Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޓޯޔާޑު

ސަރުކާރުގެ ބެލުމުގެ ދަށުގައި ޓޯކޮށްފައި ހުރި ގިނަ އަދަދެއްގެ އަގުބޮޑު އުޅަނދުތަކަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

މާފަންނު ޓޯޔާޑަށް 3 މީހަކު ވަދެ އުޅަނދުތަކަށް ގެއްލުން ދިނީ ޑިއުޓީ އޮފިސަރު ބްރޭކަށް ދިޔަ ވަގުތު

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2025 | އަންގާރަ 15:02
މާފަންނު ޓޯޔާޑުގައި ޓޯކޮށްފައިވާ އުޅަނދުތަކަކަށް ބަޔަކު ގެއްލުން ދީފަ

މާފަންނު ޓޯޔާޑުގައި ޓޯކޮށްފައިވާ އުޅަނދުތަކަކަށް ބަޔަކު ގެއްލުން ދީފަ

މާފަންނު ޓޯޔާޑުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތަކަކަށް ހޯމަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި ބަޔަކު ބޮޑެތި ގެއްލުން ތަކެއް ދީފިއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާގޮތުން، 3 މީހަކު މާފަންނު ޓޯޔާޑަށްވަދެ އެތަނުގައި ޓޯކޮށްފައިވާ އުޅަންދުތަކަކަށް ގެއްލުންދީފައި ވަނީ، އެތަނުގައި ޑިއުޓީ ކުރާ ހަމައެކަނި ފުލުސް އޮފިސަރު ބްރޭކަށް ދިޔަ ވަގުތުގައެވެ.

Advertisement - newsAdvertisement

ކޮންމެ ދުވަހެެއްގެ އިރުއޮއްސި ހަޔަކުން ފެށިގެން އިޝާ ނަމާދު ބަންގި ގޮވުމާ ހަމައަށް މާފަންނު ޓޯޔާޑުގައި ފުލުހުންގެ ފަރާތުން ޑިއުޓީ އަދާނުކުރާ ކަން ރާއްޖެ އެމްވީ އިން ހޯދި ހޯދުމުން އެނގިފައިވެއެވެ. ސީސީޓީވީ ފޫޓޭޖުން ދައްކާގޮތުގައި، މި 3 މީހުން ޓޯޔާޑަށް ވަދެފައިވަނީ މާފަންނު ދުވާ ޓްރެކް ސަރަހައްދުގައި ހުރި ދޮރެއް ހަލާކުކޮށްލުމަށްފަހުއެވެ. އަދި ގަލުން ހަމަލާދީ އުޅަނދުތަކުގެ ބިއްލޫރިތައް ތަޅާލާފައިވާ މަންޒަރު ވެސް ސީސީޓީވީ ފޫޓޭޖުން ފެންނަކަމަށް މައުލޫމާތު ލިބެއެވެ. ގެއްލުންދީފައިވާ އުޅަނދުތަކުގެ ތެރޭގައި ގިނައިން ހިމެނެނީ ހަތަރު ފުރޮޅުލީ އުޅަނދުތަކެވެ.

2025 ވަނަ އަހަރުގެ ޖެނުއަރީ މަހު، ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން، މި ބިން އެފްއޭއެމް އަތުން އަތުލައި، ވަގުތީ ގޮތުން ޓޯޔާޑެއްގެ ގޮތުގައި ބޭނުންކުރުމަށް ހޯމް މިނިސްޓްރީ އާ ހަވާލުކުރެވުނެވެ. މިއީ މާލޭގެ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދުތައް ނުރަނގަޅު ގޮތުގައި ޕާކުކުރުމުގެ މައްސަލަ ހައްލުކުރުމަށް އެޅުނު ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މާލެ ތެރޭގައި ހަތަރު ފުރޮލީ އުޅަނދުތައް މަގު ބޭނުންކުރާ ފަރާތްތަކަށް އުނދަގޫވާގޮތަށް ޕާކުކޮށްފައި ހުންނަ ކަމުގެ ޝަކުވާ އިތުރުވާން ފެށުމުން، 2025 ވަނަ އަހަރުގެ ޖެނުއަރީ މަހު ސީދާ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުން މިބިން އެފްއޭއެމް އަތުން އަތުލާ ވަގުތީ ގޮތުން ޓޯޔާޑެއްގެ ގޮތުގައި ބޭނުން ކުރުމަށް ހޯމް މިނިސްޓްރީ އާ ހަވާލުކުރީ. ޖެނުއަރީ މަހުން ފެށިގެން ހޯމް މިނިސްޓަރު އިހްސާން ވަނީ ރާއީސް މުއިއްޒުގެ އަމުރަށް އުޅަނދުތައް ޓޯކުރަން ފަށާފަ
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި ފަރާތް

އިތުބާރު ހުރި މަސްދަރަކުން މައުލޫމަތު ދެއްވި ގޮތުގައި، މި ޓޯޔާޑަކީ އެކަށީގެންވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކެއް ނެތި ހިންގާ ތަނެކެވެ. ތަނުގެ އިންފާރު ވަކިކޮށްފައި ނުވުމާއި، އެންމެ ފުލުހަކު ޑިއުޓީގައި ބެހެއްޓުމަކީ ކަންބޮޑުވާންޖެހޭ ކަމެއްކަމަށް އެ މަސްދަރު ފާހަގަކުރިއެވެ.

އެންމެ ކުޑަމިނުން ތަނުގެ އިންފާރު ވެސް ވަކިކޮށްފަ ނުވާއިރު، މި ބޮޑު ސަރަހައްދުގައި ޑިއުޓީ އަދާ ކުރަން ހުންނަނީ އެންމެ ފުލުހެއް ކަމަށާއި ތަނަށް ވަންނަން ބޮޑު ގޭޓެއް ހަދާފައި ވިޔަސް، މިތަނަށް ވަދެވޭނެ ކިތަންމެ ގޮތެއް ހުރެއެވެ.

އެފްއޭއެމް ޓާފް ދަނދުތަކުގައި ޕްރެކްޓިސް ކުރާ ފަރާތްތަކުން ވެސް ކޮންމެ ދުވަހަކު ވެސް މައި ގޭޓު ބޭނުން ނުކޮށް މިތަނަށް ވަންނަނީ ވަށައިގެންވާ ފެންސް ތަކުގައި ހަދާފައިވާ ބޮޑެތި ބާގަނޑުތަކުންނެވެ. މިއީ ވެސް އުސޫލެއްގެ ގޮތުން މިކަން ހިނގަން ވާނެ ގޮތެއް ނޫންކަމަށާއި، މިކަމަކީ ފުލުހުންނަށް އެނގިގެން ކޮންމެ ދުވަހަކު ކުރާ ކަމެއް ވިޔަސް ސަރުކާރާ އެފްއޭއެމް އާއި އޮންނަ އަންޑަސްޓޭންޑިން އެއްގެ ސަބަބުން މިކަމުގައި އެއްވެސް ފިޔަޅެއް މިހާތަނަށް އަޅާފައިނުވާކަމަށް ރާއްޖެއެމްވީ އަށް މައޫލޫމާތު ލިބިފައިވެއެވެ.

ކުޑަކޮށެއް ނުދާނެ މިކަމެއް، ފުލް ކޮންޓްރޯލް ނެތްތަނެއް ފުލުހުންނާ ބަލާށޭ ކިޔާފަ ގަދަކަމުން ހަވާލުކުރީމާ ވަނީ މިހެން. ކުރާށޭ ބުނީމަ ފުލުހުން ކުރާނެ. ވަގުތީ ގޮތުން ދީފަ މިއޮތީ މަގުމަތި ތަރުތީބު ކުރާށޭ ކިޔާފަ. ތަރުތީބު އެބަކުރޭ އެކުރާ ގޮތަކަށް. އެކަމު މިތަނަށް ވައްދާ އެއްވެސް އުޅަދެއްގެ ސަލާމަތީ ސަލާމަތީ ކަންކަން ކަށަވަރު ކުރެވޭނެ އެއްވެސް ގޮތެއް ނެތް.
ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވި ފަރާތް

ތަނުގެ ސެކުއިރިޓީ ބަލަހަައްޓަން ހުންނަ ފުލުސް އޮފިސަރު ބްރޭކަށްދާ ވަގުތަކީ ކޮންމެ ދުވަހަކު ވެސް އިރުއޮއްސި ހަޔަކުން އިޝާ ނަމާދު ބަންގި ގޮވުމާ ދެމެދެވެ. މިވަގުތުގައި އެތަން އޮންނަނީ ޑިއުޓީ ކުރާނެ ފުލުހަކު ނެތި ދޫކޮށްލާފައެވެ. މީގެ އިތުރުން ޓޯޔާޑެއްގެ ގޮތުގައި މިތަން ބޭނުންކުރަން ފެށިތާ އަހަރެއް ވާން ކައިރި ވެފައި ވީއިރު، މިތަނުގައި ޑިއުޓީ އަދާކުރާ ފުލުސް އޮފިސަރު ފާޚާނާ ކޮށްލާ، ނަމާދުކޮށް ކައިބޮއެ ހަދާނެ އިންތިޒާމެއް ވެސް ގާއިމު ވެފައި ނެތްކަން އެތަން ބަލަން ދިޔަ މި ނޫހުގެ ނޫސްވެރިންނަށް ފާހަގަ ކުރެވެއެވެ.

އުޅަނދުތަކަށް ގެއްލުން ދިން މައްސަލަ ގަލޮޅު ޕޮލިސް ސްޓޭޝަނުން ތަޙުޤީޤު ކުރަމުންދާކަން ކަށަވަރުކޮށްދީފައިވީ ނަމަވެސް، މައްސަލައިގައި "ވަރަށް އެހެން ކަހަލަ ކަންތައްތަކެއް" ހިމެނޭތީ އިތުރު މައުލޫމާތު ހާމަކުރެވެން ނެތްކަމަށް މައްސަލަ ބަލާ އިންވެސްޓިގޭޝަން އޮފިސަރު ވަނީ ވިދާޅުވެފައެވެ.

މާފަންނު ޓޯޔާޑްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

ފަޒުލް ލިޔެކިޔުންތައް ނައްތާލާފައިވާ މައްސަލަ ހެކި ނެތިގެން ދައުވާ ނުކުރަން ނިންމައިފި

08 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

ނަތީޖާއާ ހަމައަށް މަސައްކަތް ނުކުރެވޭނަމަ އެ ފުލުހަކަށް ހިދުމަތުގައި ނުހުރެވޭނެ: ވަޒީރު

03 ޑިސެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

އަންހެން ދެ ކުދިންނަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ބަލަން ފަށައިފި

19 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު