Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުޓިމްބަރ ހައުސް

ޓިމްބަރ ހައުސްގެ ފަޚުރުވެރި 20 ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި

24 ނޮވެމްބަރު 2025 | ހޯމަ 03:10

2005 ވަނަ އަހަރު އުފެދުނު ޓިމްބާ ހައުސް އިން ވަނީ ރާއްޖޭގައި ލަކުޑި އާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އެންމެ އިތުބާރު ހިފޭ އެއް ކުންފުންޏަކަށް ވެފައެވެ.

ޓިމްބަރ ހައުސްގެ 20 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް، ތިމާވެށްޓަށް ދޭ އަހައްމިއްޔަތުގެ ދަށުން 5 މިލިއަން ގަސް ޕްރޮޖެކްޓަށް ގަސް ހަދިޔާކުރި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 24 ނޮވެމްބަރު 2025 | ހޯމަ 03:10
ޓިމްބަރ ހައުސްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

ޓިމްބަރ ހައުސްގެ އަހަރީ ދުވަހުގެ ރަސްމިއްޔާތުގެ ތެރެއިން

ޓިމްބަރ ހައުސްގެ ފަޚުރުވެރި 20 ވަނަ އަހަރީ ދުވަސް ކުލަ ގަދަކޮށް ފާހަގަކޮށްފި އެވެ.

ހޮނިހިރު ދުވަހުގެ ރޭ މީރުމާ ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި އެންމެ ޚާއްސަ އެއް ކަމަކަށް އޮތީ ކުންފުނީގެ މުވައްޒަފުންގެ ތެެރެއިން ދިގު މުއްދަތަކަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގު ވަޒަންކުރުމެވެ.

އެ ރަސްމިއްޔާތުގައި ޓިމްބަރ ހައުސްގެ ޑިރެކްޓަރ އަދި ކޯ ފައިންޑަރ މަރިޔަމް އާދިޔާ ދެއްކެވި ވާހަކައިގައި، ދިވެހިރާއްޖޭގެ ކޮންސްޓްރަކްޝަން އަދި އިމާރާތްކުރުމުގެ މެޓީރިއަލްސް ދާއިރާއަށް 20 އަހަރު ކޮށްފައިވާ ޚިދުމަތް ފާހަގަކޮށް، ޓިމްބަރ ހައުސްގެ ދަތުރަށް އަލިއަޅުވާލައްވާފައިވެ އެވެ. މީގެ އިތުރުން އޭނާގެ ވާހަކައިގައި އެ ކުންފުނީގެ މަސައްކަތްތަކާއި، ދިމާވި ގޮންޖެހުންތަކަށް ވެސް އަލިއަޅުވާލައްވާފައިވެ އެވެ.

އެ ރަސްމިއްޔާތުގެ ތެރެއިން ކުންފުނީގެ ޚިދުމަތްތެރި ތާރީހު ދައްކުވާދޭ ޚާއްސަ ވީޑިއޯ ރިޕޯޓަކަށް ވަނީ ބަލާލާފަ އެވެ. މީގެ އިތުރުން ޓިމްބަރ ހައުސްގެ ކޮމިއުނިޓީ ފޯކަސްޑް ގްރީން އިނިޝިއޭޓިވް އިއުލާން ކޮށްފައިވެ އެވެ. އެ ކުންފުނިން ތިމާވެއްޓަށް ދޭ އަހައްމިޔަތު ކަމުގެ ދަށުން، 5 މިލިއަން ގަސް ޕްރޮޖްޓަށް، ގަސް ހަދިޔާކުރުން ވެސް އެ ރަސްމިއްޔާތުގެ ތެރެއިން ކުރިއަށް ދިޔަ އެވެ.

ޓިމްބަރ ހައުސް ފެށުނީ ޚާއްސަ ތަސައްވުރަކާއި އެކުގަ އެވެ. އެ ތަސައްވުރަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ ހުރިހާ ދާއިރާތަކުގައި ވަރަށް ބޮޑަށް ބޭނުންވާ ލަކުޑި ބާވަތްތަކުގެ ސަޕްލައިއަށް ރަނގަޅު ގޮތުގައި ހިދުމަތް ދިނުމެވެ. މި މަސައްކަތާއި އެކު ޓިމްބަރ ހައުސް އިން ވަނީ ރާއްޖޭގެ ލަކުޑި ސަޕްލައި ކުރުމުގެ ސިނާޢަތުގައި އިންޤިލާބެއް ގެނެސްފަ އެވެ.

2005 ވަނަ އަހަރު އުފެދުނު ޓިމްބާ ހައުސް އިން ވަނީ ރާއްޖޭގައި ލަކުޑި އާއި އިމާރާތް ކުރުމަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމުގައި އެންމެ އިތުބާރު ހިފޭ އެއް ކުންފުންޏަކަށް ވެފައެވެ. އެގޮތުން ފެންވަރު ރަނގަޅު އުފެއްދުންތަކާއި އެކު މި ސިނާޢަތުގެ ވަރުގަދަ ނަމަކަށް ޓިމްބަރ ހައުސް ވަނީ ވެފަ އެވެ.

ޓިމްބަރ ހައުސް

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!

27 އޯގަސްޓު 2017
އެމްޓީޑީސީގެ އަހަރީ އާންމު ޖަލްސާ އޮގަސްޓް 28ގައި!
23 އޯގަސްޓު 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!

23 އޯގަސްޓު 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ މިރޭ އޮންނާނެ!
20 އޯގަސްޓު 2017

އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި

20 އޯގަސްޓު 2017
އެމްޓީސީސީގެ އަހަރީ އާއްމު ޖަލްސާ އޮގަސްޓް 29 ގައި
02 އޯގަސްޓު 2017

އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި

02 އޯގަސްޓު 2017
އުރީދޫގެ 12 ވަނަ އަހަރީ ދުވަސް، ކުންފުނިން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައި
20 ޖުލައި 2017

ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި

20 ޖުލައި 2017
ބީއެމްއެލްގެ އަހަރީ އާންމު ޖަލްސާ 23 އޮގަސްޓްގައި
18 ޖޫން 2017

ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި

18 ޖޫން 2017
ކުންފުނިތަކުގެ މިދިޔަ އަހަރުގެ އަހަރީ ހިސާބުތަކާއި ރިޕޯޓްތައް ހުށަހެޅުން ޖުލައި 16 އަށް އިތުރުކޮށްފި
27 މެއި 2017

ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި

27 މެއި 2017
ރޯދަމަހުގެ ފުރަތަމަ ދުވަސް، ލޯކަލް މާރުކޭޓް ތޮއްޖެހިފައި
11 މެއި 2017

ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވެސްޓްމަންޓެއް: ބީއެމްއެލް

11 މެއި 2017
ޓްރީޓޮޕް ހޮސްޕިޓަލަކީ ފަޚުރުވެރިވާ އިންވެސްޓްމަންޓެއް: ބީއެމްއެލް
20 އެޕްރީލު 2017

ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ

20 އެޕްރީލު 2017
ދިރާގުގެ އަހަރީ އާންމު ޖަލްސާ މިރޭ އާޓް ގެލަރީގައި އޮންނާނެ
19 އެޕްރީލު 2017

ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި

19 އެޕްރީލު 2017
ވެލިގާ ހާޑުވެޔަރގެ އަހަރީ ދުވަހާ ގުޅިގެން ކުރިއަށްގެންދިޔަ ޕްރޮމޯޝަނުގެ އިނާމް ހަވާލުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް