Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ބޮލީވުޑް

އަރުޖުން ކަޕޫރު ކައިވެނި ކުރާނެ މީހަކު މާމަ ދައްކައިފި

ޕަރިނީތީ ޗޯޕްޅާއަކީ އެންމެ ގުޅޭ މީހާ ކަމަށް ވަނީ ބުނެފައި

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ, ރާއްޖެ އެމްވީ | 19 ސެޕްޓެމްބަރު 2018 | ބުދަ 07:04
އަރުޖުން ކަޕޫރު

އަރުޖުން ކަޕޫރު

ބޮލީވުޑްގެ ތަރި އަރުޖުން ކަޕޫރު ވީހާ ވެސް އަވަހަކަށް ކައިވެނި ކުރަން ބޭނުންވާ ކަމަށް އޭނާގެ އުފަންދުވަހު އޭނާގެ މާމަ ވަނީ ބުނެފައެވެ.

އަރުޖުން ވެސް ވަނީ އޭނާގެ އުފަންދުވަހު މާމަ ލިޔެފައިވާ ނޯޓް ސޯޝަލް މީޑިއާގައި ޝެއަރ ކޮށްފައެވެ.

ބޮމްބޭޓައިމްސް އަށް ދިން އިންޓްވިއު އެއްގައި އަރުޖުން ބުނެފައި ވަނީ އޭނާގެ މާމަ ގަބޫލުކުރާ ގޮތުގައި އޭނާގެ ދެން އެންމެ އަވަހަށް ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ފިލްމް "ނަމަސްތޭ އިންގްލެޑް" ގެ ބަތަލާ ޕަރިނީތީ ޗޯޕްޅާ އަކީ ކައިވެނި ކުރުމަށް އެންމެ ގުޅޭ މީހާ ކަމަށެވެ.

އަރުޖުން ކުރިން ބުނެފައިވަނީ އޭނާގެ 33 ވަނަ އުފަންދުވަހު އޭނާގެ މާމަ "އިންޒާރެއް" ދީފައިވާ ކަމަށެވެ. އަރުޖުން ބުނެފައި ވަނީ މާމަގެ އިހުސާސްތައް މީގެ ކުރިން އެހާ ސީދާ ގޮތެއްގައި ހާމަނުކުރާ ކަމަށާއި ކައިވެނީގެ ވާހަކަ މީގެ ކުރިން ދައްކަނީ މަޖަލަށް ކަމަށެވެ.

މާމަ އޭނާގެ ކިބައިން އެދިފައި ވަނީ ވަރަށް މަދު ކަމަކު ކަމަށާއި މާމަގެ އެ އެދުން އެންމެ ރަނގަޅު ވަގުތު ފުއްދައި ދޭނެ ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

އަރުޖުންގެ ކައިވެންޏާ ގުޅޭ ގޮތުން އޭނާ ކުރިން ބުނެފައި ވަނީ ކައިވެނީގެ މުހިއްމުކަން އޭނާ ގަބޫލު ކުރާ ކަމަށާއި ކައިވެނި ކަންކަން ހަމަޖެހުމުން އެކަން ހާމަކުރާނެ ކަމަށެވެ. އަރުޖުން ބުނެފައި ވަނީ އޭނާ ކައިވެނި ކުރުމުގެ ކުރިން އޭނާގެ ކޮއްކޮމެން، އަންޝުލާ ކަޕޫރާއި، ޖާންވީ ކަޕޫރު އަދި ހުޝީ ކަޕޫރުގެ ކައިވެނި ކުރަން ބޭނުންވާ ކަމަށެވެ.

އޭނާގެ ކައިވެނި ކުރަން ވަގުތު އެބަ އޮތް ކަމަށް ވެސް ވަނީ ބުނެފައެވެ. ދާދި ފަހުން ކަޕޫރު އާއިލާއިން ވަނީ ދެ ކައިވެންޏެއް ކޮށްފައި ކަމަށާއި (މޮހިތު މަރްވާ އަދި ސޯނަމް ކަޕޫރު) އެހެންކަމުން އާއިލާގެ މެންބަރުން ތިބޭނީ ވަރުބަލިވެފައި ކަމަށާއި އިތުރު ކައިވެންޏަކަށް ތައްޔަރުވާން އާއިލާއަށް ވަގުތު ދޭން ޖެހޭނެ ކަމަށް އަރުޖުން ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި

މާބަނޑު އަންހެނަކު ކައިވެނިކުރާ މަންޒަރު ދައްކާތީ މުޒާހަރާކޮށްފި

05 އެޕްރީލު 2017
  "އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

"އިލް ނޮއިސް"، ޕްރިމިއާ ކުރާނެ ތާރީޚެއް ދެތިން ވަރަކަަށް ދުވަސް ތެރޭ ހާމަ ކުރާނެ: ޕްރޮޑަކްޝަން ޓީމް

30 މާރިޗު 2017
ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

ސޮނާކްޝީ ސަލްމާން ޚާން ކައިރި އަހަން ބޭނުން ވަނީ އޭނާ ކައިވެނި ކުރާނެ ދުވަހެއް

24 މާރިޗު 2017
ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ

ކެންސަރު ޖެހިފައިވާ ކުދިންނަށް އެހީވުމަށް ސޯނަމް ކަޕޫރު ޗެރިޓީ ޑިނާ ނައިޓެއް ބާއްވަނީ

17 މާރިޗު 2017
ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

ވިދްޔާގެ ގައިގައި އަތްލި މީހަކު ދެކެ ރުޅި އަތުވެއްޖެ

16 މާރިޗު 2017

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު