Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ޖަޕާން

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއް ގައި އެ ގައުމުގެ ބޮޑުވަޒީރު ސޮއި ކުރައްވައިފި

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެން މެންބަރުންގެ ނިސްބަތް އިތުރުވަމުންދާތީ، އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ގޮވާލާ ޕެޓިޝަނެއްގައި ބޮޑުވަޒީރު ސަނޭ ޓަކައިޗީ ހިމެނޭހެން 60 އަށްވުރެ ގިނަ އަންހެން މެންބަރުން ސޮއިކުރެއްވި.

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2026 | ހުކުރު 11:09
ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ސަނާއީ ޓަކައިޗީ

ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑު ވަޒީރު ސަނާއީ ޓަކައިޗީ

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ހުށަހެޅި ޕެޓިޝަނެއްގައި އެ ގައުމުގެ ބޮޑު ވަޒީރު ސޮއި ކުރައްވައިފި އެވެ.

ޖަޕާނުގެ ޤާނޫނު ހަދާ މަޖިލީހުގައި އަންހެން މެންބަރުންގެ ނިސްބަތް އިތުރުވަމުންދާތީ، އެކަމާ އެއްވަރަށް މަޖިލިސް ކުރާ ގޭގައި އަންހެނުންނަށް ޚާއްޞަ ފާޚާނާ އިތުރުކުރުމަށް ގޮވާލާ ހުށަހެޅި ޕެޓިޝަނެއްގައި، ބޮޑުވަޒީރު ސަނޭ ޓަކައިޗީ ހިމެނިވަޑައިގަންނަވާހެން 60 އަށްވުރެ ގިނަ އަންހެން މެންބަރުން ވަނީ ސޮއިކުރައްވާފައެވެ.

2024 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ބޭއްވި އިންތިޚާބުގައި، 465 ގޮނޑި ހިމެނޭ ތިރީގެއަށް ރެކޯޑު އަދަދަކަށް އަންހެނުން ވަނީ އިންތިޚާބުވެފައެވެ. އެއީ ޖުމްލަ 73 އަންހެން މެންބަރުންނެވެ. މީގެ ކުރިން އެންމެ ގިނައިން އަންހެން މެންބަރުން އިންތިޚާބުވީ 2009 ވަނަ އަހަރުއެވެ. އެއީ 54 މެންބަރުންނެވެ.

އިދިކޮޅު މެންބަރެއް ކަމަށްވާ ޔަސުކޯ ކޮމިޔާމާ ވިދާޅުވި ގޮތުގައި، މަޖިލީހުގެ ޖަލްސާތައް ފެށުމުގެ ކުރިން ފާޚާނާ ކައިރީގައި ވަރަށް ދިގު ކިއޫތައް އޮވެއެވެ. އަދި ޖަލްސާ ފެށުމުގެ ކުރިން ފާޚާނާއަށް ދިއުމުގެ އުންމީދު ބައެއް މެންބަރުން ދޫކޮށްލަން ޖެހޭ ހާލަތްތައް އަންނަ ކަމަށްވެސް އެހެން މެންބަރަކާ ޙަވާލާދީ އޭނާ ފާހަގަކުރެއްވިއެވެ.

މަޖިލިސް ކުރާ މާލަން ކައިރީގައި ހުންނަނީ އެންމެ ދެ ކޮޓަރި ހިމެނޭ އެންމެ ފާޚާނާއެކެވެ. މުޅި އިމާރާތުގައި އަންހެނުންނަށް ޚާއްޞަ 9 ފާޚާނާ ހުރި ނަމަވެސް، ފިރިހެނުންނަށް ޚާއްޞަ 12 ފާޚާނާގައި ޖުމްލަ 67 ފާޚާނާ ކޮޓަރިއާއި ކުޑަކަމުދާ ތަންތަން ހުރެއެވެ.

އިދިކޮޅު ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީގެ މެންބަރު ކޮމިޔާމާ އިތުރަށް ވިދާޅުވީ، މަޖިލީހުގެ މުވައްޒަފުންނާއި ޒިޔާރަތްކުރާ މީހުންވެސް ބޭނުންކުރަން ޖެހެނީ ހަމަ މި މަދު ފާޚާނާތައް ކަމަށްވާތީ ވަރަށް ދަތިވާ ކަމަށެވެ. 

ޖަޕާނުގެ މަޖިލިސް އިމާރާތަކީ 1936 ވަނަ އަހަރު ބިނާކޮށްފައިވާ ތަނެކެވެ. އެއީ އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ލިބުމުގެ 10 އަހަރު ކުރިއެވެ. އަންހެނުންނަށް ވޯޓުލުމުގެ ޙައްޤު ލިބުނީ 1945 ގައެވެ. އަދި ފުރަތަމަ ފަހަރަށް އަންހެން މެންބަރުން މަޖިލީހަށް އިންތިޚާބުވީ 1946 ގައެވެ.

މި އިމާރާތަކީ ތިން ބުރިއަށް ހަދާފައިވާ ވަރަށް ބޮޑު އިމާރާތެކެވެ. އިމާރާތުގެ މެދުތެރެއިން 9 ބުރިއަށް އުސްކޮށް ހުރި އިރު، މުޅި އިމާރާތުގެ ބޮޑުމިނަކީ ގާތްގަނޑަކަށް ދެ ފުޓުބޯޅަ ދަނޑުގެ ބޮޑުމިނެވެ.

ޖަޕާނު ސަރުކާރުން ކުރިން އަމާޒު ހިފީ 2020 ވަނަ އަހަރުގެ ނިޔަލަށް ހުރިހާ ދާއިރާއަކުންވެސް އިސް މަޤާމުތަކުގެ 30 އިންސައްތައަކީ އަންހެނުން ކަމުގައި ހެދުމަށެވެ. ނަމަވެސް އެ އަމާޒަށް ނުފޯރުމުން، މިހާރު ވަނީ އެ މުއްދަތު އިތުރު 10 އަހަރަށް ފަސްކޮށްފައެވެ.

މިހާރު މަޖިލީހުގެ ތިރީގޭގައި އަންހެނުންގެ ނިސްބަތަކީ ގާތްގަނޑަކަށް 16 އިންސައްތައެވެ. އަދި މަތީގޭގެ 125 ގޮނޑީގެ ތެރެއިން އަންހެނުންނަށް ލިބިފައިވަނީ 42 ގޮނޑިއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު މަހު ޖަޕާނުގެ ފުރަތަމަ އަންހެން ބޮޑުވަޒީރުގެ މަޤާމާ ޙަވާލުވެވަޑައިގަތް ޓަކައިޗީ ވަނީ، އޭނާގެ ކެބިނެޓުގައި އަންހެނުންގެ ނިސްބަތް ނޯޑިކް ޤައުމުތަކާ އެއްވަރަށް އިތުރުކުރައްވާނެ ކަމަށް ވަޢުދުވެވަޑައިގަންނަވާފައެވެ. ނަމަވެސް، 19 މެންބަރުން ހިމެނޭ އޭނާގެ ކެބިނެޓަށް މިހާތަނަށް އައްޔަންކުރައްވާފައިވަނީ އެންމެ ދެ އަންހެން ބޭފުޅުންނެވެ.

ޖަޕާނުގައި އަންހެނުންނަށް ޚާއްޞަ ފާޚާނާގެ ދަތިކަން އޮތީ ހަމައެކަނި މަޖިލީހަކު ނޫނެވެ. މުޅި ޤައުމުގެ ޢާންމު ތަންތަނުގައިވެސް އަންހެނުންގެ ފާޚާނާ ކައިރީގައި ދިގު ކިއޫތައް އޮތުމަކީ ޢާންމު ކަމެކެވެ. ކުރީގެ ބޮޑުވަޒީރު ޝިގެރޫ އިޝީބާވެސް ވަނީ، އަންހެނުންނަށް ހިތްހަމަޖެހުމާއެކު ދިރިއުޅެވޭނެ މުޖުތަމަޢެއް ބިނާކުރުމަށްޓަކައި، އަންހެނުންނަށް ޚާއްޞަ ފާޚާނާގެ ވަސީލަތްތައް ރަނގަޅުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

ޖަޕާންސަނާއޭ ޓަކައިޗީ

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

31 ޑިސެމްބަރު 2025
އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

އިގުތިސާދީ ގޮތުން އިންޑިއާ އިން ޖަޕާނު ފަހަތައް ޖައްސާލައިފި

30 ޑިސެމްބަރު 2025
ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

ޖަޕާނަށް ރާއްޖެ އިން ކަނޑައަޅާ ސަފީރަކަށް މަހުލޫފް އައްޔަނު ކުރަން މަޖިލީހުން ރުހުން ދީފި

03 ޑިސެމްބަރު 2025
ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

ޖާޕާނާއި ޗައިނާ އާ ދެމެދު ސިޔާސީ ކޯޅުން ބޮޑުވެ، ޖަޕާނުން ސީފުޑް އިމްޕޯޓު ކުރުން ޗައިނާ އިން ހުއްޓާލައިފި

23 ނޮވެމްބަރު 2025
ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

ޗައިނާގެ ޑިޕްލޮމެޓަކާމެދު ޖަޕާނުން ނުރުހިއްޖެ

11 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު