Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފިލްމު ލިލީ

ބެލުންތެރިން ކެތް މަދުވެފައިވާ ފިލްމު "ލިލީ"ގެ ޓިކެޓް ވިއްކަން ފަށައިފި

30 އޮކްޓޯބަރު 2025 | ބުރާސްފަތި 17:06

އަޒްހާން ލިޔެ، ޑައިރެކްޓްކޮށް ކްރިއޭޓިވް ނެޓްވޯކުން ގެނެސްދޭ މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގައެވެ.

މި ފިލްމު އޮލިމްޕަހުގައި ޕްރީމިއަރ ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 17:06
ފިލްމު 'ލިލީ' ގެ ޓިކެޓް ވިއްކަން ފަށައިފި

ފިލްމު 'ލިލީ' ގެ ޓިކެޓް ވިއްކަން ފަށައިފި

ޒުވާން ޑައިރެކްޓަރު އަޒްހާން އިބްރާހީމްގެ ދެވަނަ ފީޗަރ ފިލްމު، އަދި ބެލުންތެރިން ކެތް މަދުވެފައިވާ ފިލްމު "ލިލީ" މި އަހަރުގެ ނޮވެމްބަރުގައި ސިނަމާތަކަށް ގެންނަން ނިންމައި، އޮލިމްޕަހުން ޓިކެޓް ވިއްކަން ފަށައިފި އެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން އަޒްހާން ވިދާޅުވީ، ފުރަތަމަ ވިއްކަން ފެއްޓީ، ފިލްމުގެ ފުރަތަމަ ތިން ޝޯވްގެ ޓިކެޓް ކަމަށާއި، ގިނަ ބައެއްގެ ތަރުހީބު މިހާރުން ފެށިގެންވެސް މިފިލްމަށް ލިބެމުން އަންނަ ކަމަށެވެ.

އަދި ފިލްމު ޕްރިމިއަރ ކުރުމުގެ ކުރިން ޓިކެޓް ގަންނަ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ވަރަށް ހާއްސަ އިނާމްތަކެއް ހުށަހަޅާފައިވާ ކަމަށާއި އިނާމްތަކުގެ ތަފްސީލް ލިލީގެ ފޭސްބުކް ޕޭޖުން އިއުލާން ކުރާނެ ކަމަށް އަޒްހާން ވިދާޅުވި އެވެ.

ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައިވާ އިރު ގިނަ ބައެއްގެ ތަރުހީބް އަންނަނީ ލިބެމުންނެވެ. އަޒްހާން ލިޔެ، ޑައިރެކްޓްކޮށް ކްރިއޭޓިވް ނެޓްވޯކުން ގެނެސްދޭ މި ފިލްމު އޮލިމްޕަހުގައި ޕްރީމިއާ ކުރަން ހަމަޖެހިފައި ވަނީ ނޮވެމްބަރު 20 ގަ އެވެ.

އަދި އޮލިންޕަސް ބަންދު ވަގުތުތަކުގައި އޮންލައިންކޮށް ވެސް ޓިކެޓް ލިބެން ހުންނާނެ އެވެ.

ޒުވާން އަންހެނެއްގެ ހަޔާތަށް ދިމާވާ ހާދިސާތަކަކާ ގުޅިގެން އޭނަ އިންސާފު ހޯދަން ކުރާ މަސައްކަތް ދައްކުވައި ދޭ "ލިލީ" ގެ ޓައިޓްލް ރޯލުން ފެންނާނީ އަރަމުން އަންނަ ޒުވާން ބަތަލާ އައިޝާ އަލީ އެވެ. މީގެ މައިގަނޑު އިތުރު ކާސްޓުންގެ ތެރޭގައި އަހުމަދު ޝާރިފާއި މުހައްމަދު އިޝްފާންގެ އިތުރުން މަރިޔަމް ޝިމާ ހިމެނެ އެވެ.

ރާއްޖެއެމްވީ އާއި ވާހަކަ ދައްކަވަމުން މިފިލްމުގެ އެއް ތަރި، މުހައްމަދު އިޝްފާން ބުނީ މިއީ ވަރަށް ތަފާތު ފިލްމެއް ކަމަށާއި ހުރިހާ ބެލުންތެރިންވެސް ފިލްމު ބަލާލުމަކީ މުހިއްމު ކަމެއް ކަމެކެވެ.

މިފިލްމު ބަލާލަން ބޭނުންވެފައި ތިބި ފަރާތްތަކަށް އޮތް އުފާވެރި އަނެއް ހަބަރަކީ އަތޮޅު ތެރޭގެ 50 އަށް ވުރެ ގިނަ ރަށްރަށުގައި ފިލްމު އެޅުވުމަށް މިހާރުވެސް، އެދިފައިވާ ކަމަށާއި، އަދިވެސް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލާފައިވާ ކަމަށް އަޒްހާން ވިދާޅުވި އެވެ.

ލިލީކްރިއޭޓިވް ނެޓްވޯކް

އިތުރަށް ކިޔާލަން

07 އެޕްރީލު 2018

ޖަލަށްލާ ވާހަކަ ދައްކަވާއިރު، މިއިން ބޭފުޅަކަށް އެއް ދުވަހު ވެސް ޖަލުގައި ކެތްނުކޮށްލެވޭނެ: މަހުލޫފް

07 އެޕްރީލު 2018
ޖަލަށްލާ ވާހަކަ ދައްކަވާއިރު، މިއިން ބޭފުޅަކަށް އެއް ދުވަހު ވެސް ޖަލުގައި ކެތްނުކޮށްލެވޭނެ: މަހުލޫފް
05 މާރިޗު 2018

މަހުލޫފް ހުރީ ގަދަކޮށް، މުޒާހާރާގައި ބައިވެރިވާން ކެތް މަދުވެފައި: އާއިލާ

05 މާރިޗު 2018
މަހުލޫފް ހުރީ ގަދަކޮށް، މުޒާހާރާގައި ބައިވެރިވާން ކެތް މަދުވެފައި: އާއިލާ
06 ފެބުރުއަރީ 2018

ރައީސް ޔާމީނަކީ މަހާތަމާ ގާނދީ ފަދަ ކެތްތެރި ހިކުމަތްތެރި ބޭފުޅެއް: ޑިފެންސް މިނިސްޓަރ

06 ފެބުރުއަރީ 2018
ރައީސް ޔާމީނަކީ މަހާތަމާ ގާނދީ ފަދަ ކެތްތެރި ހިކުމަތްތެރި ބޭފުޅެއް: ޑިފެންސް މިނިސްޓަރ
28 ޑިސެމްބަރު 2017

ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވޭނެ ކަމާމެދު ޝައްކެތް ނުކުރަން: ހަސަން ލަތީފު

28 ޑިސެމްބަރު 2017
ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ވާދަ ކުރެއްވޭނެ ކަމާމެދު ޝައްކެތް ނުކުރަން: ހަސަން ލަތީފު
19 ޑިސެމްބަރު 2017

މިރޭ އޮންނަ ދިވެހި ފިލްމު އެވޯޑު ހަފްލާއަށް އޮލިމްޕަސް ހިމެނޭ ސަރަހައްދު ބަންދު ކުރަނީ

19 ޑިސެމްބަރު 2017
މިރޭ އޮންނަ ދިވެހި ފިލްމު އެވޯޑު ހަފްލާއަށް އޮލިމްޕަސް ހިމެނޭ ސަރަހައްދު ބަންދު ކުރަނީ
22 އޮކްޓޯބަރު 2017

ފާރިސްއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުންޔާ ދުއާ ކުރައްވައިފި

22 އޮކްޓޯބަރު 2017
ފާރިސްއަށް ކެތްތެރިކަމާއި ހިތްވަރު ދެއްވުމަށް އެދި ދުންޔާ ދުއާ ކުރައްވައިފި
12 ޖުލައި 2017

ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ވައްކެތް ނުކުރި: މުސްތަފާ

12 ޖުލައި 2017
ޕީޕީއެމުން ވަކިކޮށްދިނުމަށް އަމިއްލައަށް އެދުމުންވެސް ވައްކެތް ނުކުރި: މުސްތަފާ
17 އެޕްރީލު 2017

ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު

17 އެޕްރީލު 2017
ޕީޕީއެމް ނަމުގައި އުޅޭ ވަގުތީ ނުރަސްމީ ފެކްޝަނަކަށް އަޅުގަނޑު ވައްކެތް ނުކުރެވޭނެ: ސައުދު
02 އެޕްރީލު 2017

ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި

02 އެޕްރީލު 2017
ރާއްޖެޓީވީގެ ކުރު ފިލްމު މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު އިތުރުކޮށްފި
27 މާރިޗު 2017

އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން

27 މާރިޗު 2017
އަޅުގަނޑަކީ ޕީޕީއެމްގެ މެމްބަރެއް، ޕާޓީން ވައްކެތް ނުކުރެވޭނެ: ރައީސް މައުމޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް