Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެވާނުވާ ބަންދު

ދެ އަހަރު ހަނު ހުންނެވުމަށް ފަހު ވާނުވާ ބަންދުގެ މައްސަލަ ޖުޑީޝިއަރީ ބޮލަށް ރައީސް މުއިއްޒު ޖައްސަވައިފި

އެއްވެސް ބަޔަކު ވާނުވާ ބަންދުގައި ތިބެގެން ނުވާނެ ކަމަށާއި އެމީހުންގެ ވެސް ހައްގުތަކެއް ވާ ކަމަށް ރައީސް ވިދާޅުވި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 11 ނޮވެމްބަރު 2025 | އަންގާރަ 13:03
ރައީސް މުއިއްޒު އަދި ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު

ރައީސް މުއިއްޒު އަދި ޕްރޮސިކިއުޓަރ ޖެނެރަލް އައްބާސް ޝަރީފު

ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމުގެ މައްސަލައަށް ހައްލު ހޯދައިދޭން ވައުދުވެ ވެރިކަމަށް ވަޑައިގެން ދެ އަހަރު ދުވަހު ހަނު ހުންނެވުމަށް ފަހު އެ މައްސަލަ ހައްލު ކުރަން ޖުޑީޝިއަރީ އިން މަސައްކަތް ކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އެއްވެސް ބަޔަކު ވާނުވާ ބަންދުގައި ތިބެގެން ނުވާނެ ކަމަށެވެ. އަދި އެމީހުންގެ ވެސް ހައްގުތަކެއް ވާ ކަމަށް ރައީސް ވިދާޅުވި އެވެ. ރައީސް އެހެން ވިދާޅުވެފައިވާއިރު ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ބޭތިއްބުމުގެ މައްސަލައަށް ހައްލު ހޯދައިދިނުމަކީ ރައީސް ގެ އެންމެ މުހިއްމު އެއް ރިޔާސީ ވައުދެވެ.

ވާނުވާ ބަންދުގައި ތިބެގެން ނުވާނެ. އެމީހުންގެ ހައްގުތަކެއް ވޭ. 100 ޕަސެންޓު ޔަގީން މި ގެންނަ ހެޔޮ ބަދަލުތަކާއެކު މި މައްސަލަތައް އަވަހަށް ނިންމަން ޖުޑިޝަރީން މަސައްކަތް ކުރާނެ ކަން. ގާނޫނީ އިސްލާހުތައް ގެންނަންޖެހޭ ކަންކަމުގައި ވެސް ސަރުކާރުން ދެވެން އޮތް ހުރިހާ އެއްބާރުލުމެއް ސަރުކާރުން ދޭނެ ކަމުގެ ޔަގީންކަން ދެން. އެއީ މަޖިލީހުގެ ތެރެއިން ވިއަސް، ޝަރުއީ ދާއިރާގެ ކަންކަމަށް ސަރުކާރުން އެއްބާރުލުން ދޭނަން،
ރައީސް ޑރ. މުހައްމަދު މުއިއްޒު

ޕީއެންސީގެ ވެރިކަމެއްގައި ޝަރުއީ ނިޒާމަށް ގެންނަ އިސްލާހުތަކުގެ ތެރެއިން ވާނުވާ ބަންދު އުވާލާނެ ކަމަށް މިހާރުގެ ރައީސް މުއިއްޒު ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ވައުދުވެވަޑައިގަންނަވާފަ އެވެ.

ތ. ތިމަރަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން މުއިއްޒު ވަނީ ނޭނގުމުގެ ތެރޭގައި އެތައް އަހަރެއް ބަންދުގައި ހުންނަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި މީހަކާމެދު ގޮތެއް ނުނިންމައި ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 48 ގަޑިއިރު ވަންދެން ކަމަށެވެ.

މި މައްސަލަ އަށް އެދެވޭ ހައްލެއް ނުލިބި ލަސްވަމުން ދާތީ ސޯޝަލް މީޑިއާގައި ވާނުވާ ބަންދު އުވާލަން ގޮވާލާ ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކޮށް، އެކަމާ ދެކޮޅަށް ބޮޑު ކެމްޕެއިނެއް ވެސް ފަށާފަ އެވެ. އެގޮތުން ވާނުވާ ބަންދު އުވާލާނެ ކަމަށް ވިދާޅުވެ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ހަނދާން ކޮށް ދިނުމަށް ވެސް ޕޯސްޓުތައް ހިއްސާ ކޮށްފައި ވެއެވެ.

ވާނުވާ ބަންދުގެ މައްސަލަ އަށް ހައްލެއް ގެނައުމަށް ކަމަށް ބުނެ މި ސަރުކާރުން ވަނީ އެއް ފުރުސަތު ދިނުމަށް އިލެކްޓްރޯނިކް މޮނިޓަރިން ނިޒާމެއްގެ ދަށުން އިލެކްޓްރޯނިކް ޓެގު އަޅުވާފައި ދޫކޮށްލުމުގެ މަސައްކަތް ފަށާފަ އެވެ. ނަމަވެސް މިހާތަނަށް އެ އުސޫލުގެ ދަށުން ދޫކުރީ އެންމެ 10 މީހުންނެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުވާނުވާ ބަންދު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު