Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓެކްސް ބޮޑުކުރުން

ޕަބްލިކް ފައިނޭންސް ރަނގަޅުކުރުމަށް ފިޔަވަޅު އަޅަންޖެހޭ - އަމީރު

އެތެރެއިން ކުރެވެން ހުރި ކަންކަން ކޮށްގެން މަސައްކަތްތަކެއް ކުރަންޖެހޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 އޮކްޓޯބަރު 2022 | ބުދަ 10:36
ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު

ޕަބްލިކް ފައިނޭންސް ރަނގަޅުކުރުމަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ޓެކްސް ބޮޑުކުރުމަށް ހުށަހަޅާފައިވާ ބިލާއި ގުޅޭގޮތުން ބުދަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ މުޅި މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީރު ވިދާޅުވީ ޓެކްސް ބޮޑުކުރަމަކީ ކޮންމެ ގައުމެއްގައި ވެސް ކޮންޓްރޮވާޝަލް (ނުވަތަ އެކަމާ ދެކޮޅަށް އަބަދުވެސް ބަޔަކު ތެދުވާ) ކަމެއް ކަމަށެވެ. އަދި ޓެކްސް އިތުރުކުރުމަކީ ރައްޔިތުން އަދި ވިޔަފާރި ކޮމިއުނިޓީ އިން އެދިގެން ކުރެވޭ ކަމަކަށް ނުވާނެ ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮވިޑްގެ ތެރޭގައި ދައުލަތުގެ ޕަބްލިކް ފައިނޭންސަށް ވަރަށް ބޮޑު ހިޓެއް ސަރުކާރުން ނެގި ކަމަށެވެ. ގެސްޓްހައުސްގެ ބޭފުޅުންނާއި، މަޓީގެ ބޭފުޅުންނާއި ފަތުރުވެރިކަމުގެ ދާއިރާ ތަމްސީލްކުރާ ހުރިހާ ފަރާތްތަކާއި، ޓެކްސް ބޮޑުކުރުމުގެ މައްސަލައިގައި ބައްދަލުކޮށް މަޝްވަރާ ކުރެއްވި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

Advertisement - newsAdvertisement

މިނިސްޓަރ ވިދާޅުވީ އެ ބައްދަލުވުމުގައި ޓެކްސް ބޮޑުކުރަނީ ކިހިނެއް ވެގެންތޯ ސާފުކޮށް ކިޔައިދެއްވި ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކޮވިޑާއި އެއްކޮށް ގާތްގަނޑަކަށް ޕޮޓެންޝިއަލް އާމްދަނީ އާއި އަދި 2020 އަދި 2021 ގައި ގައުމީ އުފެއްދުންތެރިކަމުން ގެއްލުނު އާމްދަނީ އާއި ޕަބްލިކް ފައިނޭންސަށް ސަރުކާރަށް ލިބެންހުރި އާމްދަނީގެ ވަރަށް ބޮޑުތަނުން މަދުވި ކަމަށެވެ. ގާތްގަނޑަކަށް ޖީޑީޕީގެ 98 ބިލިއަން ރުފިޔާ ގެއްލިފައި ހުންނާނެ ކަމަށާއި، ޕަބްލިކް ފައިނޭންސަށް 36 ބިލިއަން ރުފިޔާ ގެއްލިފައި ހުންނާނެ ކަމަށެވެ.

އެއާއެކު ވެސް ޒިންމާދާރު ސަރުކާރެއްގެ ގޮތުގައި ކައުންޓަރ ސައިކްލިކަލް ޕޮލިސީއެއްގެ ދަށުން އެޅި ފިޔަވަޅުތަކުގެ ސަބަބުން ވިޔަފާރިތައް ރަނގަޅުވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އިގްތިސާދު ކުރިއެރުމަށް ފުރުސަތު ލިބުނު ކަމަށެވެ. 2020 ގައި އިގްތިސާދު، 33.5 އިންސައްތަ ދަށަށް ދިޔަ ކަމަށާއި، 2021 ގައި އިގްތިސާދު ސީދާ ވެ ޝޭޕްޑްވި ކަމަށެވެ. އަދި 41.6 އިންސައްތަ ކުރި އެރި އިރު 2022 ވަނަ އަހަރު 13 އިންސައްތަ ކުރި އަރާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ހުށަހަޅަނީ، ކުރިން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ގިނަ ބޭފުޅުން ގަބޫލުކުރެއްވުމުން ކަމަށާއި، އެ ބައްދަލުވުމުގައި ބައެއް ބޭފުޅުން 6 މަސް އަދި އަނެއް ބޭފުޅުން 1 އަހަރު ވެސް ރަނގަޅުކަމަށް ވިދާޅުވަމުން ގެންދެވި ކަމަށެވެ.

އެއިރު ވާހަކަ ދެއްކީ މިއަހަރުގެ ޖޫންގައި އެކަންކުރަން ކަމަށާއި، މަޖިލީހަށް ބިލް ފޮނުވީ ވެސް އޮގަސްޓް މަހުގައި ކަމަށެވެ. މިހާރު ނޮވެމްބަރު މަހާ ހަމައަށް އާދެވިއްޖެ ކަމަށާއި، އެކަމަށް ބޭނުންވާ ވަގުތުވެސް ދެވިއްޖެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މީގެ އެންމެ ރަނގަޅު ގޮތަކީ ވީހާވެސް އަވަހަކަށް އެކަން ކުރެއްވުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ ކޮންޓްރޯލްގައި އޮތް އެއްޗެއް ބޭނުންކޮށްގެން އެތެރޭގެ ހުރިއެއްޗެއް ބޭނުންކޮށްގެން މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

ޖީއެސްޓީ ޓީޖީއެސްޓީފިނޭންސް މިނިސްޓަރ އިބްރާހީމް އަމީރުރައްޔިތުންގެ މަޖިލިސް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

އިބިލީހުގެ ކައިވެންޏަށް ވީ ޓެކްސީ ލައިނުގެ ޚިދުމަތް، މި ފަހަރު ބަހަނާ އަކީ ރާއްޖެއަށް ލޮނުގެ އަސަރު ކުރާތީ ވެހިކަލް މޮޑިފައި ކުރަން ޖެހުން

27 އޮކްޓޯބަރު 2025
ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

ދިވެހިންނާ ކައިވެނިކޮށްގެން ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް އާސަންދަ ދޭން ހުށަހެޅި ގަރާރު ކޮމިޓީއަށް

22 އޮކްޓޯބަރު 2025
"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

"ރައްޔިތުންނަށް ކަމެއް ކޮށްދޭކަށް ލާރިއެއް ނުހުރޭ، ޑްރޯން އެތެރެކޮށްގެން ވަގު ލާރި ހަދަން ވީމަ ލާރި ހުރޭ"

21 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

20 އެޕްރީލު
ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް
20251 އަހަރު ކުރިން
ރާއްޖެ

ބޭނުން ދީނަކަށް އުޅުމުގެ މިނިވަންކަން ދިނުމަށް ގޮވާލާ އދ އަށް ހުށަހެޅި ގަރާރަށް ރާއްޖެއިން ޖެހީ ހެޔޮ ފާހަގައެއް

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި
20242 އަހަރު ކުރިން
ރާއްޖެ

ރައްޔިތުން މަޖިލީހުގެ އިންތިޚާބުގެ ވޯޓުލުން ފަށައިފި

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ރަންތާޖު ޤުރުއާން މުބާރާތުން ވަކިވެގެންދާ ދެ ބައިވެރިން އިއުލާންކޮށްފި

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް
20224 އަހަރު ކުރިން
ލައިފް ސްޓައިލް

ޕައިނަޕަލް އަޕް ސައިޑް ޑައުން ކޭކް

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

އުއްތަމަފަނޑިޔާރު މުއުތަސިމް އަދުނާނުގެ މައިކަނބަލުން އަވަހާރަވެއްޖެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް
20197 އަހަރު ކުރިން
ދުނިޔެ

ލަންކާގައި ދިން ބޮމުގެ ހަމަލާ: ބޮންގޮއްވި މީހުން އުފުލި ވޭނު ފުލުހުންގެ ބެލުމުގެ ދަށަށް

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!
20188 އަހަރު ކުރިން
ރިޕޯޓު

ވަޒީރު އަތަށް ފިހިގަނޑު ދިނުމަކުން މާލެ ސާފެއް ނުވާނެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު