Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބީ.އެލް.އެލް ފެއަރ 2017

"ބީ.އެލް.އެލް ފެއަރ 2017" މިއަދު ފަށާނެ!

15 ސެޕްޓެމްބަރު 2017 | ހުކުރު 05:13

މިފެއަރ ކުރިއަށްދާނީ އާރޓިފިޝަލް ބީޗުގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 15 ސެޕްޓެމްބަރު 2017 | ހުކުރު 05:13
ބީ.އެލް.އެލް ފެއަރ 2017 އިން ބާއްވާ ފެއަރ މިއަދު ފަށާނެ

ބީ.އެލް.އެލް ފެއަރ 2017 އިން ބާއްވާ ފެއަރ މިއަދު ފަށާނެ

"ބްރިޖް ލިޓްލް ލަރނާރސް ޕްރީސްކޫލުގެ ފެއަރ 2017" މިއަދު ފަށާނެއެވެ.

ހުކުރު ދުވަހުގެ ހަވީރު 4.00 އިން ރޭގަނޑު 11:00 އަށް އާރޓިފިޝަލް ބީޗްގައި ކުރިއަށްދާ މިފެއަރއަކީ ބްރިޖް ލިޓްލް ލަރނާރސް ޕްރީ ސްކޫލުގެ ޕީޓީއޭ އިން ކުރިއަށް ގެންދާ ފެއަރއެކެވެ.

Advertisement - newsAdvertisement

މިފެއަރގެ މައިގަނޑު މަޤްޞަދަކީ ދަރިވަރުންގެ އުނގެނުމުގެ އެކިއެކި ހަރަކާތްތައް ރާވައި ކުރިއަށް ގެންދިއުމަށް ފައިސާ ހޯދުމާއި އަދި ޕްރީސްކޫލަކީ ތަޢުލީމީ ޙަޔާތުގެ ބިންގާ އަޅާ މަރުހަލާގެ ދަރިވަރުންނަށް ޚިދުމަތްފޯރުކޮށްދޭ މާހައުލު ކަމުގައިވާތީ، ކިޔަވައިދިނުމަށް ބޭނުންވާ ޒަމާނީ ވަޞީލަތްތައް ހޯދުމުގެ އިތުރުން، ދަރިވަރުންގެ އިޖުތިމާޢީ ހަރަކާތްތަކާއި ފިޒިކަލް ހަރަކާތްތައް ތަރައްޤީކުރުމަށް ބޭނުންވާ ވަޞީލަތްތައް ހޯދުމެވެ.

މި ފެއަރގައި ކުޑަކުދިން ޝައުޤުވެރިވާފަދަ ގިނަ ހަރަކާތެއް ކުރިއަށް ގެންދާގޮތަށްވަނީ ހަމަޖެހިފައެވެ. މި ހަރަކާތްތައް ރާވާފައިވަނީ ކްލާސްތަކުގެ މެދުގައި ވާދަވެރިކަމުގެ ރޫހެއްގައި، އެކިއެކި ސްޓޯލްތަކުގައި އެކި ހަރަކާތް ކުރިއަށް ގެންދާގޮތަށެވެ.

މިގޮތުން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ފޭސް ޕެއިންޓިންގ، ހީނާފަތްއެޅުން، އޮރިގާމީ، ގާރލޭންޑް މޭކިންގ ، ކުލަޖެއްސުން، އަދި ބައުންސިންގ ކާސްލް ފަދަ ހަރަކާތްތައް ހިމެނެއެވެ.

މީގެއިތުރުން ޕިން ދަ ޓެއިލް، ފިޝިންގ، ގޮލްފް ގޭމް، ސްކޫޓީ ރޭސް، ބެލޫން އާރޓް، ކިޑްސް ޕްލޭ ކޯނަރ ފަދަ ކޮންމެ ހަރަކާތަކީ ވެސް ތުއްތު ކުދިންނަށް އަމާޒުކޮށް މިފެއާގައި ކުރިޔަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތްތަކެކެވެ.

މިއިން ކޮންމެ ހަރަކާތަކީވެސް، ހަރަކާތުގައި ބައިވެރިވާ ތުއްތު ކުދިންނަށް އިނާމު ކަނޑައެޅިފައިވާ ހަރަކާތްތަކެއް ކަމަށާއި މީގެއިތުރުން ކުޑަކުދިންނަށް ތައްޔާރުކުރެވިފައިވާ ޕޮކްޕޯން ވިއްކުމުގެ އިތުރުން، ކެންޓީނުގެ ޚިދުމަތާއި ޖަމްބްލް ސޭލްވެސް މި ފެއާގައި ކުރިޔަށް ދާނެއެވެ.

މިފަހަރުގެ ފެއަރގެ ޚާއްޞަ ކަންތައްތަކުގެ ތެރޭގައި 1438 ބޮޑުބެރު ގްރޫޕާއެކު، އޮއިވަރު ބޭންޑް އަދި ހުނަރުވެރި ޒުވާން ފަންނާނުންގެ ލަވަކިޔުން ވެސް ކުރިޔަށް ދާނެއެވެ. މިގޮތުން މި ޝޯގައި އިޝާން، އަމަން، ޝަމްވީލް، ހަމްދާން މުސީ އަދި ޖައިޝާ ފަދަ އެތައް ލަވަކިޔުންތެރިންނެއް ފެނިގެންދާނެއެވެ. މީގެއިތުރުން ތުއްތުކުދިންނަށް ޚާއްޞަކޮށް ތައްޔާރުކޮށްފައިވާ ފޮތްތަކެއް ވެސް ނެރެދިނުން މި ފެއަރގައި އޮންނާނެއެވެ.

މި ފެއަރގައި ބައިވެރިވުމަށް 5 ކޫޕަން ގަތުމުން ނަޞީބު ކޫޕަން ލިބޭގޮތަށް ހަމަޖެހިފައިވާއިރު، ކެންޓީނުން 25 ރުފިޔާއަށް ވުރެ މަތީ ޢަދަދަކަށް ތަކެތި ގަތުމުން ވެސް ނަޞީބު ކޫޕަނެއް ލިބޭނެއެވެ. ނަޞީބު ނަންބަރު ނެގުން ދެ ގަޑިއަކަށް ބަހާލާފައިވާއިރު ހަވީރު 5:45 އާއި ރޭގަނޑު 21:30 ގައި ވެސް ނަސީބު ނަންބަރު ނަގާގޮތަށް ވަނީ ހަމަޖެހިފައެވެ.

ނަޞީބުވެރި ފަރާތްތަކަށް ކަނޑައަޅާފައިވާ އިނާމްތަކުގެ ތެރޭގައި.

  • 2 އެއަރ ޓިކެޓް - ކޮރެއަން އެއަރ އިން ސްރީލަންކާ އަށް
  • 1 އެއަރ ޓިކެޓް މޯލްޑިވިއަންގެ ފަރާތުން
  • ހުދުރަންފުށި ރިޒޯޓުގެ ފަރާތުން 2 މީހެއްގެ 2 ރޭގެ ހުރުން
  • އެރިޔަދޫ ރިޒޯޓުގެ ފަރާތުން ހުށަހަޅާފައިވާ 2 މީހެއްގެ 1 ރޭގެ ހުރުން (2 ކުދިންނާއެކު)
  • ޝައިން ސެލޫންގެ ފަރާތުން 1000 ރުފިޔާގެ 2 ގިފްޓް ވައުޗަރ
  • ބްރީތު ލައިފްގެ ފަރާތުން 1 މަސްދުވަހުގެ ފިޓްނަސް ޕެކޭޖެއް
  • މާޑު ގަރާޖުން 1200 ރުފިޔާގެ 1 ސައިކަލް ސަރވިސް
  • ބާސެލޯސްގެ ފަރާތުން 4 ފުޑް ވައުޗަރ (4 މީހުންގެ ގްރޫޕް)
  • ސީ ހައުސްގެ ފަރާތުން 1 ފުޑް ވައުޗަރ 2 މީހަކަށް
  • މޫވީ ލިންކުން 500 ރުފިޔާގެ 1 ގިފްޓް ވައުޗަރ

މި ފެއަރގައި އިސްކޮށް ހަރަކާތެރިވަނީ ބީ.އެލް.އެލް ގެ ޕީޓީއޭ ގެ ހިންގާ ކޮމެޓީ އާއި ސްކޫލުގެ ބެލެނިވެރިންނެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ

13 ފެބުރުއަރީ 2017
 ރައީސް ހިންމަފުއްޓާއި ތުލުސްދޫ އަށް މިއަދު ވަޑައިގަންނަވަނީ
10 ފެބުރުއަރީ 2017

އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ

10 ފެބުރުއަރީ 2017
އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގެ ވޯޓްލުން މިއަދު ބާއްވާނީ
08 ފެބުރުއަރީ 2017

މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ

08 ފެބުރުއަރީ 2017
މިއަދުވެސް ދިވެހިން ތަހަމަލްކުރަމުން މިގެންދަނީ ބަގާވާތުގެ ހިތި ނަތީޖާ: މާރިޔާ
03 ފެބުރުއަރީ 2017

ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!

03 ފެބުރުއަރީ 2017
ރާއްޖެއެމްވީގެ އާ ވެބްސައިޓް މިއަދު އައްޑޫގައި ތައާރަފުކުރާނެ!
27 ޖެނުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ

27 ޖެނުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ ވޯޓުލުން މިއަދު ބާއްވަނީ
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
09 ޖެނުއަރީ 2017

މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ

09 ޖެނުއަރީ 2017
މާލޭގެ ގެއެއްގައި މަރުވެފައި އޮއްވާ ފެނުނު ދެމަފިރިން މިއަދު ވަޅުލަނީ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް