Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އައިޖީއެމްއެޗް ހޮސްޕިޓަލް

އެންއައިސީޔޫގައި ބެކްޓީރިއާ ފެތުރި ގިނަ ކުދިންނަށް ބަލިޖެހުނީ އައިޖީއެމްއެޗްގައި ޑިސްއިންފެކްޓެންޓު ހުސްވެފައި ހުއްޓާ: އާޒިމް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ކުޑަކުދިންނަށް ފަރުވާދޭ ޔުނިޓުގައި އެމްޑީއާރުއޯ ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރި ފަސް ކުދިންނަށް ވަނީ ބަލިޖެހިފަ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 3 މެއި 2025 | ހޮނިހިރު 13:57
މޭޔަރު އާދަމް އާޒިމް: (އައިޖީއެމްއެޗް)ގެ ކުޑަކުދިންނަށް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫގައި އެމްޑީއާރުއޯ ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރި، ކުދިންތަކެއްގެ ހާލު ދެރަވީ ޑިސްއިންފެކްޓަންޓް ހުސްވެފައި ވަނިކޮށް

މޭޔަރު އާދަމް އާޒިމް: (އައިޖީއެމްއެޗް)ގެ ކުޑަކުދިންނަށް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫގައި އެމްޑީއާރުއޯ ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރި، ކުދިންތަކެއްގެ ހާލު ދެރަވީ ޑިސްއިންފެކްޓަންޓް ހުސްވެފައި ވަނިކޮށް

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް)ގެ ކުޑަކުދިންނަށް ފަރުވާދޭ ޔުނިޓު، އެންއައިސީޔޫގައި މަލްޓި ޑްރަގް ރެސިސްޓެންޓް އޯގަނިޒަމްސް (އެމްޑީއާރުއޯ) ކިޔާ ނުރައްކާތެރި ބެކްޓީރިއާއެއް ފެތުރި، ކުދިންތަކެއްގެ ހާލު ދެރަވީ 'ޑިސްއިންފެކްޓަންޓް' ހުސްވެފައި ވަނިކޮށް ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

އާޒިމް މިފަދައިން ވިދާޅުވީ ހޮނިހިރު ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

Advertisement - newsAdvertisement

އައިޖީއެމްއެޗްގެ އެންއައިސިޔޫގައި ފަރުވާދިން މަދު ކުދިންތަކަށް ނުރައްކާތެރި ބެކްޓީރިއާއެއް ޖެހިފައިވާކަން އެ ހޮސްޕިޓަލުން ހާމަކުރީ ބުރާފަތި ދުވަހުގައެވެ. އޭގެ ތެރެއިން ހާލު ދެރަވި ކުދިން އިތުރު ފަރުވާއަށް ރާއްޖޭން ބޭރަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ހުކުރު ދުވަހު ވަނީ ބުނެފައިވެއެވެ.

އެ މައްސަލައާ ގުޅޭ ގޮތުން އެކްސްގައި އާޒިމް ވިދާޅުވީ އައިޖީއެމްއެޗުން ޑިސްއިންފެކްޓަންޓު ހުސްވެފައިވާ ކަމަށާއި ގިނަ އަދަދެއްގެ ކުދިންނަށް އެ ބަލި ޖެހުނީ އައިޖީއެމްއެޗުން، ޑިސްއިންފެކްޓަންޓު ހުސްވެފައި ހުއްޓައި ކަމަށެވެ.

ހޮސްޕިޓަލްތަކުގައި ސާފުކުރުމަށް ބޭނުންކުރާ ޑިސްއިންފެކްޓެންޓްތަކަކީ ބެކްޓީރިއާ، ވައިރަސް އަދި ފަންގަސް ފަދަ ތަފާތު ޕެތޯޖަންތަކާ ދެކޮޅަށް މަސައްކަތްކުރާ އެއްޗެކެވެ.

އާޒިމް ވިދާޅުވީ މާލެ ސިޓީގެ ރައްޔިތުންނާއި ރާއްޖޭގެ ގިނަ ރައްޔިތުން ފަރުވާ ހޯދަމުންދާ މައި ހޮސްޕިޓަލްގެ ސިއްހީ ޚިދުމަތުގެ ކަންކަން މިހާ ދަށަށް ގޮސް، ބޮއްސުންލައި ދިޔުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެތައް ރައްޔިތުންނެއް ދަނީ ބޭސް ފަރުވާއަށް ސަލާން ޖަހައި، ބޭސް ސިޓީއަށް ބޭސްނުލިބޭ ކަމުގެ ޝަކުވާތައް ކުރަމުން ކަމަށެވެ.

އާޒިމް ވަނީ ސަރުކާރުގެ މުއައްސަސާތަކުން ކުރާ ބޭކާރު ޚަރަދުތައް ކުޑަކޮށް، ރައްޔިތުންގެ ޞިއްޙީ ފަރުވާ އަދި އެހެނިހެން އަސާސީ ޚިދުމަތްތަކަށް އިސްކަންދިނުމަށް ވެސް ގޮވާލައިފައެވެ.

އެ މައްސަލައާ ގުޅިގެން އައިޖީއެމްއެޗުގެ މީޑިއާ އޮފިޝަލް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އެ ހޮސްޕިޓަލުގައި ޑިސްއިންފެކްޓަންޓްގެ ގޮތުގައި އެކި ބްރޭންޑް ތައް ބޭނުންކުރަމުން އަންނަ ކަމަސާއި އެގޮތުން އެއް ބްރޭންޑެއް ހުސްވުމުން އަނެއް ބްރޭޑްގެ ޑިސްއިންފެކްޓަންޓް އެއް ގެންނަކަމަށެވެ. އަދި އައިޖީއެމްއެހުގައި ޑިސްއިންފެކްޓަންޓް ހުސްވެފައި ހުރި ކަމަށް ދެކެވޭ ވާކަހަތަތަކީ ކަނޑައެޅިގެން ދޮގެއް ކަމަށް އެ ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ހޮސްޕިޓަލުގައި ޑިސްއިންފެކްޓަންޓްގެ ގޮތުގައި އެކި ބްރޭންޑް ތައް ބޭނުންކުރަމުން އަންނަނީ އެގޮތުން އެއް ބްރޭންޑެއް ހުސްވުމުން އަނެއް ބްރޭޑްގެ ޑިސްއިންފެކްޓަންޓް އެއް އެބަ ގެންނަން. އަދި އައިޖީއެމްއެޗުގައި ޑިސްއިންފެކްޓަންޓް ހުސްވެފައި ހުރި ކަމަށް ދެކެވޭ ވާކަހަތަތަކީ ދޮގެއް. ޑިސްއިންފެކްޓް ކުރުމަށް ބޭނުންކުރާ ސޮލިއުޝަން އަދި ވައިޕްސް ވެސް އެބަހުރި. އެ ބޭނުންކުރަމުން ދަނީ
އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް

މީގެ އިތުރުން، އެންއައިސީޔޫގައި ފެތުރުނީ އެމްޑީއާރުއޯގެ ސަބަބުން ކުދިންނަށް ޖެހޭ ބައްޔެއް ކަމަށް ބުނެ ކުރެވޭ ތުހުމަތުތައް ވެސް އެ ހޮސްޕިޓަލުން ވަނީ ދޮގުކޮށްފައެވެ.

އެ މައްސަލައާ ގުޅޭ ގޮތުން މިދިޔަ ބުރާސްފަތު ދުވަހު އައިޖީއެމްއެޗުން ނެރުނު ބަޔާނުގައި ބުނީ އެންމެ ފުރަތަމަ އެ ބެކްޓީރިއާގެ ކޭހެއް ފެނުނީ މިދިޔަ މާޗު މަހުގެ 27ގައި، 28 ހަފުތާއަށް ވުރެ ކުރިން އުފަންވެގެން އެންއައިސީޔޫގައި ފަރުވާ ދެމުންދިޔަ ކުއްޖެއްގެ ހަށިގަނޑުން ނެގި ސާމްޕަލަކުން ކަމަށެވެ. އަދި މިދިޔަ މަހު 15ގެފަހުން އިތުރު ކޭހެއް ރިޕޯޓުކޮށްފައިނުވާ ކަމަށް ވެސް އެ ހޮސްޕިޓަލުގެ ބަޔާނުގައި ބުނެފައި ވެއެވެ،

އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނީ ބެކްޓީރިއާއަށް ޕޮޒިޓިވްވި ފަސް ކުދިންނަށް ފަރުވާ ދެނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކުގައި ކަމަށާއި ބެކްޓީރިއާއަށް ޕޮޒިޓިވްވި ކުދިންގެ ތެރެއިން ހާލު ގޯސްވި ދެ ކުދިން އިތުރު ފަރުވާއަށް މިހާރު ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްއެންއައިސީޔޫމާލޭގެ މޭޔަރު އާދަމް އާޒިމްޑިސްއިންފެކްޓަންޓް

ކޮމެންޓް

އިތުރަށް ކިޔާލަން

މަގުމަތީގައި އުޅޭ ބުޅާތަކަށް ވުރެ މި ސަރުކާގެ ސިޔާސީ މުވައްޒަފުން ގިނަ: މޭޔަރ އާޒިމް

މަގުމަތީގައި އުޅޭ ބުޅާތަކަށް ވުރެ މި ސަރުކާގެ ސިޔާސީ މުވައްޒަފުން ގިނަ: މޭޔަރ އާޒިމް

15 މެއި 2025
ނުރައްކާތެރި ބެކްޓީރިއާއެއް އައިޖީއެމްއެޗްއިން ފެނިއްޖެ

ނުރައްކާތެރި ބެކްޓީރިއާއެއް އައިޖީއެމްއެޗްއިން ފެނިއްޖެ

01 މެއި 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު