Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓާޓާ ފްލެޓު

ޓާޓާ މައްސަލައިގައި އާބިޓްރޭޝަންއަށް ދާން ކުރި އަމުރާ ގުޅޭ ގޮތުން ސަރުކާރުން މައުލޫމާތެއް ނުދިން

ކޯޓުގައި ހިގަމުންދާ މައްސަލައަކަށް ވާތީ މައުލޫމާތު ދެވެން ނެތް ކަމަށް ސަރުކާރުން ބުނޭ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 8 ސެޕްޓެމްބަރު 2017 | ހުކުރު 07:11
ނާދީ ސަރަޙައްދުގައި ހަދާ އިމާރާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ނާދީ ސަރަޙައްދުގައި ހަދާ އިމާރާތް އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ލަގްޒަރީ ހައުސިން ޔުނިޓް އެޅުމަށް އިންޑިއާގެ ޓާޓާ ކުންފުންޏާއި ހަވާލު ކޮށްފައިވާ ނާދީ އާއި އޯޑިއޯން ބިން އަތުލައި، އެ އެއްބަސްވުން އުވާލުމަށް ދިވެހި ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެން، ޓާޓާއިން ބޮމްބޭ ހައިކޯޓަށް ހުށަހެޅި މައްސަލައިގައި ވަގުތީ އަމުރެއް ނެރެ، މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ޓާޓާ ކުންފުންޏަށް އެންގި އެންގުމާއި ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ހާމަ ކުރަން މިވަގުތު ބޭނުން ނުވާ ކަމަށް ސަރުކާރުން ބުނެފިއެވެ.

މިއަހަރުގެ މޭ މަހުހެ ހަތަރު ވަނަ ދުވަހު ބޮންބޭ ހައިކޯޓުން ކޮށްފައިވާ އަމުރާ ގުޅިގެން ސަރުކާރުގެ ބަހެއް ހޯދުމަށް ރާއްޖެއެމްވީން ހައުސިން މިނިސްޓަރު ޑރ މުހައްމަދު މުއިއްޒުއަށް ތަކުރާރުކޮށް ގުޅި ނަމަވެސް ފޯނަސް ޖަވާބް ދެއްވާފައެއް ނުވެއެވެ.

Advertisement - newsAdvertisement

ނަމަވެސް ހައުސިން މިނިސްޓްރީގެ ބަހެއް ހޯދުމަށް އެތައް ދުަވަސްތަކެއް ވަންދެން ރާއްޖެއެމްވީން ކުރި މަސައްކަތައް ފަހު މައްސަލައާ ގުޅޭ ގޮތުން ހައުސިން މިނިސްޓްރީގެ ފަރާތުން މައުލޫމާތު ދެއްވީ މިނިސްޓްރީގެ މީޑިއާ އޮފިޝަލްއެވެ.

އެގޮތުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލައާ ގުޅޭ ގޮތުން މިނިސްޓަރު މުއިއްޒު ދެއްވި ޖަވާބަކީ އެ މައްސަލައަކީ ކޯޓުގައިި ހިނގަމުންދާ މައްސަލަ އެއް ކަަމށް ވާތީ އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި އިތުރު ޖަވާބެއް ދެވެން ނެތް ކަމަށެވެ.

މީގެއިތުރުން ޓާޓާ އިން ބޮންބޭ ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ލިޔެކިޔުން ލިބިފައިވޭތޯ ސުވާލު ކުރުމުން ހައުސިން މިނިސްޓްރީގެ މީޑިއާ އޮފިޝަލް އެ މައުލޫމާތު ވެސް ދެވެން ނެތް ކަމަށް ވިދާޅުވިއެވެ.

މިކަމާ ގުޅޭ ގޮތުން އެޓާނީ ޖެނަރަލްގެ ބަހެއް ހޯދުމަށް ބަންޑާރަނައިބް މުހައްމަދު އަނިލް އަށް ގުޅި ނަަމަވެސް ފޯނަށް ޖަވާބް ނުދެއްވާތީ ބަންޑާރަނައިބުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. ނަމަވެސް އެޓާނީ ޖެނަރަލްގެ އޮފީހުގެ ފަރާތުން ރާއްޖެއެމްވީ އަށް މައުލޫމާތު ހިއްސާ ކުރި މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލައާ ހަވާލުވެ ހުންނެވި ބޭފުޅާ މިވަގުތު ރާއްޖޭގައި ނޫޅުއްވާ ކަމަށާއި މައުލޫމާތު ދެވޭނީ އެ ބޭފުޅާ ރާއްޖެ ވަޑައިގަތުމުން ކަމަށެވެ.

މި މައްސަލައާއި ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ޓާޓާގެ އޮފިޝަލަކު ވިދާޅުވީ މައްސަލައިގެ އަޑުއެހުންތައް އަދި ނުފަށާ ކަމަށެވެ. އަދި މައްސަލަ އަށް ދިވެހި ސަރުކާރުން ޖަވާބެއް ދިން ކަން އެނގިފައި ނުވާ ކަމަށް ޓާޓާގެ އޮފިޝަލް ވިދާޅުވިއެވެ.

މި އަހަރުގެ މެއި މަހުގެ ހަތަރު ވަނަ ވަނަ ދުވަހު، ބޮމްބޭގެ ހައިކޯޓުގެ ގާޒީ ޖީ އެސް ޕަޓޭލް ނެރުއްވާފައިވާ އަމުރުގައިވަނީ، މަސައްކަތުގެ މި މަރުހަލާގައި އެގްރިމެންޓް ބާތިލްކުރުމަށް ނިންމުމަކީ ކުރެވިދާނެ ކަމެއްކަން ޤަބޫލުކުރަން ދަތިވާ ކަމަށެވެ.

އަމުރުގައި ބުނެފައި ވަނީ، މި ނިންމުމުގެ ސައްހަކަމާއި، ކޮންޓްރެކްޓާއި، ހަމަހަމަކަމުގެ ނިޒާމުން ބަލާއިރު، މިއީ ޤާނޫނީގޮތުން ކިހާ ބުރަދަނެއް ހުރި ނިންމުމެއްތޯ ކަނޑައަޅާނީ މަސައްކަތުގެ ކޮންޓްރެކްޓްގައި ބުނާ ޑިސްޕިއުޓް ރެޒޮލިއުޝަންގެ މަރުހަލާގައި ކަމަށެވެ. ނަމަވެސް މިފަދަ މަރުހަލާއަކާއި ހަމައަށް ދެވެންދެން މައްސަލައިގައި ފިޔަވަޅުތަކެއް ނާޅައިފިނަމަ، ޓާޓާ ކުންފުންޏަށް ފޫނުބެއްދޭވަރުގެ ގެއްލުންތަކެއް ވެދާނެ ކަމަށް ޤާބޫލު ކުރެވޭތީ، ޓާޓާ ކުންފުނިން އެދުނު 4 ކަމަކަށް ރިއާޔަތްކޮށް، ފިޔަވަޅުތަކެއް އެޅުމަށް ކޯޓުން ވަނީ ނިންމާފައެވެ.

ޓާޓާއިން މި މައްސަލައިގައި ހޯދުމަށް އެދިފައިވާ 4 ވަގުތީ ހައްލު:

  • އެގްރިމެންޓް ބާތިލް ކުރުމަށް ނިންމާފައިވާ ނިންމުމާއި ގުޅިގެން، އޯޑިއޯން އާއި ނާދީގެ މަސައްކަތް ދިވެހި ސަރުކާރުން، ސީދާކޮށް ނުވަތަ ނުސީދާކޮށް ވެސް އިތުރު ފަރާތަކާއި ހަވާލު ކުރުން ހުއްޓުވައިދިނުން.
  • އޯޑިއޯން އާއި ނާދީ ހުރި ބިމުގައި ކުރަމުންދާ މަސައްކަތް އެއްވެސް ސިފައެއްގައި ހުއްޓުވައި، ސަރުކާރުން އެތަން އަތުލުން ހުއްޓުވައިދިނުން.
  • ޓާޓާއިން ނާދީ އާއި އޯޑިއޯން ބިމުގައި ކުރަމުންދާ މަސައްކަތް ހުއްޓުވުން، ނުވަތަ ސަރުކާރުން އެ މަސައްކަތަށް އެއްވެސް ގޮތަކަށް ހުރަސްއެޅިޔަ ނުދިނުން، އަދި،
  • ނާދީ އާއި އޯޑިއޯން ބިމުގައި އަޅާ ހައުސިންގ ޔުނިޓްތަކާއި، ކޮމަރޝަލް ޔުނިޓްތައް، އަދި ލަގްޒަރީ ވިލާތައް ވިއްކުމަށް ޓާޓާއިން ކުރާ މަސައްކަތަށް އެއްވެސް ގޮތަކަށް ސަރުކާރުން ހުރަސް އެޅިޔަ ނުދިނުން

މި ހައްލުތަކުގެ ތެރެއިން ފުރަތަމަ ދެ ނުކުތާއަށް މި އަހަރުގެ އޭޕްރީލް 27 ވަނަ ދުވަހު ވަގުތީ ހައްލެއް ހޯދައިދީފައިވާއިރު، ކޯޓުން ނިންމާފައި ވަނީ ޝަރުތުތަކަކާއިއެކު އެދިފައިވާ 4 ނުކުތާގައި ވެސް ވަގުތީ އަމުރު ނެރެދިނުމަށެވެ.

މި އަމުރުގެ މުއްދަތެއް ގާޒީ ވަނީ ކަނޑައަޅުއްވާފައެވެ. އެގޮތުން އިންޑިއާގެ އާބިޓްރޭޝަން ޤާނޫނުގެ 9 ވަނަ މާއްދާގައިވާގޮތަށް، މި މައްސަލައިގައި ފުރަތަމަ ޕްރޮޓެކްޓިވް އޯޑަރ ނެރެދިން ދުވަހުން ފެށިގެން 90 ދުވަހުގެ ތެރޭގައި ރަސްމީކޮށް، މައްސަލަ އާބިޓްރޭޝަންއަށް ހުށަހަޅަން ޖެހޭނެއެވެ.

އެހެންކަމުން ގާޒީ ވަނީ އެންމެ ލަސްވެގެން 15 ޖޫން 2017 ގެ ކުރިން މި މައްސަލަ ރަސްމީކޮށް އާބިޓްރޭޝަނަށް ހުށަހެޅުމަށް ޓާޓާ ކުންފުނީގެ މައްޗަށް އަމުރު ކުރައްވާފައެވެ. އަދި އެގޮތަށް ހުށަހެޅޭ ހުށަހެޅުމުން، އުފެދޭ އާބިޓްރޭޝަން ޓްރައިބިއުނަލް އުފެދޭ ތާރީހުން ފެށިގެން 8 ހަފްތާގެ މުއްދަތު ހަމަވަންދެން މި އަމުރު ހިނގާނެ ކަމަށް އެ ކޯޓުން ވަނީ ނިންމާފައެވެ.

ކޯޓުން ވަނީ، މި އަމުރުގެ މުއްދަތު އިތުރުކުރުމާއި، އަމުރަށް ބަދަލުގެނައުމާއި، އަމުރު އުވާލުމުގެ ބާރު އާބިޓްރޭޝަން ޓްރައިބިއުނަލަށް ދީފައެވެ. އަމުރުގެ މުއްދަތު އިތުރުކުރުމަށް އާބިޓްރޭޝަން ޓްރައިބިއުނަލުން ނުނިންމައިފިނަމަ، ބުނެވިދިޔަ 8 ހަފްތާ ހަމަވުމުން، ކޯޓުގެ އިތުރު ބަހެއް ނެތި، މި އަމުރު އަމިއްލަ ޒާތުގައި ނިމުމަކަށް އަންނާނެ ކަމަށްވެސް އަމުރުގައިވަނީ ބުނެފައެވެ.

މި އަމުރުން އެނގޭ ގޮތުގައި މި މައްސަލައިގައި ދިވެހި ސަރުކާރު ތަމްސީލު ކުރައްވަނީ އިންޑިއާގެ ލެކްސްއާބިޓްރައި ގެ ބާނީ، މަދުރް ބާޔާއެވެ.

ނާދީ އާއި އޯޑިއޯން އިމާރާތުގެ އެއްބަސްވުން ސަރުކާރުން ބާތިލް ކުރީ ފްލެޓް އަޅަން ދިން މުއްދަތު ފާއިތުވުމާއި ގުޅިގެން، އޭގެ ފަހުން ދިން ނޯޓިސްގެ މުއްދަތު ހަމަވި އިރު ވެސް މަސައްކަތް ފަށާފައި ނުވާ ކަމަށް ބުނެއެވެ. އެއްބަސްވުން ބާތިލް ކުރިކަން ހާމަކުރެއްވީ އޭޕްރިލް މަހުގެ 19 ވީ ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިންގ މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒެވެ.

މުއިއްޒު ވިދާޅުވީ ސަރުކާރުން އޭޕެކްސް ރިއަލްޓީއަށް ގިނަ ލުއިތަކެއް ދިން ކަމަށާއި، ނަމަވެސް ލުއިތަކާއެކު ވެސް އެފަރާތުން މަސައްކަތް ކޮށްފައިނުވާ ކަމަށެވެ. އެކަމުގެ ސަބަބުން ސަރުކާރަށާއި އެ ކުންފުންޏަށް ވެސް ގެއްލުމެއް ލިބުމުގެ ފުރުސަތު ދޭން ބޭނުންނުވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ އެއްބަސްވުން ބާތިލްކޮށް، މިހާރު އެކަން އެ ކުންފުންޏަށް ވެސް އަންގާފައިވާ ކަމަށެވެ. އަދި އެ ކުންފުންޏަށް ފެލްޓް އެޅުމުގެ ފުރުސަތު ދެން ނުލިބޭނެ ކަމަށާއި ކުރަންޖެހޭ މަޝްވަރާތައް ކޮށް، ސެޓްލްމެންޓް އެގްރީމެންޓެއް ހަދާނެ ކަމަށެވެ.

އޭޕެކްސް ރިއަލްޓީ ކުންފުންޏަކީ، އިންޑިއާގެ ޓާޓާ ހައުސިންގ ޑިވެލޮޕްމެންޓް ކޮމްޕެނީގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުންޏެކެވެ. އެކުންފުނި ރާއްޖޭގައި މަސައްކަތް ކުރަނީ، އެ ކުންފުނީގެ ޕާޓްނަރު، ރާއްޖޭގެ ހޮޓެލްސް އެންޑް ރިސޯޓްސް ކޮމްޕެނީ (އެޗްއާރުސީ)އާ ގުޅިގެންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

ޖަލަށް ދާންޖެހުނު ނަމަވެސް ވަގުތު ޖެހުމުން ރާއްޖެ ދާނަން: ރައީސް ނަޝީދު

03 ފެބުރުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު