Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލ. އިސްދޫ

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: އިސްދޫ އަދި ކަލައިދޫ ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

30 އެނދުގެ ޒަމާނި ހޮސްޕިޓަލެއް އެޅުމަށް ސޮއިކުރެވޭތޯ މަސައްކަތް ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 އޮކްޓޯބަރު 2025 | ބުދަ 11:24
ރައީސް ލާމު އަތޮޅުގައި

ރައީސް ލާމު އަތޮޅުގައި

ރައީސް ޑރ. މުހައްމަދު މުއިއްޒު ލ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ލ. އިސްދޫ ކަލައިދޫ އަށް ވަޑައިގެންނެވީ އޮކްޓޯބަރު 2025 ގަ އެވެ.

ރައީސްގެ މި ދަތުރުފުޅުގައި އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ގިނަ ވައުދުފުޅުތަކެއް ވެވަޑައިގެންނެވި އެވެ.

Advertisement - newsAdvertisement

ފައްޓަވައި ދެއްވި މަޝްރޫއުތައް

ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުން

ލ. ކަލައިދޫ-ދަނބިދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަސައްކަތަކީ ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢެކެވެ. މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 155,941,090.92 ރުފިޔާގެ އަގަށް 550 ދުވަހުގެ މުއްދަތެއްގައި ނިންމުމަށެވެ.

މި މަޝްރޫޢުގެ ދަށުން ކަލައިދޫއާއި ދަނބިދޫއާއި ދެމެދު 111 މީޓަރުގެ ތިން ކަލްވާޓް ސެގްމަންޓާއި ޖުމުލަ 675.6 މީޓަރުގެ ކޯޒްވޭ ސެގްމަންޓާއި އަދި 260 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

ލ.އިސްދޫ – ކަލައިދޫ ބޮޑުމަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުން

މި މަޝްރޫއުއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، ރޯޑް ޑިވަލަޕްމަންޓް ކޯޕަރޭޝަނާއި ހަވާލުކުރި މަސައްކަތެކެވެ. މި މަސައްކަތަށް ދައުލަތުގެ ބަޖެޓުން 138،382،550.82 މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް ހަވާލުކުރީ 730 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ލ. ކަލައިދޫ ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢު

މި މަޝްރޫއަކީ ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން، އެމްޓީސީސީއާއި ހަވާލުކޮށްފައިވާ މަސައްކަތެކެވެ. މި މަސައްކަތުގެ އަގަކީ 74،954،226.96 މިލިއަން ރުފިޔާ އެވެ. އަދި މަސައްކަތް ނިންމަން ހަވާލުކޮށްފައިވަނީ 540 ދުވަހުގެ ތެރޭގަ އެވެ.

ރައްޔިތުންނާއި ބައްދަލުކުރައްވާ ރައީސް ވިދާޅުވެފައިވަނީ މިއީ އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގައި، ރައްޔިތުންނަށް، ދެ ރަށުގެ ރައްޔިތުންނަށް ވެފައިހުރި ގިނަ ވަޢުދުތަކެއް ފުއްދުމުގެ ގޮތުން، ޢަމަލީގޮތުން ފެށިގެންދާ މަޝްރޫޢުތައް ކަމަށެވެ. އަދި ސޮއިކުރެވުނު މަޝްރޫޢާއި، ޢަމަލީގޮތުން ފެށިގެންދިޔަ މަޝްރޫޢުތައް އިރާދަކުރެއްވިއްޔާ، ވަރަށް ހަލުވި ދުވެލީގައި، ވަރަށް އިސްކަމެއްދީގެން، ރަނގަޅަށް ކުރިއަށް ގެންގޮސް ނިންމައިދޭނެކަމުގެ ޔަޤީންކަން، ދެ ރަށުގެ ރައްޔިތުންނަށް އަރުވާ ކަމަށެވެ.

އިސްދޫ - ކަލައިދޫ އަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

ޞިއްޙީ ނިޒާމު ރަނގަޅު ކުރުމަށްޓަކައި، އޮކްޓޯބަރު މަސް ނިމެންވާއިރަށް 30 އެނދުގެ ޒަމާނި ހޮސްޕިޓަލެއް އެޅުމަށް ސޮއިކުރެވޭތޯ މަސައްކަތް ކުރެވޭނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

ކުޅިވަރުގެ ދާއިރާއިންވެސް އެކި ދަނޑުތައް އެޅުން، ފުޓްސަލް ދަނޑުގެ ޓާރފް ބަދަލުކުރުން، އަލަށް ވޮލީކޯޓު އަޅައިދިނުން، ހޭންޑްބޯލް ކޯޓު އަޅައިދިނުން، މިއީ ރާވާފައި ހުރި ކަންކަން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި އަންނަ އަހަރުގެ ބަޖެޓުގައި ވޮލީކޯޓު، ހޭންޑްބޯލް ކޯޓު، އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އަޅާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ވޮލީކޯޓު، ހޭންޑްބޯލް ކޯޓު، އަދި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު އަންނަ އަހަރުގެ ބަޖެޓުގައި ހިމެނޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.

އިތުރު ޖަނަރޭޓަރުތައް ގެނައުމާއި، މިހާރު ހަދަމުންދާ ޕަވަރހައުސް ނިންމުމާއި އެކަމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"ވިޒިޓަރ އިކޮނޮމީ"، މި ސިޔާސަތުގެ ދަށުން ހެރިޓޭޖް ޓޫރިޒަމް މި ރަށުގައި ކުރިއެރުވުމަށްޓަކައި، ކަންކަން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަސް ރައީސް ވިދާޅުވި އެވެ.

ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުލ. އިސްދޫކަލައިދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

އާދިއްތަ ދުވަހުން ފެށިގެން، މިފްކޯއިން މަސްވެރިންނަށް ތެޔޮ ވިއްކާނީ އެވްރެޖްކޮށް 51 ލާރި އަގުހެޔޮކޮށް: ރައީސް މުއިއްޒު

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

ރައީސް މުއިއްޒު ގެ ދެކަނބަލުން ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

މަސްވެރިންގެ ކަންބޮޑުވުންތަކަށް ބީރު ކަންފަތެއް ދެއްވާ، ރައީސް މުޢިއްޒު މަސްވެރިންގެ ދުވަސް ފާހަގަ ކުރެއްވުމަށް ދުވާފަރަށް ވަޑައިގެންފި

13 ޑިސެމްބަރު 2025
ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

5 ފެބުރުއަރީ
ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް
20251 އަހަރު ކުރިން
ރިޕޯޓު

ރިޔާސީ ބަޔާން އިއްވި މަޖިލިސް ޖަލްސާގެ ޕްރޮޑިއުސަރަކީ އަބްދުއްރަހީމް ޑައިރެކްޓަރަކީ ނާޒިމް

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި
20242 އަހަރު ކުރިން
މީހުން

ޕޫލަށް ފުންމާލުމުގެ ކުރިން ކަޓައިފި، ސެންޓަރޭގެ ހިތާއި ރޫހު ފަތާ ފެންގަނޑުގައި

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ
20233 އަހަރު ކުރިން
ރާއްޖެ

ޑިޖިޓަލް ލައިސެންސްގެ ޚިދުމަތް ތައާރަފްކޮށްފި، ދެން ލައިސެންސް ކާޑު ޕްރިންޓެއް ނުކުރާނެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ
20224 އަހަރު ކުރިން
ރާއްޖެ

ދެހިވެލަ ބީޗް ސަރަހައްދުން ފެނުނީ އަފްހާމްގެ ހަށިގަނޑު: އާއިލާ

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ
20215 އަހަރު ކުރިން
ރިޕޯޓު

ވެކްސިން ޖަހަން ފެށުމާއެކު ވައިރަސް ފިލަން ފަށައިފިއެވެ

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މާދަމާ ސަރުކާރު ބަންދުވިޔަސް ޓިކެޓް އޮފީސް ހުޅުވާނެ: މޯލްޑިވިއަން

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!
20188 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ދަނީ ރާއްޖޭގެ ހާލަތު ބަލަމުން، އިންޑިއާގެ އަސްކަރިއްޔާ ތައްޔާރީ ހާލަތުގައި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު