Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހދ ނޮޅިވަރަމް

ސަރުކާރު ބަދަލުވިފަހުން ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގެ މަސައްކަތް މަޑުޖެހިފައިވާކަން ކައުންސިލުން ހާމަކޮށްފި

8 ޖެނުއަރީ 2026 | ބުރާސްފަތި 16:31

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެން ގޮސްފައިވާއިރު ދަނޑުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާކަމަށް ކައުންސިލްގެ އޮފިސަރު ނާއިމް އަލީ ވިދާޅުވި. ރައްޔިތުން ބުނަނީ ނޮޅިވަރަމުގައި ތަރައްގީގެ އެއްވެސް މަޝްރޫޢެއް އެކަށީގެންވާ ގޮތަށް ނުހިނގާ ކަމަށް.

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 8 ޖެނުއަރީ 2026 | ބުރާސްފަތި 16:31
ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑު: އެމްޑީޕީ ސަރުކާރުން ބާރު ސްޕީޑް ގައި ކުރިޔަށް ގެންދިޔަ މި ދަނޑުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާ ކަމުގެ ޝަކުވާ އެރަށު ރައްޔިތުން ކުރޭ

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑު: އެމްޑީޕީ ސަރުކާރުން ބާރު ސްޕީޑް ގައި ކުރިޔަށް ގެންދިޔަ މި ދަނޑުގެ މަސައްކަތް އެކަށީގެންވާ ގޮތަކަށް ކުރިޔަށް ނުދާ ކަމުގެ ޝަކުވާ އެރަށު ރައްޔިތުން ކުރޭ | ރާއްޖެ އެމްވީ

ހދ. ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގެ މަސައްކަތް މިހާރު މަޑުޖެހިފައިވާކަން އެރަށު ކައުންސިލުން ހާމަކޮށްފި އެވެ.

ނިމިދިޔަ އެމްޑީޕީ ސަރުކާރުން ބާރު ސްޕީޑް ގައި ކުރިޔަށް ގެންދިޔަ މި މަޝްރޫޢު މިހާރު އޮތީ ގާތްގަނޑަކަށް ހުއްޓިފައި ކަމަށާއި، މި ސަރުކާރުން އެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުގެންދާކަން ރައްޔިތުން ފާހަގަކުރެ އެވެ.

ނޮޅިވަރަމް ކައުންސިލް އޮފީހުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރު ނާއިމް އަލީ ވިދާޅުވީ، ފުޓްބޯޅަ ދަނޑަކީ އެރަށު ޒުވާނުންގެ ވަރަށް ބޮޑު އުއްމީދެއް ކަމަށެވެ. އެ ސަރަހައްދުގައި ކުރިން ހުރި ދަނޑު މީގެ ދިހަ އަހަރެއްހާ ދުވަސް ކުރިން ޒަމާނީ ފެންވަރަށް ހަދަން ވެގެން ހަލާކުކޮށްލި ކަމަށާއި، އެހެން ނަމަވެސް ދަނޑުގެ މަސައްކަތް ފަށާފައިވަނީ ނިމިދިޔަ އެމްޑީޕީ ސަރުކާރުން ކަމަށް ނާއިމް ފާހަގަކުރެއްވި އެވެ.

ނާއިމް ވިދާޅުވީ، އެމްޑީޕީ ސަރުކާރުން ދަނޑުގައި އަޅަން ބޭނުންވާ ޓާފް އާއި ދަނޑު ތަރައްގީކުރުމަށް ބޭނުންވާ އިތުރު ސާމާނު ރަށަށް ގެނެސް ވަރަށް ބާރު ސްޕީޑް ގައި މަސައްކަތް ކުރިޔަށް ގެންދިޔަ ކަމަށެވެ. އެހެން ނަމަވެސް، ވަކި ހިސާބަކުން އެ ދަނޑުގައި އަލިފާން ރޯކޮށްލާ ބަޔަކު ދިން ގެއްލުންތަކެއްގެ ސަބަބުން މަސައްކަތް ހުއްޓުނު ކަމަށާއި، ސަރުކާރު ބަދަލުވީ ވެސް މަސައްކަތް ހުއްޓުނު ދުވަސްވަރު ކަމަށް އޭނާ ވިދާޅުވި އެވެ.

 މިއީ މިރަށު ޒުވާނުން އަބަދުވެސް އާދޭސް ކުރަމުން ދިޔަ މަސައްކަތެއް. މި ދަނޑު ރަނގަޅު ފެންވަރަކަށް ހަދަން ވެގެން މީގެ 10 ވަރަކަށް އަހަރު ކުރިން ހަލާކު ކޮށްލީ. އެހެން ނަމަވެސް ޓާފް އެޅުމުގެ މިކަހަލަ އެއްވެސް މަސައްކަތެއް ނުހިނގާ. މިހިން އޮއްވާ ނިމިދިޔަ އެމްޑީޕީ ސަރުކާރުން މި ދަނޑުގެ މަސައްކަތް ފަށައިދިނީ. ވަރަށް އުފާވި މަންޒަރެއް އެއީ. ޓާފް އެއްޗިހި މިރަށަށް ގެނެސް ދަނޑުގެ މަސައްކަތް ވަރަށް ބާރަށް އޭރު ކުރިޔަށް ދިޔަ. އެހެން ނަމަވެސް ވަކި ހިސާބަކުން މިތަނަށް ބަޔަކު ދިން ގެއްލުން ތަކެއްގެ ސަބަބުން މަސައްކަތް ހުއްޓުނީ. އެހެން މަސައްކަތް ހުއްޓިފަ އޮއްވަ ސަރުކާރު ބަދަލުވީ. އޭގެ ފަހުން މަސައްކަތް ކުރިޔަސް ދަނީ ވަރަށް މަޑުން.
ހދ. ނޮޅިވަރަމް ކައުންސިިލުގެ އެސޯސިއޭޓް ކައުންސިލް އޮފިސަރ ނާއިމް އަލީ 

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ވެގެން ގޮސްފައިވާއިރު، ދަނޑުގެ މަސައްކަތް އެކަށީގެންވާ ގޮތެއްގައި ކުރިޔަށް ނުދާކަން ނާއިމް ފާހަގަކުރެއްވި އެވެ. ދަނޑުގެ ލައިޓްތަކަށް ކަރަންޓް އެޅުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރީ ކައުންސިލުން ހަރަދުކޮށްގެން ކަމަށް އޭނާ ވިދާޅުވި އެވެ.

ނޮޅިވަރަމް ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހިމެނޭހެން އެރަށުގެ ތަރައްގީގެ ގިނަ ކަންކަމުގައި ސަރުކާރުން މަސައްކަތް ނުކުރާ ކަމަށާއި، ބައެއް މަސައްކަތްތައް ކައުންސިލުން ކުރަމުން ގެންދާކަން ނާއިމް ފާހަގަކުރެއްވި އެވެ. އެގޮތުން ނޮޅިވަރަމް ކައުންސިލް ބަޖެޓުން ހަރަދުކޮށްގެން ރަށުގައި ކުޑަކުދިންގެ ޕާކަކާއި، ރެސްޓޯރެންޓެއް ހުޅުވާ، ބަނދަރު ސަރަހައްދުގައި މިހާރުވެސް ހިތްފަސޭހަ މައިޒާނެއް ހަދަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދެ އަހަރު ފާއިތުވެގެން ގޮސްފައިވާއިރު، ނޮޅިވަރަމުގައި ތަރައްގީގެ އެއްވެސް މަޝްރޫޢެއް އެކަށީގެންވާ ގޮތަށް ނުހިނގާކަން އެރަށު ރައްޔިތުން ފާހަގަކުރެ އެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުން އެރަށުގައި ފަށާފައިވާ މަޝްރޫޢުތައްވެސް މިހާރު މަޑުޖެހިފައިވާކަމަށް ރައްޔިތުން ވަނީ ފާހަގަކޮށްފަ އެވެ.

އަތޮޅުތަކުގެ ރަށްރަށުގައި އަސާސީ ޚިދުމަތްތައް ޤާއިމްކޮށް، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށްޓަކައި އެމްޑީޕީ ސަރުކާރުން ވަނީ ރަށްރަށުގައި އުމްރާނީ ތަރައްގީގެ ވަރަށް ގިނަ މަޝްރޫޢުތައް ހިންގާފަ އެވެ. އެހެން ނަމަވެސް، މި ސަރުކާރުން އެ މަޝްރޫޢުތައް ކުރިޔަށް ގެންދިއުމުގައި ލަސްވެފައިވާކަން ރައްޔިތުން ފާހަގަކުރެ އެވެ.

ހދ ނޮޅިވަރަމް

އިތުރަށް ކިޔާލަން

02 ޖެނުއަރީ 2026

އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ

02 ޖެނުއަރީ 2026
އެމްޑީޕީ ސަރުކާރުން ހދ. ނޮޅިވަރަމް ގައި ފެށި ފެނަކަ އޮފީސް އަދި އިންޖީނުގޭގެ މަސައްކަތް ވެރިކަން ބަދަލުވުމާއެކު ހުއްޓިފަ
10 ޑިސެމްބަރު 2022

ނޮޅިވަރަމްގައި އަންހެނަކު މަރާލުން: ކޯޓު އަމުރެއްގެ ދަށުން ފިރިމީހާ ހައްޔަރުކޮށްފި، އަންހެން މީހާގެ ޕޯސްޓްމޯޓަމް ހަދަނީ

10 ޑިސެމްބަރު 2022
ނޮޅިވަރަމްގައި އަންހެނަކު މަރާލުން: ކޯޓު އަމުރެއްގެ ދަށުން ފިރިމީހާ ހައްޔަރުކޮށްފި، އަންހެން މީހާގެ ޕޯސްޓްމޯޓަމް ހަދަނީ
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
14 ޖެނުއަރީ 2017

މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި

14 ޖެނުއަރީ 2017
މި ސަރުކާރު ބިނާވެގެންވާ ހުރިހާ އަސާސްތަކެއް ދޫކޮށްލަންޖެހޭ: އިންތި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް