Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެމިޔަންމާ މުސްލިމުން

ރޮހިންޖާ މުސްލިމުންގެ މައްސަލަ އަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވާ: ޑަލައި ލާމާ

ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ  އަން ސަން ސޫޗީ މިޔަންމާގެ މުސްލިމުންގެ ހާލާމެދު އަމަލު ކުރައްްވާ ގޮތުގެ ސަބަބުން އެކަމަނާ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައި

އަހުމަދު އަނޫޝު
އަހުމަދު އަނޫޝު | 12 ސެޕްޓެމްބަރު 2017 | އަންގާރަ 07:48
 ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ

ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ

މިޔަންމާގެ ރަކައިން ސްޓޭޓުގައި މުސްލިމުންނާ މެދު ހިނގަމުންދާ ހަމަނުޖެހުންތަކަށް ސުލްހަވެރި ހައްލެއް ހޯއްދަވައި ދެއްވުމަށް ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ގޮވާލައްވައިފިއެވެ.

ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް މިމޭރުމުން ގޮވާލެއްވީ ދާދިފަހުން އަން ސަން ސޫޗީ އަށް އޭނާ ފޮނުއްވި ސިޓީފުޅެއްގައެވެ. އޭއެފްޕީން ރިޕޯޓު ކުރާ ގޮތުން ޑަލައި ލާމާ މިޔަންމާގެ ލީޑަރު ސޫޗީ އަށް މި ސިޓީފުޅު ފޮނުއްވީ މީގެ ދެހަފްތާއެއްހާ ދުވަސް ކުރިންނެވެ. މީގެ ދެހަފްތާއެއްހާ ދުވަސް ކުރިން މިޔަންމާގެ އަސްކަރިއްޔާ އިން ވަނީ މިޔަންމާގެ ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް އާ އޮޕަރޭޝަނެއް ފަށާފައެވެ. މިޔަމަންމާގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ބާރުދީގެން، އަސްކަރިއްޔާއިން ދަނީ ބާރުގެ ބޭނުންކޮށް، މުސްލިމުން ގެދޮރުން ފައްސާލައި، ބައެއް މީހުން މަރައި، އަދި އަންހެން ކުދިންގެ އިއްފަަތް ފޭރިގަންނަމުންެނެވެ. މިޔަންމާ މީހުން ދެކޭ ގޮތުގައި ރޮހިންޖާ މުސްލިމުންނަކީ އެގައުމުގެ މީހުންނެއް ނޫނެވެ. އެއީ ބަންގްލަދޭޝް އިން ވަގަށް އެތެރެވެގެން އުޅޭ ބައެކެވެ. އެހެން ކަމުން އެމީހުންނަކީ އެކަހެރި ކުރެވި، އެންމެ އަސާސީ ހައްގުތަކުންވެސް މަހްރޫމް ކުރެވިފައިވާ ބައެކެވެ.

ޓިބެޓްގެ ބުދިސްޓުންގެ ލީޑަރު ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް ފޮނުއްވި ސިޓީފުޅުގައި ވިދާޅުވީ، ރަކައިން ސްޓޭޓުގައި ހިނގަމުންދާ ހަމަނުޖެހުންތައް ހައްލު ކުރުމަށްޓަކައި، "މުޅި މުޖުތަމައުގެ ހުރިހާ ބަޔަކު ގޮވައިގެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި" މިޔަންމާ ބުދިސްޓު ގައުމެއްގެ ގޮތުގައި އޮވެ އެގައުމުގެ މުސްލިމުންނާ މެދު ހިނގަމުންދާ ކަންކަމުގެ ސަބަބުން ދުނިޔޭގައި މިޔަންމާގެ އަގަށް އައިސްދާނެ ބަދަލަކާ ދޭތެރޭ ސުވާލު އުފެދޭ ކަމަށެވެ.

ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ އަން ސަން ސޫޗީ މިޔަންމާގެ މުސްލިމުންގެ ހާލާމެދު އަމަލު ކުރައްްވާ ގޮތުގެ ސަބަބުން އެކަމަނާ އަށް ވަނީ ވަރަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވެފައެެވެ. ނޯބެލް ސުލްހައިގެ އިނާމު ލިބިވަޑައިގެންފައިވާ ޑަލައި ލާމާ މިޔަންމާގެ ލީޑަރު އަން ސަން ސޫޗީ އަށް، މިޔަންމާގެ މުސްލިމުންނާ މެދު ހިނގަމުންދާ އަނިޔާވެރި އަމަލުތައް ހުއްޓާލުމަށް މަސައްކަތްޕުޅު ކޮށްދެއްވުމަށް ގޮވާލެއްވިއިރު، ނޯބެލް ސުލްހައިގެ އިނާމުގެ ހައްގުވެރިން ކަމަށްވާ ޑެސްމުންޓް ޓޫޓޫ އާއި މަލާލާ ޔޫސުފްޒާއީ ވެސް ވަނީ ސޫޗީ އަށް މި މޭރުމުން ގޮވާލައްވާފައެވެ.

މިޔަންމާގައި 1.1 މިލިއަން ރޮހިންޖާ މުސްލިމުން އުޅެއެވެ. ގާތްގަނޑަކަށް އެހުރިހާ ރޮހިންޖާ މުސްލިމުން ދިިރިއުޅެނީ މިޔަންމާގެ ހުޅަނގު އައްސޭރިފަށުގެ ސްޓޭޓެއް ކަމަށްވާ ރަކައިން ސްޓޭޓުގައެވެ.

އިތުރަށް ކިޔާލަން

06 މާރިޗު 2017

އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ

06 މާރިޗު 2017
އިންޑިޔާގެ މުސްލިމުންގެ ވެރިޔާ އަވަހާރަ ވެއްޖެ
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު