Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އީ-ޓިކެޓުގެ ހިދުމަތް

"ލިލީ" ފިލްމުން މުޅިން އަލަށް ރާއްޖެ އަށް އީ-ޓިކެޓުގެ ހިދުމަތް ފޯރުކޮށްދިނުން: ދިވެހިންނަށް ކަމުދިޔަ ބަދަލެއް

ދިވެހި ފިލްމު ލިލީން އޮލިމްޕަސް ސިނަމާގައި ޕްރިންޓް ޓިކެޓުގެ ބަދަލުގައި އީ-ޓިކެޓުގެ ހިދުމަތް ތައާރަފުކޮށްފި. ވެބްސައިޓާއި ހޮޓްލައިނާއި ކައުންޓަރުން ޓިކެޓު ނަންގަވާ ފަރާތްތަކަށް ކިއުއާރު ކޯޑާއެކު މެސެޖުކޮށް އީ-ޓިކެޓު ލިބޭނެ. މި އިންގިލާބީ ބަދަލުން ކަރުދާސް ބޭނުން ކުރުން މަދުވުމާއެކު ގިނަ ބަޔަކު މި ހިދުމަތަށް ތަރުޙީބުދީފަ.

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 26 ޑިސެމްބަރު 2025 | ހުކުރު 14:53
ލިލީ ފިލްމުގެ މަންޒަރެއް

ލިލީ ފިލްމުގެ މަންޒަރެއް

ކަރުދާހަށް ޕްރިންޓު ކޮށްގެން ދެމުން އައި ޓިކެޓުގެ ހިދުމަތް  "ލިލީ" ފިލްމުން މުޅިން އަލަށް އީ-ޓިކެޓުގެ ހިދުމަތަށް ބަދަލުކޮށްފި އެވެ.

ލިލީ ފިލްމުން ގެނައި މި އިންގިލާބީ ބަދަލު، ގިނަ ބަޔަކަށް ކަމު ގޮސްފައިވާ ކަން ފާހަގަކޮށްލެވެ އެވެ.

މިހާތަނަށް އައި އިރު އޮލިމްޕަސް ސިނަމާގައި ދައްކަމުން އައި ދިވެހި ފިލްމުތަކުގައި ވިއްކަމުން ދިޔައީ ޓިކެޓު ޕްރިންޓު ކޮށްގެންނެވެ. ކާމިޔާބުކަމާއި އެކު މިހާރު ވެސް ސިނަމާގައި ދައްކަމުންދާ ދިވެހި ފިލްމު "ލިލީ" ގެ ޓިކެޓު ވިއްކަމުން ދަނީ އީ-ޓިކެޓުގެ ގޮތުގައި ކަން ފާހަގަކޮށްލެވެ އެވެ. އެގޮތުން ފިލްމުގެ އޮފިޝަލް ވެބްސައިޓު www.book.lilythemovie.com އިން ޓިކެޓު ގަންނަ ފަރާތްތަކަށް  އޮޓޯ މެސެޖެއް ދާނެ އިންތިޒާމް ވަނީ ހަމަޖައްސާފަ އެވެ. އެ މެސެޖުގައި ކިއުއާރު ކޯޑަކާއި އެކު އީޓިކެޓުގެ ލިންކު ލިބެ އެވެ.

މީގެ އިތުރުން ފިލްމުގެ ހޮޓްލައިން 7505079 ވައިބާ މެދުވެރިކޮށް ޓިކެޓު ނަންގަވާ ފަރާތްތަކަށްވެސް ލިބެނީ އީ-ޓިކެޓެކެވެ. ކައުންޓަރަށް ގޮސް ޓިކެޓު ގަންނަ ފަރާތްތަކަށްވެސް އީޓިކެޓު ލިބެނީ ފޯނު ނަމްބަރަށެވެ.

މި އިންގިލާބީ ބަދަލާއި އެކު ބޭކާރުވާ ކަރުދާސް ބޭނުން ކުރުން ވަނީ މަދު ކުރެވިފަ އެވެ. އެހެން ކަމުން މި ބަދަލާއި މެދު ގިނަ ބަޔަކު ވަރަށް ގަޔާވެ އެވެ. އެގޮތުން ގޭގައި ހުރެގެން އޮންލައިންކޮށް ޓިކެޓު ނަގައިގެން އީ-ޓިކެޓުގެ ކިއުއާރު ކޯޑު ސްކޭންކޮށްގެން ތިއޭޓަރަށް ވަދެވޭނެ އެވެ. ކައުންޓަރަށް އައިސް ޓިކެޓު ނަގަން ނުޖެހުމުގެ ލުއި ހުރިހާ ބެލުންތެރިންނަށްވެސް މިހާރު ލިބެ އެވެ.

“ލިލީ” އޮލިމްޕަހުގައި މިހާރު ދައްކަމުން ދާއިރު މިހާރު ވިއްކަމުން ދަނީ މިރެއާއި މާދަމާރޭގެ ޝޯތަކުގެ ޓިކެޓެވެ. އާންމުންގެ ހޫނު ތަރުޚީބެއް ލިބެމުން އަންނަ މި ފިލްމަކީ މައިވަންތަކަމުގެ ލޯބިން މަހުރޫމުވެ ހެދިބޮޑުވަމުން އަންނަ އަންހެން ކުއްޖެއްގެ ދިރިއުޅުން ދައްކުވައިދޭ ފިލްމެކެވެ. މިއީ އަސަރުގަދަ އަދި ވަރުގަދަ ސަސްޕެންސެއް ހިފެހެއްޓިފައިވާ މޮޅު ފިލްމެއްކަން ގިނަ ބަޔަކު ފާހަގަކުރެ އެވެ.

ލިލީއޮލިމްޕަސް ސިނަމާދިވެހި ފިލްމު

ކޮމެންޓް

އިތުރަށް ކިޔާލަން

ބެލުންތެރިން ކެތް މަދުވެފައިވާ ފިލްމު "ލިލީ"ގެ ޓިކެޓް ވިއްކަން ފަށައިފި

ބެލުންތެރިން ކެތް މަދުވެފައިވާ ފިލްމު "ލިލީ"ގެ ޓިކެޓް ވިއްކަން ފަށައިފި

30 އޮކްޓޯބަރު 2025
ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

ފެބްރުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މިންވަރު 29 ޕަސެންޓް އިތުރުވެއްޖެ

13 މާރިޗު 2017
ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

ޗައިނާއާ ރާއްޖެއާ ދެމެދު ސޮއި ކުރުމަށް ހަމަޖެހިފައިވާ ފްރީޓްރޭޑް އެގްރިމެންޓްގެ މަޝްވަރާތައް ނިމެނީ

06 މާރިޗު 2017
ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

ހުޅުމާލޭ ފިޓްޒޯނުން ގުރޫޕު ފިޓްނަސް މުޅިން އަލަށް ފަށައިފި

05 މާރިޗު 2017
ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

ވަން ވާރލްޑް ޓްރެވެލް މާޓު 2017 ގައި ރާއްޖެއިން ބައިވެރިވެއްޖެ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

25 މެއި
އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

އެންމެ ފަހުން އެޗްއާރުސީއެމް ވެސް ގާނޫނާ ޚިލާފުވެއްޖެ ކަމަށް ކަނޑައަޅައިފި

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!
20242 އަހަރު ކުރިން
ރިޕޯޓު

ސަރުކާރު އުޅެނީ، ޕާން ފޮތި ބޭނުންވެގެން ހިޔަޅު އުޅުނުހެން!

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް
20233 އަހަރު ކުރިން
ރާއްޖެ

ދަސްވެނީންގެ ހަފްލާގައި ޝަރަފުވެރި މެހެމާނުގެ އިތުރުން ރައީސް ބަލަދުވެރިޔަކަށް

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ޖޯޑަންގެ މި އަންހެން މީހާ ވަޔަރުތައް ބަދަލުކޮށްލަނީ ރީތީ ޓްރޭތަކަށް

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!
20215 އަހަރު ކުރިން
ރާއްޖެ

17 މުވައްޒަފުންނާއެކު ރާއްޖެޓީވީ އަނެއްކާވެސް ލޮކްޑައުންއަކަށް!

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!
20197 އަހަރު ކުރިން
ރިޕޯޓު

މުލައްދަނޑިން އިންސާފު ހޯދުން: ބޮޑު ގޯހެއްގެ ފެށުން!

ޗިކަން ޝަވަރުމާ
20188 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކަން ޝަވަރުމާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު