Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކިންގްސް ކެޕިޓަލް

ފައިސާ އަނބުރާ ދެއްކުމުން އަލްހާންގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންގޮސްފި

ބަދަލު ލިބެންޖެހޭ 13 ފަރާތަށް ބަދަލުދީ ޚަލާސް ކޮށްފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2025 | ބުރާސްފަތި 11:19
ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީ

ގިނަ ބައެއްގެ އަތުން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތު ގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއާއި އޭނާގެ ދެ ކޮއްކޮއިން ކަމަށްވާ މީޑިއާ ކައުންސިލްގެ ކުރީގެ ރައީސް ޝަހުބާން ފަހުމީ އާއި، ޝަޒުބާން ފަހުމީގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަނބުރާ ގެނެސްފައިވާ ކަމަށް ޕްރޮސެކިއުޓަރ ޖެނަރަލް އޮފީސް (ޕީޖީ) އިން ބުނެފި އެވެ.

ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ބުނީ، ކިންގްސް ކެޕިޓަލް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑުން އާއްމުކޮށް ހުޅުވާލައިގެން ރާއްޖޭގައި މާލީ ސެކިއުރިޓީޒްގެ ގާނޫނާއި ގަވާއިދާއި އުސޫލުތަކާއި ޚިލާފަށް އިންވެސްޓްމަންޓް ސްކީމެއް ތައާރަފްކޮށް، އިންވެސްޓަރުންނަށް މަންފާ ލިބޭނެ ކަމަށް ދައްކައި މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ ހޯދައި، އެފައިސާ ލޯންޑަރކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލާގައި، ސ. ފޭދޫ، ބޮންތި، ޝަޒްބާން ފަހުމީއާއި، މ. ފިނިވާގެ، 2 ނަންބަރުބައި، ޝަހުބާން ފަހުމީ އަދި މ. ފިނިވާގެ 2 ނަންބަރުބައި، އަލްހާން ފަހުމީގެ މައްޗަށް، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު ގެ 212 ވަނަ މާއްދާގެ (ހ) ގެ ދަށުން ޓެކުމުގެ ކުށުގެ 13 ދައުވާ 23 ނޮވެންބަރު 2023 ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ، މި ދައުވާތައް ކޯޓުގައި ހިނގަމުންދަނިކޮށް، ދައުވާ ލިބޭ ފަރާތްތަކުން ކުރި ކަމަށް ތުހުމަތުކުރެވޭ ކުށާ ގުޅިގެން ބަދަލު ލިބެންޖެހޭ 13 (ތޭރަ) ފަރާތަށް ބަދަލުދީ ޚަލާސް ކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް ދައުވާލިބޭ ފަރާތްތަކުން އެދިފައިވާ ކަމަށެވެ. އެކަމާ ގުޅިގެން ދިވެހި ފުލުހުން މެދުވެރިކޮށް މައުލޫމާތު ސާފުކުރިއިރު، މި މައްސަލާގައި ބަދަލު ލިބޭން ޖެހޭ މީހުންނަށް ބަދަލު ލިބިފައިވާ ކަން ކަށަވަރުވެފައިވާ ކަމަށް ޕީޖީން ބުނެ އެވެ. އަދި މި މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވާ ކަމަށް ފުލުހުން ބުނާ ކަމަށް ވެސް ޕީޖީން ބުނެ އެވެ.

މިއާއެކު، މި މައްސަލާގައި ގެއްލުން ލިބުނު މީހުންގެ ތެރެއިން ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ނަގައިދޭން އެދުނު އެންމެންނަށް، ލިބެންޖެހޭ ފައިސާ އަނބުރާ ލިބިފައިވާތީ އާއި، މައްސަލަ އިތުރަށް ކުރިއަށް ގެންދަން ބޭނުން ނުވާ ކަމަށް އެ ފަރާތްތަކުން ބުނެފައިވުމުން، މި މައްސަލާގައި މިހާތަނަށް ކޯޓަށް ހުށަހެޅި ދައުވާތައް (ޓެކުމުގެ ކުށުގެ 13 ދައުވާ) އިތުރަށް ކުރިއަށްގެން ދިއުމުގެ މަސްލަހަތު އޮތްކަމަށް ނުފެންނާތީ، އެ ދައުވާތައް އިތުރަށް ކުރިއަށް ނުގެން ދިއުމަށް ނިންމާފައިވާ ކަމަށް ޕީޖީން ބުނެ އެވެ.

ނަމަވެސް، މި މައްސަލާގައި ބަދަލު ލިބެންޖެހޭ އިތުރު މީހުންގެ ބައިތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ ބައިތަކުގެ ތަހުގީގު ނިންމައި މި އޮފީހަށް ހުށަހެޅުމުން، އެ ބައިތަކުގައި ދައުވާ ކުރުމުގެ ކަންކަން ކުރިއަށް ގެންދާނެ ކަމަށް ޕީޖީން ބުނެ އެވެ.

އެހެންކަމުން، މި މައްސަލާގައި ބަދަލު ލިބެންޖެހޭ މީހުންގެ ތެރެއިން ފައިސާ އަނބުރާ ނުލިބިވާ މީހުންނަށް ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ބަދަލު ހޯދައިދިނުމުގެ މަސައްކަތް ކެނޑިނޭޅި ކުރިއަށް ގެންދާ ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

އަލްހާން ފަހުމީޝަހުބާން ފަހުމީކިންގްސް ކެޕިޓަލްޕްރޮސެކިއުޓަރ ޖެނެރަލް

އިތުރަށް ކިޔާލަން

03 ޑިސެމްބަރު 2025

ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި

03 ޑިސެމްބަރު 2025
ހެލްތް ސެޓްފިކެޓާ ނުލައި ދިވެހިރާއްޖެ އަށް ކާބޯތަކެތި އެތެރެ ކުރަން ހުއްދަ ދިން 2 މުވައްޒަފެއްގެ މައްޗަށް ދަޢުވާކުރަން ހުށަހަޅައިފި
03 ޑިސެމްބަރު 2025

ސަނީ 30 ދުވަހަށް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ސަނީ 30 ދުވަހަށް ބަންދު ކޮށްފި
19 ނޮވެމްބަރު 2025

މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި

19 ނޮވެމްބަރު 2025
މާޅޮހު އަބްދުއްރަހްމާން މަރާލި މައްސަލައިގައި ހައްޔަރު ކުރި ތިން މީހުންގެ މައްޗަށް ދައުވާކޮށްފި
18 ނޮވެމްބަރު 2025

"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި 7 މީހުންނަށް ދައުވާ ނުކުރަން ނިންމައިފި

18 ނޮވެމްބަރު 2025
"ލޫޓުވައިފި ލޫޓުވައިފި" މުޒާހަރާއިން ހައްޔަރުކުރި 7 މީހުންނަށް ދައުވާ ނުކުރަން ނިންމައިފި
17 ނޮވެމްބަރު 2025

"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"

17 ނޮވެމްބަރު 2025
"ސިޔާސީ ނުފޫޒު ފޯރުވޭގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވައިދު ބަދަލު ގެނައި މައްސަލަ ބެލުމަށް އަމުރުކޮށްދެއްވުމަށް، ޕީޖީއަށް"
29 އޮކްޓޯބަރު 2025

ފުލުހުންގެ ފޮޓޯ ނެގި މައްސަލަ : ދައުވާ ނުކުރާކަން މީޑިއާ އަށް އެންގި، ހުސައިން އަކަށް ނާންގާ!

29 އޮކްޓޯބަރު 2025
ފުލުހުންގެ ފޮޓޯ ނެގި މައްސަލަ : ދައުވާ ނުކުރާކަން މީޑިއާ އަށް އެންގި، ހުސައިން އަކަށް ނާންގާ!
23 އޮކްޓޯބަރު 2025

ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި

23 އޮކްޓޯބަރު 2025
ޖިނާއީ މައްސަލަތަކުގައި ހިމެނޭ ރެކޯޑްތައް 1 އަހަރު ދުވަހުގެ ތެރޭގައި ނައްތާލެވޭ ގޮތަށް ގަވާއިދު އިސްލާހުކޮށްފި
22 އޮކްޓޯބަރު 2025

އޮރިޔާން ކާޑު އުފައްދައި ގެންގުޅުމާއި، ޤާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ދައުވާތައް ހިމެނޭހެން އަރަބިއްޔާ ސްކޫލްގެ ކުރީގެ ޕްރިންސިޕަލް ޝެއިޚް ނަސްރުﷲ އަށް ކުރި ދައުވާތައް އަނބުރާ ގެންގޮސްފި

19 އޮކްޓޯބަރު 2025

ސަރުކާރުގެ އިޚްލާސްތެރިކަމެއްނެތިގެން ޑްރަގު ބޮޑުން ދޫވަނީ

19 އޮކްޓޯބަރު 2025
ސަރުކާރުގެ އިޚްލާސްތެރިކަމެއްނެތިގެން ޑްރަގު ބޮޑުން ދޫވަނީ
17 އޮކްޓޯބަރު 2025

އިންޓަޕޯލް އިން ރެޑް ނޯޓިސް އޮތް މީހަކު، އުުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްކޮށްދޭން ސާރުކާރުން އުޅެފި

17 އޮކްޓޯބަރު 2025
 އިންޓަޕޯލް އިން ރެޑް ނޯޓިސް އޮތް މީހަކު، އުުމުރު ދުވަހުގެ ޖަލު ހުކުމަކުން ސަލާމަތްކޮށްދޭން ސާރުކާރުން އުޅެފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު