Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްޑީޕީ

އެމްޑީޕީ އިން ބާއްވާ ބޮޑު އެއްވުމުގައި ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވާން ނަޝީދު ގޮވާލައްވައިފި

ރައީސް މުއިއްޒުގެ ސަރުކާރުން ދުސްތޫރީ ނިޒާމު ހަލާކުކޮށް ގައުމު ލޫޓުވައިފިކަމަށް އެމްޑީޕީން ބުނޭ

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 30 ސެޕްޓެމްބަރު 2025 | އަންގާރަ 12:51
އެމްޑީޕީ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

އެމްޑީޕީ ޖަލްސާގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު

ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު މުޅިން ހަލާކުކޮށްލާ ގައުމު ލޫޓުވައިފި ކަމަށް ބުނެ، އެންމެ ބޮޑު އިދިކޮޅު ޕާޓީ، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ބާއްވާ އެއްވުމަގައި ކޮރަޕްޝަނާ ދެކޮޅު އެންމެހާ ރައްޔިތުން ބައިވެރިވުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

މީގެ ތިން މަސްދުވަސް ކުރިން ޖޫން މަހުގެ 23 ވަނަ ދުވަހު އެމްޑީޕީއާ އަލުން ގުޅިވަޑައިގެންނެވި ކުރީގެ ރައީސް ނަޝީދުގެ ރަސްމީ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އަންނަ ހުކުރު ދުވަހުގެ މުޒާހަރާއަކީ ވަކި ޕާޓީއެއްގެ ކަމެއްގެ ގޮތުގައި ދެކެން ނުޖެހޭ ކަމަށާއި އެއީ ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވުން ރަނގަޅު މުޒާހަރާއެއް ކަމަށެވެ.

އެމްޑީޕީން އިންތިޒާމު ކުރާ މުޒާހަރާގައި ކޮރަޕްޝަނާ ދެކޮޅު އެންމެން ބައިވެރިވުން ރަނގަޅު ކަމަށް ނަޝީދު ވިދާޅުވި އިރު، ކޮރަޕްޝަން ހުއްޓުވުމަށާއި މަގާމުގެ ނުފޫޒާއި ބާރުގެ ބޭނުންކޮށްގެން ދައުލަތުގެ ހަޒާނާ އިން ވައްކަންކުރާ މައްސަލަތަކުގައި މަޝްވަރާކޮށް ފިޔަވަޅު އެޅުމަށް މަތީ ފެންވަރުގެ ކޮންފަރެންސަކަށް އެ މަނިކުފާނު ވަނީ ގޮވާލައްވާފަ އެވެ.

"ލޫޓުވައިފި ލޫޓުވައި" ނަމުގައި އެމްޑީޕީން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު މާލޭގައި ބާއްވާ ބޮޑު އެއްވުމަށް ތައްޔާރުވުމުގެ މަސައްކަތް އަންނަނީ ވަރަށް ފޯރިއާއެކު ކުރަމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގެ ބޮޑެތި މަގުތަކުގައި އެމްޑީޕީން އަންނަނީ ޕޯސްޓަރުތަކާއި ބެނާތައް ހަރުކުރަމުންނެވެ. އަދި މީގެ އިތުރުން ބޮޑު އެއްވުމަށް ތައްޔާރު ވުމުގެ ގޮތުން ސިލްސިލާ ގޮތެއްގައި މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ޕިކަޕް ޖަލްސާތައް ވެސް ބާާއްވަމުންދެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން މިހާރު ފެންނަނީ ހުދުމުހުތާރު ވެރިކަމެއް ކުރެއްވުމަށްޓަކާ މަގުކޮށަމުންދާ މަންޒަރުކަމަށް ގިނަ ބަޔަކު ސިފަކުރެއެވެ. އަދި ސަރުކާރުގެ ދޯހަޅި ސިޔާސަތުތަކުގެ ސަބަބުން ދިވެހިރައްޔިތުން އިންތިހާއަށް ބިކަވެފައިވާ މި ދަނޑިވަޅުގައި ސަރުކާރު ޒިންމާދާރު ކުރުމުގެ ހަރަކާތްތައް ވަނީ އިތުރުވެފައެވެ. ރައީސް މުއިއްޒުގެ ސަރުކާރުން ދިވެހި ރައްޔިތުންނާއި މުޅި ގައުމު ނިކަމެތިކޮށްފި ކަމަށާއި، ގައުމު ހަމަ މަގަށް އެޅުވުމަށްޓަކައި، އަންނަ އޮކްޓޯބަރު 3، ގައި ރަށްރަށުން ވެސް މީހުން މާލެއަށް އަރައި، ސަރުކާރު ޖަވާބުދާރީކުރުވަން ހުރިހާ ރައްޔިތުން ނުކުތުމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ގޮވާލައްވާފަ އެވެ.

ރައީސް މުއިއްޒުގެ މިސަރުކާރު ޒިންމާދާރު ކުރުވާ ޖަވާބުދާރީ ކުރުވަން އިދިކޮޅު ހުރިހާ ސިޔާސީ ޕާޓީތަކަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ދައުވަތުއަރުވާފަ އެވެ. އަދި ސަރުކާރު ހަމަމަގަށް އެޅުވުމަށްޓަކާ ހުރިހާ ސިޔާސީ ޕާޓީތަކާއެކު މަސައްކަތްކުރަން އަދާލަތު ޕާޓީ ތައްޔާރަށް އޮތްކަން އެޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވެސް ވިދާޅުވެފައިވެއެވެ.

ރައީސް މުހައްމަދު މުއިއްޒުއެމްޑީޕީރައީސް މުހައްމަދު ނަޝީދުކޮރަޕްޝަން އިހުތިޖާޖު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން

13 ޑިސެމްބަރު 2025
ފިޝަރީޒް މިނިސްޓަރު އުޅުއްވަނީ ބޮޑު ކަންނެލީގެ މަސްވެރިކަން މުޅިން ނެތި ކޮށްލަން: އިމްރާން
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު

11 ޑިސެމްބަރު 2025
މުޒާހަރާއިން މަސްވެރިން ހައްޔަރުކުރުމަކީ މަސްވެރިން ފެއިލްކޮށް ވެރިކަން ކުރުމުގެ އަހުލާގު މި ސަރުކާރުގައި ނެތްކަން ދައްކައުވައިދޭ ކަމެއް: ޝާހިދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި
11 ޑިސެމްބަރު 2025

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު