Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެމެރިކާއާއި އިރާނު

މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ!

21 މާރިޗު 2026 | ހޮނިހިރު 17:38

އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އިރާނަށް ދެމުންދާ ޙަމަލާތައް މި ސަރުކާރުން ކުށްވެރި ކުރުމަށް ބަހަނާ ދައްކަމުން ދިޔަ ނަމަވެސް ސިއްދީޤު ވަނީ އިރާނުގެ ދިފާއުގައިވެސް ވާހަކަ ދައްކަވާފައި.

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 21 މާރިޗު 2026 | ހޮނިހިރު 17:38
ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީޤު

ހޯމްލޭންޑް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީޤު | ޕީއެސްއެމް

މި ސަރުކާރުގެ ހޯމްލޭންޑް ސެކިއުރިޓީ ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީޤު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޓްރަމްޕަށް ފާޑުވިދާޅުވެ ސިއްދީޤު ވާހަކަ ދައްކަވާފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅޭގޮތުން އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުތަކެއްގައެވެ. އެގޮތުން ޓްރަމްޕާއި އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ފޮޓޯއެއް ހިއްސާކުރައްވައި ސިއްދީޤު ވަނީ މީހުން ވަގަށްނަގާ މީހުންނާއި، ފޭރޭ މީހުންނާއި، ގޭންގުތަކަށް ޚަރަދުކުރާ މީހުންނާއި، ޓެރަރިސްޓުންނާއި ، ޤަތުލުޢާއްމު ހިންގާ މުޖުރިމުންނާއި، ކުޑަކުދިންނާ ޖިންސީގުޅުން ހިންގާ މީހުންނާއި، ގައުމުތައް އަޅުވެތި ކުރާ މީހުން ދުނިޔޭގެ އެހެން ގައުމުތަކަށް ބަސްބުނަން ތިބޭނަމަ، ބައިނަލްއަޤްވާމީ ގާނޫނެއް ބޭނުމެއް ނުވާނެކަން އެންމެނަށް އިނގޭނެކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ސިއްދީޤު އިތުރަށް ވިދާޅުވީ، އެމެރިކާއިން ދުނިޔޭގައި ހިންގާ ގޮށްމުށުގެ ބާރާއި ދެކޮޅަށް ތެދުވެ ބަސްބުނުމަކީ ކޮންމެ މީހަކުމެ ކުރަން ޖެހޭކަމެއް ކަމަށެވެ. އަދި ވިދާޅުވީ، ގައުމުތަކުގެ ވެރިން މެރުމަކީ އެމެރިކާއަށް "ފަތްލިޔެދީފަ އޮތް ކަމެއް ހެން" ހީވާ ކަމަށެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު ސިފަ ކުރެއްވި ގޮތުގައި ދިރިހުރުމަކީ އެމެރިކާއާ ދެކޮޅު މީހަކަށް ލިބިގެންވާ ޙައްޤެއްނޫން ކަމަށްވެސް އެމީހުން ދެކެއެވެ.

އެމެރިކާއާއި އިޒްރޭލުން އިސްވެ އޮވެ އިރާނަށް ދެމުންދާ ޙަމަލާތައް މި ސަރުކާރުން ކުށްވެރި ކުރުމަށް ބަހަނާ ދައްކަމުން ދިޔަ ނަމަވެސް ސިއްދީޤު ވަނީ އިރާނުގެ ދިފާއުގައިވެސް ވާހަކަ ދައްކަވާފައެވެ.

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

ސިއްދީޤު އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއް

އެމީހުން ނަމާދުކުރޭ. ޒަކާތް ނެރޭ. ޤުރުއާން ކިޔަވާ. ﷲގެ ހުކުމަށް ޙުކުމްކުރޭ. އެމީހުންގެ ތެރޭގައި އަހަރުމެންގެ އިޢުތިޤާދު އާ ޚިލާފް ބަޔަކު އުޅުމަކީ، މުޅިދައުލަތް ކާފަރު ކުރަންޖޭ ސަބަބެއް ނޫން.
ހޯމްލޭންޑް ސެކިއުރިޓީ  ސްޓޭޓް މިނިސްޓަރު އަހުމަދު ސިއްދީޤު

ސިއްދީޤު ވިދާޅުވީ، އީރާނުގެ ސަރުކާރަކީ މުސްލިމު ސަރުކާރެއް ކަމަށާއި، އެއީ އަނިޔާ ލިބެނުންދާ މުސްލިމުން ކަމަށެވެ.

އެމެރިކާ-ދިވެހިރާއްޖެމެދުއިރުމަތީ ސުލްހަހޯމްލޭންޑް ސެކިއުރިޓީހޯމްލޭންޑު ސެކިއުރިޓީ މިނިސްޓްރީޚާރިޖީ ގުޅުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

19 މާރިޗު 2026

މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު

19 މާރިޗު 2026
މިސަރުކާރުގެ ކޮރަޕްޝަނާއި ވައްކަމާ ގުޅިގެން ހިންދެމިނުލެވޭ، މި ނޫން ރާއްޖެއެއް ރައްޔިތުންނަށް އެމްޑީޕީން ހޯދައިދޭނެ: ޝިފާޒު
15 މާރިޗު 2026

"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"

15 މާރިޗު 2026
"އަރަބި ޤައުމުތަކުގެ ތެޔޮހޮޅިތައް ކާށިދޫ ކަނޑުން ނެރެން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން"
14 މާރިޗު 2026

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

14 މާރިޗު 2026
ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑުކަން ފާހަގަ ކުރައްވައި މިވަގުތަށް ފިޔަވަޅުތަކެއް އެޅުމަށް ރައީސް ނަޝީދު ގޮވާލައްވައިފި
13 މާރިޗު 2026

ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ

13 މާރިޗު 2026
ފްލައިޓުތަކުގެ 30% ގެއްލުމުން އެކަން ފޫބައްދަން އިންޑިއާ، ޗައިނާ އަދި ރަޝިޔާ މާކެޓުން ފްލައިޓްތައް އިތުރު ކުރަނީ
02 މާރިޗު 2026

ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު

02 މާރިޗު 2026
ތެލާއި ކާބޯތަކެއްޗަށް ދަތިކަމެއް ނާންނާނެ، އެކަން އޮތީ ހަމަޖެހިފައި: ރައީސް މުއިއްޒު
19 ޑިސެމްބަރު 2025

މިދިޔަ 1 މަހުގެ ތެރޭގައި ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ޑީޕޯޓް ކޮށްލައިފި

19 ޑިސެމްބަރު 2025
މިދިޔަ 1 މަހުގެ ތެރޭގައި ފިންގަރ ޕްރިންޓް ނުދީ ތިބި 509 ބިދޭސީން ޑީޕޯޓް ކޮށްލައިފި
02 ޑިސެމްބަރު 2025

މައުލޫމާތު ގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދޭ ފޯރަމެެއް އެމްއެންޔޫ އިން ބާއްވައިފި

02 ޑިސެމްބަރު 2025
 މައުލޫމާތު ގެ ތެދު ދޮގު ކަށަވަރުކުރާނެ ގޮތްތައް ކިޔައިދޭ ފޯރަމެެއް އެމްއެންޔޫ އިން ބާއްވައިފި
17 ނޮވެމްބަރު 2025

ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު

17 ނޮވެމްބަރު 2025
ހާރިޖީ ގުޅުން ގާއިމުކުރުމުގައި އިސްކަން ދޭނީ ދިވެހިންނަށް: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް