަ 18:46

ދެ ނޫސްވެރިއަކަށް ދެ މައްސަލަ ހުށަހަޅާފައިވޭ

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު | 21 މެއި 2017 | އާދީއްތަ 18:46
މެޑަމް ފާތުންގެ އަބުރުފުޅާ ބެހުނުކަމަށް ބުނެ މިޑިއާ ކައުންސިލަށް މައްސަލަ ހުށަހެޅި ރާއްޖެ ޓީވީގެ 6 ނޫސްވެރިން

މެޑަމް ފާތުންގެ އަބުރުފުޅާ ބެހުނުކަމަށް ބުނެ މިޑިއާ ކައުންސިލަށް މައްސަލަ ހުށަހެޅި ރާއްޖެ ޓީވީގެ 6 ނޫސްވެރިން

ރައީސް ޢަބްދުﷲ ޔާމީންގެ އަނބިކަނބަލުން މެޑަމް ފާތިމަތު އިބްރާހީމްގެ އަބުރުފުޅާ ބެހުނުކަމަށް ބުނެ ރާއްޖެ ޓީވީގެ 6 ނޫސްވެރިއެއްގެ މައްސަލަ ރައީސް އޮފީހުން މޯލްޑިވްސް މީޑިއާ ކައުންސިލަށް ހުށަހަޅައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ކޮމިއުނިކޭޝަން އޮފިސަރ ވަކިވަކިން މައްސަލަ ހުށަހަޅާފައިވަނީ ރާއްޖެ ޓީވީގެ ނޫސްވެރިން ކަމަށްވާ ޢަލީ ޔޫސްފް، އަހްމަދު މުހްސިން، މުހައްމަދު ފަޒީން، އަޒްމޫން އަހުމަދު، މުހައްމަދު ވިސާމް އަދި ޢަބްދުﷲ ނަސީރު އިބްރާހިމްގެ މައްޗަށެވެ. އަދި ފަޒީނާއި އަޒްމޫންގެ މައްޗަށް ވަކިވަކިން ދެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ.

އެގޮތުން ރާއްޖެ ޓީވީގެ ނިއުސް ޑައިރެކްޓަރ ޢަލީ ޔޫސުފްގެ މައްޗައް މައްސަލަ ހުށަހަޅާފައިވަނީ "މެޑަމް ފާތުންގެ މަޤްބޫލުކަން އިތުރުވަނީ. ދެންވާނީ ކިހިނެތް" މިނަމުގައި އޭނާ ލިޔެފައިވާ ރިޕޯޓާ ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ އެސިސްޓެންޓް އެޑިޓަރ އަހުމަދު މުހްސިންގެ މައްޗަށް ހުށަހަޅާފައިވާ މައްސަލައަކީ "މެޑަމް ފާތުން ދެވަނަ އަދީބަށް ވެދާނެބާ" މިމައުލޫގައި އޭނާ ލިޔެފައިވާ ރިޕޯޓް ލިޔެފައިވާތީއެވެ.

ރާއްޖެ ޓީވީގެ އެސިސްޓެންޓް ނިއުސް ޑައިރެކްޓަރ ޢަބްދުﷲ ނަސީރު އިބްރާހިމާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވަނީ އޭނާ ލިޔެފައިވާ "ރެހެންދި ޚަދީޖާއަށްފަހު "ރެހެންދި ފާތުމަ" މިނަމުގައި ލިޔެފައިވާ ރިޕޯޓާ ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ އެސިސްޓެންޓް އެޑިޓަރ އަޒްމޫން އަހުމަދުގެ މައްޗަށްވެސް ދެމައްސަލައެއް ހުށަހަޅާފައިވެއެވެ. އެއީ އަޒްމޫން ލިޔެފައިވާ "މެޑަމް ފާތުން އިންތިޒާމް ކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ" މިނަމުގައި ލިޔެފައިވާ ޚަބަރާއި "ކަދުރު، ޕެނަޑޯލް،ދަބަސް، ޚިތާނު ކުރުން. މިއީ ހަމަ ފިސާރި މެޑަމެއް" މިނަމުގައި ލިޔެފައިވާ ރިޕޯޓާ ގުޅިގެންނެވެ.

ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ފަޒީނާ ގުޅޭގޮތުން ދެ މައްސަލަ ހުށަހަޅާފައިވާއިރު އެއް މައްސަލައަކީ "މެޑަމް ފާތުންގެ ކަންކަމުގައި ދައުލަތުގެ އިސްވެރިން ބައިވެރިވުން" މިނަމުގައި ލިޔެފައިވާ ރިޕޯޓެވެ. އަނެއް މައްސަލައަކީ "މެޑަމް ފާތުން ގއ ވިލިނގިއްޔަށް ވަޑައިގަންނަވާތީ ހުރިހާ މުވައްޒަފުން އެކަމަނާއަށް މަރުޙަބާ ކިއުމަށް ދިއުމަށް އަންގައިފި" މިނަމުގައި ލިޔެފައިވާ ޚަބަރު ލިޔެގެން ހުށަހަޅާފައިވާ މައްސަލައެވެ.

ރާއްޖެ ޓީވީގެ ސީނިއަރ ވީޑިއޯ ޖާރނަލިސްޓް މުހައްމަދު ވިސާމްއާ ގުޅޭގޮތުން މައްސަލަ ހުށަހަޅާފައިވަނީ "މެޑަމް ފާތުން ވަށާ ތޮވާފް ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހްލޫފް" މިނަމުގައި އޭނާ ލިޔެފައިވާ ޚަބަރުގެ ސަބަބުންނެވެ.

ވަކިވަކިން ހުށަހަޅާފައިވީނަމަވެސް މައްސަލަ ހުށަހަޅާފައިވަނީ އެއްކަމަކާ ގުޅޭގޮތުންނެވެ. އެގޮތުން މައްސަލަ ތަކުގެ ޚުލާސާގެ ގޮތުގައި ބުނެފައިވަނީ މެޑަމް ފާތިމަތު އިބްރާހީމްގެ ޙައްޤަކަށް، ނަމަކަށް އަދި އަބުރަށް ގެއްލުން ލިބޭފަދަ އެއްޗެއް ހިމެނޭކަމަށް ފާހަގަ ކުރެވުން ކަމަށެވެ. މައްސަލައިގެ ގޮތުގައި ހުށަހަޅާފައިވާ ޝަކުވާގެ ބާވަތެއްގެ ގޮތުގައި ބުނެފައިވަނީ މީހެއްގެ ޙައްޤަކަށް/ ނަމަށް/އަބުރަށް ގެއްލުން ދިނުން ކަމަށެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ރާއްޖެ ޓީވީއަށް އަންގާފައިވަނީ މިމައްސަލަތައް ރައްދުވާ ނޫސްވެރިންނަށް އެކަމާ ގުޅޭގޮތުން ޖަވާބުދާރީ ވުމުގެ 7 ދުވަހުގެ ފުރުސަތެއް ދޭ ކަމަށެވެ.

މީގެ ކުރިންވެސް ވަނީ ރާއްޖެ ޓީވީން ގެނެސްދިން ޚަބަރަކާ ގުޅިގެން ލިޔުންތެރިއަކު 50000 ރުފިޔާއިން ޖޫރިމަނާކޮށް ރާއްޖެ ޓީވީ 2 ލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. ރާއްޖެ ޓީވީން އެޖޫރިމަނާ ދެއްކި ދުވަހު ބްރޯޑްކާސްޓިންގ ކޮމިޝަނުން ވަނީ ރައީސް ޔާމީންގެ އަބުރުފުޅަށް ހުތުރުވާފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓް ކުރިކަމަށް ބުނެ ރާއްޖެ ޓީވީ އެއް މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އެފައިސާވެސް ރާއްޖެ ޓީވީން މިހާރު ވަނީ ދައްކާ ޚަލާސް ކޮށްފައެވެ.

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް

13 ފެބުރުއަރީ 2017
މެޑަމް ފާތުން ވަށާ ތޮވާފު ނުކޮށްފިނަމަ އެމީހަކު އަނދާ ހުސްވޭ: މަހުލޫފް
12 ފެބުރުއަރީ 2017

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި
10 ފެބުރުއަރީ 2017

ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު

10 ފެބުރުއަރީ 2017
ވަޒީރުންނަށް އޮފީހުގެ ރަސްމީ މަސައްކަތްތައް ނިންމުމަށް ފަހު ގެއަށް ދެވެނީ މެޑަމްގެ މަސައްކަތްތައް ނިމުމުން: ހޯމް މިނިސްޓަރު
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަށް މައުމޫނުގެ ވަރުގަދަ ރައްދެއް: އެއީ ގާނޫނު އަސާސީގައި ބުނެފައިވާ ފަދަ ބަޔާނެއް ނޫން!
02 ފެބުރުއަރީ 2017

ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި

02 ފެބުރުއަރީ 2017
ޕާކިސްތާނުގައި ހަނގުރާމަކުރި ކަމަށް ބުނެ އިތުރު މީހެއްގެ މައްޗަށް ދައުވާކޮށްފި
31 ޖެނުއަރީ 2017

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
13 ޖެނުއަރީ 2017

ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް

13 ޖެނުއަރީ 2017
ހުވަދޫ ކަނޑުން ސަބްރިންއެއް ފެނިގެން އުޅޭ ކަމަށް ބުނެ ފަތުރާ ޚަބަރަކީ ދޮގެއް: އެންއެންޑީއެފް
10 ޖެނުއަރީ 2017

މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ

10 ޖެނުއަރީ 2017
މެޑަމް ފާތުންގެ ޖަމިއްޔާއާ ކަދުރު ހަވާލުކުރީ އަވަހަށް ބެހުމަށް، ކޮރަޕްޝަނެއް ނެތް: އޭސީސީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް