Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
އިސްރާއީލް-ފަލަސްޠީން

ފަލަސްތީނު ދައުލަތެއް ނެތި އަދި އިސްރާއީލުގެ "އަދާވާތްތެރި އަމަލުތައް" ނިމުމަކަށް ނާންނަހާ ހިނދަކު މެދުއިރުމަތީގައި ސުލްހަވެރި ކަމާއެކު އެކުގައި ދިރި ނޫޅެވޭނެ: އަރަބި ލީގު

މެދުއިރުމަތީގައި ސުލްހަވެރިކަމާ އެކު އެކުގައި ދިރިއުޅެވޭނީ ފަލަސްތީނު ދައުލަތެއް ޤާއިމްވެ، އިސްރާއީލުގެ އަދާވާތްތެރި ޢަމަލުތައް ހުއްޓުމުން ކަމަށް އަރަބި ލީގުން ވަނީ ބުނެފައެވެ. މިސުރާއި ސަޢޫދީ އަރަބިއްޔާއިން ހުށަހެޅި ޤަރާރުގައި ބަޔާން ކޮށްފައި ވަނީ، ފަލަސްތީނުގެ މައްސަލައަށް އިންސާފުވެރި ހައްލެއް ނުލިބި އޮތުމަކީ ސަރަހައްދުގެ ސުލްހައަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 01:34
ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުންނަ މުޝްތަހާ ޓަވަރަށް ދިން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އެ އިމާރާތް އެކުގައި ބިމާ ހަމަވަނީ - ސެޕްޓެމްބަރު 05، 2025

ޣައްޒާ ސިޓީގެ ހުޅަނގު ސަރަހައްދުގައި ހުންނަ މުޝްތަހާ ޓަވަރަށް ދިން އިސްރާއީލުގެ ވައިގެ ހަމަލާތަކުގައި އެ އިމާރާތް އެކުގައި ބިމާ ހަމަވަނީ - ސެޕްޓެމްބަރު 05، 2025

ފަލަސްތީނު ދައުލަތެއް ނެތި އަދި އިސްރާއީލުގެ "އަދާވާތްތެރި އަމަލުތައް" ނިމުމަކަށް ނާންނަހާ ހިނދަކު މެދުއިރުމަތީގައި ސުލްހަވެރި ކަމާއެކު އެކުގައި ދިރިއުޅުމަކީ ހާސިލު ކުރެވޭނެ ކަމެއް ނޫން ކަމަށް އަރަބި ލީގުން ބުނެފިއެވެ.

ބުރާސްފަތި ދުވަހު މިސުރާއި ސައޫދީ އަރަބިއްޔާ އިން ހުށަހަޅައި ފާސްކުރި ޤަރާރެއްގައި، ލީގުން ބުނެފައިވަނީ "ފަލަސްތީނުގެ މައްސަލަ އަށް އިންސާފުވެރި ހައްލެއް ނުލިބުމާއި އިސްތިއުމާރީ ބާރުގެ "އަދާވާތްތެރި އަމަލުތަކަކީ" ސަރަހައްދުގައި "ސުލްހަވެރި ކަމާއެކު އެކުގައި ދިރިއުޅުމަށް" ހުރި މައިގަނޑު ހުރަސްތައް ކަމަށެވެ.

މި ޤަރާރަކީ ގާހިރާ ގައި ހުކުރު ދުވަހު ނިމުނު، ފުޅާ ދާއިރާ އެއްގައި މަޝްވަރާތައް ބޭއްވުނު ބައްދަލުވުމެއްގެ ބައެކެވެ. މި ބައްދަލުވުމުގައި އަރަބި ޤައުމުތަކުގެ ފޮރިން މިނިސްޓަރުން "ސަރަހައްދުގެ ސަލާމަތާއި އެއްބާރުލުމަށް ގުޅިފައިވާ ވިޝަނެއް" ފާސްކުރިއެވެ.

މި ބައްދަލުވުން ބޭއްވުނީ އިސްރާއީލު ސިފައިން ޣައްޒާ ސިޓީ ވަށައިގެން އަސްކަރީ ހަމަލާތައް ވަރުގަދަ ކުރަމުންދާ ދަނޑިވަޅެއްގައެވެ. އަދި އިސްރާއީލުގެ ހައްދުފަހަނައަޅާފައިވާ ކަނާތުފިޔައިގެ ފައިނޭންސް މިނިސްޓަރު ބެޒަލެލް ސްމޮޓްރިޗް "ފަލަސްތީނު ދައުލަތެއްގެ ޚިޔާލު ވަޅުލުމަށް" ވެސްޓް ބޭންކުގެ ބައެއް ސަރަހައްދުތައް އިސްރާއީލުގެ ބިމާ އެއްކޮށްލުމަށް ގޮވާލާފައި ވަނިކޮށްނެވެ.

އޭއެފްޕީ އަށް ފެނިފައިވާ ޤަރާރުގެ ކޮޕީއެއްގައިވާ ގޮތުން، އަރަބި ބްލޮކުން ބުނެފައި ވަނީ އިސްރާއީލުން އަރަބި ބިންތައް ހިސޯރު ކުރަމުންދާހާ ހިނދަކު ނުވަތަ "އިތުރު އަރަބި ބިންތައް ހިސޯރު ކުރުމަށް ނުވަތަ އެނެކްސްކުރުމުގެ ނުސީދާ އިންޒާރުތައް" ދެމުންދާހާ ހިނދަކު މެދުއިރުމަތީގައި ދެމެހެއްޓެނިވި ސުލްހައެއް، އެއްބާރުލުމެއް އަދި އެކުގައި ދިރިއުޅުމަކީ ނުވާނެ ކަމެއް ކަމަށެވެ.

މިސުރާއި އުރުދުން އިން ވަނީ އިސްރާއީލާއެކު ސުލްހައިގެ މުއާހަދާތަކުގައި ސޮއިކޮށްފައެވެ.

ޔުނައިޓެޑް އަރަބް އެމިރޭޓްސް، ބަހްރެއިން އަދި މޮރޮކޯ ވަނީ 2020 ގައި އެމެރިކާގެ މެދުވެރިވުމާއެކު އެއްބަސްވެވުނު އިބްރާހިމް އެކޯޑްސްގެ ދަށުން އިސްރާއީލާއެކު ގުޅުން ގާއިމު ކުރުމަށް އެއްބަސްވެފައެވެ.

ލީގުގެ ޤަރާރުގައި ބުނެފައިވާ ގޮތުން، ދެމެހެއްޓެނިވި ހައްލެއް ބިނާވާން ވާނީ ދެ ދައުލަތުގެ ހައްލަކަށާއި 2022 ގެ އަރަބި ސުލްހައިގެ އިނީޝިއޭޓިވްގެ މައްޗަށެވެ. މި އިނީޝިއޭޓިވްގައި ހުށަހަޅާފައި ވަނީ 1967 ގައި އިސްރާއީލުން ހިސޯރު ކުރި ސަރަހައްދުތަކުން މުޅިން ފައިބައިގެން ދިއުމަށާއި، އޭގެ ބަދަލެއްގެ ގޮތުން އިސްރާއީލާ އެކު ގުޅުން އާންމު ހާލަތަކަށް ގެނައުމެވެ.

މަސްދަރު: އޭއެފްޕީ

އިޒްރޭލް-ފަލަސްޠީންއަރަބި ލީގުޣައްޒާވެސްޓް ބޭންކުއަބްރަހަމް އެކޯޑްސްބެޒަލެލް ސްމޮޓްރިޗް

ކޮމެންޓް

އިތުރަށް ކިޔާލަން

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

12 ޖެނުއަރީ
މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން
20251 އަހަރު ކުރިން
ރާއްޖެ

މެމްބަރު ޒިޔާދުގެ ފޯމުގައި ހެކިވެރިންގެ ގޮތުގައި ސޮއިކޮށްފައިވަނީ ރ. އަލިފުށީ އައިމިނަތު އަލީ އާއި ސ.ހުޅުދޫ އަލީ އިޒްހާން

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި
20242 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ކެންޑިޑޭޓު ބަލިކުރައްވައި، ބޮޑު ތަފާތަކުން އާޒިމް ގޮނޑި ކާމިޔާބުކުރައްވައިފި

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ކުރީގެ ރައީސް މައުމޫން ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!
20224 އަހަރު ކުރިން
ރާއްޖެ

ރާޝިދުގެ ކެމްޕެއިނަށް ވަޑައިގެންނެވުމުން، ހުސައިންގެ ދަރިކަނބަލުން ނަޝާއަށް ހޫނު ތަރުހީބެއް!

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް
20215 އަހަރު ކުރިން
ރާއްޖެ

ރިސޯޓު މުވައްޒަފުން ކަރަންޓީނު ނުވެ، އާއިލާ ކައިރިއަށް ދެވެންޖެހޭ: ޑރ މައުސޫމް

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިހްގެ ނަސޭހަތް: އަގުބޮޑު މެޑެލް ކަމުގައި ހަދަންވީ ރިވެތި އަދަބާއި އިސްލާމީ އަހްލާގު

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!
20188 އަހަރު ކުރިން
ރާއްޖެ

ދަރިފުޅު ބަނޑަށް މަރުވެފައިވާތާ ހަފްތާއެއް، އަދިވެސް ބަނޑުން ދަރިފުޅު ނުނަގާ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު