Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފާރިސް މައުމޫން

ފާރިސްގެ މައްސަލައިގައި ފަސް ވަނަ ފަހަރަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދިއްޖެ

7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 09:41

ފާރިސް ހައްޔަރުކުރީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 7 ސެޕްޓެމްބަރު 2017 | ބުރާސްފަތި 09:41
ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން ބަންދުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ ފަސް ވަނަ ފަހަރަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދިއްޖެ އެވެ.

ހޭބިއަސް ކޯޕަސް ރިޓަކީ މީހަކު ހައްޔަރުކޮށްފައިވަނީ ގާނޫނާ ޚިލާފަށް ކަމަށްތޯ ނުވަތަ ގާނޫނާ އެއްގޮތަށްތޯ ކަނޑައަޅަން ކޯޓަށް ހާޒިރުކޮށް ދިނުމަށް އެދި ހުށަހަޅާ ހުށަހެޅުމެކެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 207 ވަނަ މާއްދާގައި ބުނެފައިވަނީ މީހަކު ހައްޔަރުކޮށްފައިވަނީ ޤާނޫނާ ޚިލާފަށް ކަމަށް ބުނެ، އޭނާ ހައްޔަރުން ދޫކޮށްލުމަށް އެދި، އޭނާއަށް ނުވަތަ އޭނާގެ ބަދަލުގައި އެހެން ފަރާތަކަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅިދާނެ ކަމަށެވެ.

Advertisement - newsAdvertisement

ފާރިސްގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް ޝަމީލް ވިދާޅުވީ ފާރިސް ބަންދުން ދޫކޮށް ދިނުމަށް ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ކޯޓަށް ހުށަހެޅީ ބުދަ ދުވަހު ކަމަށެވެ. އަދި މިއީ ޖުލައި 18 ވަނަ ދުވަހު ފާރިސް ހައްޔަރުކުރި ފަހުން ހޭބިއަސް ކޯޕަސް ރިޓަކަށް އެދުނު ފަސް ވަނަ ފަހަރު ކަމަށް އޭނާ ވިދާޅުވި އެވެ.

ޝަމީލް ވިދާޅުވީ ފާރިސް ބަންދުން ދޫކޮށްދިނުމަށް އެދި ހުށަހެޅީ، ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަންދުކޮށްފައިވާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނާ މުއްދަތުގެ ތެރޭގައި އެ މައްސަލައިގައި ދައުވާ ކޮށްފައިނުވާތީ ކަމަށެވެ.

ބަންދުގައި ތިބޭ މީހުންނަށް 30 ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ދައުވާކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބަޔާން ކޮށްފައިވެއެވެ.

ޝަމީލް ވިދާޅުވީ ރިޝްވަތު ދިނުމުގެ ކުށުގެ ތުހުމަތުގައި ފާރިސް ހައްޔަރުކޮށް ބަންދުކުރިއިރު، އޭނާގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާ ކަމަށެވެ. ގާނޫނުގައި ބުނާ މުއްދަތުގައި ހައްޔަރުކުރެވުނު ކުށުގެ ދައުވާ ކުރެވިފައިނުވާކަން ފާހަގަކޮށް ވަކީލު ވިދާޅުވީ މިހާރު ފާރިސް އެ ހުންނެވީ ގާނޫނާ ޚިލާފު ބަންދެއްގައި ކަމަށެވެ.

ފާރިސްގެ ވަކީލުން ބުނާ ގޮތުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިނުމަށް ހުށަހެޅުއްވުމުގެ ތުޙުމަތުގައި ފާރިސް ހައްޔަރުކޮށް، ބަންދުގައި ބެހެއްޓިނަމަވެސް، ލިޔެކިޔުންތަކުން ފެންނަނީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގެ ދަށުން ކުރާ ތުހުމަތެއް ކަމަށެވެ.

ޤާނޫނުލްޢުޤޫބާތުގެ 510 ވަނަ މާއްދާގެ (ހ) ގައި ބުނަނީ، ދައުލަތުގެ މުވައްޒަފެއްކަމުގައިވެ ހުރެ، އަދި، އެނގިހުރެގެން މަންފާއަކަށް އެދުމާއި، ޤަބޫލުކުރުމާއި، ތިމާއަށްޓަކައި ނުވަތަ އެހެން މީހަކަށްޓަކައި އެ މަންފާ ޤަބޫލުކުރުމަށް އެއްބަސްވުން؛ އަދި، އެ މަންފާއަކީ ޤާނޫނުގައި ހުއްދަކޮށްފައިނުވާ، ރަސްމީ ހައިސިއްޔަތުން އަދާކުރަން ޖެހިފައިވާ ވާޖިބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ނުވަތަ ނުފޫޒު ފޯރުވުމަށް އެއްބަސްވުމުގެ ގޮތުން؛ ނުވަތަ، ތިމާ ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމެއް ކުރުމުގެ ގޮތުން ނުވަތަ ނުކޮށް ދޫކޮށްލުމުގެ މުޤާބިލުގައި އޮތް އެއްޗަކަށް ވުމަކީ ކުށެއް ކަމަށެވެ.

ހޭބިއަސް ކޯޕަސް ރިޓަކަށް އެދި ހުށަހެޅުމުން، އެ މައްސަލަ ނިސްބަތްވާ މީހާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ނުވަތަ ނޫންކަމާމެދު ކޯޓުން ގޮތެއް ކަނޑައެޅުމަށްޓަކައި، ހައްޔަރުކޮށްފައިވާ މީހާ ކޯޓަށް ހާޒިރުކުރުމަށް އޭނާ ހައްޔަރުކޮށްފައިވާ ފަރާތަށް ކޯޓުން އަމުރުކުރަންވާނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވެއެވެ. ކޯޓުން ކުރާ އަމުރާ އެއްގޮތްވާ ގޮތުގެމަތިން ހައްޔަރުގައިވާ މީހާ ކޯޓަށް ހާޒިރުކުރުމުން، އޭނާ ހައްޔަރުކޮށްފައިވަނީ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިންކަން ސާބިތުކޮށްދޭނީ، އޭނާ ހައްޔަރުކުރި ފަރާތުން ކަމަށް ވެސް ގާނޫނުގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

ހަނގުރާމަ އެތައް އަހަރަކަށް ދެމިގެންދިޔަ ކަމުގައި ވިޔަސް އީރާނުގެ ބެލިސްޓިކް މިސައިލްތައް ދުޝްމަނުންގެ ބޯމައްޗަށް ވާރޭ ފަދައިން އޮހެމުންދާނެ: އައިއާރުޖީސީ

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި

16 ޖެނުއަރީ 2017
ގާޒީ ސަލާމުގައި ހުންނެވުމުން ޒަރީރަށް ހުކުމް ކުރުން ފަސްކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
12 ޖެނުއަރީ 2017

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި
11 ޖެނުއަރީ 2017

ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި

11 ޖެނުއަރީ 2017
ޗެއަރޕާސަންގެ އިންތިހާބު ފަސްކޮށްފި
10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް