Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ ޝެއިހް އަބްދުލް އަޒީޒް ހުސެއިން

ޝެއިހް އަޒީބެ އަށް ސްޓްރޯކެއް ޖެހިގެން، އައިޖީއެމްއެޗް ގައި ފަރުވާދެނީ

ޝެއިހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން ފަރުވާ ދެމުން ދަނީ އައިޖީއެމްއެޗުގައި.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 20 ޖެނުއަރީ 2026 | އަންގާރަ 16:54
ޝެއިހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ)

ޝެއިހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) | ރާއްޖެ އެމްވީ

އާންމުންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރިޔާ ޝެއިހް އަބްދުލް އަޒީޒް ހުސެއިން (އަޒީބެ) އަށް ސްޓްރޯކެއް ޖެހިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ. 

އަޒީބެ ގެ ދަރިކަލުން އަޙްމަދު ކުމައިލް ފޭސްބުކްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ، ބައްޕާފުޅަށް ސްޓްރޯކެއް ޖެހިގެން މިހާރު އައިޖީއެމްއެޗް ގައި ފަރުވާދެމުން އަންނަ ކަމަށެވެ. ނަމަވެސް، އެކަމާ ގުޅޭ އިތުރު ތަފްސީލެއް ކުމައިލް ހާމައެއް ނުކުރައްވަ އެވެ. އެހެންނަމަވެސް، އެ ޕޯސްޓުގައި ކުމައިލް ވަނީ ބައްޕާފުޅަށް ހެޔޮ ދުއާ ކޮށްދިނުމަށް ރައްޔިތުންގެ ކިބައިން އެދިފަ އެވެ.

Advertisement - newsAdvertisement

އަޒީބެ ވަނީ ގުރުއާނާ ބެހޭ މަރުކަޒުގެ ވެރިއެއްގެ ގޮތުގައި ހިދުމަތް ކުރައްވައިފައިވާފަ އެވެ. އަދި އަރަބިއްޔާ ސްކޫލްގައި ވެސް އަޒީބެ ވަނީ މަސައްކަތް ކުރައްވާފަ އެވެ. އަޒީބެ ވަނީ ގިނަ އަދަދެއްގެ ޓީވީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެން، ދީނީ މުހިންމު މައުލޫމާތުތައް ރައްޔިތުންނާ ހިއްސާ ކޮށްދެއްވާފަ އެވެ. އަޒީބެ ގެ ދީނީ ދަރުސްތަކާއި ވާހަކަތައް އާންމުންގެ މެދުގައި ވަރަށް ބޮޑަށް މަގުބޫލެވެ.

އަޒީބެއަ ށް ސްޓްރޯކެއް ޖެހުނު ކަމުގެ ޚަބަރު ފެތުރުމާ އެކު، މީސް މީޑިއާ ޕްލެޓްފޯމްތަކުގައި ގިނަ އަދަދެއްގެ މީހުން ދަނީ އަޒީބެ އަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި ދުއާ ކުރަމުންނެވެ.

ޝެއިހް އަބްދުލް އަޒީޒް ހުސެއިންއަޙްމަދު ކުމައިލްއިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް

އިތުރަށް ކިޔާލަން

13 ޖެނުއަރީ 2026

ރާއްޖޭ ގައި އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42 ކުދިންނަކީ އުފެދުމުގައި އެކި ކަހަލަ އައިބުތައް ހުންނަ ކުދިން: ދިރާސާ

13 ޖެނުއަރީ 2026
ރާއްޖޭ ގައި އުފަންވާ ކޮންމެ 1,000 ކުއްޖަކުން 42 ކުދިންނަކީ އުފެދުމުގައި އެކި ކަހަލަ އައިބުތައް ހުންނަ ކުދިން: ދިރާސާ
03 މެއި 2025

އެންއައިސީޔޫގައި ބެކްޓީރިއާ ފެތުރި ގިނަ ކުދިންނަށް ބަލިޖެހުނީ އައިޖީއެމްއެޗްގައި ޑިސްއިންފެކްޓެންޓު ހުސްވެފައި ހުއްޓާ: އާޒިމް

03 މެއި 2025
އެންއައިސީޔޫގައި ބެކްޓީރިއާ ފެތުރި ގިނަ ކުދިންނަށް ބަލިޖެހުނީ އައިޖީއެމްއެޗްގައި ޑިސްއިންފެކްޓެންޓު ހުސްވެފައި ހުއްޓާ: އާޒިމް
01 މެއި 2025

ނުރައްކާތެރި ބެކްޓީރިއާއެއް އައިޖީއެމްއެޗްއިން ފެނިއްޖެ

01 މެއި 2025
ނުރައްކާތެރި ބެކްޓީރިއާއެއް އައިޖީއެމްއެޗްއިން ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު