Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ސީރިއާ-ރަޝިޔާ

ރަޝިޔާ އާއެކު އެއްބަސްވުންތައް ދަމަހައްޓަން އަލް ޝަރާ އެއްބަސްވެއްޖެ

އަލް ޝަރާ ވިދާޅުވެފައި ވަނީ ރަޝިޔާ އާއެކު ސީރިއާ އިން ގުޅިފައިވާ ދެ ފަރާރުގެ ގުޅުންތަކާއި، މަސްލަޙަތު ތަކެއް ހުރި ކަމަށް

ސީރިއާގެ ރައީސް އަލް-ޝަރާއާ ރަޝިއާގެ ރައީސް ޕުޓިންއާ ބައްދަލުކޮށް، ދެ ގައުމުގެ އެއްބަސްވުންތަކަށް އިޙްތިރާމް ކުރާނެކަން އަންގައިފި

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2025 | ބުރާސްފަތި 08:09
ސީރިއާގެ ރައީސް އަލް ޝަރާ އަދި ރަޝިޔާގެ ރައީސް ޕުޓިން ބައްދަލު ކުރައްވަނީ

ސީރިއާގެ ރައީސް އަލް ޝަރާ އަދި ރަޝިޔާގެ ރައީސް ޕުޓިން ބައްދަލު ކުރައްވަނީ

ރަޝިޔާ އާއެކު ވެފައިވާ އެއްބަސްވުންތައް ދަމަހައްޓައި، އެ އެއްބަސްވުން ތަކަށް އިޙުތިރާމް ކުރާނެ ކަމަށް ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ ވިދާޅުވެއްޖެ އެވެ.

އަލް ޝަރާ މިފަދައިން ވިދާޅުވެފައި ވަނީ ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުގެ ރައީސް ވްލަޑިމިއަރ ޕުޓިންއާ ބައްދަލު ކުރައްވަ އެވެ. މިއީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ސީރިއާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، އަލް ޝަރާ ރަޝިޔާ އަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ޕުުޓިންއާ ބައްދަލު ކުރައްވައި އަލް ޝަރާ ވަނީ، ރަޝިޔާ އާއި ސީރިއާ އިން ކުރިން ވެފައިވާ އެންމެހާ އެއްބަސްވުން ތަކަށް އިޙުތިރާމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ. އެ ޔަގީން ކަމާ އެކު، ސީރިއާގައި ހުރި ރަޝިޔާގެ މައި ދެ އަސްކަރީ މަރުކަޒު ރައްކާތެރިކަމާ އެކު ދެމި ހުންނާނެކަން ކަށަވަރު ވެގެން ދިޔަ ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.

އަލް ޝަރާ ވިދާޅުވެފައި ވަނީ ރަޝިޔާ އާއެކު ސީރިއާ އިން ގުޅިފައިވާ ދެ ފަރާރުގެ ގުޅުންތަކާއި، މަސްލަޙަތު ތަކެއް ހުރި ކަމަށެވެ. އަދި ރަޝިޔާ އެކު ވެފައިވާ އެންމެހާ އެއްބަސްވުން ތަކަށް އިޙުތިރާމް ކުރާނެ ކަމަށާއި، ސީރިއާ އިން މަސައްކަތް ކުރަމުން ދަނީ ރަޝިޔާ އާއެކު އޮންނަ ގުޅުން އިތުރަށް ވަރުގަދަކޮށް، އިތުރު ހަރުފަތަކަށް ގެންދަން ކަމަށް ވެސް އަލް ޝަރާ ވަނީ ވިދާޅުވެފަ އެވެ.

ރަޝިޔާގެ އަސްކަރީ މަރުކަޒުތަކާ ގުޅޭ ގޮތުން މަޝްވަރާތައް ކުރުމުގެ ކުރިން އެ ޤައުމުގެ ރިޔާސީ ގަނޑުވަރުން ބުނެފައި ވަނީ، ސީރިއާގެ ލަތަކިއާ ސަރަހައްދުގައި ހުންނަ ހުމައިމިން ވައިގެ އަސްކަރީ މަރުކަޒާއި، ތަރްތޫސްގައި ހުންނަ ކަނޑުގެ އަަސްކަރީ މަރުކަޒުގެ މުސްތަޤުބަލާ ގުޅޭ ގޮތުން ވެސް މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

ސީރިއާގެ ރައީސް އަލް ޝަރާ ރަޝިޔާ އަށް ވަޑައިގެންފައިވާއިރު، މިއީ ވަރަށް ޚާއްސަ ދަތުރެއްގެ ގޮތުގައި ފާހަގަވާ ދަތުރެކެވެ. ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އައްސަދުގެ ވެރިކަމަށް ރަޝިޔާ އިން އަސްކަރީ ބާރުގެ އެހީތެރިކަން ފޯރުކޮށްދިން ނަމަވެސް، މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އައްސަދުގެ ވެރިކަން ވަނީ ވައްޓާލައިފަ އެވެ.

އެއަށް ފަހު ސީރިއާގެ ވެރިކަމާ އަލް ޝަރާ ހަވާލުވެ ވަޑައިގެންނެވިއިރު، ވެރިކަން ވެއްޓުމާ އެކު އައްސަދު ވަނީ ޤައުމުން ދޫކުރައްވައި ވަޑައިގެންފަ އެވެ. އޭގެ ފަހުން އައްސަދާއި އޭނާގެ އާއިލާ ދިރި އުޅެމުން އަންނަނީ ރަޝިޔާގަ އެވެ. އެ ޤައުމުން ވަނީ އައްސަދަށް ހިމާޔަތް ދިނުމަށް ނިންމައިފަ އެވެ.

ސީރިއާގެ ރައީސް އަލް ޝަރާގެ އުންމީދަކީ ރަޝިޔާ އިން އިޤްތިޞާދީ ލުއި ތަކެއް ހޯދުމާއި، ހުނގުރާމައިގެ ސަބަބުން ލިބިފައިވާ ގެއްލުންތަކަށް ބަދަލު ހޯދުމެވެ.

މަސްދަރު: އަލް އަރަބިއްޔާ

އަލްޝަރާއުވްލަޑިމިއަރ ޕުޓިންސީރިއާ-ރަޝިޔާ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

24 ފެބުރުއަރީ
ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

ވިޕް ލައިންއާ ޚިލާފު ނުވުމަށް ދެއްވި މެސެޖު ލީކު ކޮށްލުމުން ރައީސް މުއިއްޒު ކޯފާ ވެއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!
20242 އަހަރު ކުރިން
ރާއްޖެ

6 އަހަރަށްފަހު އަނަސްގެ މަރުގެ ޙުކުމް: އެއްވެސް މީހެއްގެ މައްޗަށް ކުށް ސާބިތެއް ނުވި!

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި
20233 އަހަރު ކުރިން
ކުޅިވަރު

އެއްމާބަނޑު ދެ ވޮލީ ކުޅުންތެރިންނަށް ލޯބި ހުށަހެޅުމުން ނޭމާ ފަޅާ އަރުވާލައިފި

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ
20224 އަހަރު ކުރިން
ރިޕޯޓު

ނޭޓޯގައި ބައިވެރިކޮށްދިނުމަށް ހުޅަނގުގައި އެދުމުން ފެނުނީ ބިރުން ބަސް ހުއްޓުނު ތަން – ޒެލެންސްކީ

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އާގުބޯޓަކުން ކަނޑަށް ވެއްޓުނު މީހަކު ސާދަގަޑިއިރު ފަހުން ސަލާމަތްކޮށްފި

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!
20197 އަހަރު ކުރިން
ރިޕޯޓު

ބިޔަރު ފުޅިއެއްގައި އޮތް ފިނިހަކައެއްގެ ސަބަބުން ޤާއިމުވި ފަރުދީ ޒިންމާ!

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ސިފައިންގެ ހަތް އޮފިސަރަކު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު