Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ސިނަމާލެ އާއި މާލެހިޔާ ފްލެޓް

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް މުއިއްޒު ނިންމެވި ނިންމެވުން އޭސީސީން ހުއްޓުވަން ޖެހޭ: އަލީ ހުސެއިން

އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ފައިސާ ބޭނުންކުރަންވާނީ ގާނޫނީ އޮނިގަނޑުގެ ތެރެއިން ހަމަހަމަކަމާއެކު ކަމަށްވާއިރު، ވަކި ބަޔަކަށް ފައިސާ ބެހުމަކީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ. މިފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެންޏާ އެއްހާލަތެއްގައި ތިބި ހުރިހާ އެންމެނަށް ވެސް އެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި. އަދި ވިދާޅުވީ އިންތިޚާބު ބޯމަތިވުމުން ހަމައެކަނި ސިނަމާލެ އާއި މާލޭހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތުގެ އަމަލެއް ކަމަށް.

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2026 | ބުރާސްފަތި 07:04
ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި.

ރައީސް މުހައްމަދު މުއިއްޒު ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކާ ބައްދަލުކުރައްވައި، 100،000ރ. ދެއްވަން ރިޔާސީ ގަނޑުވަރު މުލީއާގޭ ގައި ބޭއްވި ބައްދަލުވުމުގައި ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ބައިވެރިވެފައި. | އެކްސް

ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވަނިކޮށް، ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނަމަވެސް އެގޮތަށް އެކަން ނުކުރެވޭނެ ކަމަށާއި، އެމައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގުކޮށް ހުއްޓުވަން ޖެހޭ ކަމަށް  މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި އަލީ ހުސެއިން ވިދާޅުވީ، ދައުލަތުގެ ފައިސާއަކީ ރައީސުލްޖުމްހޫރިއްޔާ ހިތްޕުޅަށް އަރައިވަޑައިގަތުމުން  ހަރަދު ކުރެވޭނެ ފައިސާއެއް ނޫން ކަމަށާއި، އެއީ ދިވެހި ރައްޔިތުންގެ ފައިސާ ކަމަށެވެ. ނަމަވެސް ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެހީތެރިވާން ބޭނުންވެ، ރައީސް މުއިއްޒުގެ އަމިއްލަ ހަލާލު ފައިސާއިން ބަހާ ކަމަށްވާނަމަ މައްސަލައެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. 

Advertisement - newsAdvertisement

އަލީ ހުސެއިން ވިދާޅުވީ ދައުލަތުގެ ފައިސާ ދެވޭނީ ގާނޫނެއްގެ ތެރެއިން ކަމަށާއި، އެ މަސައްކަތް ކުރުމުގައި އަދުލުވެރިކަމާއި އިންސާފު އޮންނަން ޖެހޭ ކަމަށެވެ. 

ދައުލަތުން އެހެން ދޭ ފައިސާއަކީ ސަބްސިޑީ އެއްތޯ. އެހީތެރިކަން ފޯރުކޮށްދެވޭނީ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތީން. ކޮން ގާނޫނެއްގެ ދަށުން ކޮން ގާނޫނެއް ފާސްކޮށްގެން ތޯ ރައީސުލްޖުމްހޫރިއްޔާ އެ ދެއްވާގެން އުޅުއްވަނީ. އަނެއްކާ ދެއްވާ ކަމަށްވަންޏާ އެއް ހާލަތެއްގައި ތިބި ބަޔަކާ ގުޅޭގޮތުން އަމަލު ކުރެވެން ޖެހެނީ ވެސް އެއްގޮތަކަށް ތެދެއްތޯ. ހަމަ އެކަނި ފްލެޓުގައި އުޅޭ މީހުން ހާލުގައި އުޅެނީ ނުވަތަ ފްލެޓުތަކުގައި މައްސަލަ ޖެހިފައި ހުރީ ސިނަމާލެ ފްލެޓުތަކުގައި އުޅޭ މީހުންނެއް ނޫން. ކޮބައިތޯ ހިޔާ ފްލެޓުގައި އުޅޭ މީހުން. ކޮބައިތޯ ފަހިޔޫނިއަންގައި އުޅޭ މީހުން. 
މަޝްހޫރު ގާނޫނީ ވަކީލް އަލީ ހުސެއިން

ހިޔާ ފްލެޓުތަކުގެ ވެރީންނަށް ދެ ލައްކަ ރުފިޔާ ދެއްވާނެ ކަމަށް ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވިކަން ފާހަގަކުރައްވައި އަލީ ހުސެއިން ވިދާޅުވީ މިއަދާ ހަމައަށް އެ ފައިސާ ދީފައިނުވާ ކަމަށާއި، ކުލި ދައްކާ މުއްދަތު ދިގު ދަންމާލީ ކަމަށެވެ. އެޑްޖަސްޓްމަންޓުތައް ގެނެސް، ކުރިއަށް އޮތް 7 އަހަރު ދުވަހުގެ ކުލި ކުޑަ ކުރި ކަމަށާއި، ދައްކަން ޖެހޭ ފައިސާއިން އެންމެ އަދަދެއް ވެސް އުނި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ އެއީ ސަރުކާރުން އޮޅުވާލި އޮޅުވާލުމެއް ކަމަށެވެ. 

މީގެ އިތުރުން އަލީ ހުސެއިން ވިދާޅުވީ ފަހި ފްލެޓުތަކުގެ ވެރީންނަށް ވެސް ވަރަށް ގިނަ މައްސަލަތައް ދިމާވަމުންދާ ކަމަށާއި، ބައެއް އާއިލާތަކަށް ދިރިއުޅުން ބަދަލު ނުކުރެވިފައިވާ ކަަމަށެވެ. އަދި އަތޮޅުތެރޭގައި ވެސް ގެދޮރުގެ ދަތިކަން ކުރިމަތިވެފައިވާ އެތައް އާއިލާއެއް ތިބި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ހުސެއިން ވިދާޅުވީ މިފަދަ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެންޏާ އެއްހާލަތެއްގައި ތިބި ހުރިހާ އެންމެނަށް ވެސް އެ އެހީތެރިކަން ސަރުކާރުން ފޯރުކޮށްދޭން ޖެހޭ ކަމަށެވެ. އިންތިޚާބު ބޯމަތިވުމުން ހަމައެކަނި ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ ވެރިންނަށް އެއްލައްކަ ރުފިޔާ ދޭން ނިންމި ނިންމުމަކީ ރިޝްވަތުގެ އަމަލެއް ކަމަށާއި، އެއީ އިންތިޚާބަށް ނުފޫޒު ފޯރުވުމަށް ކުރާ މަސައްކަތެއް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އަދި ވިދާޅުވީ މިމައްސަލަ އޭސީސީން ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަން ޖެހޭ ކަމަށާއި، ކޮމިޝަންގެ މެންބަރުންގެ ޒިންމާ ނަގައި، މި އަމަލު ހުއްޓުވަން ޖެހޭ ކަމަށެވެ.

ސިނަމާލޭގެ ހަތަރު ފްލެޓާއި މާލެހިޔާގެ ދެ ފްލެޓުގައި ޖުމްލަ 161 އެޕާޓްމަންޓު ހުންނައިރު، އޭގެއިން ކޮންމެ އެޕާޓްމަންޓެއްގެ ވެރިޔަކަށް އެއް ލައްކަ ރުފިޔާ ދޭން ޖުމްލަ 16.1 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. މި މައްސަލަ އޭސީސީއަށް މިހާރު ރަސްމީކޮށް ވަނީ ހުށަހަޅާފަ އެވެ. 

ސިނަމާލެ އާއި މާލެހިޔާ ފްލެޓްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އެމަނިކުފާނުގެ ރިޔާސީ ވައުދަކަށްވާއިރު، ރައީސް މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ވެސް ސިނަމާލެ ފްލެޓްތައް ތަޅާލައި އަލުން ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ދެ ފިޔަވައްސަކަށް ބަހާލައިގެން 1500 ހައުސިން ޔުނިޓު ގާއިމު ކުރުމުގެ މަޝްރޫއުއެއް 2023 ގެ ކުރީކޮޅު މާލެ ސިޓީ ކައުންސިލުން އިއުލާން ކުރި އެވެ.  އޭރު ސިޓީ ކައުންސިލުން ޕްލޭންކުރީ ފުރަތަމަ ފިޔަވަހީގެ ދަށުން ފަސް ޓަވަރުގައި 700 ހައުސިން ޔުނިޓު ގާއިމުކުރުމަށެވެ. އަދި ދެވަނަ ފިޔަވަހީގައި އަޅާ ފަސް އިމާރާތުގައި 800 ޔުނިޓު އިމާރާތް ކުރުމަށް ވެސް އިއުލާން ކޮށްފައިވެ އެވެ. 

މިސަރުކާރަށް ދެ އަހަރަށް ވުރެ ގިނަ ދުވަސްވެގެންދާއިރު، މިކަމާ ގުޅޭ އެއްވެސް މަސައްކަތެއް ކޮށްފައިނުވެ އެވެ. 

އަލީ ހުސެއިންއޭސީސީމާލެހިޔާލޯކަލް ކައުންސިލް އިންތިހާބުސިނަމާލެސިނަމާލެ އާއި މާލެހިޔާ ފްލެޓް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފި

ރިޔާސީ އިންތިޚާބާއި މަޖިލީހުގެ އިންތިޚާބު އެއްކޮށްލުމާއި ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ފެންނަ ނުފެންނަ ވޯޓަށް ރީ-ރަޖިސްޓަރވުމުގެ ފުރުޞަތު ހުޅުވާލައިފި

18 ފެބުރުއަރީ 2026
ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

ކައުންސިލް އިންތިޚާބުގައި ތިނަދޫގެ މޭޔަރ ސައުދު އަށް ތާއީދު ކުރާތީ ވަޒީފާ އަދާ ކުރާތަން ބަދަލު ކުރި ނާބިތު ކުޅުދުއްފުށްޓަށް ފޮނުވާލީ 6 މަސް ދުވަހަށް

17 ފެބުރުއަރީ 2026
ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

ޕީއެންސީގެ ކެންޑިޑޭޓުން ބައިތިއްބައިގެން އެއްބަޔަކަށް މުއިއްޒު އެ ބަހާލީ 16 މިލިއަން ރުފިޔާ: މެމްބަރު އައްބާސް

17 ފެބުރުއަރީ 2026
އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

އިންތިޚާބު ބޯމަތިވެފައި ވަނިކޮށް، ޕީއެންސީ ކެންޑިޑޭޓުންގެ ހާޒިރުގައި ސިނަމާލެ އަދި މާލެހިޔާ ފްލެޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް އެއްލައްކަ ރުފިޔާ ދޭން މުއިއްޒު ނިންމަވައިފި

17 ފެބުރުއަރީ 2026
ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

ލޯކަލް ކައުންސިލް އިންތިހާބު ކެމްޕޭނަށް އެމްޑީޕީގެ ލީޑަރޝިޕް އަތޮޅު ތެރެއަށް

13 ފެބުރުއަރީ 2026

އަހަރުތަކުން މިއަދު

20 ފެބުރުއަރީ
ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ޖުމްލަ އާމްދަނީ ދަށަށް، މުސާރައިގެ ޚަރަދު މައްޗަށް

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟
20242 އަހަރު ކުރިން
ރިޕޯޓު

ދިހަ މިނެޓުން ދެވޭ ދެ ރަށެއްގައި އެއާޕޯޓު، ނާޖާއިޒު މަންފާއަކަށް ނުވޭތޯ؟

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

ރާއްޖޭގައި ކުޅުނު ލަންކާ ކީޕަރު ސުޖަންގެ ކަންބޮޑުވުންތައް އޮއްސާލައިފި

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ ލޭގައި މީހަކު މަރާލެވިދާނެ ފަދަ ކެމިކަލްއެއް، އެ ކެމިކަލް ލަމްހާގެ ގެއިން ފެނުނު އިންޖެކްޝަންގައި!

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ
20215 އަހަރު ކުރިން
ރިޕޯޓު

ދިވެހި ކަނޑުތައް ދިފާއުކުރުމުގެ ގާބިލު ކަމާއި ޖޯރު ދިވެހި އަސްކަރިއްޔާއަށް ލިބެންޖެހޭ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!
20197 އަހަރު ކުރިން
ރާއްޖެ

ސަދަގާތް ފައުންޑޭޝަނުން އެސްޓީއޯ އިން ނެގި ކާޑުގެ ބާވަތްތަކަށް ފައިސާ ދެއްކީ ތަހުގީގު ފެށުމުން!

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުއްލި ހާލަތެއް ނެތް، ބަންދުކޮށްފައި ތިބި އެންމެން ދޫކޮށްލަން ޕީޖީ އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު