Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރައީސް މުއިއްޒު

ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ، މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާ އިން: އިމްރާން

19 ނޮވެމްބަރު 2025 | ބުދަ 07:58

އިމްރާން ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަން ކުށްތައް ހިންގައިގެން ގޭންގުތަކުން ހޯދާ ކަޅު ފައިސާ ވަންނަން ފެށީމާ، ރާއްޖެއިން ގޭންގު ނައްތާލެވިއްޖެ ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުއްވުމަކީ ނުރައްކާތެރި ކަމެއްކަމަށް

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް | 19 ނޮވެމްބަރު 2025 | ބުދަ 07:58
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަވަނީ މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ހޯދާ ކަޅު ފައިސާއިން ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޚް އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

ދިވެހިރާއްޖެއިން ގޭންގުތައް ނައްތާލެވިއްޖެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަށް ރައްދު ދެއްވަމުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ކުރީގެ ހޯމް މިނިސްޓަރު ކަންވެސް ކުރައްވާފައިވާ އިމްރާން ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ. އިމްރާން ވިދާޅުވީ ރައީސް މުއިއްޒުގެ ސިޔާސީ އެޖެންޑާ ހިންގަން މަސްތުވާތަކެތީގެ ވަގުފާރިންނާއި އެހެނިހެން ކުށްތައް ހިންގައިގެން ގޭންގުތަކުން ހޯދާ ކަޅު ފައިސާ ވަންނަން ފެށީމާ ރާއްޖެއިން ގޭންގުތައް ނައްތާލެވިއްޖެ ކަމަށް ރައްޔިތުންނަށް ވިސްނައިދޭން އުޅުއްވުމަކީ ނުރައްކާތެރި ކަމެއް ކަމަށެވެ.

Advertisement - newsAdvertisement

އިމްރާން ފާހަގަކުރެއްވި ގޮތުގައި ދައުލަތުގެ އެންމެ މަތީ ވެރިމީހާ ނިކުމެ މި ވާހަކަ މި ގޮތަށް ދައްކަވާއިރު، އެކަމުގެ ސަބަބުން ދިވެހި ގައުމަށް ބޮޑެތި ނޭދޭވޭ އަސަރުތަކެއް ކުރާނެ ކަމަށެވެ. އެގޮތުން މިކަމުގެ ސަބަބުން ދިވެހި ފުލުހުންގެ މަސައްކަތަށް ހުރަސްއެޅި އަދި ބޭރުގެ އިދާރާތަކުން ދިވެހިރާއްޖެއާ މެދު ދެކެމުން އަންނަ ގޮތް ބަދަލުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައީސް މުއިއްޒުގެ މި ވާހަކަތަކުން، ކަޅު ފައިސާ ދޮވެ ސާފުކޮށް "ވައިޓް ކޮލަރ" ކުށްތައް ހިންގަން ސަރުކާރުން ފަހިކޮށް ފުރުސަތު ދޭކަން ހާމަވެއްޖެ ކަމަށް އިމްރާން ވިދާޅުވި އެވެ.

އިމްރާން އިތުރަށް ވިދާޅުވީ މިކަމުން ސާފުވާ ހަގީގަތަކީ، ސަރުކާރުން ގޭންގުތައް ނައްތާލީކީ ނޫން ކަމަށާއި ސަރުކާރުން ގޭންގުތައް މަތީ ހަރުފަތަކަށް ގެންގޮސްދީފި ކަމެވެ.

ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރުމަށް ހޯމަ ދުވަހުގެ ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް މުއިއްޒު ވަނީ ދިވެހިރާއްޖޭގައި ހަރަކާތްތެރިވަމުން ދިޔަ ގޭންގުތަކުން ކުށްކުރުން ހުއްޓާލުމަށްފަހު މިހާރު މަސައްކަތް ކުރަމުން ދަނީ އަބުރުވެރި ދިރިއުޅުމެއް އުޅެވޭތޯ ކަމަށް ވިދާޅުވެފައެވެ. އަދި ގޭންގެއްގެ ޝަރުތު ހަމަވާ އެއްވެސް ބަޔަކު މިހާރު ދިވެހިރާއްޖޭގައި ނެތް ކަމަށް ރައީސް ވިދާޅުވިއެވެ.

އަޅުގަނޑު އިހަށްދުވަހު އަހާލައިފިން ހޯމް މިނިސްޓަރު ކައިރީގައި ކޮބާ މިހާރު ކިތައް ގޭންގު ކަނޑައެޅިއްޖެ ހެއްޔޭ، ހޯމް މިނިސްޓަރު ވަރަށް އުފާވެލާފައި ވިދާޅުވީ މިހާރު ނެތޭ، ތިމަންނަމެން ޕީޖީއަށް ފޮނުވައިގެން ޕީޖީ ވިދާޅުވިޔޭ ނެތޭ އަދި ތިޔަ ޝަރުތު ހަމަވާ އެއްވެސް ގޭންގެއް. ކުރީގައި މި ގޭންގުތަކުގައި އުޅުނު ހުރިހާ ފަރާތްތައް އެކަން ހުއްޓާލައިފި، ގޭންގް ކުށް ހުއްޓާލައިފި، މިހާރު އެ ބޭފުޅުން އެ ކުދިން ޒުވާނުން، މިހާރު ވިޔަފާރި ކުރުމާއި އަބުރުވެރި ދިރިއުޅެއް އުޅެވޭތޯ ނޯމަލް ލައިފްއަކަށް ގޮސްފި
ރައީސް ޑރ. މުހައްމަދު މުޢިއްޒު

ނަމަވެސް ރައީސް މުއިއްޒުގެ މި ވާހަކަފުޅާ ފުށުއަރާ ގޮތަށް މި ސަރުކާރުގެ ހޯމް މިނިސްޓްރީގެ ނައިބު މުހައްމަދު ޝަހީދު ވަނީ ގޭންގުތަކުގެ ތަފާސްހިސާބު ފުލުހުން އެ މިނިސްޓްރީއާ ހިއްސާކޮށްފައިވާ ކަމަށް ޓީވީ ޕްރޮގްރާމެއްގައި ވިދާޅުވެފައެވެ.

ޝަހީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި 83 ގޭންގު މިހާރު ހަރަކާތްތެރިވަމުން ދާއިރު، އެ ގޭންގުތަކުގައި 3،600 މީހުން ކުށްކުރުމުގައި އުޅެއެވެ. އަދި ވެރިރަށް މާލޭގައި އެކަނި ވެސް 45 ގޭންގު ހަރަކާތްތެރިވާ ކަމަށް ހޯމް މިނިސްޓްރީގެ ނައިބު ވިދާޅުވިއެވެ.

މާލޭގައި ހަރަކާތްތެރިވާ ގޭންގުތަކުގެ މެންބަރުންގެ ގޮތުގައި 2،500 މީހުން ހަރަކާތްތެރިވާ ކަމަށް ވެސް ޝަހީދު ވިދާޅުވިއެވެ. އަދި ގޭންގުތަކުގައި ގާތްގަނޑަކަށް 85 ކުޑަކުދިން ހަރަކާތްތެރިވާކަން އެނގިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރައީސް މުއިއްޒުގެ ވާހަކަފުޅާއި ހޯމް މިނިސްޓްރީގެ ނައިބުގެ ވާހަކަތަކާ ދެމެދު ފެންނަ ބޮޑު ތަފާތުގެ ސަބަބުން، ގޭންގުތަކާ ގުޅޭ ގޮތުން ސަރުކާރުން ރައްޔިތުންނަށް ދެމުން އަންނަ މައުލޫމާތުގެ ސައްހަކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. އިމްރާންގެ ތުހުމަތުތަކާއެކު، މި މައްސަލައިގައި ސަރުކާރުން ރައްޔިތުންނަށް ހަގީގަތް ސާފުކޮށްދޭން ޖެހޭ ކަމަށް ގިނަ ރައްޔިތުން ފާހަގަކުރެ އެވެ.

ރައީސް މުއިއްޒުޝައިޚް އިމްރާން ޢަބްދުﷲގްރޫޕްތައް

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި
13 ޑިސެމްބަރު 2025

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!
12 ޑިސެމްބަރު 2025

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި
12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
10 ޑިސެމްބަރު 2025

ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި

10 ޑިސެމްބަރު 2025
ރައީސް މުޢިއްޒު އާއި މިނިސްޓަރު، މަސްވެރިންނާ ބައްދަލުކޮށް ޑިމާންޑް ތަކަށް ހައްލު ހޯދައިދެން ދެން މުޒާހަރާ ކުރިއަށް ގެންދަން ނިންމައިފި
08 ޑިސެމްބަރު 2025

"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"

08 ޑިސެމްބަރު 2025
"ހުޅުމާލެއިން ބައެއް ވެހިކަލްތައް ޓޯވ ކުރީ ޕާކްކުރަން ދިން ހުސް ބިން އެޗްޑީސީ އިން އަތުލައި އުޅަނދުތައް މަގުތަކަށް ނެރެ އެއްލާލުމުން"
07 ޑިސެމްބަރު 2025

މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން

07 ޑިސެމްބަރު 2025
މި ސަރުކާރު އައުމާއެކު ފެށުނު ކޮރަޕްޝަންގެ މަޝްރޫއު އަކީ ރަސްމާލެ، ނޭނގި ނަމަވެސް އެކަމަށް އިއުތިރާފު ވެސް ވެއްޖެ: ޔާމީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް