Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒު

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: މާބައިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ރައީސްގެ ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 4 ނޮވެމްބަރު 2025 | އަންގާރަ 14:36
ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. މާބައިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. މާބައިދޫ ރައްޔިތުންނާއި ބައްދަލު ކުރައްވަނީ

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލ. މާބައިދޫ އަށް ވަޑައިގެންނެވީ 21 އޮކްޓޯބަރު 2025 ގަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

މަޝްރޫއުތައް

އައިސްޕްލާންޓުގެ މަޝްރޫއު

ޤުރްއާން މަރުކަޒުގެ އިމާރާތެއް އެޅުން

ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އެޅުން

އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވީ އައިސް ޕްލާންޓްގެ މަޝްރޫޢާއި، ޤުރްއާނާބެހޭ މަރުކަޒުގެ މަޝްރޫޢާއި، ފިޓްނަސް ސެންޓަރުގެ މަޝްރޫޢާ، މި ތިން މަޝްރޫޢުވެސް އިރާދަކުރެއްވިއްޔާ ރަނގަޅަށް ކުރިއަށްދާނެކަމުގެ ޔަޤީންކަން އަރުވާ ކަމަށެވެ.

ސޮއިކުރި މަޝްރޫއުތައް

ލ. މާބައިދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއު

މި މަޝްރޫއުގެ ދަށުން 543 މީޓަރު ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމާއި 85 މީޓަރު ބޮޑުހިލައިގެ ގްރޮއިން ޖެހުން އަދި ގޮނޑުދޮށް ވެލިން މުއްސަނދިކުރުން ހިމެނެ އެވެ. އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫއުގެ އަގަކީ 33،811،797.60 މިލިއަން ރުފިޔާއެވެ. މަސައްކަތް ނިންމަން ހަވާލުކުރީ 210 ދުވަހެވެ.

ލ. މާބައިދޫ ފުޓުބޯޅަ ދަނޑު ގާއިމުކުރުމުގެ މަސައްކަތާއި، ސްކޫލަށް މަލްޓި ޕާރޕަސް ހޯލެއް އިތުރުކުރުމަށް ހަވާލުކޮށްފައިވެ އެވެ.

ރައީސްގެ އިތުރު ވަައުދުފުޅުތައް

  • ފުލުހުންގެ މަރުކަޒެއް ގާއިމްކުރުން (ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މަސައްކަތް ހަވާލުކުރެވޭނެ)
  • ފުޓްސަލް ދަނޑު ނިންމުން (މި އަހަރު ތެރޭގައި މަސައްކަތް ފެށޭނެ)
  • ވޮލީ ކޯޓު އެޅުން (އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން)
  • ހެލްތް ސެންޓަރު 24 ގަޑި އިރަށް ބަދަލުކުރުން (އަންނަ އަހަރުގެ ކުރީކޮޅު)
  • ކައުންސިލް އިމާރާތް
  • ކަރަންޓު މައްސަލަ ހައްލުކުރުމަށް ފެނަކައިން އިތުރު ޖަނަރޭޓަރު ގެނައުން

ރައީސް ވިދާޅުވީ ހުރިހާ ވައުދެއް ވެސް ފުައްދަވައި ދެއްވާނެ ކަމަށެވެ. އަދި ކުރިއަށް މިއޮތް އަހަރެއްހާ ދުވަސް ވެގެންދާނީ، ސޮއިކުރެވުނު މަޝްރޫޢުތައް، ބާރު ސްޕީޑްގައި ހިނގަމުންގޮސް، ނިމެމުންދާތަން ފެނިވަޑައިގަންނަވާނެ ދުވަސްތަކަކަށް ކަމަށް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލ. މާބައިދޫލ. އަތޮޅު ދަތުރުފުޅު

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2025

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި
09 ޑިސެމްބަރު 2025

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން
08 ޑިސެމްބަރު 2025

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް
08 ޑިސެމްބަރު 2025

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!
08 ޑިސެމްބަރު 2025

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު