Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިމާވެށި ހަލާކު ކުރުން

ތިމާވެށީގެ ގޮތުން މުހިންމު މާހައުލުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަން މުއިއްޒު ސަރުކާރުން ރިސޯޓު ތަރައްގީ ކުރަން ނައްތާލަނީ

އީއައީއޭ ރިޕޯޓަކީ މިހާރު ނަމެއްގައި ހަދާ އެއްޗަކަށް އޮތީ ހަދާފައި

ރާއްޖެ އެމްވީ | 25 ނޮވެމްބަރު 2025 | އަންގާރަ 15:10
ހަނިިފަރު ފަޅު، ބާ، އަތޮޅު

ހަނިިފަރު ފަޅު، ބާ، އަތޮޅު

ތިމާވެށީގެ ގޮތުން މުހިންމު މާހައުލުތަކުގެ ގޮތުގައި ފާހަގަ ކޮށްފައިވާ ތަންތަން ހިއްކައިގެން ރިސޯޓު ހަދަން މުއިއްޒު ސަރުކާރުން ދޫކުރަން ނިންމުމާއެކު އެތަންތަން ނެތިގެން ހިނގައިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ވަނީ ޖުމުލަ 18 ރިސޯޓު ތަރައްގީކުރާނެ ބަޔަކު ހޯދަން ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު އިއުލާނުކޮށްފައެވެ.

Advertisement - newsAdvertisement

އެގޮތުން، ހަލާލު ޓުއަރިޒަމަށް ރިސޯޓު ތަރައްގީކުރަން ހުޅުވާލީ ހއ. ބިނާފުއްޓާއި އެ އަތޮޅު ކަނޑާލިފިނޮޅާއި ހދ. މަކުނުދޫ ފަރު އެކަކާއި ށ. ފުށިފަރާއި ލ. ފޮނަގާދޫ އެވެ.

މީގެ އިތުރުން ވެސް ރިސޯޓު ތަރައްގީ ކުރަން އިތުރު 13 ތަނެއް ވެސް ބީލަމަށް ވަނީ ހުޅުވާލާފައެވެ. އޭގެ ތެރޭގައި ފަޅުތަކާއި ފަރުތައް ހިމެނެއެވެ.

އިންވެސްޓަރުންނަށް ގިނަ ލުއިތަކެއް ލިބޭ ގޮތަށް ހުޅުވާލާފައިވާ މި ފުރުސަތުގެ ދަށުން ރިސޯޓް ތަރައްގީ ކުރަން ހުޅުވާލި ފަޅުތަކާއި ފަރުތަކުގައި ރިސޯޓު ތަރައްގީ ކުރަނީ ބޮޑެތި ސަރައްދުތައް ހިއްކައިގެން ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީން ކުރި އިއުލާނުން ފާހަގަ ކުރެވެއެވެ.

ނަން ނުޖެހުމަށް ޝަރުތު ކޮށް ވާހަކަ ދެއްކި ސަރުކާރުގެ އޮފިޝަލަކު ބުނީ، އިއުލާނުު ކޮށްފައިވާ ތަންތަނުގެ ތެރޭގައި ތިމާވެށީގެ ޚާއްސަ ސިފަތައް އެތަންތަނުގައި ހުރުމާއެކު ހިމާޔަތް ކުރަން ޝޯޓް ލިސްޓު ކޮށްފައިވާ ތަންތަން ވެސް ހިމެނޭ ކަމަށެވެ.

އެ ގޮތުން ހއ. މާދުނިފަރު، ހއ. ކަނޑާލިފިނޮޅު، ހދ. މަކުނުދޫ ފަރު، ށ. ގޮނާފަރަކީ މިހާރު ވެސް "ސެންސިޓިވް ލިސްޓް" ގައި ހިމެނޭ ތަންތަންކަން އޭނާ ފާހަގަ ކުރި އެވެ.

މީގެ ތެރޭގައި ހިމެނޭ ހއ. ކަނޑާލި ފިނޮޅު ހަލާލު ޓޫރިޒަމް އަށް ދޫކުރަން ވަނީ ނިންމާފަ އެވެ. ހއ. މާދުނިފަރު ތިން ބަޔަކަށް ބެހުމަށްފަހު ޖުމްލަ 600 ހެކްޓަރުގެ ސަރަހައްދެއް ރިސޯޓު ހަދަން ދޫރުން ވަނީ ނިންމާފައެވެ. އޭގެ އިތުރުން ހދ. މަކުނުދޫ ފަރު ގެ ދެ ސެގްމަންޓަކުން ޖުމްލަ 400 ހެކްޓަރު ގެ ސަރަހައްދު ރިސޯޓު ހަދަން ދޫކުރަން ނިންމުމުގެ އިތުރުން، ށ. ގޮނާފަރު 3 ބަޔަކަށް ބެހުމަށް ފަހު ޖުމްލަ 600 ހެކްޓަރު ރިސޯޓު ހަދަން ދޫކުރަން ނިންމާފައިވާ ކަމަށް ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓްރީގެ އިއުލާނުގައި ވެއެވެ.

ރައީސް މުއިއްޒުގެ ސަރުކާރުން ތިމާވެށީގެ ކަންކަމަށް ބެލުމެއް ނެތި، ބިން ހިއްކުން ފަދަ ތިމާވެއްޓަށް ގެއްލުން ބޮޑު މަޝްރޫއުތައް ކުރިއަށް ގެންދާކަން މީޑިއާ ގައި އަންނަނީ ފާހަގަ ކުރަމުންނެވެ. އެ ގޮތުން، ރަށްރަށަށް މުއިއްޒު ކުރައްވާ ދަތުރުތަކުގައި މަޝްރޫއުތައް ފެށުމުގެ ގޮތުން، ގާނޫނު ގައި ބުނާ ތިމާވެއްޓަށް އަސަރު ކުރާ މިންވަރު ބަލާ ރިޕޯޓު ނުހަދާ ނުވަތަ އެފަދަ ރިޕޯޓަކަށް ހުއްދަ ދިންކަން އެނގެން ނެތި ކޮމަންޑޫ އެއަރޕޯޓުގެ މަސައްކަތާއި ށ. މިލަންދޫ އެއަރޕޯޓުގެ މަސައްކަތާއި ނައިފަރު ބިން ހިއްކުން ފަދަ މަޝްރޫއުތައް ފަށާފައި ވެއެވެ. މިފަދަ ހިއްކުމުގެ މަސައްކަތްތައް ފެށި އިރު ކިސަޑުތައް މުޅި ސަރަހައްދަށް ފެތުރިގެން ގޮސްފައިވާ މަންޒަރު ފެންނަ ވީޑިއޯ ތައް ވަނީ އާންމު ވެފައެވެ.

ތިމާވެށީގެ ގާނޫނާ ޚިލާފަށް ތަރައްގީގެ ނަމުގައި އެތައް މަޝްރޫއެއް މި ސަރުކާރުން ކުރިއަށް ގެންދާއިރު، މަޝްރޫއުތައް ފެށުމުގެ ކުރިން ހަދަން ޖެހޭ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ހެދުމަށް ގެންގުޅެމުން އައި ހަރުދަނާ އުސޫލު މުއިއްޒު ސަރުކާރުން ވަނީ 'ލުއިކުރުމުގެ' ނަމުގައި ބަދަލު ގެނެސް ނަމަކަށް ހަދާ ރިޕޯޓަކަށް ބަދަލު ކޮށްފަ އެވެ. އޭގެ އިތުރުން އީއައިއޭ ޕްރޮސެސް އަވަސް ކުރުމުގެ ނަމުގައި މަޝްރޫއުން އަސަރުކުރާ ފަރާތްތަކުގެ މަޝްވަރާ ހޯދަން ޖެހޭ ގޮތައް ކުރިން އޮތް އޮތުން ވެސް ލާޒިމު ނުވާ ގޮތައް ވަނީ ބަދަލު ކޮށްފަ އެވެ.

ކަނޑުފަޅުގެ މުހިންމު ދިރުންތައް ހިމެނޭތީ އާއި ތިމާވެށީގެ ޚާއްސަ ސިފަތައް ހުރުމުގެ ސަބަބުން "ސެންސިޓިވް ލިސްޓް" ގައި ހިމެނޭ އެތައް ތަނެއް ރިސޯޓު ހަދަން ދޫކުރަން ސަރުކާރުން ނިންމި އިރު، ސަރުކާރުގެ ތެރޭގައި ތިބި ކަމާ ބެހޭ އޮފިޝަލުންނާ ވެސް މަޝްވަރާ ނުކުރާކަން މި ނޫހަށް ވަނީ އެނގިފައެވެ.

"އަޅުގަނޑުމެންނަށް ވެސް ފެނުނީ އިއުލާނު ކުރި ފަހުން، ސެންސިޓިވް ލިސްޓުގައި އޮތްތޯ ކުރިން ސްކްރީން ކުރާނެ އިގްތިސާދީ ކަންކަމަށް ތަންތަން ދޫކުރުމުގެ ކުރިން، މިފަހަރު ނެތް ބަލާފަ އެއް،" މިކަމުގެ މައުލޫމާތު އެނގޭ ސަރުކާރުގެ އޮފިޝަލު ކިޔައި ދިނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި، އީއައިއޭ ރިޕޯޓަކީ މިހާރު ނަމެއްގައި ހަދާ އެއްޗަކަށް ވެފައި ވުމާއެކު، އެ މަރުހަލާ ގައި ވެސް މިފަދަ ތަނެއް ސަލާމަތް ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"އީއައިއޭ ރިޕޯޓަކީ މިހާރު ހަމަ ނަމަކަށް ކުރާ ކަމެއް، އެ ރިޕޯޓު ނުހަދާ މަސައްކަތް ފެށި އަސް ކުރެވޭނެ ކަމެއް ވެސް ނޯވޭ، ސަރުކާރުން ކިތަންމެ މަޝްރޫއެއް ފަށައިފި، އެކަމަކު ރިޕޯޓު ފެންނާކަށް ނެތް،" އޭނާ ބުންޏެވެ.

މީގެ އިތުރުން، އެތައް އަހަރެއް ވަންދެން ރާއްޖޭގައި ހިމާޔަތް ކޮށްފައިވާ ކަށި މިޔަރަށް ދީފައި އޮތް ހިމާޔަތް އުވާލައި، ކަށި މިޔަރު ގެ މަސްވެރިކަމަށް ވެސް މި ސަރުކާރުން ވަނީ ހުޅުވާލާފައެވެ. ސަރުކާރުން ކަށި މިޔަރު މަސްވެރިކަމަށް ހުއްދަ ދިނީ ރާއްޖެ އާއި ބައިނަލް އަގްވާމީ ޖަމްއިއްޔާ ތަކުން ސަރުކާރުން އެކަން ނުކުރުމަށް އިލްތިމާސް ކުރަމުން ދަނިކޮށް އެއިން ކަމަކަށް އިޖާބަ ދިނުމެއް ނެތިއެވެ.

ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގެ 22 ވަނަ މާއްދާގައި ދިވެހި ރާއްޖޭގެ ގުދުރަތީ ތިމާވެއްޓާއި، ދިރޭތަކެތީގެ މުއްސަނދިކަމާއި، ގުދުރަތީ ވަސީލަތްތަކާއި ރީތިކަން މިހާރުގެ ޖީލުތަކަށާއި އަންނާން އޮތް ޖީލުތަކުގެ މަންފާ އަށް ޓަކައި ރައްކާތެރިކޮށް ދެމެހެއްޓުމަކީ ދައުލަތުގެ އަސާސީ ވާޖިބެއް ކަމުގައި ބުނެފައި ވެއެވެ. އޭގެ އިތުރުން އިގްތިސާދީ އަދި އިޖުތިމާއީ ކުރިއެރުން ހޯދުމަށް ކުރިއެރުން ހޯދުމަށް ކުރެވޭ މަސައްކަތްތަކަކީ ތިމާވެށި ހިމާޔަތް ކުރެވޭ ގޮތުން ކުރިއަށް ގެންދާ ކަންކަމަށް ހެދުމަށް ދައުލަތުން ބާރު އަޅަން ވާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ރިޒޯޓް ތަރައްޤީކުރުންސެންސިޓިވް ލިސްޓްއީއައިއޭތިމާވެށި ހަލާކު ކުރުން

ކޮމެންޓް

އިތުރަށް ކިޔާލަން

މާވަށު ފަޅުތެރޭގައި ލަސްތަކެއް ނުވެ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި ރިސޯޓަށް ވީ ކިހިނެއް؟

މާވަށު ފަޅުތެރޭގައި ލަސްތަކެއް ނުވެ ތަރައްގީ ކުރައްވާނެ ކަމަށް ވިދާޅުވި ރިސޯޓަށް ވީ ކިހިނެއް؟

21 އޮކްޓޯބަރު 2025
ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

ގަވާއިދާ ހިލާފަށް ވިޔަފާރިވެރިޔާ ގާސިމް މާމިގިލީން ގިނަ އަދަދެއްގެ ރުށް ބޭރު ކުރާ މައްސަލަ ބޮޑުވެއްޖެ

17 އެޕްރީލު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު