Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންކަމް ޓެކްސް ނުދައްކާ ފަރާތްތައް

އިންކަމް ޓެކްސް ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި

މި ފަރާތްތަކުގެ ނަން ހާމަކުރުމުގެ ކުރިން ފޯނާއި އެސްއެމްއެސް މެދުވެރިކޮށް އެކަން އަންގައި، ޓެކްސް ނުދެއްކުމުން އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް އެ އިދާރާއިން ބުނެ. މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން ބަޔާން ހުށަނާޅާ ފަރާތްތަކާ މެދު ތަފާތުކުރުމެއް ނެތި ފިޔަވަޅު އަޅާނެ ކަމަށް ބުނެ، ވީ އެންމެ އަވަހަކަށް ޓެކްސް ދެއްކުމަށް ނުވަތަ ފައިސާ ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ.

އަލީ ޝާހީން
އަލީ ޝާހީން, ރާއްޖެ އެމްވީ | 5 ފެބުރުއަރީ 2026 | ބުރާސްފަތި 01:41
މީރާގެ ޓެކްސް ދެއްކުމުގެ ފޯމްތަކުގެ ދަށުގައި 1000 ރުފިޔާ އާއި 500 ރުފިޔާގެ ނޫޓާއި ފައިސާ ފޮތިތަކެއް

މީރާގެ ޓެކްސް ދެއްކުމުގެ ފޯމްތަކުގެ ދަށުގައި 1000 ރުފިޔާ އާއި 500 ރުފިޔާގެ ނޫޓާއި ފައިސާ ފޮތިތަކެއް | ރާއްޖެއެމްވީ

ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމުގެ އުސޫލުގެ ދަށުން 2024 ވަނަ އަހަރުގެ އާމްދަނީން ޓެކުހުގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ނުދައްކާ 25 ފަރާތެއްގެ ނަން މީރާއިން އާންމުކޮށްފި އެވެ. 

މީރާއިން ބުނީ އެ ފަރާތްތަކަކީ އާމްދަނީން ޓެކުހުގެ ގޮތުގައި ނުދައްކާ އަދަދު 100،000ރ. އަށް ވުރެ އިތުރުވެފައިވާ 25 ފަރާތް ކަމަށެވެ. އަދި ޓެކުހުގެ ބަޔާން ހުށަނާޅާ އަދި ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަ ކުރާ އުސޫލުގެ ދަށުން، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގެ ކުރިން އެ ފަރާތްތަކަށް ފޯނުން ގުޅައި، ޓެކްސް ނުދައްކާ ފަރާތްތަކަށް ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި، އެ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ކިޔައިދީފައިވާނެ ކަމަށާއި، އެސްއެމްއެސްގެ ޒަރިއްޔާއިންވެސް އެ ފަރާތްތަކަށް އެ ކަން އަންގާފައިވާނެ ކަމަށް މީރާއިން ވަނީ މައުލޫމާތު ދީފަ އެވެ.

Advertisement - newsAdvertisement

ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅައިފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތުކުރުމެއްނެތި އަޅަމުންގެންދާނެކަމަށް މީރާއިން ވަނީ މައުލޫމާތު ދީފަ އެވެ.

އިންކަމް ޓެކްސް ނުދައްކާ ފަރާތްތައް:

  • އަހުމަދު ލަސާން މުހައްމަދު (ނިއު ޒީލް، ގދ. ތިނަދޫ)
  • އަލީ ޒާހިރު (ހ. އިރުވެލިގެ)
  • އަމްލޮގް ޕްރައިވެޓް ލިމިޓެޑްއެޓޮއްލޯ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • އަޒްރޯވާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސީޕްރިއާ ޕްރައިވެޓް ލިމިޓެޑް
  • ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް
  • އީއާރުއައި ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  • ފްލެކްސިންކް ޕްރައިވެޓް ލިމިޓެޑް
  • އައިއެންޑް ސީ ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް
  • އިބްރާހިމް ހަބީބް (ކުންނާރުގަސްދޮށުގެ، ނ. ހޮޅުދޫ)
  • އައިއެމްޕީ ޕްރައިވެޓް ލިމިޓެޑް
  • ޖޭ ބްރަދަރސް ލިމިޓެޑް
  • ޖާހު ޕްރައިވެޓް ލިމިޓެޑް
  • ކެއިރެޓްސޫ ޕްރައިވެޓް ލިމިޓެޑް
  • ކޭއެސްޖީ އޯވަސީސް
  • މެޕްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • އެމްއެފް ޓްރޭޑިން ހައުސް ޕްރައިވެޓް ލިމިޓެޑް
  • މުހައްމަދު ސަދާން ޖައުފަރު (ވަގުތު، ހދ. ކުޅުދުއްފުށި)
  • އޮޕްޓިމާ ހޯލްޑިންގސް ޕްރައިވެޓް ލިމިޓެޑް
  • ޕްރިސްވޯޓަރ ޕްރައިވެޓް ލިމިޓެޑް
  • ޝޮޓް ބެވަރޭޖަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ސިއެރާ ސްޓާ ޖޭވީ
  • ޓިމްބަރ ސްޓޯރު ޕްރައިވެޓް ލިމިޓެޑް
  • ޔޯމަން އެޖެންސީސް މޯލްޑިވްސް

ދައުލަތަށް ދައްކަން ޖެހި ނުދައްކައިވާ ޓެކުހާއި އެހެނިހެން ފައިސާ ހޯދުމުގެ ގޮތުން މީރާގެ އެންފޯސްމަންޓް ޕޮލިސީގެ ދަށުން އެޅުމަށް ކަނޑައަޅާފައިވާ އިތުރު ފިޔަވަޅުތައް ވެސް ތަފާތު ކުރުމެއް ނެތި އަޅަމުންދާނެ ކަމަށް މީރާއިން ބުންޏެވެ.

މިހާތަނަށް ވެސް ޓެކުހުގެ ބަޔާން ހުށަނާޅާ ފަރާތްތަކުން އެ ބަޔާންތައް ހުށަހެޅުމަށާއި ޓެކްސް ނުދައްކައިވާ ފަރާތްތަކުން ލަސްނުކޮށް ޓެކްސް ދެއްކުމަށް، ނުވަތަ، މީރާއާއެކު ޓެކްސް ދެއްކުމުގެ އެއްބަސްވުމަކަށް އައުމަށް މީރާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އާމްދަނީ ޓެކުސްއެންފޯސްމަންޓް ޕޮލިސީ

ކޮމެންޓް

އިތުރަށް ކިޔާލަން

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

މީރާއިން ޖޫން މަހު 2.63 ބިލިއަން ރުފިޔާ ބަލައިގަނެފި

13 ޖުލައި 2025
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
 "ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

"ބާރުވެރިކަމުގައި ތިބުމަށް ކުރާ އުއްމީދު ފަނާވެ ދާތަން އަނެއްކާވެސް ދެކޭނަން"

15 ޖެނުއަރީ 2017
ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

ރިޔާސީ އިންތިހާބަށް ގޮފިތަކުގެ ހިންގުން ރަނގަޅު ކުރާނަން: ހަސަން ލަތީފު

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު