Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ ފެނަކައިގެ ކުރީގެ އެމްޑީ ސައީދު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ބޭސްފަރުވާ ކުރުމުގެ ފުރުސަތު ނުދޭތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި

28 ޖެނުއަރީ 2026 | ބުދަ 14:47

ޑޮކްޓަރުންގެ ލަފާގައި ސައީދަކީ އެކަހެރި ބަންދުގައި ބެހެއްޓޭނެ ހާލަތެއްގައި ހުރި މީހެއް ނޫން ކަމަށް ބުނެފައިވާއިރު، ފަރުވާއަށް ހުރަސް އަޅަމުން ދިއުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ. ސިއްހީ ހާލަތަށް ރިއާޔަތްކޮށް ބޭސްފަރުވާގެ ފުރުސަތު ނުދިނުމަކީ އިންސާނިއްޔަތާ ޚިލާފު ކަމެއް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވެސް ވަނީ ވިދާޅުވެފަ.

ފަޒީލް އަބްދުލް
ފަޒީލް އަބްދުލް | 28 ޖެނުއަރީ 2026 | ބުދަ 14:47
ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސަޢީދު މުހައްމަދު

ފެނަކައިގެ ކުރީގެ އެމްޑީ އަހުމަދު ސަޢީދު މުހައްމަދު | ފެނަކަ ކޯޕަރޭޝަން

‎ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑައިރެކްޓަރ އަހުމަދު ސަޢީދު މުހައްމަދުގެ ސިއްހީ ހާލަތު ގޯސްވަމުންދާއިރު، އޭނާއަށް ބޭނުންވާ އެކަށީގެންވާ ބޭސްފަރުވާގެ ފުރުސަތު ފަހިކޮށްދީފައި ނުވާތީ އާއިލާ އިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ރާއްޖެއެމްވީ އާ ވާހަކަ ދައްކަމުން ސައީދުގެ އާއިލާގެ ފަރާތުން ބުނީ އަސާސީ ބޭސްފަރުވާގެ ހައްގަކީ ކޮންމެ އިންސާނަކަށްމެ ލިބިދޭންޖެހޭ ހައްގަކަށް ވާއިރު، ސިއްހީ ހާލަތަށް ރިއާޔަތް ކޮށް ސައީދަށް ބޭނުންވާ ފަރުވާގެ ފުރުސަތު ދިނުމަށް ގޮވާލާ ކަމަށެވެ.

Advertisement - newsAdvertisement

ސައީދުގެ ސިއްޚީ ހާލަތާ މެދު ކަންބޮޑުވުން ފާޅުކޮށް އާއިލާގެ ފަރާތުން އިތުރަށް ބުނީ އިންސާނެއްގެ ދިރިހުރުމުގެ ޙައްޤަށް އުނިކަން އަންނަ ގޮތަށް ރައީސުލްޖުމްހޫރިއްޔާގެ ބާރުތައް ބޭނުންކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

ސައީދުގެ ސިއްހީ އެސެސްމެންޓްތަކުން، އޭނާއަކީ ޖަލުގެ އެކަހެރި ބަންދެއްގައި ބެހެއްޓޭނެ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހެއް ނޫންކަމާއި، އޭނާގެ ފުރާނަ އަށް ނުރައްކާވެދާނެކަން ސާފުކޮށް އެނގެން އޮތްއިރު ވެސް، ބޭސްފަރުވާ އަށް ލުއިތަކެއް ދިނުމަށް އިންކާރު ކުރުމަކީ ގަސްތުގައި ދެވޭ އަނިޔާއެއް ކަމަށް އާއިލާ އިން ދަނީ ބުނަމުންނެވެ.

މިކަމުގައި ހިއުމަން ރައިޓްސް ކޮމިޝަނާއި ކަމާބެހޭ ދައުލަތުގެ މުއައްސަސާތަކުން ޒިންމާދާރު ކަމާއެކު ފިޔަވަޅު އެޅުމަށް ވެސް އާއިލާ އިން ވަނީ ގޮވާލާފަ އެވެ.

‎މިކަމާ ގުޅޭގޮތުން ކުރީގެ ފޮރިން މިނިސްޓަރު އަދި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ސައީދަކީ ހިތުގެ ބަލިމީހަކަށްވެފައި، އޭނާއަށް ބޭނުންވާ ބޭސްފަރުވާ ރާއްޖެއިން ލިބެން ނެތް ކަމަށެވެ. ނަމަވެސް، އެ ފަރުވާ ހޯދުމަށް ރާއްޖެއިން ބޭރަށް ދިއުމުގެ ފުރުސަތުތަކަށް ތަކުރާރުކޮށް ހުރަސްއަޅަމުން ދިއުމަކީ އިންސާނިއްޔަތާ ޚިލާފު، އަދި އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝާހިދު ފާހަގަކުރެއްވި އެވެ.

‎ސައީދުގެ ސިއްހީ ހާލަތާ ގުޅޭގޮތުން ޑޮކްޓަރުން ދެއްވާފައިވާ ލަފާގައި، އޭނާއަކީ ޖަލުގައި އެކަހެރިކޮށް ބެހެއްޓޭ ފަދަ ސިއްހީ ހާލަތެއްގައި ހުރި މީހެއް ނޫން ކަމަށް ބުނެފަވީ ނަމަވެސް، އެ ފުރުސަތުތައް ބަންދުކޮށް، ބޭސްފަރުވާގެ ހައްގުން މަހުރޫމް ކުރަމުންދާ ދިއުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ.

‎ޝާހިދުގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ދައުލަތުން ރައްޔިތުންނާ މެދު އަމަލުކުރަންވާނީ އިންސާފުވެރިކަމާއި އިންސާނިއްޔަތުކަން އިސްކޮށްގެން ކަމަށެވެ.

އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރުގެ އޮފީސްފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު މުހައްމަދު ސިއްހީ އިހުމާލުއަބްދުﷲ ޝާހިދު

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

09 އޯގަސްޓު 2026

ހިރިމަރަދޫ ފަޅުކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކޮށް، އެރަށުގައި ކައުންސިލެއް އިންތިޚާބު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޑީޕީން ގޮވާލައިފި

09 އޯގަސްޓު 2026
ހިރިމަރަދޫ ފަޅުކުރަން ސަރުކާރުން ނިންމި ނިންމުން ބާތިލުކޮށް، އެރަށުގައި ކައުންސިލެއް އިންތިޚާބު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެމްޑީޕީން ގޮވާލައިފި
26 އެޕްރީލު 2026

އޭރު ސަޅި، މިހާރު ހުތުރު، ތީތި ކަޑަ!

26 އެޕްރީލު 2026
އޭރު ސަޅި، މިހާރު ހުތުރު، ތީތި ކަޑަ!
24 އެޕްރީލު 2026

ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.

24 އެޕްރީލު 2026
ސިއްހީ ނިޒާމު ފެއިލް ކޮށްލާ، ދިވެހިރައްޔިތުންގެ ފުރާނަ އަކީ ސަރުކާރުގެ ކުރިމަތީ ގައި އަގެއް ނެތް އެއްޗަކަށް ވެއްޖެ.
28 މާރިޗު 2026

ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވިކަމުގެ ތުހުމަތާއި އެކު ވެސް އިދާރާތައް ބަޔާން ނެރުމަށް ފަހު ގަދަ ނިދީގައި؟

28 މާރިޗު 2026
ދައުލަތުގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވިކަމުގެ ތުހުމަތާއި އެކު ވެސް އިދާރާތައް ބަޔާން ނެރުމަށް ފަހު ގަދަ ނިދީގައި؟
11 މާރިޗު 2026

ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!

11 މާރިޗު 2026
ޝާހިދު ރައީސް މުޢިއްޒަށް: ބިރުދެއްކުން ހުއްޓާލައްވާފަ ފަހަތައް ޖެހިވަޑައިގަންނަވާ!
01 މާރިޗު 2026

ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި

01 މާރިޗު 2026
ފެނަކާގެ ކުރީގެ އެމްޑީ ސައީދު އަށް އިންސާފުވެރި ޝަރީއަތެއް ލިބިދިނުމަށް އެމްޑީޕީން ގޮވާލައިފި
28 ފެބުރުއަރީ 2026

ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ

28 ފެބުރުއަރީ 2026
ސައީދު އަށް ނާއިންސާފް ހަރާމް ހުކުމް އިއްވިތާ 5 މަސް: އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަށީގެންވާ ބޭސްފަރުވާ ނުލިބި ލަސްވާތީ
28 ޖެނުއަރީ 2026

ސައީދުގެ ގަލަމުން: ވަގުތީ ބާރުވެރިކަމަށްޓަކައި ޝަރުޢީ ނިޒާމް ގަޑުބަޑުކޮށް، ނުރުހޭ މީހާ އަށް އަނިޔާވެރިވުމުގެ ބިރުވެރި ސަގާފަތް، މިއަދު އިޙުސާސް މި ކުރަނީ ލާ އިންސާނީ އަނިޔާވެރިކަމުގެ ދިރިހުރި މިސާލެއް

15 ޖެނުއަރީ 2026

ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް

15 ޖެނުއަރީ 2026
ޝާހިދު އެދިވަޑައިގަތީ ރައްޔިތުން ނުކުމެ ސަރުކާރު ބަލިކުރުމަށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވޯޓު ދިނުމަށް
28 ޑިސެމްބަރު 2025

ސަޢީދުގެ ގަލަމުން: އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށް ހުކުމް ކުރިތާ 3 މަސް!

28 ޑިސެމްބަރު 2025
ސަޢީދުގެ ގަލަމުން: އަނިޔާވެރި ވެރިންގެ ޝިކާރައިގެ މަޅިތަކުގައި އަޅުގަނޑު ޖައްސާ ޖަލަށް ހުކުމް ކުރިތާ 3 މަސް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް