Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޑައިމަންޑް ޖުބިލީ ކަޕް

ފުރަތަމަ މޮޅު އަހުމަދިއްޔާ އާއި، ސީއެޗްއެސްއީ މާލެ އަށް

8 ފެބުރުއަރީ 2026 | އާދީއްތަ 04:40

ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލްގެ ޖާގަ ލިބެނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު، ތާވަލްގެ އެއް ވަނަ އާއި ދެ ވަނަ އަށް ދާ ޓީމު ތަކަށް.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 8 ފެބުރުއަރީ 2026 | އާދީއްތަ 04:40
ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، ސީއެޗްއެސްއީ މާލޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ

ވިލާއާ ދެކޮޅަށް ކުޅުނު މެޗުގައި ލަނޑު ޖެހުމަށް ފަހު، ސީއެޗްއެސްއީ މާލޭގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ | އެފްއޭއެމް

ރާއްޖޭގެ ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން، 19 އަހަރުން ދަށަށް ކުރިއަށް ގެންދާ ޑައިމަންޑް ޖުބިލީ އިންވިޓޭޝަނަލް މުބާރާތުގައި އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް އާއި، ސީއެޗްއެސްއީ މާލެ ކުޅުނު ފުރަތަމަ މެޗުން މޮޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހުގެ ހަވީރު އަހުމަދިއްޔާ ބައްދަލު ކޮށްފައި ވަނީ ސީއެޗްއެސްއީ ހުޅުމާލެއާ އެވެ. އެ މެޗު އަހުމަދިއްޔާ އިން ކާމިޔާބު ކޮށްފައި ވަނީ 6-0 ގެ ތަފާތު ބޮޑު ނަތީޖާ އަކުންނެވެ. މެޗުގައި އަހުމަދިއްޔާގެ ލަނޑުތައް ޖެހީ ހުސެއިން އާއިޝް ޢަބްދުލް ވާހިދު އާއި، މުޙައްމަދު ޒޮރޮން އަޔާޒް އާއި، އައްފާން ބިން އަޙުމަދު އަދި އަޙުމަދު އަކްލަމް ރަޝީދު އެވެ. މީގެ ތެރެއިން އަކްމަލް ވަނީ ދެ ލަނޑު ޖަހައިފަ އެވެ. އަދި އަނެއް ލަނޑަކީ ސީއެޗްއެސްއީ ހުޅުމާލާގެ މުޙައްމަދު މިޔާޒް އަޙުމަދު ރިޔާޒް އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ. 

ހޮނިހިރު ދުވަހުގެ ރޭ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލްއާ ދެކޮޅަށް ކުޅުނު މެޗު ސީއެޗްއެސްއީ މާލެ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ސީއެޗްއެސްއީ މާލެ އަށް ލީޑު ލިބުނީ ވިލާގެ ޔޫސުފް ނާމިކް އަލީ ނަސީރު އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން އަޙުމަދު ލައިތު އައްބާސް ޖެހި ލަނޑުން ވިލާ އިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. ވިލާ އަތުން ސީއެޗްއެސްއީ މާލެ މޮޅުވީ މުޙައްމަދު ސާއިމް އިބްރާހީމް ފާއިޒް ޖެހި ލަނޑުންނެވެ. 

ހަތަރު ޓީމުގެ މެދުގައި ކުރިއަށްދާ މުބާރާތުގެ ފައިނަލްގެ ޖާގަ ލިބެނީ، ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލު ކުރުމަށް ފަހު، ތާވަލްގެ އެއް ވަނަ އާއި ދެ ވަނަ އަށް ދާ ޓީމު ތަކަށެވެ. މުބާރާތުގެ މެޗުތައް ދެން އޮންނާނީ ހޯމަ ދުވަހު އެވެ. އެ ދުވަހުގެ ހަވީރު ބައްދަލު ކުރާނީ އަހުމަދިއްޔާ އާއި ވިލާ އެވެ. ހޯމަ ދުވަހުގެ ރޭ ބައްދަލު ކުރާނީ ސީއެޗްއެސްއީ ހުޅުމާލެ އާއި، ސީއެޗްއެސްއީ މާލެ އެވެ.

ޑައިމަންޑް ޖުބިލީ 19 އަހަރުން ދަށުގެ އިންވިޓޭޝަނަލް ކަޕް 2026

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ

10 ޖެނުއަރީ 2017
މާޒިޔާގެ ފުރަތަމަ ބިދޭސީ ކުޅުންތެރިޔާ އެޓީމާއި ގުޅިއްޖެ
10 ޖެނުއަރީ 2017

އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް

10 ޖެނުއަރީ 2017
އަންހެން މޮޅު ކުޅުންތެރިޔަކަށް ކާލީ ލޮއިޑް، އެންމެ މޮޅު ގޯލުގެ އެވޯޑް ފާއިޒަށް
10 ޖެނުއަރީ 2017

ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ

10 ޖެނުއަރީ 2017
ފުރަތަމަ ލެގުން ރަނގަޅު ނަތީޖާއެއް ހޯދުން މުހިއްމު: މޮރީނިއޯ
10 ޖެނުއަރީ 2017

ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް

10 ޖެނުއަރީ 2017
ދަގަނޑޭގެ ވޯޓު ރޮނާލްޑޯ އާއި ގާޑިޔޯލާ އަށް
10 ޖެނުއަރީ 2017

ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް

10 ޖެނުއަރީ 2017
ފީފާގެ މޮޅު ކޯޗްގެ އެވޯޑް ރަނިއޭރީއަށް
07 ޖެނުއަރީ 2017

އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް

07 ޖެނުއަރީ 2017
އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔަކަށްވެސް މަހުރޭޒް
07 ޖެނުއަރީ 2017

ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު

07 ޖެނުއަރީ 2017
ރާއްޖޭގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ވަރަށް އަވަހަށް ޓީމާ ގުޅޭނެ: ކާނަލް ޒިޔާދު
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ އާއި ޔުނައިޓެޑް މޮޅުވިއިރު، ސަންޑަލޭންޑުން ލިވަޕޫލް ހިފަހައްޓައިފި
04 ޖެނުއަރީ 2017

މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ

04 ޖެނުއަރީ 2017
މާލޭގައި ދިރިނޫޅެވިގެން ގިނަ އާއިލާތަކެއް އަނބުރާ ވަނީ ރަށަށް ގޮސްފަ: ޝިފާ
04 ޖެނުއަރީ 2017

ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި

04 ޖެނުއަރީ 2017
ޕްރިމިއާ ލީގު: ކޭން އާއި ޑެލެއަލީގެ ލަނޑުތަކުން ވަޓްފޯޑްގެ މައްޗަށް ޓޮޓެންހަމް ކުރިހޯދައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް