Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހުސެއިން ފަހުމީ

ސްޓެލްކޯއިން ވަކިކުރި ފަހުމީ ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނުކޮށްފި

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ އެ މަޤާމުން ވަކިކުރުމަށްފަހު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަޤާމަށް ވަނީ އައްޔަންކޮށްފައި

އަލީ ޝާހީން
އަލީ ޝާހީން | 8 ސެޕްޓެމްބަރު 2025 | ހޯމަ 13:24
ރައީސް ޑރ މުޙައްމަދު މުޢިއްޒު އާއި ހުސައިން ފަހުމީ

ރައީސް ޑރ މުޙައްމަދު މުޢިއްޒު އާއި ހުސައިން ފަހުމީ

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުކަމުގެ މަގާމުން އާދިއްތަ ދުވަހު ވަކިކުރި ހުސައިން ފަހުމީ، ރައީސް އޮފީހުގެ އިސް މަގާމަކަށް އައްޔަނު ކޮށްފިއެވެ.

ސްޓެލްކޯއިން ފަހުމީ ވަކިކޮށް، އެ މަގާމަށް މިފްކޯއިން ވަކިކުރި އަހުމަދު ޝަމާހް ރަޝީދު ވަނީ އައްޔަންކޮށްފައެވެ. އަދި ހޯމަ ދުވަހު ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީ އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް ފަހުމީ ވަނީ އައްޔަނުކޮށްފަ އެވެ.

ރައީސް ޑރ މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓަރީންގެ މަގާމަކީ މިނިސްޓަރުން ފެންވަރުގެ މަގާމުތަކެކެވެ. މި މަގާމަށް ފަހުމީ އައްޔަނު ކޮށްފައިވަނީ ސްޓެލްކޯގެ އެމްޑީގެ މަގާމުން ވަކިކުރިތާ 24 ގަޑިއިރު ނުވަނީސްއެވެ.

ސްޓެލްކޯގައި 27 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ ފަހުމީ، އެ ކުންފުނީގެ އެމްޑީގެ މަގާމުން ވަކިކުރި ސަބަބެއް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) އިން ހާމަކޮށްފައެއް ނުވެއެވެ.

ނަމަވެސް، މާލެ އާއި ހުޅުމާލެއިން ކަރަންޓު ކެނޑޭ މައްސަލަ އާއި ކަރަންޓު ބިލުގެ އަގު ބޮޑުވުމުގެ މައްސަލައިގައި ގިނަ ރައްޔިތުންގެ ނުރުހުން ފަހުމީއަށް އަމާޒުވެފައިވާކަން ފާހަގަކުރެވެއެވެ. އޭނާ އެ މަގާމުން ވަކިކުރާނެ ކަމުގެ އަޑުތައް ފެތުރެން ފެށިތާ ގިނަ ދުވަސްތަކެއް ވެފައިވާއިރު، އެ މަގާމުން ވަކިކުރުމަށްފަހު އިތުރު މަގާމެއް ދޭނެކަން ކުރިން އެނގިފައެއް ނުވެއެވެ.

ފަހުމީ ރައީސް އޮފީހުގެ މަގާމަށް އައްޔަނުކުރުމާއެކު، އޭނާގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސަރުކާރުގެ ސިޔާސަތުތައް އެކުލަވާލުމާއި ވަޢުދުތައް ތަންފީޒުކުރުމުގެ މަސައްކަތްތައް ހިމެނޭނެއެވެ.

ހުސެއިން ފަހުމީސްޓެލްކޯރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޑރ. މުހައްމަދު މުއިއްޒުމާލެ-ހުޅުމާލެޕީސީބީ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!
11 ޑިސެމްބަރު 2025

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ
11 ޑިސެމްބަރު 2025

ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ

11 ޑިސެމްބަރު 2025
ކަރަންޓުގައި ޖެހިގެން ފިހުނު ސްޓެލްކޯ މުވައްޒަފު ނިޔާވެއްޖެ
10 ޑިސެމްބަރު 2025

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!
10 ޑިސެމްބަރު 2025

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް
07 ޑިސެމްބަރު 2025

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް
06 ޑިސެމްބަރު 2025

އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!

06 ޑިސެމްބަރު 2025
އެންމެ ބައްދަލުވުމެއް! ފެނުނީ ރައްޔިތުން ގެ އުދާހާއި މާޔޫސްކަން!
06 ޑިސެމްބަރު 2025

ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި

06 ޑިސެމްބަރު 2025
ރައީސް މުއިއްޒު ޒަކާތު ގެ ބިލު ތަސްދީގު ކުރައްވައިފި
05 ޑިސެމްބަރު 2025

ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟

05 ޑިސެމްބަރު 2025
ބުޅަލުގެ ހައްގުތަކަށް ވަކާލާތު ކުރާ މީހުން ގެ ކަންބޮޑުވުން ހުރި ކަމަށް ރައީސް ވިދާޅުވިއިރު މިޔަރު މަސްވެރިކަން ހުއްދަކުރީ ވަކާލާތު ކުރާނެ މީހުން ނެތިގެން؟
04 ޑިސެމްބަރު 2025

ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި

04 ޑިސެމްބަރު 2025
ޖަނަވާރު ގެންގުޅުމާއި ޖަނަވާރުގެ ރައްކާތެރިކަމުގެ ޤާނޫނު، ރައީސުލްޖުމްހޫރިއްޔާ ތަސްދީޤު ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު