Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިކޮނޮމިކް މިނިސްޓްރީ

ސަރުކާރުގެ ކުންފުނިތައް ގެއްލުމުގައި ހިންގާ ސަބަބާ ގުޅޭ ގޮތުން މިނިސްޓަރު ސައީދުގެ ޖަވާބެއް ނެތް

ސަރުކާރުގެ ކުންފުނި ތަކުގެ ޚަރަދު ބޮޑުވެ، ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގަމުން އަންނައިރު، އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވޭ. ސަރުކާރު ހިއްސާވާ ކުންފުނި ތަކުގއި އިންތިހާ އަށް ވައްކަމާއި، ކޮރަޕްޝަން އޮތް ކަަމުގެ ތުހުމަތު ވަނީ އަމާޒުވެފައި.

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 25 ޑިސެމްބަރު 2025 | ބުރާސްފަތި 13:57
އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު

ސަރުކާރު ހިއްސާވާ ގިނަ ކުންފުނި ތަކެއް ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށް ބުނެ، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ނެރެފައިވާ ރިޕޯޓާ ގުޅޭ ގޮތުން ސުވާލު ކުރުމުން ޖަވާބެއް ދެއްވުމަށް، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު ދެކޮޅު ހައްދަވައިފި އެވެ.

ޕީސީބީ އިން ނެރެފައިވާ ރިޕޯޓެއްގައި ބުނެފައި ވަނީ، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގެ ތެރެއިން 12 ކުންފުންޏެއް ހިންގަމުން އަންނަނީ ގެއްލުމުގައި ކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ޖުމުލަ 280 މިލިއަން ރުދިޔާާގެ ގެއްލުން ވެފައިވާކަން ވަނީ ހާމަ ކޮށްފަ އެވެ. އޭގެ ތެރޭގައި މީގެ ކުރިން ފައިދާ ގައި ހިންގަމުން އައި ކުންފުނިތައް ވެސް ހިމެނެ އެވެ.

Advertisement - newsAdvertisement

ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭ ގޮތުން ރާއްޖެ ޓީވީ އިން ސުވާލު ކުރުމުން މިނިސްޓަރު ސައީދު އެންމެ ފުރަތަމަ ވިދާޅުވީ ސީދާ ކޮން ކުންފުންޏެއްކަން ބުނެދިނުމަށް ވަރަށް ބޮޑަށް އެދިލައްވާ ކަމަށެވެ. އޭރުން އެ ވާހަކައެއް ދައްކަން ފަސޭހަ ވާނެ ކަމަށް މިނިސްޓަރު ސައީދު ވިދާޅުވި އެވެ.

އެއާ އެކު އެ ކުންފުނި ތަކުގެ ތެރޭގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީ) އާއި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑު (އެމްއޭސީއެލް) އަދި ފެނަކަ ކޯޕަރޭޝަން ފަދަ ކުންފުނިތައް ހިމެނޭ ކަމަށް ދެންނެވުމުން، މިނިސްޓަރު ސައީދު ވަނީ ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

ޖަވާބު ދެއްވުމުގެ ބަދަލުގައި މިނިސްޓަރު ސައީދު ވިދާޅުވީ، އެ ސުވާލު އެ ކުންފުނި ތަކުގެ މެނޭޖުމަންޓުގައި އެހުމަށެވެ. 

އަޅުގަނޑު ވަރަށް ބޮޑަށް އެދެން އެ ސުވާލު، ސީދާ ކޮން ކުންފުންޏެއްކަން ވިދާޅުވެއްޖިއްޔާ، އޭރުން އެ ވާހަކައެއް އަޅުގަނޑަށް ދައްކަން ފަސޭހަ ވާނެ. އެހެން ނަމަވެސް، އެއަށް އެންމެ ލާއިގު، އެ ވާހަކަ ދެއްކުމަށް އެންމެ ރަނގަޅު ބޭފުޅުންނަށް ވާނީ މިނިސްޓްރީ އޮފް ފިނޭންސް އަދި އެ ކުންފުނި ތަކުގެ މެނޭޖުމަންޓާ ވާހަކަ ދައްކައިގެން. އަޅުގަނޑަކަށް ހީ ނުވޭ ތި ސުވާލަށް ސީދާ، ވަކި ވަކި ކުންފުނީގެ ބިހާފުގައި އަޅުގަނޑަށް އެއްޗެއް ދަންނަވަން ވާނެހެން. 
 މުޙައްމަދު ސައީދު / އިކޮނޮމިކް މިނިސްޓަރު

މިނިސްޓަރު ސައީދު ޖަވާބެއް ދެއްވާފައި ނުވާއިރު، ސަރުކާރުގެ ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގަން ޖެހި، އެތައް ބައެއްގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނި ތަކުގެ ޚަރަދުތައް އިންތިހާ އަށް ބޮޑުވެ، ވަޒީފާ ތަކަށް އިންތިހާ އަށް މީހުން ވައްދާ ކަމުގެ ކަންބޮޑުވުން ވެސް ވަނީ އެތައް ބަޔަކު ފާހަގަ ކޮށްފަ އެވެ. 

އެގޮތުން އެ ރިޕޯޓުގައި ވެސް ފާހަގަ ކޮށްފައިވާ ގޮތުގައި، ސަރުކާރު ހިއްސާވާ ކުންފުނި ތަކުގައި 37،900 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. މިއީ ސިވިލް ސާވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވުރެ، 7000 މުވައްޒަފުން އިތުރު އަދަދެކެވެ. 

ބައެއް ކުންފުނި ތަކުގެ ތެރޭގައި މީގެ ކުރިން ސާފު ފައިދާ ގައި ހިންގަމުން އައި ކުންފުނިތައް ވެސް ހިމެނެ އެވެ. އެގޮތުން، މި ސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް، އެމްޓީސީސީ އަކީ ފައިދާގައި ހިންގަމުން އައި ކުންފުންޏަކަށް ވީ ނަމަވެސް، އެންމެ ފަހުގެ ރިޕޯޓުގައި ބުނެފައި ވަނީ މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި ވެސް އެމްޓީސީސީ އަށް 19.66 މިލިއަން ރުފިޔާގެ ގެއްލުންވެފައިވާ ކަމަށެވެ.

ސަރުކާރުގެ ކުންފުނި ތަކުގެ ޚަރަދު ބޮޑުވެ، ގިނަ ކުންފުނިތައް ގެއްލުމުގައި ހިންގަމުން އަންނައިރު، އެކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައި ނުވެ އެވެ. ސަރުކާރު ހިއްސާވާ ކުންފުނި ތަކުގއި އިންތިހާ އަށް ވައްކަމާއި، ކޮރަޕްޝަން އޮތް ކަަމުގެ ތުހުމަތު ވަނީ އަމާޒުވެފަ އެވެ. ޕީސީބީގެ ރިޕޯޓުގައި ގެއްލުންވެފައިވާ ކަމަށް ފާހަގަ ކޮށްފައިވާ ކުންފުނި ތަކުގެ ތެރޭގައި ވެސް، އެ ތުހުމަތު އަމާޒުވެފައިވާ ކުުންފުނިތައް ވެސް ހިމެނެ އެވެ.

އެގޮތުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް 113.73 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް ބުނެފައިވާއިރު، އެ ކުންފުނީގައި ކޮރަޕްޝަންގެ އެތައް މައްސަލައެއް އޮތް ކަމަށް ވަނީ ތުހުމަތުވެފަ އެވެ. މީގެ އިތުރުން ކޮރަޕްޝަންގެ އެތައް މައްސަލައެއް ފެންމަތިވެފައިވާ ފެނަކަ ވެސް ވަނީ، 33.72 މިލިއަން ރުފިޔާ އިން ގެއްލުންވެފަ އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑްމިނިސްޓަރ އޮފް އިކޮނަމިކް ޑިވަލަޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދު

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރުކާރު ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރަން އަންގައިފި

ސަރުކާރު ކުންފުނިތަކަށް އިންފޮމޭޝަން އޮފިސަރުން އައްޔަނު ކުރަން އަންގައިފި

16 ޑިސެމްބަރު 2025
ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

ނާގާބިލު ސަރުކާރެއްގެ ނާގާބިލު ކުންފުނިތައް: އޮޑިޓެއް ނުކުރޭ، ހާލަތު ބެލޭނެ ގޮތެއް ވެސް ނެތް!

15 ޑިސެމްބަރު 2025
ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

ސަރުކާރުގެ ބޮޑު 12 ކުންފުނި ގެއްލުމުގައި! އެންމެ ބޮޑު ގެއްލުމެއް ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތުހުމަތުވާ އާރްޑީސީ އަށް

14 ޑިސެމްބަރު 2025
ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

ސަރުކާރުގެ ޚިދުމަތުން ރިޓަޔާ ކުރެއްވި ޝަކީބު ޕީއެސްއެމް ގެ އެމްޑީ އަކަށް އައްޔަނު ކޮށްފި

10 ޑިސެމްބަރު 2025
މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

މޮޅު ގޮތަކަށް އެ ޖެހީ، ޖެހުނު ގޮތަކުން ގޯލެއް އެވަނީ.....އެކަމަކު ބައިކޮޅަށް!

29 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު