Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެތައިލެންޑް-ކެމްބޯޑިއާ

މަސްރަހު ހޫނުވެ، ތައިލެންޑުން ކެމްބޯޑިއާ އަށް ވައިގެ ހަމަލާތަކެއް ދީފި

9 ޑިސެމްބަރު 2025 | އަންގާރަ 02:45

ތައިލެންޑާއި ކެމްބޯޑިއާ ދެމެދު ހަމަނުޖެހުން އަލުން ހޫނުވެ، ތައިލެންޑުން ކެމްބޯޑިއާގެ ބޯޑަރު ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާއިރު، ހޯމަ ދުވަހުގެ ހަމަނުޖެހުންތަކުގެ ސަބަބުން މަދުވެގެން ތައިލެންޑުގެ ސިފައިންގެ މީހަކާއި، ކެމްބޯޑިއާގެ ހަތަރު އާއްމު ރައްޔިތުން މަރުވެފައިވޭ.

ރާއްޖެ އެމްވީ | 9 ޑިސެމްބަރު 2025 | އަންގާރަ 02:45
ބޯޑަރުގައި ދިރިއުޅޭ އާންމު ރައްޔިތުން ހޯމަ ދުވަހު ހަމަނުޖެހުންތައް ބޮޑު ސަރަހައްދު ދޫކޮށް ދަނީ

ބޯޑަރުގައި ދިރިއުޅޭ އާންމު ރައްޔިތުން ހޯމަ ދުވަހު ހަމަނުޖެހުންތައް ބޮޑު ސަރަހައްދު ދޫކޮށް ދަނީ

ހަމަނުޖެހުންތައް އަލުން ހޫނުވެ، ތައިލެންޑުން ކެމްބޯޑިއާ އަށް ވައިގެ ހަމަލާތަކެއް ދީފިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕް މެދުވެރިވެގެން ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ދެ ގައުމުން ވެސް ޚިލާފުވެފައިވާ ކަމަށް އެއް ގައުމުން އަނެއް ގައުމަށް ތުހުމަތު ކޮށްފައިވަނިކޮށް، ތައި ސިފައިން ހޯމަ ދުވަހު ބުނީ ކެމްބޯޑިއާ ގެ ބޯޑަރު ސަރަހައްދުތަކަށް ވައިގެ ހަމަލާތަކެއް ދީފައިވާ ކަމަށެވެ.

ތައިލެންޑުގެ ބޮޑުވަޒީރު އަނޫތިން ޗާންވީރަކުލް ވިދާޅުވެފައިވަނީ ތައިލެންޑުން "ހަމަލާދޭން ބޭނުންނުވާ" ކަމަށާއި، ނަމަވެސް އެ ގައުމުގެ ސިޔާދަތު ރައްކާތެރިކުރުމަށްޓަކައި "ބޭނުންވާ އެންމެހާ ފިޔަވަޅުތައް އަޅާނެ" ކަމަށެވެ.

މޭ މަހު ފެށުނުފަހުން، މި ދެގައުމުގެ ގުޅުން ގޯސްވެ، ހަމަނުޖެހުންތައް އިތުރުވެ އެތައް ބަޔަކު މަރުވެފައިވެއެވެ. މީގެ އިތުރުން ދެ ގައުމުން މުދާ އެތެރެކުރުން މަނާކުރުމާއި، ދަތުރުފަތުރު ކުރުމަށްވެސް ހުރަސްތައް ވަނީ ކުރިމަތިވެފައެވެ.

ހޯމަދުވަހު، ތައިލެންޑުގެ އަސްކަރިއްޔާއިން ބުނެފައިވަނީ، ތައިލެންޑުގެ އުބޮން ރަތްޗަތާނީ ޕްރޮވިންސަށް ކެމްބޯޑިއާ އިން ދިން ހަމަލާތަކަށް ތައި ސިފައިން ރައްދު ދީފައިވާ ކަމަށާއި، މިގޮތުން އެ ސަރަހައްދުގައި ވައިގެ ހަމަލާތައް ވެސް ދީފައިވާ ކަމަށެވެ. ނަމަވެސް، ނޮމްޕެން ގެ ދިފާއީ ވުޒާރާ އިން ބުނެފައިވަނީ، ކެމްބޯޑިއާ ގެ ޕްރެއާ ވިއޭރާ ޕްރޮވިންސަށް ފުރަތަމަ ހަމަލާ ދީފައިވަނީ ތައިލެންޑު ގެ ސިފައިން ކަމަށެވެ.

ދެފަރާތުގެ އޮފިޝަލުން ހާމަކުރި ގޮތުގައި، ހޯމަ ދުވަހުގެ ހަމަނުޖެހުންތަކުގެ ސަބަބުން މަދުވެގެން ތައިލެންޑުގެ ސިފައިންގެ މީހަކާއި، ކެމްބޯޑިއާގެ ހަތަރު އާއްމު ރައްޔިތުން މަރުވެފައިވެއެވެ. އަދި ގާތްގަނޑަކަށް 12 މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ.

ތައިލެންޑުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ، "ތައިލެންޑުން މިހާރު ވަނީ (ކެމްބޯޑިއާގެ) އެތައް ސަރަހައްދެއް ގައި ހުރި އަސްކަރީ މައިގަނޑު ތަންތަނަށް ހަމަލާދިނުމަށް ވައިގެ ބާރު ބޭނުންކުރަން ފަށާފައި،" ކަމަށެވެ.

ކެމްބޯޑިއާ ގެ ދިފާއީ ވުޒާރާ އިން ނެރުނު ބަޔާނެއް ގައި ބުނެފައި ވަނީ، ގަސްތުގައި ހަމަނުޖެހުން އުފެއްދުމުގެ އަމަލުތައް ދުވަސްތަކެއް ވަންދެން ހިންގުމަށްފަހު، ތައި އަސްކަރިއްޔާ އިން އެގައުމުގެ ސިފައިން ތިބި ދެ ސަރަހައްދަކަށް ހަމަލާދީފައިވާ ކަމަށާއި، ނަމަވެސް ކެމްބޯޑިއާ ސިފައިން އަދި ރައްދު ހަމަލާއެއް ދީފައި ނުވާ ކަމަށެވެ.

ތައިލެންޑުގެ ސިފައިން ބުނީ، ކެމްބޯޑިއާގެ އަސްކަރިއްޔާ އިން ތައިލެންޑުގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށް ރޮކެޓް ހަމަލާ ދީފައިވާ ކަމަށާއި، ނަމަވެސް އެ ހަމަލާތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިފައި ނުވާ ކަމަށެވެ.

ސަރަހައްދީ މި ހަމަނުޖެހުން ޖުލައި މަހު ފަސް ދުވަހުގެ ހަނގުރާމައަކަށް ބަދަލުވިއެވެ. އެއަށްފަހު މެލޭޝިއާ ގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް އާއި ޓްރަމްޕް މެދުވެރިވެގެން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ވެފައިވެއެވެ. އަދި އޮކްޓޫބަރު މަހު ކުއާލަލަމްޕޫރު ގައި ދެ ގައުމުގެ މެދުގައި ސުލްހައިގެ އެއްބަސްވުމެއް ގައި ސޮއިކޮށްފައި ވެސް ވެއެވެ.

ޖުލައި މަހު ހިނގި ހަމަނުޖެހުންތަކުގައި މަދުވެގެން 48 މީހުން މަރުވެ، ގާތްގަނޑަކަށް 300,000 މީހުން ހާލުގައި ޖެހި، ދެގައުމުގެ ދެމެދުގައި ރޮކެޓް އާއި ބަރުހަތިޔާރުން ހަމަލާ ބަދަލުކޮށްފައިވެއެވެ.

ތައިލެންޑް-ކެމްބޯޑިއާތައިލެންޑް-ކެމްބޯޑިއާ ހަމަނުޖެހުން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ތައިލެންޑް އާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ހިނގާތާ 3 ދުވަސް

10 ޑިސެމްބަރު 2025
ތައިލެންޑް އާއި ކެމްބޯޑިއާ ދެމެދު ހަނގުރާމަ ހިނގާތާ 3 ދުވަސް
11 ނޮވެމްބަރު 2025

ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ތައިލެންޑުން ހުއްޓާލައިފި

11 ނޮވެމްބަރު 2025
ކެމްބޯޑިއާ އެކު ވެފައިވާ "ސުލްޙައިގެ އެއްބަސްވުން" ތައިލެންޑުން ހުއްޓާލައިފި
26 އޮކްޓޯބަރު 2025

ޓްރަމްޕްގެ ހާޒިރުގައި، ތައިލެންޑް އާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި

26 އޮކްޓޯބަރު 2025
ޓްރަމްޕްގެ ހާޒިރުގައި، ތައިލެންޑް އާއި ކެމްބޯޑިއާ އިން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގައި ސޮއި ކޮށްފި
25 ޖޫން 2017

ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ

25 ޖޫން 2017
ކޮލަމްބިއާގައި ފަތުރުވެރިން ގޮވައިގެން ދަތުުކުރަމުން ދިޔަ ބޯޓެއް ފެތިއްޖެ
16 ޖޫން 2017

ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް

16 ޖޫން 2017
ޔޫރަޕްގައި އިސްލާމް ދީނާ ގުޅުވައިގެން ޓެރަރިޒަމްގެ އަމަލުތައް ހިންގި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހުންގެ އަަދަަދު މައްޗަށް
15 ޖޫން 2017

މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި

15 ޖޫން 2017
މަޝްރަހް ހޫނުވެފައި ވަނިކޮށް ގަތަރަށް ހަތިޔާރު ވިއްކުމުގެ އެއްބަސްވުމެއްގައި އެމެރިކާ އިން ސޮއިކޮށްފި
13 ޖޫން 2017

ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި

13 ޖޫން 2017
ޕެނަމާގެ ކުރީގެ ރައީސް ފިއްލަވައިގެން އުޅުއްވަނިކޮށް އަތުލައިގެންފި
01 މެއި 2017

ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި

01 މެއި 2017
ރޮހިންޔާ މުސްލިމުން ގޮވައިގެން ދިޔަ ބޯޓެއް ލަންކާ ކަނޑުގެ ސަރަަހައްދުން އަތުލައިގެންފި
16 އެޕްރީލު 2017

އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި

16 އެޕްރީލު 2017
އެމެރިކާގެ ވައިގެ ހަމަލާއެއްގައި އަބޫ އައްޔާބު މަރާލައިފި
07 އެޕްރީލު 2017

ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި

07 އެޕްރީލު 2017
ސީރިއާގެ އަސްކަރީ ވައިގެ މަރުކަޒަކަށް އެމެރިކާ އިން ހަމަލާދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް