Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ކަށި މިޔަރުގެ މަސްވެރިކަން

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން މިނިސްޓްރީ އަކުން ނާންގަން: މިނިސްޓަރު ތޯރިގް

ސަރުކާރުން ކަށި މިޔަރުގެ މަސްވެރި ކަމަށް ހުއްދަ ދިން އިރު އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދިޔައީ އަޑު އުފުލަމުން. އަދި އެކަމާ ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ ނުވަތަ އެކަން ހުއްޓުވުމަށް މިނިސްޓްރީ އިން އެއްވެސް ކަމެއް ކުރަމުން ދޭ ތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުން. އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން މިނިސްޓްރީ އިން އެއްވެސް ލަފާއެއް ދީފައި ނުވާނެ ކަމަށް.

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް, ރާއްޖެ އެމްވީ | 24 ޑިސެމްބަރު 2025 | ބުދަ 13:33
އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް - މިނިސްޓަރު ވިދާޅުވީ ކަށި މިޔަރުގެ މަސްވެރިކަން ހުއްޓުވަން އެންވަޔަރަމަންޓް މިނިސްޓްރީ އިން އަންގާފައި ނުވާނެ

އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް - މިނިސްޓަރު ވިދާޅުވީ ކަށި މިޔަރުގެ މަސްވެރިކަން ހުއްޓުވަން އެންވަޔަރަމަންޓް މިނިސްޓްރީ އިން އަންގާފައި ނުވާނެ

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރި ކަމަށް ސަރުކާރުން ހުޅުވާލިއިރު އެކަން ހުއްޓުވަން އެންވަޔަރަމަންޓް މިނިސްޓްރީ އިން އަންގާފައި ނުވާނެ ކަމަށް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ. 

ސަރުކާރުން ކަށި މިޔަރުގެ މަސްވެރި ކަމަށް ހުއްދަ ދިން އިރު އެކަމާ ދެކޮޅަށް ގިނަ ބަޔަކު ދިޔައީ އަޑު އުފުލަމުންނެވެ. އަދި އެކަމާ ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް އެއްވެސް މަސައްކަތެއް ކުރަމުން ދޭތޯ ނުވަތަ އެކަން ހުއްޓުވުމަށް މިނިސްޓްރީ އިން އެއްވެސް ކަމެއް ކުރަމުން ދޭ ތޯ ގިނަ ބަޔަކު ދިޔައީ ސުވާލު އުފައްދަމުންނެވެ. 

Advertisement - newsAdvertisement

އަންގާރަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން މިނިސްޓްރީ އިން އެއްވެސް ލަފާއެއް ދީފައި ނުވާނެ ކަމަށެވެ. އަދި އެކަން ހުއްޓުވަން އަންގާފައި ވެސް ނުވާނެ ކަމަށެވެ. 

މިނިސްޓަރު އެހެން ވިދާޅުވި އިރު ޓޫރިޒަމް އިންޑަސްޓްރީ އާއި ޑައިވިންގ ކޮމިއުނިޓީ އޮތީ މި ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރަން ނިންމި ނިންމުމާ ދެކޮޅަށް ކަމަށް ބުނެ އެ ސިނާއަތުގައި އިސްކޮށް އުޅޭ ގިނަ ބަޔަކު ދިޔައީ ތަކުރާރު ކޮށް ބުނަމުންނެވެ. އަދި އެކަމުގައި ސަރުކާރުން އެދެވޭ ޖަވާބެއްވެސް ދީފައި ނުވާ ކަމަށް އެ ފަރާތްތަކުން ވަނީ ފާހަގަ ކޮށްފަ އެވެ.                 

ރާއްޖޭގައި މަނާ ކޮށްފައި އޮތް ކަށި މިޔަރުގެ މަސްވެރި ކަމަށް ސަރުކާރުން ހުޅުވާލާފައިވާ އިރު، އޭގެ ކުޑަ ދުވަސް ކޮޅެއް ފަހުން ކަށި މިޔަރު ހިމެނޭ ގޮތަށް 70 ބާވަތެއްގެ މިޔަރާއި މަޑީގެ ބާވަތްތަކުގެ ބައިނަލްއަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކުރުމުގައި ރާއްޖެ އިން ވަނީ ބައިވެރިވެފަ އެވެ.

ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑެންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ މެމްބަރު ގައުމުތަކުން، ފެހުރިއްސާއި، އެން މަޑީގެ ހުރިހާ ބާވަތްތައް ވަނީ އެޕެންޑިކްސް I ގެ ދަށަށް ގެނެސްފަ އެވެ. މި ގޮތަށް ނިންމުމާ އެކު އެންމެ މަތީ ދަރަޖައިގެ ރައްކާތެރިކަން މި ބާވަތްތަކަށް ލިބި، މި ބާވަތްތަކާއި އެ ތަކެތީގެ އުފެއްދުންތަކުގެ ހުރިހާ ބައިނަލްއަގްވާމީ ވިޔަފާރިއެއް މަނާ ވެގެން ދާނެ އެވެ.

ނޮވެމްބަރު މަހުގެ 1 ވަނަ ދުވަހު ރާއްޖޭގައި ހުއްދަ ކުރި ކަށި މިޔަރުގެ ބައިނަލް އަގުވާމީ ވިޔަފާރި އަށް ސައިޓީސްގެ ނިންމުމުގެ ސަބަބުން ވަރަށް ބޮޑަށް ހުރަސް އެޅޭނެ އެވެ. ހުސްވި ނޮވެމްބަރު މަހު ބޭއްވި ސައިޓީސް ގެ ބައްދަލުވުމުގައި ކަށިމިޔަރު ވަނީ އެ މުއާހަދާ ގެ އެޕެންޑިސް 2 ގައި ހިމަނަން ފާސް ކޮށްފަ އެވެ.

ސަރުކާރުން ކަށި މިޔަރުގެ މަސްވެރި ކަމަށް ހުއްދަ ދިން އިރު، ކަށި މިޔަރު ގެ މަސްވެރިކަން އަލުން ފެށުމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ވަނީ ހާމަ ވެފަ އެވެ.

ބްލޫ މެރިން ފައުންޑޭޝަން ނަމަކަށް ކިޔާ ކަނޑުގެ ތިމާވެށި ރައްކާތެރި ކުރުމުގެ ޖަމުއިއްޔާ އަކާއި، މޯލްޑިވްސް ރެޒިލިއަންޓް ރީފްސް އަދި މޯލްޑިވިއަން މިޔަރު ޝާކް ޕްރޮގްރާމްގެ ބައިވެރިވުމާއެކު ހެދުނު ގައުމީ ސާވޭގެ ނަތީޖާ ބުނާ ގޮތުން، ކަށި މިޔަރުގެ މަސްވެރިކަން އަލުން ފެށުމަށް ސާވޭގައި ބައިވެރިވި މީހުންގެ 77 އިންސައްތަ މީހުން ދެކޮޅެވެ.

ދިވެހިރާއްޖޭގައި 2010 ވަނަ އަހަރު ހުރިހާ ބާވަތެއްގެ މިޔަރު މަސްވެރިކަމެއް މުޅިން މަނާކުރި އެވެ. އަދި މިޔަރު މަސްވެރިކަން އަލުން ފަށައިފިނަމަ، މިޔަރު ސެންކްޗުއަރީ އެއްގެ ލަގަބު ރާއްޖެ އަށް ގެއްލިގެންދާނެ އެވެ.

ގަލްޕަރ ޝާކް - ނުވަތަ ކަށިމިޔަރަކީ ޑޯގްފިޝްގެ ބާވަތެއްގެ މިޔަރެކެވެ. އެވްރެޖްކޮށް މި މިޔަރުގެ ދިގުމިނަކީ 90 ސެންޓިމީޓަރު (3 ފޫޓު) އެވެ. މި މިޔަރު ބޭނުމުގެ މައިގަނޑު މަޤްޞަދަކީ އޭގެ ހަށިގަނޑުގައި ސްކުއަލީން މާއްދާ މަތީ މިންވަރަކަށް ހުންނަ މޭގަނޑުގެ ބޭނުމަށެވެ. ދުނިޔޭގައި މި މާއްދާ ބޭނުން ކުރެވެނީ މައިގަނޑު ގޮތެއްގައި ޒީނަތްތެރިވުމުގެ ސާމާނު އުފައްދާ ސިނާއަތުގައެވެ. އަދި ބައެއް ބޭސްވެރިކަމުގެ ބޭނުންތަކުގައި ވެސް މެއެވެ.

2024 ވަނަ އަހަރު ނެރުނު ރިޕޯޓެއްގައި ދައްކައިދޭ ގޮތުގައި، 1982 އާއި 2002 އާ ދެމެދު ދިވެހިރާއްޖޭގެ ކަނޑުތަކުގައި އުޅޭ ކަށި މިޔަރުގެ އާބާދީ ވަނީ 97 އިންސައްތަ ދަށްވެފަ އެވެ. އަދި 1994 ވަނަ އަހަރާ ހަމައަށް އައި އިރު މިބާވަތުގެ މަސްވެރިކަން ވަނީ މުޅިންހެން ހުލިވެފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް، މި ސާވޭ ހެދި ތިން ޖަމްޢިއްޔާއިން ގޮވާލާފައި ވަނީ ކޮންވެންޝަން އޮން އިންޓަރނޭޝަނަލް ޓްރޭޑް އިން އެންޑޭންޖަރޑް ސްޕީޝީޒް އޮފް ވައިލްޑް ފައުނާ އެންޑް ފްލޯރާ (ސައިޓީސް) ގެ ދަށުން ދިވެހިރާއްޖެ އިން ވެފައިވާ ބައިނަލްއަޤްވާމީ އިޤްރާރުތަކާ އެއްގޮތަށް މިޔަރު ސެންކްޗުއަރީގެ ހައިސިއްޔަތު ދެމެހެއްޓުމަށެވެ.

ކަށި މިޔަރުމިނިސްޓަރ ތޯރިގް އިބްރާހިމްމިޔަރު ސެންކްޗުއަރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

ހައި ކޯޓުން ނިންމީ ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ހުށަހެޅި ދުސްތޫރީ މައްސަލަ ބަލައި ނުގަންނަން

19 ޑިސެމްބަރު 2025
ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

ކަށިމިޔަރު ގެ މަސްވެރިކަން ހުއްޓުވަން ދުސްތޫރީ މައްސަލައެއް ހައި ކޯޓަށް ހުށަހަޅައިފި

11 ޑިސެމްބަރު 2025
ކަށި މިޔަރު ހިމެނޭ ގޮތައް ގިނަ ބާވަތުގެ މިޔާރާއި މަޑީގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކޮށްފި

ކަށި މިޔަރު ހިމެނޭ ގޮތައް ގިނަ ބާވަތުގެ މިޔާރާއި މަޑީގެ ބައިނަލް އަގްވާމީ ވިޔަފާރި އަށް ހުރަސް އަޅަން ފާސް ކޮށްފި

29 ނޮވެމްބަރު 2025
ކަށި މިޔަރުގެ މަސްވެރިކަމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ދައްކާފައިވަނިކޮށް، ރައީސް މުއިއްޒު އެ ބާވަތުގެ މަސްވެރިކަމަށް ހުއްދަ ދީފި

ކަށި މިޔަރުގެ މަސްވެރިކަމާ ރައްޔިތުން ދެކޮޅު ކަން ގައުމީ ސަރވޭއަކުން ދައްކާފައިވަނިކޮށް، ރައީސް މުއިއްޒު އެ ބާވަތުގެ މަސްވެރިކަމަށް ހުއްދަ ދީފި

01 ނޮވެމްބަރު 2025
ކަށިމިޔަރު ބާނަން ހުއްދަ ދޭން މުއިއްޒު ނިންމެވި އިރު ރައްޔިތުން އެކަމާ ދެކޮޅުކަން ސާވޭ އަކުން ހާމަވެއްޖެ

ކަށިމިޔަރު ބާނަން ހުއްދަ ދޭން މުއިއްޒު ނިންމެވި އިރު ރައްޔިތުން އެކަމާ ދެކޮޅުކަން ސާވޭ އަކުން ހާމަވެއްޖެ

09 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

15 ޖެނުއަރީ
ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ރަޝިޔާ -ޔޫކްރެއިން ހަމަނުޖެހުމުގައި ރާއްޖެއިން ޔޫކްރެއިން އަށް ތާއީދު ކުރަން އެއްބަސްވެއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު
20242 އަހަރު ކުރިން
ރާއްޖެ

އާޒިމް ހުވާކުރެއްވުން ހޯމަ ދުވަހު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"
20233 އަހަރު ކުރިން
ރިޕޯޓު

"އުޑުމަތިން ފެނުނީ ބޮޑު އަލިފާން ގުޅައެއް"

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ސޯލިޙު ދަން ޖައްސަން ޕީޕީއެމްގެ ޒާހިދު ރަމީޒު ގޮވާލައިފި

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި
20215 އަހަރު ކުރިން
ރާއްޖެ

އިންތިޤާލީ އިންސާފުގެ ޤާނޫނުގެ ދަށުން ޗީފް އޮމްބަޑްސްޕަރސަން އަދި އޮމްބަޑްސްޕަރސަންގެ މަޤާމަށް ބޭފުޅުން އައްޔަންކުރައްވައިފި

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!
20197 އަހަރު ކުރިން
ރާއްޖެ

ޖޭޕީން އެދުމުންވެސް އިސްލާހު ނުނަގާނެ ކަމަށް ލަތީފް ވިދާޅުވެއްޖެ!

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ
20188 އަހަރު ކުރިން
ސިއްހަތު

ކިނބިއްސެއް އޮއްބާލި މީހެއްގެ ކަރުތެރެ ފަޅައިގެން ހިނގައްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު