Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެސީރިއާ-ރަޝިޔާ

ރަޝިޔާ އާއި ސީރިއާގެ ޑިފެންސް މިނިސްޓަރުން ބައްދަލު ކުރައްވައިފި

އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ފާހަގަ ކޮށްފަ އެވެ.

ރަޝިއާއާއި ސީރިއާގެ ޑިފެންސް މިނިސްޓަރުން މޮސްކޯގައި ބައްދަލުކުރައްވައި ދެ ގައުމުގެ ދިފާއީ ގުޅުން ވަރުގަދަކުރުމާއި އެއްބަސްވުންތައް ތަންފީޒުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 29 އޮކްޓޯބަރު 2025 | ބުދަ 06:15
ރަޝިޔާގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޮސޮވް

ރަޝިޔާގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޮސޮވް

ރަޝިޔާގެ ޑިފެންސް މިނިސްޓަރު އަންދްރޭ ބެލޮސޮވް އާއި، ސީރިއާގެ ޑިފެންސް މިނިސްޓަރު މުރްހާފް އަބޫ ގަސްރާ ބައްދަލު ކުރައްވައިފި އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ހާމަ ކޮށްފައިވާ ގޮތުގައި މި ބައްދަލުވުން އޮތީ ރަޝިޔާގެ ވެރި ރަށް، މޮސްކޯގަ އެވެ. އަންގާރަ ދުވަހު ނެރެފައިވާ އެ ބަޔާނުގައި ބުނެފައި ވަނީ، އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮންނަ ގުޅުމުގެ ތެރެއިން، މުސްތަޤުބަލުގައި ކުރިއަށް ގެންދެވޭނެ މުހިންމު ދާއިރާތަކުގެ ކަންކަން އަމަލީ ސިފައެއްގައި ތަންފީޒު ކުރުމާ ބެހޭ ގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ.

އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު އޮންނަ ދިފާއީ ގުޅުން އިތުރަށް ވަރުގަދަ ކުރުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއް ކަމަށް ރަޝިޔާގެ ޑިފެންސް މިނިސްޓްރީ އިން ވަނީ ފާހަގަ ކޮށްފަ އެވެ. އެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދު ސޮއި ކުރެވިފައިވާ އެއްބަސްވުންތަކާއި، އެއްބަސްވުންތައް ތަންފީޒު ކުރުމާ ބެހޭ ގޮތުން، އަދި ސަރަހައްދީ ރައްކާތެރިކަމާ ގުޅޭ މައްސަލަތަކާ ބެހޭ ގޮތުން ވެސް ދެ ޤައުމުން ވަނީ ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށްފަ އެވެ.

ރަޝިޔާ އާއި ސީރިއާގެ ޑިފެންސް މިނިސްޓަރުން މިފަދަ މުހިންމު ބައްދަލުވުމެއް ބާއްވާފައިވާއިރު، މި މަހުގެ ތެރޭގައި ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ވަނީ ރަޝިޔާ އަށް ވަޑައިގެން، އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވައިފަ އެވެ. އެ ބައްދަލު ކުރެއްވުމުގައި ސީރިއާގެ ރައީސް ވަނީ ދެ ޤައުމުގެ ދެމެދު ކުރިން ސޮއި ކުރެވިފައިވާ ހުރިހާ އެއްބަސްވުން ތަކަކަށް އިޙުތިރާމްކޮށް، އެ އެއްބަސްވުންތައް ތަންޒީރު ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އެ ޔަގީން ކަމަކީ ސީރިއާގައި ރަޝިޔާ އިން ހިންގާ ދެ އަސްކަރީ ބޭސްތަކަށް ރައްކާތެރިކަން ލިބިގެންދާނެ ކަމުގެ ވަރަށް ބޮޑު އިޝާރާތެއް ކަމަށް ބައިނަލްއަޤުވާމީ މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. ސީރިއާގައި ރަޝިޔާ އިން ހިންގަނީ ޓާޓަސް ބަނދަރުގައި އޮންނަ ނޭވީ ބޭސް އަކާއި، ހުމައިމީން އެއާ ބޭސް އެވެ. މި ދެ ބޭސް އަކީ މެޑިޓެރޭނިއަން ސަރަހައްދުގައި ރަޝިޔާގެ ސިޔާސީ އަދި ސިފައިންގެ ނުފޫޒު ދެމެހެއްޓުމަށް ވަރަށް މުހިންމު ދެ ބޭސް އެވެ.

މީގެ އިތުރުން ސީރިއާގައި ސިޠާސީ ބަދަލު ތަކެއް އައިސްފައިވާ ޙާލަތުގައި ވެސް، ރަޝިޔާ އާއި ސީރިއާއާ ދެމެދު އޮންނަ ދިފާއީ ގުޅުން ދެމެހެއްޓުމަށް ދެ ޤައުމުން ވަރަށް ބޮޑަށް ސަމާލުކަން ދީފައިވެ އެވެ. އެ ގުޅުމަކީ ސަރަހައްދީ ރައްކާތެރިކަމާއި، ބައިނަލްއަޤުވާމީ ސިޔާސީ ހަމަހަމަކަން ދެމެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާ ގުޅުމެއް ކަމަށް ދެ ޤައުމުން ވެސް ދެކެ އެވެ.

މަސްދަރު: ރޮއިޓާސް

ސީރިއާ-ރަޝިޔާ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ރަޝިޔާ އާއެކު އެއްބަސްވުންތައް ދަމަހައްޓަން އަލް ޝަރާ އެއްބަސްވެއްޖެ

16 އޮކްޓޯބަރު 2025
ރަޝިޔާ އާއެކު އެއްބަސްވުންތައް ދަމަހައްޓަން އަލް ޝަރާ އެއްބަސްވެއްޖެ
15 އޮކްޓޯބަރު 2025

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ

15 އޮކްޓޯބަރު 2025
ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާގައި، އައްސަދު ހަވާލު ކުރުމަށް އެދެނީ
18 ފެބުރުއަރީ 2017

އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން

18 ފެބުރުއަރީ 2017
އިޒްރޭލަކީ މުޅި ދުނިޔެ އާއި ސަރަހައްދުގެ ސުލްހަޔަށް އޮތް އެންމެ ބޮޑު ނުރައްކާ: އިރާން
13 ފެބުރުއަރީ 2017

މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި

13 ފެބުރުއަރީ 2017
މިސައިލް ޓެސްޓް ކާމިޔާބު ކަމަށް އުތުރުކޮރެއާއިން ބުނެފި
12 ފެބުރުއަރީ 2017

އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި

12 ފެބުރުއަރީ 2017
އުތުރު ކޮރެއާއިން އަނެއްކާވެސް ބެލަސްޓިކް މިސައިލެއް ފޮނުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު