Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް މުއިއްޒު

ވެރިޔެއްގެ ޒިންމާ އަދާނުކުރެވޭ ކަމަށް ނިންމަވާ، ރައީސް މުއިއްޒު އިސްތިއުފާދެއްވާ ގެޔަށް ވަޑައިގަންނަވަން ޖެހޭ: ޝެއިޚް އިމްރާން

ކޮވިޑުގެ އެންމެ ދަތި ދުވަސްވަރު ރާއްޖޭގެ ރައްޔިތުން ހާލުގަ ނުޖެހޭ ވަރަށް މިހާރު ހާލުގަ ޖެހިފާވަކަމަށް އިމްރާން ވިދާޅުވި

ފަޒީލް އަބްދުލް ލަތީފް
ފަޒީލް އަބްދުލް ލަތީފް, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2025 | ބުރާސްފަތި 14:32
އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ

އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރ ޝެއިޚް އިމްރާން އަބްދުﷲ

ރާއްޖޭގެ އިޤްތިޞާދީ އަދި އިޖްތިމާއީ ހާލަތު ދަށަށް ގޮސްފައިވާ މިދަނޑިވަޅުގައި ރައީސް މުޙައްމަދު މުއިއްޒު އަށް ވެރިޔެއްގެ ޒިންމާ އަދާނުކުރެވޭ ކަމަށް ނިންމަވާ، އިސްތިއުފާދެއްވާ ގެޔަށްވަޑައިގަންނަވަން ޖެހޭކަމަށް އަދާލަތު ޕާޓީގެ ރައީސް އަދި ކުރީގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ.

ރާއްޖެޓީވީގެ "ފަލަ ސުރުހީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން އިމްރާން ފާހަގަކުރެއްވި ގޮތުގައި، މިހާރު ދައުލަތަށް ވަންނަ އާމްދަނީ ކުރީގެ އަހަރުތަކާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުވެފައިވީ ނަމަވެސް، ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ވަނީ ކޮވިޑްގެ ދަތި ދުވަސްވަރަށްވުރެވެސް ދަށަށް ގޮސްފައެވެ.

Advertisement - newsAdvertisement

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރުން ކޮވިޑްގެ ތެރޭގައި ދޫކުރި ލޯނުތަކާއި، ލަސްކުރި ކުލިތަކާއި، ދައުލަތަށް ދައްކަންޖެހޭ ފައިސާތަކާއި، އަދި ބޮޑުކުރި ޓެކްސްގެ ފައިދާ މިހާރު ދައުލަތަށް ލިބެމުންދާއިރު، ރައްޔިތުންގެ އަތްމަތި ދަނީ ހުސްވަމުން ކަމަށާއި ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން އިތުރަށް ނިކަމެތި ވަމުންދާކަމަށް އިމްރާން ވިދާޅުވިއެވެ.

މިސަރަހައްދުގެ ބައެއް ގައުމުތައް ކޮވިޑުގެ ހާލަތުން އަދިވެސް ބޮޑެތި ކަންކަމުން އަރައިނުގަނެވިގެން އެ އުޅެނީ. ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ގެ ސަރުކާރު ނިމުނުއިރު ކޮވިޑްގަ ދިމާވި ހުރިހާ ބޮޑެތި ދަތިތަކަކުން ހިންދެމިލެވިފަ އޮތީ، ކޮވިޑް ތެރޭގަ ދޫކުރި ލޯނުތަކާ، ލަސްކުރި ކުލިތަކާ، ދައުލަތަށް ދައްކަންޖެހޭ ފައިސާތަކާ، މިހުރިހާ ކަމެއްގެ ފައިދާ، މިހުރިހާ ފައިސާއެއްް ދައުލަތައް ވަނީ 2024 ގަ، ރައީސް މުއިއްޒުގެ ވެރިކަމުގަ. ނަމަވެސް ދިވެހި ރައްޔިތުން މިހާރު ތިބީ ކޮވިޑުގެ ތެރޭގައި ތިބި ހާލަތަށްވުރެ ނިކަމެތި ހާލަތެއްގައި. ދައުލަތައް އެތައްގުނައެއްް އިތުރަށް ފައިސާ ވަންނަމުން ދާއިރު ރާއްޖޭގެ ރައްޔިތުން ދުވަހެއް ދުވަހަކަށް ވަނީ ނިކަމެތިވެ އަތްމަތީގައި ހުރި ފައިސާކޮޅު ހުސްވަނީ، ތަކެތީގެ އަގު އިންތިހާއަށް ވަނީ ބޮޑު، ވެރިއެއްގެ ޒިންމާ ރައީސް މުއިއްޒަށް އަދާކުރެވޭތީތޯ މިހެންވަނީ؟. ވެރިއެއްގެ ޒިންމާ ރައީސް މުއިއްޒަށް ރަނގަޅަށް ކިޔާދެވިއްޖެއްޔާ، އެމަނިކުފާނު އަމިއްލައަށް އެބަޖެހިވަޑައިގަންނަވާ ތިމަންނައަށް އެޒިންމާ އަދާނުކުރެވޭކަން ގަބޫލު ކުރަށްވާ ގެޔަށްވަޑައިގަންނަވަން.
އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ

މިއަދު ވެރިޔަކަށް ހުންނެވި ރައީސް މުއިއްޒު، ވެރިއެއްގެ ޒިންމާ އަދާނުކުރައްވާ އެ ޒިންމާ އަށް ޚިޔާނާތްތެރިވެ ރައްޔިތުންނަށް އޮޅުވާލަމުންދާތީ، މިސަރުކާރަށް ވޯޓުދިން މީހުންގެ ތެރެއިން ގިނަ މީހުން މީހުން މާޔޫސް ވެފައިވާކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ރައީސް މުއިއްޒު ވެރިކަމަށް ގެނައުމަށް ވޯޓު ދިނީމޭ ބުނަަންވެސް ލަދުގަންނަ ހާލަތަައް ސަރުކާރުގެ ކަންކަން މިހާރު ގޮސްފައިވާކަމަށް އިމްރާން ވިދާޅުވިއެވެ. ރައީސް މުއިއްޒުގެ ނޭއްގާނީ ސިޔާސަތުތަކުގެ ސަބަބުން، މިހާ ނާގާބިލު ވެރިޔަކު ހޮވުނީ ތިމަންނާމެންގެ ސަބަބުންނޭ ބުނަން އެފަރާތްތަކުން ހަގީގަތުގަވެސް ދެރަވެ ލަދުގަނެ، ޖެހިލުންވާކަމަށެވެ.

ވެރިއެއްގެ އެންމެ މުހިންމު އެއް ސިފައަކީ ރައްޔިތުންނަށް ތެދުވެރިވުމާއި އިޚްލާޞްތެރިވުންކަމަށް އިމްރާން ފާހަގަކުރެއްވިއެވެ. ނަމަވެސް މިއަދު މިފެނިގެންދަނީ ވެރިމީހާގެ މަސްއޫލިއްޔަތު ނުއުފުއްލަވާ، އެ ޒިންމާއަށް ޚިޔާނާތްތެރިވެ، ރައްޔިތުންނަށް އިހުމާލެވެފަވާ މަންޒަރުކަމަށް އިމްރާން ވިދާޅުވިއެވެ. އިމްރާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މުޅި ދައުލަތް މިހާރު ވަނީ ދަރަނިވެރިވެ، ބިކަވެފައެވެ. އަދި ރައްޔިތުންނަށް ލިބެންވާ ފައިސާ ސަރުކާރުގެ ފަރާތްތަކުގެ އަމިއްލަ މަޞްލަޙަތަށް ބޭނުންކުރަމުންދާ ކަމަށް ވެސް އިމްރާން ތުހުމަތުކުރެއްވިއެވެ.

ރައީސް މުއިއްޒުޝައިޚް އިމްރާން ޢަބްދުﷲ

ކޮމެންޓް

އިތުރަށް ކިޔާލަން

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

މާލޭގައި 49 މަސް ދޯނި މުޒާހަރާކުރަމުން ދަނިކޮށް، ރައީސް މުއިއްޒު ދުވާފަރަށް ގޮސް ތިރީހަކަށް މަސްވެރިންނާ ބައްދަލު ކުރުމުން ޝަކުވާތައް ބަންޑުން ކޮށްލައިފި

13 ޑިސެމްބަރު 2025
ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

ރައީސް މުއިއްޒު، މަސްވެރިންގެ އަޑު އިވޭތޯ؟ އިވެންޏާ ވެސް އަންގާލަދެއްވާ. ނީވެންޏާ ވެސް އަންގާލަދެއްވާ!

13 ޑިސެމްބަރު 2025
ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

ރައީސް މުޢިއްޒު ހުޅުމާލެ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ ކުރިން، ހުޅުމާލެ މަގުތަކުގައި ހުރި ސްޕީޑު ބްރޭކަރުތައް ނަގައިފި

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު