Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުޖަޕާން

ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓުގައި ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލައިފި

ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓުގައި އަހަރުގެ ފުރަތަމަ ނީލަމުގައި 243 ކިލޯގެ ނޫ އުރަހަ ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ވިއްކާލައިފި. ކަންނެލި ގަތީ ސުޝީ ޒަންމާއީގެ އޮޕަރޭޓަރު ކިޔޮމޫރާ ކޯޕުން. ކުންފުނީގެ ރައީސް "ޓޫނާ ކިންގް" ކިޔޯޝީ ކިމޫރާ މީގެ ކުރިންވެސް ރެކޯޑް އަގުތައް ކަންނެލި ގަނެފައިވޭ.

ރާއްޖެ އެމްވީ | 5 ޖެނުއަރީ 2026 | ހޯމަ 14:20
ޓޯކިޔޯގައި ހުންނަ ސުޝީ ރެސްޓޯރެންޓެއް ގައި ކިޔޮޝީ ކިމޫރާ، 243 ކިލޯގެ ނޫ އުރަހަ ކަންނެލި ދައްކާލަނީ - ޖެނުއަރީ 5، 2026

ޓޯކިޔޯގައި ހުންނަ ސުޝީ ރެސްޓޯރެންޓެއް ގައި ކިޔޮޝީ ކިމޫރާ، 243 ކިލޯގެ ނޫ އުރަހަ ކަންނެލި ދައްކާލަނީ - ޖެނުއަރީ 5، 2026

ޓޯކިޔޯގެ ޓޮޔޯސޫ މަސް މާރުކޭޓުގައި ބޮޑު ނޫ އުރަހަ ކަންނެއްޔެއް 3.2 މިލިއަން ޑޮލަރަށް ނީލަމުގައި ވިއްކާލައިފި އެވެ.

އަހަރުގެ ފުރަތަމަ ނީލަމުގައި ހޯމަ ދުވަހު، ވިއްކާލި މިކަންނެލީގެ ބަދުދަނުގައި 243 ކިލޯ ހުއްޓެވެ. ނީލަމުން ކަންނެލި ގަތީ ކިޔޮމޫރާ ކޯޕް އިންނެވެ. މި ކުންފުންޏަކީ މަޝްހޫރު ސުޝީ ޗެއިން ސުޝީ ޒަންމާއީގެ އޮޕަރޭޓަރެވެ. މި ކުންފުނީގެ ގިނަ އައުޓްލެޓްތައް ޖަޕާނުގެ އިތުރުން އެހެން ގައުމުތަކުގައި ވެސް ހުރެ އެވެ.

"އަހަރުގެ ފުރަތަމަ ކަންނެލިން ހެޔޮ ނަސީބު ލިބޭނެ،" އެކުންފުނީގެ ރައީސް އަދި އަހަރުގެ ފުރަތަމަ ނީލަމުގައި ބޮޑެތި އަގުތައް ހުށަހަޅާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ ކުންފުނީގެ ރައީސް ކިޔޯޝީ ކިމޫރާ ބުނި ކަމަށް ކިޔޯޑޯ އިން ރިޕޯޓްކޮށްފައިވެ އެވެ. ކިމޫރާ، އަކީ "ޓޫނާ ކިންގް" ގެ ނަމުން މަޝްހޫރުވެފައިވާ ފަރާތެކެވެ.

އެފްޕީން ރިޕޯޓްކޮށްފައިވާ ގޮތުގައި،  ނީލަންކީ ފަރާތުން ނީލަމަށް ފަހު ރިޕޯޓަރުންނަށް ބުނީ އަގު ޖެހުނު މިންވަރުން ހައިރާންކަން ލިބުނު ކަމަށެވެ.

ކަންނެލި ގަތް ކިމޫރާ 2012 ގައި ނޫ އުރަހަ ކަންނެއްޔަކަށް 56.5 މިލިއަން ޔެން ދެއްކި އެވެ. އަދި 2013 ގައި 155 މިލިއަން ޔެން ގެ އަގެއް ކިޔާ މި ދެ ފަހަރަކު ވެސް ރެކޯޑެއް ވަނީ ގާއިމު ކޮށްފަ އެވެ. 2019 ގައި އޭނާ ނޫ އުރަހަ ކަންނެއްޔަކަށް 333.6 މިލިއަން ޔެން (6 މިލިއަން ޑޮލަރު) ދެއްކި އެވެ. މިއީ ވެސް ރެކޯޑް އަގެކެވެ. އެ ފަހަރު ކިޔުނު އަގަކީ މާ ބޮޑު އަގެއް ކަމަށް ރިޕޯޓަރުން ގާތު އޭރު ބުނެފައި އޮތް ނަމަވެސް، އޭނާގެ އަމިއްލަ ރެކޯޑް އޭނާ އަމިއްލަ އަށް މި ފަހަރު މި ވަނީ މުގުރާލާފަ އެވެ.

ޓޯކިޔޯގެ ޓޮޔޮސޫ މަސް މާރުކޭޓު ގައި އަހަރުގެ ފުރަތަމަ ނީލަމަކީ އާންމު ގޮތެއްގައިވެސް ބޮޑެތި އަގުތައް ހުށަހަޅާ ނީލަމެކެވެ.

ފާއިތުވި އަހަރު، ނީލަމުގެ ފުރަތަމަ ކަންނެލި 207 މިލިއަން ޔެން އަށް ގަތީ ސުޝީ ޗެއިނެއް ހިންގާ އޮނޮޑެރާ ގްރޫޕުންނެވެ.

ޓޯކިޔޯ ގެ މަސް މާރުކޭޓުތަކުގައި ނީލަން ކިޔާ މަންޒަރަކީ ފަތުރުވެރިންގެ މެދުގައި މަޝްހޫރު މަންޒަރެކެވެ. ހޯމަ ދުވަހުގެ ނީލަން، އެތަނުގެ ގަޑިން ފަތިހު 05:00 ގައި ފެށި އިރު މަންޒަރު ބަލަން އެތައް ބަޔަކު ޖަމާވެފައި ތިއްބެވެ.

މިލިއަން ޑޮލަރުގެ ކަންނެލި ގަތްތާ އިރު ކޮޅެއްގެ ތެރޭގައި ކިމޫރާގެ ސުޝީ ރެސްޓޯރަންޓްތަކުގައި ކަސްޓަމަރުންނަށް ވަނީ ކާންދީފަ އެވެ. 

ޓޮޔޯސޫ ފިޝް މާރކެޓްކިޔޯޝީ ކިމޫރާސުޝީ ޒަންމާއީކިޔޮމޫރާ ކޯޕްނޫ އުރަހަ ކަންނެލިޖަޕާން

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއް ގައި އެ ގައުމުގެ ބޮޑުވަޒީރު ސޮއި ކުރައްވައިފި

02 ޖެނުއަރީ 2026
ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއް ގައި އެ ގައުމުގެ ބޮޑުވަޒީރު ސޮއި ކުރައްވައިފި
31 ޑިސެމްބަރު 2025

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

31 ޑިސެމްބަރު 2025
ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
30 ޑިސެމްބަރު 2025

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި
03 ޑިސެމްބަރު 2025

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި
21 އޮކްޓޯބަރު 2025

ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް

21 އޮކްޓޯބަރު 2025
ސަނައޭ ޓަކައީޗީ ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ ގޮތުގައި ތާރީޚުގެ ތެރެއަށް
12 ސެޕްޓެމްބަރު 2025

ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި

12 ސެޕްޓެމްބަރު 2025
ޖަޕާނުގައި 100 އަހަރުން މަތީގެ މީހުންގެ އަދަދު ގާތްގަނޑަކަށް 100،000 އަށް އަރައި ރެކޯޑެއް ހަދައިފި
07 ސެޕްޓެމްބަރު 2025

ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި

07 ސެޕްޓެމްބަރު 2025
ޖަޕާނުގެ ބޮޑުވަޒީރު ޝިގެރު އިޝިބާ އިސްތިއުފާ ދެއްވައިފި
06 ސެޕްޓެމްބަރު 2025

ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި

06 ސެޕްޓެމްބަރު 2025
ޖަޕާނުގައި ނިޔާވި ފޮރިން މިނިސްޓްރީގެ މުވައްޒަފުގެ ހަށިގަނޑު މާލެގެނެސް ޖަނާޒާ ބާއްވައިފި
23 އޯގަސްޓު 2025

ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ

23 އޯގަސްޓު 2025
ފޮރިންމިނިސްޓްރީގެ މުވައްޒަފަކު ޖަޕާނުގައި ނިޔާވެއްޖެ
01 ޖުލައި 2025

ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ

01 ޖުލައި 2025
ކުއަޑްގެ ޚާރިޖީ ވަޒީރުން މިއަދު އެމެރިކާ ގައި ބައްދަލު ކުރައްވަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު