Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރެއާލް މެޑްރިޑް

އާބެލޯ ހުރީ ހަމަޖެހިގެން، ކުރިއަށް ދާންވީ ގޮތް އިނގޭ

އާބެލޯ ބުނީ ރެއާލް އައިސް އޮތީ ކޮން ހިސާބަކުންކަން އޭނާ އަށް ވެސް، އަދި ޓީމުގެ ކުޅުންތެރިންނަށް ވެސް އިނގޭ ކަމަށް. ރެއާލް ކުޅޭ ކޮންމެ މެޗަކީ އެ ޓީމުގެ ސަޕޯޓަރުންނަށް މުހިންމު މެޗެއްކަން އިނގޭ ކަމަށާއި، ރެއާލް އިން ނަތީޖާ ނެރެން ބޭނުންވާ އެތައް ބަޔަކު ތިބޭނެކަން ވެސް އިނގޭ ކަމަށް އާބެލޯ ބުނި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 10 ފެބުރުއަރީ 2026 | އަންގާރަ 04:09
ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯ

ރެއާލްގެ ކޯޗު އަލްވާރޯ އާބެލޯ | ރޮއިޓާސް

ރެއާލް މެޑްރިޑާ އެކު ކުރިއަށް ދާންވީ ގޮތް އިނގޭ ކަމަށާއި، އޭނާ ހުރީ ވަރަށް ހަމަޖެހިގެން ކަމަށް އެ ޓީމަށް އިރުޝާދު ދެމުން އަންނަ އަލްވާރޯ އާބެލޯ ބުނެފި އެވެ. 

އޭނާ މިހެން ބުނީ ސްޕެނިޝް ލީގުގައި ވެލެންސިއާއާ ދެކޮޅަށް ރެއާލް އިން ކުޅުނު މެޗަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ، ރެއާލް އިން ވަނީ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބާސެލޯނާއާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަ ކޮށްފަ އެވެ.

އާބެލޯ ބުނީ ރެއާލް އައިސް އޮތީ ކޮން ހިސާބަކުންކަން އޭނާ އަށް ވެސް، އަދި ޓީމުގެ ކުޅުންތެރިންނަށް ވެސް އިނގޭ ކަމަށެވެ. ރެއާލް ކުޅޭ ކޮންމެ މެޗަކީ އެ ޓީމުގެ ސަޕޯޓަރުންނަށް މުހިންމު މެޗެއްކަން އިނގޭ ކަމަށާއި، ރެއާލް އިން ނަތީޖާ ނެރެން ބޭނުންވާ އެތައް ބަޔަކު ތިބޭނެކަން ވެސް އިނގޭ ކަމަށް އާބެލޯ ބުންޏެވެ.

ވެލެންސިއާއާ ދެކޮޅަށް ރެއާލްގެ ކުޅުންތެރިން ދެއްކި ކުޅުމާއި، އަދި މެޗުގެ ނަތީޖާއާ މެދު ވެސް އާބެލޯ ހިތްހަމަ ޖެހެ އެވެ. އޭނާ ބުނީ، އެއީ އެތައް ގިނަ މަސައްކަތްތަކާއި، ހިތްވަރު އަދި ސީރިއަސްކަން ދައްކައިގެން ލިބުނު ނަތީޖާއެއް ކަމަށެވެ. އެ މެޗުގެ ހުރިހާ ކަމަކަށް ބަލާއިރު، ރެއާލް އަށް މޮޅުވުން ހައްގު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އާބެލޯ ވަނީ ރެއާލް އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ އަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފަ އެވެ. އޭނާ ބުނީ އެމްބާޕޭ އަކީ ވަރަށް ހުނަރުވެރި އަދި މޮޅު ކުޅުންތެރިޔެއް ކަމަަށާއި، އެމްބާޕޭގެ ފަރާތުން ރެއާލް އަށް ގިނަ ފައިދާ ތަކެއްވާ ކަމަށެވެ. އޭނާ އަށް ފެންނަނީ ރެއާލްގައި އެމްބާޕޭ އަދިވެސް، އިތުރު ކާމިޔާބާއި، ކުރިއެރުން ހޯދާނެ މަންޒަރު ކަމަށް އާބެލޯ ބުންޏެވެ.

އާބެލޯ ހަވާލުވި ފަހުން އޭނާގެ އިރުޝާދުގެ ދަށުން ރެއާލް ވަނީ މިހާތަނަށް ހަތް މެޗު ކުޅެފަ އެވެ. އޭގެ ތެރެއިން ފަސް މެޗުން ރެއާލް މޮޅުވެފައިވާއިރު، ދެ މެޗުން ވަނީ އެއްވަރުވެފަ އެވެ. ރެއާލް ބަލިވެފައި ވަނީ ކޮޕާ ޑެލް ރޭގައި އަލްބަސެންޓޭއާ ދެކޮޅަށް ކުޅުނު މެޗާއި. ޔުއެފާ ޗެމްޕިއަންސް ލީގުގައި ބެންފީކާއާ ދެކޮޅަށް ކުޅުނު މެޗުންނެވެ.

ރެއާލް މެޑްރިޑްއަލްވާރޯ އާބެލޯ

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2026

ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި

09 ފެބުރުއަރީ 2026
ދެ ވަނަ ހާފުގައި ޖެހި ލަނޑު ތަކުން މޮޅުވެ، ރެއާލް އިން ލީގު ރޭހުގައި ވިއްދާފައި
02 ފެބުރުއަރީ 2026

އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

02 ފެބުރުއަރީ 2026
އެމްބާޕޭގެ ޕެނަލްޓީ އިން މޮޅުވެ، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
29 ޖެނުއަރީ 2026

ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް

29 ޖެނުއަރީ 2026
ބެންފީކާ އަތުން ބަލިވެ، ރެއާލް ޕްލޭ އޮފަށް
25 ޖެނުއަރީ 2026

ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި

25 ޖެނުއަރީ 2026
ވިޔަރެއާލް ބަލިކޮށް، ރެއާލް އިން އެއް ވަނަ އަށް ޖެހިލައިފި
21 ޖެނުއަރީ 2026

އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި

21 ޖެނުއަރީ 2026
އެމްބާޕޭގެ ދެ ލަނޑާ އެކު، މޮނާކޯ ބަލިކޮށް ރެއާލް ދެ ވަނައިގައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު