Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުހައްދު

"ހައްދު"ގެ 15 ޝޯ ހައުސްފުލްކޮށް ދައްކައިފި

ހައުސް ފުލް ޝޯތައް ދައްކާފައިވަނީ  އޮލިމްޕަސް އަދި ޝްވެކް މާލެ އާއި ހުޅުމާލެ ސިނަމާގައި

ތަހާރަތު މުހައްމަދު ވަހީދު
ތަހާރަތު މުހައްމަދު ވަހީދު | 10 ސެޕްޓެމްބަރު 2017 | އާދީއްތަ 06:02
"ހައްދު" ގެ ޕްރިމިއާގެ ތެރެއިން

"ހައްދު" ގެ ޕްރިމިއާގެ ތެރެއިން

މި މަހުގެ 6 ވަނަ ދުވަހު ދިވެހި ސިނަމާތަކަށްއައި ފިލްމު "ހައްދު" ގެ 15 ޝޯ ހައުސްފުލްކޮށް ދައްކައިފިއެވެ.

ހައުސް ފުލް ޝޯތައް ދައްކާފައިވަނީ އޮލިމްޕަސް އަދި ޝްވެކް މާލެ އާއި ހުޅުމާލެ ސިނަމާގަ އެވެ.

މާލޭ ޝްވެކާއި ހުޅުމާލޭ ޝްވެކްގެ އިތުރުން އޮލިމްޕަހުގައި މި ފިލްމުގެ 18 ޝޯ އަޅުވާއިރު، ބުރާސްފަތި ދުވަހު އައްޑޫ ސިޓީގެ ހިތަދޫ އަދި މަރަދޫ ފޭދޫގައި ވަނީ އަޅުވާފައެވެ. މިމަހުގެ 14 ވަނަ ދުވަހުގެ ރޭ ހދ.ކުޅުދުއްފުށީގައި ފިލްމް އަޅުވާނެ އެވެ. މީގެ އިތުރުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ބައެއް ރިސޯޓުތަކުގައި ތަރުހީބު ލިބެމުންދާވަރަކަށް ފިލްމު ދައްކަން ހަމަޖެހިފައިވާ ކަމަށް ފައްތާހު ވަނީ ބުނެފައެވެ.

މި ފިލްމްގެ ހުރިހާ ޓިކެޓެއް ވެސް 100 ރުފިޔާއަށް ވިއްކުމަށް ހަމަޖެހިފައިވާއިރު، ފިލްމުގެ ތަރިންގެ ރޯލުން ފެނިގެން ދަނީ މުހައްމަދު ރަޝީދު (ދަރާ)، މަރިޔަމް ޝަކީލާ، އާރިފާ އިބްރާހީމް، ފައުޒިއްޔާ އަދި މަރިޔަމް ހަލީމް، މަރިޔަމް އައްޒަ، އައިމިނަތު ރިޝްފާ އަދި މި ދާއިރާއަށް އަލަށް ތައާރަފްވާ ޝިބާން އަހުމަދު، އަލީ އާޒިމް (ދޮންއައްޔަ) އާއި އަހުމަދު ނަޖާހް އެވެ.

ފިލްމީ ދާއިރާގައި 21 އަހަރުގެ ތަޖުރިބާ ލިބިފައިވާ ފައްތާހުގެ 2014 ގައި ރިލީޒް ކުރި "އާދޭސް" އަށް ފަހު ފައްތާހު ޑައިރެކްޓް ކުރި ހައްދުގައި ވެސް ތަފާތު ކަމެއް ކޮށްލާފައިވެ އެވެ. މި ފިލްމުގައި ހާއްސަ ފެނިލުމެއްގެ ގޮތުގައި، ރާއްޖެ ޓީވީގެ ކުރީގެ ނޫސްވެރިޔާ އަހްމަދު ފައިރޫޒު ފެނިފައިވެ އެވެ. ފައިރޫޒު ފެނިގެން ދަނީ، ފިލްމުގައި އައިމިނަތު ރިޝްފާގެ އަލަތު ފިރިމީހާގެ ގޮތުގަ އެވެ.

މިއީ ވާހަކަ ލިޔުންތެރިޔާ މަހުދީގެ ވާހަކައެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ވާހަކައެކެވެ. މި ފިލްގެ މަންޒަރުތައް ނަގާފައި ވަނީ ހއ. ކެލާ، ރ. ވާދޫ، މާލެ އަދި މާލެ ކައިރި ރިސޯޓްތަކުގައެވެ.

އިތުރަށް ކިޔާލަން

06 ޖޫން 2022

ހަނގުރާމައިގެ ތެރޭގައިވެސް، ސަގާފަތް ދިރުވުމުގައި ޔަމަނުގެ ރައްޔިތުން ނަމޫނާ ދައްކައިފި

06 ޖޫން 2022
ހަނގުރާމައިގެ ތެރޭގައިވެސް، ސަގާފަތް ދިރުވުމުގައި ޔަމަނުގެ ރައްޔިތުން ނަމޫނާ ދައްކައިފި
01 މާރިޗު 2019

ވިރާޓް ކޮލީއާ އޮތް ގުޅުމާއި ބެހޭ ގޮތުން ތަމަންނާ ފުރަތަމަ ފަހަރަށް ވާހަކަދައްކައިފި

01 މާރިޗު 2019
ވިރާޓް ކޮލީއާ އޮތް ގުޅުމާއި ބެހޭ ގޮތުން ތަމަންނާ ފުރަތަމަ ފަހަރަށް ވާހަކަދައްކައިފި
26 ފެބުރުއަރީ 2019

ނޭހާ ކައްކަރް އޭނާގެ ކުރީގެ ލޯބިވެރިޔާގެ ދިފާއުގައި ވާހަކަދައްކައިފި

26 ފެބުރުއަރީ 2019
ނޭހާ ކައްކަރް އޭނާގެ ކުރީގެ ލޯބިވެރިޔާގެ ދިފާއުގައި ވާހަކަދައްކައިފި
19 ސެޕްޓެމްބަރު 2018

އަރުޖުން ކަޕޫރު ކައިވެނި ކުރާނެ މީހަކު މާމަ ދައްކައިފި

19 ސެޕްޓެމްބަރު 2018
އަރުޖުން ކަޕޫރު ކައިވެނި ކުރާނެ މީހަކު މާމަ ދައްކައިފި
08 ޖެނުއަރީ 2018

އޮލިމްޕަހުގައި ކަރަންޓެއް ނެތް، ހައްދުގެ ޓިކެޓް ނުވިއްކިފައި

08 ޖެނުއަރީ 2018
އޮލިމްޕަހުގައި ކަރަންޓެއް ނެތް، ހައްދުގެ ޓިކެޓް ނުވިއްކިފައި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު