Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުނި މެނޭޖުކުރުން

މުލީ އަދި ފޮނަދޫ ކުނި މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑުކުރުމަށް ބަޔަކާ ހަވާލުކޮށްފި

މި ދެ މަޝްރޫއުގެ އަގަކީ ޖުމްލަ 6,965,213.17 (ހަމިލިއަން ނުވަލައްކަ ފަސްދޮޅަސް ފަސްހާސް ދުއިސައްތަ ތޭރަ ރުފިޔާ ސަތާރަ ލާރި)

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 9 ނޮވެމްބަރު 2022 | ބުދަ 09:06
މުލީ އަދި ފޮނަދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑުކުރުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މުލީ އަދި ފޮނަދޫ ކުނި މެނޭޖްކުރާ މަރުކަޒު އަޕްގްރޭޑުކުރުމަށް ހަވާލުކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މ. މުލީ އަދި ލ.ފޮނަދޫ ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި ލައިކޯ ކޮންސްޓްރަކްޝަންއާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވުނު ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އަންސާރުއެެވެ. ލައިކޯ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޔާޒެވެ.

Advertisement - newsAdvertisement

މި ދެ މަޝްރޫއުގެ އަގަކީ ޖުމްލަ 6,965,213.17 (ހަމިލިއަން ނުވަލައްކަ ފަސްދޮޅަސް ފަސްހާސް ދުއިސައްތަ ތޭރަ ރުފިޔާ ސަތާރަ ލާރި) އަށެވެ. އެގޮތުން މ. މުލީ ސެންޓަރު އަޕްގްރޭޑްކުރުމުގެ މަސައްކަތުގެ އަގަކީ, 4,228,307,82 (ހަތަރު މިލިއަން ދެލައްކަ އަށާވީސް ހާސް ތިންސަތޭކަ ހަތް ރުފިޔާ އަށްޑިހަ ދެލާރި) އަދި ލ. ފޮނަދޫގެ މަސައްކަތުގެ އަގަކީ 2,736،905.35 (ދެމިލިއަން ހަތްލައްކަ ތިރީސް ހަހާސް ނުވަސަތޭކަ ފަސް ރުފިޔާ ތިރީސް ފަސްލާރި) އަށެވެ. މި ދެ މަޝްރޫއު ނިންމާލެވޭނެ ކަމަށް ބެލެވެނީ މަސައްކަތް ފަށާ ތާރީޚުން ފެށިގެން ގާތްގަނޑަކަށް 180 ދުވަސް ތެރޭގައެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީއިން މަޢުލޫމާތު ދީފައިވާގޮތުން އެ މަޝްރޫޢު ނިމުމުން، މި ދެރަށުގައި ވެސް ރަށުފެންވަރުގައި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒުގައި (ޑަބްލިއުއާރްއެމްސީ) ކުނި ވަކިކޮށް، އަލުން ބޭނުން ހިފޭ ކުނި ރައްކާކޮށް، އަދި ނައްތާ ނުލެވޭ ޒާތުގެ ކުނި ކަނޑައެޅިފައިވާ ސަރަހައްދީ ކުނި މެނޭޖުކުރާ މަރުކަޒަކަށް ގެންދިއުމަށް މަގުފަހި ވެގެންދާނެ ކަމަށެވެ. އަދި މީގެ އިތުރުން މި ދެރަށުގައި ވެސް ކުނި މެނޭޖްކުރާ މަރުކަޒުގައި ފަނާވާ ޒާތުގެ ކުނި ޓްރީޓް ކުރުމަށްޓަކައި، އެނެރޯބިކް ޑައިޖެސްޝަން ޕްލާންޓެއް ބެހެއްޓުމަށްވެސް ހަމަޖެހިފައިވާކަން އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ވުމާއެކު، މުލީ އަދި ފޮނަދޫގެ ކުނި މެނޭޖުކުރާ ނިޒާމް ހަރުދަނާ ކުރުމަށް މި މަޝްރޫޢުތައް ހަމަ ޔަޤީނުންވެސް އެހީތެރިވެދޭނެއިރު، މި ކުންޏާއި ވަޞީލަތް މެނޭޖުކުރާ މަރުކަޒާއެކު އެ ދެ ރަށުގައި ކުނި އެންދުމާއި، ކުނި މާ ގިނައިން ރަށުގައި ޖަމާވެ ދިމާވާ މައްސަލަތަކަށް ޙައްލެއް ލިބިގެންދާނެ ކަމުގައި އެންވަޔަރުމަންޓް މިނިސްޓްރީން ބުންޏެވެ.

އެ މިނިސްޓްރީން ބުނީ ރަށު ފެންވަރުގައި އެފަދަ މަރުކަޒެއް ޤާއިމުވުމުން ސިއްޙަތަށާއި ތިމާވެއްޓަށް ލިބިދޭ ފައިދާގެ އިތުރުން އިޤްތިސާދަށް ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމަކަށް ވެގެންދާނެ ކަމަށެވެ.

މި މަޝްރޫޢުގެ ތެރެއިން ޤާއިމުކުރެވޭ ކުނި މެނޭޖްކުރާ މަރުކަޒުތަކަކީ ޒަމާނީ ފެންވަރަށް ތައްޔާރުކުރެވޭ މަރުކަޒުތަކެކެވެ. މިގޮތުން އަލަށް ޑިޒައިން ކުރެވިފައިވާ މި މަރުކަޒުތަށް ޖާގައިގެ ގޮތުން ތަަނަވަސް ވެފައި މި މަރުކަޒުތައް ހިންގުމަށް ބޭނުންވާ އޮފީހެއްގެ އިތުރަށް، ފާހާނާ، ސްޓޯރޭޖް، ކުނި ބައިބަޔަށް ވަކިކޮށްފައި ބަހައްޓާނެ ޖާގަ، އަދި ނުރައްކާތެރި ކުނި ބެހެއްޓުމަށް ހާއްސަ ޖާގައެއް ހިމެނެއެވެ. އަދި ހަމަ އެއާއެކު މި މަރުކަޒުތަކަށް ގެނެވޭ ކުނީގެ ބަރުދަން ބެލުމަށް ވެއިންގ ސްކޭލްވެސް އަވަސް މުސްތަޤުބަލެއްގައި ބެހެއްޓިގެންދާނެއެވެ.

މި ދެ މަޝްރޫޢު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން  ޒޯން 2، 4 އަދި 5 ގައި ތަންފީޒް ކުރަމުންދާ މޯލްޑިވްސް ކްލީން އެންވަޔަރަންމަޓް ޕްރޮޖެކްޓް މެދުވެރިކޮށް ވޯލްޑް ބޭންކުގެ ހިލޭ އެހީގެ ދަށުންނެވެ.

ކުނި މެނޭޖްކުރުންމިނިސްޓްރީ އޮފް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީމ. މުލިލ.ފޮނަދޫ

އިތުރަށް ކިޔާލަން

07 ނޮވެމްބަރު 2025

"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!

07 ނޮވެމްބަރު 2025
"ސޮނެވާ ނަމޫނާ" އާއި "ކަމަދޫ އިން" އެކުގައި، ޓަކަކޫރާ މެތަޑް އާއި އެކު ގެސްޓް ހައުސް އިން އުފެދޭ ކާބޯތަކެތީގެ ކުނި މެނޭޖްކުރުން ބަދަލުކޮށްލަނީ!
29 ސެޕްޓެމްބަރު 2025

ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި

29 ސެޕްޓެމްބަރު 2025
ކައްދޫގައި ސައިކަލަކުން ޖެހި އެކްސިޑެންޓުވެ މީހަކު މަރުވި މައްސަލައިގައި ދައުވާކުރުމަށް ފޮނުވައިފި
23 ސެޕްޓެމްބަރު 2025

މެއި މަހު އިއުލާންކުރެއްވި މުލީ 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވެއްޖެ

23 ސެޕްޓެމްބަރު 2025
މެއި މަހު އިއުލާންކުރެއްވި މުލީ 300 ހައުސިންގ ޔުނިޓުގެ މަސައްކަތް ފެށޭނީ އަންނަ އަހަރު ދެ ބަޔަކަށް ބަހާލައިގެން ކަމަށް ރައީސް ވިދާޅުވެއްޖެ
06 ސެޕްޓެމްބަރު 2025

މަސްތުވާތަކެތީގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި

06 ސެޕްޓެމްބަރު 2025
މަސްތުވާތަކެތީގެ ތުހުމަތުގައި މ. މުލިން ހައްޔަރުކުރި މީހާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފި
03 މެއި 2025

ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި

03 މެއި 2025
ރަސްމާލޭގެ ބިއްލޫރި ޓަނަލް އާއި ގުޅޭ އެއްވެސް ވާހަކައެއް ނުދައްކަވައި، މުޅިރާއްޖޭގައި މިހާރު ކުރިއަށްދާ ބްރިޖުތަކާއި، ކޯޒްވޭތަކުގެ މައުލޫމާތު ރައީސް ހިއްސާ ކުރައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު