Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޣައްޒާ ހަނގުރާމަ

ފަލަސްޠީނުގެ ދައުލަތް ބަލައި ގަތުން ހުއްޓާލުމަށް، އިސްރާއީލް އިން ފްރާންސް އަށް ގޮވާލައިފި

6 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:47

އިސްރާއީލްގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ފްރާންސް އިން މިހާރު އަމަލު ކުރަމުން އަންނަަ ގޮތުގެ ސަބަބުން، އިސްރާއީލް އާއި އެ ޤައުމުގެ އަމިއްލަ މަސްލަޙަތު ތަކަށް ގެއްލުން ލިބެމުން އަންނަ ކަަމަށެވެ. މީގެ އިތުރުން، ފްރާންސް އިން އެފަދަ މަސައްކަތް ތަކެއް ކުރާހާ ހިނދަކު، ފްރާންސްގެ ރައީސް މެކްރޮންގެ ދަތުރުފުޅަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

އިސްރާއީލުން ފަލަސްތީނު ދައުލަތެއް ގަބޫލުކުރުމަށް ފްރާންސްއިން ކުރާ މަސައްކަތަށް އިންކާރުކޮށްފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 6 ސެޕްޓެމްބަރު 2025 | ހޮނިހިރު 06:47
އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް

އިސްރާއީލުގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމަށް ފްރާންސް އިން ކުރަމުން އަންނަ މަސައްކަތް ހުއްޓާލުމަށް، އިސްރާއީލް އިން ފްރާންސް އަށް ގޮވާލައިފި އެވެ.

ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމާފައިވާކަން ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އިއުލާން ކުރައްވައިފަ އެވެ. އަދި މި މަހު އދ ގެ ޖެނަރަލް އެސެމްބްލީގައި އެކަން ރަސްމީކޮށް އިއުލާން ކުރާނެ ކަމަށް ވެސް ވަނީ ނިންމަވައިފަ އެވެ.

އެއާއެކު ފްރާންސް އިން އަންނަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ޤާއިމު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފްރާންސްގެ ފަހަތުން އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިއާ އަދި ބެލްޖިއަމް ފަދަ ޤައުމު ތަކުން ވެސް ވަނީ ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަންނަން ނިންމައިފަ އެވެ.

އެމެރިކާގެ ނިއު ޔޯކުގައި ހުންނަ އދ ގެ މައި މަރުކަޒުގައި އޮންނަ ޖެނަރަލް އެސެމްބްލީގައި ފަލަސްޠީނުގެ މިނިވަން ދައުލަތް ބަލައި ގަތުމުގެ ކަންކަން ޗެއާ ކުރަނީ ފްރާންސްގެ އިތުރުން ސައުދީ އަރަބިއްޔާ އެވެ. ދާދި ފަހުން ފްރާންސްގެ ރައީސް މެކްރޮން ވަނީ، އެކަމާ ގުޅިގެން ސައުދީގެ ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާންއާ ވެސް މަޝްވަރާ ކުރައްވައިފަ އެވެ.

އެކަމާ ގުޅިގެން އިސްރާއީލްގެ ފޮރިން މިނިސްޓަރު ގިޑިއަން ސާރް ވަނީ، ފަލަސްޠީނުގެ މިނިވަން ދައުލަތް ބަަލައި ގަތުމަށް ފްރާންސް އިން ކުރަމުން އަންނަ މަސައްކަތް މުރާޖާ ކުރުމަށް ގޮވާލައިފަ އެވެ. މިފަދައިން އޭނާ ގޮވާލާފައި ވަނީ، ފްރާންސްގެ ފޮރިން މިނިސްޓަރު ޖީން ނޮއެލް ބަރޮޓްއާ އެކު ފޯނު މެދުވެރިކޮށް ކުރި މަޝްވަރާ ތަކުގަ އެވެ.

އިސްރާއީލްގެ ފޮރިން މިނިސްޓްރީ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ، ފްރާންސް އިން މިހާރު އަމަލު ކުރަމުން އަންނަަ ގޮތުގެ ސަބަބުން، އިސްރާއީލް އާއި އެ ޤައުމުގެ އަމިއްލަ މަސްލަޙަތު ތަކަށް ގެއްލުން ލިބެމުން އަންނަ ކަަމަށެވެ. މީގެ އިތުރުން، ފްރާންސް އިން އެފަދަ މަސައްކަތް ތަކެއް ކުރާހާ ހިނދަކު، ފްރާންސްގެ ރައީސް މެކްރޮންގެ ދަތުރުފުޅަށް އެއްވެސް ޖާގައެއް ނޯންނާނެ ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.

އިސްރާއީލް އިން މިފަދަ ފިޔަވަޅު ތަކެއް އަޅަން ނިންމާފައި ވަނީ، ފަލަސްޠީނުގެ ދައުލަތް ޤަބޫލު ކުރުމަށް ފްރާންސް އިން ކުރަމުން އަންނަ މަސައްކަތްްތަކާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. އިސްރާއީލް އިން ދެކޭ ގޮތުގައި، އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ކުރަމުން އަންނަ ހަނގުރާމައިގެ ތެރޭގައި ފްރާންސް އިން މިފަދަ ފިޔަވަޅެއް އެޅުމަކީ އިސްރާއީލްގެ ސަލާމަތާއި ރައްކާތެރި ކަމަށް އޮތް ނުރައްކަލެކެވެ.

ފްރާންސް އަކީ ޒަމާނުއްސުރެ އިސްރާއީލްއާ ގާތް ގުޅުމެއް ބާއްވަމުން އައި ޤައުމަކަށް ވީ ނަމަވެސް، ފަލަސްޠީނުގެ މައްސަލައިގައި ދެ ޤައުމުގެ ސިޔާސަތުތައް ތަފާތުވެފައިވާކަން ފާހަގަ ކުރެވެ އެވެ. ފްރާންސް އިން ޤަބޫލު ކުރާ ގޮތުގައި ދެ ދައުލަތުގެ ޙައްލަކީ، މިހާރު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އޮތް އެންމެ އެކަށީގެންވާ މަގެވެ.

މަސްދަރު: ރޮއިޓާސް

އިޒްރޭލް-ފަލަސްޠީންއިސްރާއީލް-ފްރާންސްގިޑިއަން ސާރުއެމެނުއެލް މެކްރޯންޖީން ނޯއެލް ބެރޮޓްއިސްރާއީލް-ހަމާސްޣައްޒާ ހަނގުރާމަ

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
10 ޑިސެމްބަރު 2025

އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި

10 ޑިސެމްބަރު 2025
އިޒްރޭލުން ވެސްޓު ބޭންކުގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް ގާތްގަނޑަކަށް 800 ގެ އެޅުމުގެ ހުއްދަދީފި
10 ޑިސެމްބަރު 2025

ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!

10 ޑިސެމްބަރު 2025
ދުނިޔޭގައި އެންމެ ގިނައިން ނޫސްވެރިން މަރާ ގައުމު ގެ ރެކޯޑް ޖެހިޖެހިގެން ތިންވަނަ އަހަރު އިޒްރޭލަށް!
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
08 ޑިސެމްބަރު 2025

ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް

08 ޑިސެމްބަރު 2025
ފީފާގެ އިނާމު ޓްރަމްޕް އަށް: ވަކި އަތަކަށް ނުޖެހޭ ސިޔާސަތާ މެދު ސުވާލު ތަކެއް
08 ޑިސެމްބަރު 2025

އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް

08 ޑިސެމްބަރު 2025
އިސްލާޙު ބޭނުން ވަނީ އިސްރާއީލްގެ ސަރުކާރަށް، ފަލަސްޠީނަކަށް ނޫން: ސައުދީގެ އިސް ޑިޕްލޮމަޓް މަނާލް
07 ޑިސެމްބަރު 2025

ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި

07 ޑިސެމްބަރު 2025
ހަމާސް ގެ ހަތިޔާރު ފަލަސްތީނު ދައުލަތައް ހަވާލުކުރަން ތައްޔާރު ކަމަށް ބުނެފި
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
02 ޑިސެމްބަރު 2025

ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި

02 ޑިސެމްބަރު 2025
ފޯނުން ގުޅުއްވައި ޓްރަމްޕް އާއި ނަތަންޔާހޫ މަޝްވަރާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް