Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއުރީދޫ ދިވެހި ޕްރިމިއާ ލީގު

ކުޅުން ހުއްޓާލި މާޒިޔާއާ ގްރީންސްޓްރީޓުގެ މެޗުން މާޒިޔާ މޮޅުވިކަމަށް ނިންމައިފި

15 ސެޕްޓެމްބަރު 2017 | ހުކުރު 09:29

މީގެކުރިން އެފްއޭމްއިން ވަނީ މި މެޗުގައި ރެފްރީކަންކުރި ނިއުޝާދު ސަސްޕެންޑްކޮށްފަ

އަހްމަދު ސާއިފް ޝިޔާދް
އަހްމަދު ސާއިފް ޝިޔާދް | 15 ސެޕްޓެމްބަރު 2017 | ހުކުރު 09:29
ގްރީން ސްޓްރީޓާ މާޒިޔާ މެޗުގެ ތެރެއިން

ގްރީން ސްޓްރީޓާ މާޒިޔާ މެޗުގެ ތެރެއިން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މައްސަލަޖެހި ކުޅުން ހުއްޓާލި މާޒިޔާ އާއި ގްރީން ސްޓްރީޓް ކުޅުނު މެޗުން މާޒިޔާ މޮޅުވި ކަމަށް އެފްއޭމްއިން ނިންމައިފިއެވެ.

ރެފްރީގެ ސަބަބުން ކުޅުން ހުއްޓާލި މި މެޗާ މެދު ގޮތެއް ނިންމާފައިވަނީ މެޗް ކޮމިޝަނަރޒް ރިޕޯޓާ ރެފްރީސް ރިޕޯޓާއި އަދި މެޗުގެ ރެފްރީއާއި މެޗު ކޮމިޝަނަރު މުބާރާތުގެ ކޮމިޓީއަށް ހާޒިރުކޮށް އެފަރާތުގެ ވާހަކައަށް ރިއާޔަތްކުރުމަށް ފަހު ކަމަށް އެފްއޭމްއިން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.

މި މެޗުގައި މައްސަލަ ދިމާވާން މެދުވެރިވީ މި މެޗުގެ 51 ވަނަ މިނުޓުގައި ގްރީންގެ ބިދޭސީ ކުޅުންތެރިޔާ ސުބޯލް އިލިއާ ރެފްރީއާ ދިމާލަށް ހުތުރު އެއްޗެއް ބުނި ކަމަށް ބުނެ އޭނާއަށް ދެވަނަ ރީނދޫ ކާޑެއް ދެއްކުމާ ވިދިގެން ގްރީންގެ ކުޅުންތެރިން މިކަމާ ހިތްހަމަނުޖެހި ނުރުހުން ފާޅުކުރަމުން ދަނިކޮށް ރެފްރީ ނިއުޝާދް މެޗުގެ ކުޅުން ހުއްޓާލުމަށް ފަހު ދަނޑުން ފައިބައިގެން ދިޔުމުންނެވެ. މި މެޗުގެ ކުޅުން ފުރިހަމަ ވަގުތު ހަމަނުވަނީސް ނިންމާލާފައިވާއިރު އޭރު 1-0 ގެ ނަތީޖާއަކުން ކުރީގަ އޮތީ މާޒިޔާއެވެ.

މި މެޗުން މާޒިޔާ މޮޅުވެފައިވާކަމަށް ނިންމާފައިވާއިރު ގްރީންގެ ކޯޗު މުހައްމަދު ސޮބާހް ރާއްޖެއެމްވީއަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ގްރީންގެ ކުޅުންތެރިން ތިބީ އެހެން ރެފްރީއެއް އަރުވައިގެން މެޗުގެ ކުޅުން ކުރިޔަށް ގެންދިޔުމަށް ކަމަށާ އަދި މެޗުގެ ހަތަރު ވަނަ އޮފިޝަލެއް ހުއްޓައި ލައިންސްމަނެއް ރެފްރީއެއްގެ ގޮތުގައި އެރުވުމަކީ ގަވާއިދުތަކާ މުޅިން ހިލާފް ކަމެއް ކަމަށެވެ. ހަމައެހެންމެ ގްރީންއިން މި މެޗުގައި ރެފްރީކަން ކުރި މުހައްމަދު ނިއުޝާދާ ގުޅޭގޮތުން ދެ ފަހަރެއްގެ މަތިން އެފްއޭމަށް މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ.

މީގެކުރިން އެފްއޭމްއިން ވަނީ މި މެޗުގައި ރެފްރީކަންކުރި ނިއުޝާދު ސަސްޕެންޑްކޮށް އެ އިދާރާގެ ރެފްރީސް ޑިޕާޓްމެންޓާ ހަވާލުވެ ހުރި އަހުމަދު އަމީޒް އެ މަގާމުން ވަކިކޮށްފައެވެ.

މި މެޗާ މެދު އެފްއޭމްއިން ގޮތެއް ނިންމުމާ ވިދިގެން މާޒިޔާއަށް ވަނީ މެޗުން މޮޅުވުމުން ތިން ޕޮއިންޓާ ފައިދާ ތިން ގޯލު ލިބިފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ

17 ޖެނުއަރީ 2017
މޮޅު ކުޅުންތެރިޔަކަށް ސެންޓޭ، މޮޅު ކޯޗަކަށް ނިޒާމްބެ އަދި އުންމީދީ ކުޅުންތެރިޔަކަށް ރިޒޭ
14 ޖެނުއަރީ 2017

ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް

14 ޖެނުއަރީ 2017
ރާއްޖޭގައި ކުޅުނު ގިނަ ބިދެސީ ކުޅުންތެރިންތަކެއް ވިކްޓްރީއަށް
12 ޖެނުއަރީ 2017

ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި

12 ޖެނުއަރީ 2017
ގިނަ ކުޅުންތެރިންތަކެއް ސޮއިކޮށް، ރިލޭގެ ކޮންޓްރެކްޓް އާކޮށްފި
11 ޖެނުއަރީ 2017

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ

11 ޖެނުއަރީ 2017
ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް ރޮނާލްޑޯ
10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!

04 ޖެނުއަރީ 2017
އިސްމާއިލް އީސައާއެކު ގައުމީ ޓީމުގެ ބައެއް ކުޅުންތެރިން ވިކްޓްރީއަށް ބަދަލުވަނީ!
04 ޖެނުއަރީ 2017

އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ

04 ޖެނުއަރީ 2017
އޮޒިލްގެ ކުޅުން ނުފެންނަތާ ހަފްތާއެއް ވެއްޖެ: ވެންގާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް