Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އައިޖީއެމްއެޗް

25 ބުރީގެ އިމާރާތުގެ ކޮންކްރިޓް ހުރިހައި މަސައްކަތްތަކެއް ނިމިއްޖެ:އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އާ އިމާރާތަށް "ދަރުމަވަންތަ ހޮސްޕިޓަލް" ގެ ނަން ދިނުމަށް ވަނީ ނިންމާފަ

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2017 | ބުދަ 06:04
އައިޖީއެމްއެޗްގެ އާ އިމާރާތް

އައިޖީއެމްއެޗްގެ އާ އިމާރާތް

"ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ" ޤާއިމް ކުރުމަށް އައިޖީއެމްއެޗްގެ ހަދާ 25 ބުރީގެ އިމާރާތުގެ ކޮންކުރިޓް ހުރިހައި މަސައްކަތްތަކެއް ނިމިފައިވާ ކަމަށް އައިޖީއެމްއެޗް ހޮސްޕިޓަލުން ބުނެފިއެވެ.

އެ ޢިމާރާތުގެ މަސައްކަތް މިހާރު ގޮސްފައިވާ ހިސާބާ ގުޅޭ ގޮތުން ރާއްޖެއެމްވީ އަށް މަޢުލޫމާތު ދެއްވަމުން، އައިޖީއެމްއެޗްގެ ޑިރެކްޓަރ ޕަބްލިކް ރިލޭޝަންސް އެންޑް މީޑިއާ، އަޙްމަދު މަޢުސޫމް ވިދާޅުވީ އިމާރާތުގެ ހުރިހައި ޝީޓެއް މިހާރު އަޅާ ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ އިމާރާތުގައި ކުރަން ޖެހޭ އެހެނިހެން މަސައްކަތްތައް ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އެކިއެކި ފަންގިފިލާތަކުގައި ޖަހަން ޖެހޭ ޕާޓްޝަންތައް ޖެހުމުގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށާއި މިހާރު އެ މަސައްކަތް ވެސް 18 ވަނަ ފަންގިފިލާއާ ހަމަ އަށް ކުރެވިފައިވާ ކަމަށް މައުސޫމް ވިދާޅުވިއެވެ.

ރާއްޖެއެމްވީ އަށް މީގެކުރިން ދެއްވި އިންޓަވިއުއެއްގައި މައުސޫމް ވިދާޅުވެފައި ވަނީ "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓަރ" ޤާއިމް ކުރުމަށް އައިޖީއެމްއެޗްގައި ހަދާ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި ޚިދުމަތް ދޭން ފެށުމުން ހޮސްޕިޓަލްގެ ޚިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ ކަމަށެވެ.

މަޢުސޫމް ވިދާޅުވީ، އައިޖީއެމްއެޗްގައި މިހާރު އެންމެ ބޮޑަށް ދިމާވެފައިވާ ދައްޗަކީ ޖާގައިގެ ދަތިކަމާއި އެނދުގެ ދަތިކަން ކަމަށެވެ. ނަމަވެސް އާ އިމާރާތް ނިމި ޚިދުމަތް ދޭން ފެށުމުން އެ ދަތިތަކަށް ވެސް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން އައިޖީއެމްއެޗްގެ ބެޑް ކެޕޭސިޓީ 500 އަށް އިތުރު ވެގްނދާނެކަން މައުސޫމް ފާހަގަ ކުރެއްވިއެވެ.

މައުސޫމް ވިދާޅުވީ އާ ޚިދުމަތްތައް ތަޢާރަފް ކުރެވިގެންދާއިރު އެ ޚިދުމަތްތައް ދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމް ކުރުމަށް ވެސް ޖާގަ ބޭނުންވާ ކަމަށެވެ. އެގޮތުން އާ އިމާރާތާއެކު އެކަމަށް ވެސް ހައްލު ލިބިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މައުސޫމް ވިދާޅުވީ އައިޖީއެމްއެޗްގެ އާ އިމާރާތް ފަރުމާ ކޮށްފައި ވަނީ ހޮސްޕިޓަލުން ދެމުން ގެންދާ ޚިދުމަތްތައް ވަރަށް ބޮޑަށް އިތުރު ކުރެވޭނެ ގޮތަށް ކަމަށެވެ. އެގޮތުން އާ އިމާރާތުން ޚިދުމަތް ދޭން ފެށުމާ އެކު އިތުރު ދެ އެމްއާރުއައި މެޝިނާއި ސީޓީ ސްކޭންގެ ދެ މެސިން ބެހެއްޓިގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ޑޮކްޓަރަށް ދެއްކުމަށް އަންނަ މީހުންނަށް ތަފާތު އެކި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ނަމަވެސް އާ އިމާރާތް ނިމި ޚިދުމަތް ދޭން ފެށުމުން ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުންނަށް މިހާރަށް ވުރެ އަވަހަށް ޚިދުމަތް ލިބި ފަސޭހަ ކަމާއެކު ގިނަ އަދަދެއްގެ ބަޔަކަށް އެއް ފަހަރާ ޚިދުމަތް ދެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން އައިޖީއެމްއެމްޗްގެ އެކި ޑިޕާޓްމެންޓްތަކުން ދެމުން އަންނަ ހުރިހާ ޚިދުމަތެއް ވެސް ދެގުނަ އަށް އިތުރުވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެ އިތުރުން މައުސޫމް ވިދާޅުވީ މިހާރު ބޭނުން ކުރަމުންދާ އިމާރާތުގައި ޑޮކްޓަށް ދެއްކުމަށް އަންނަ ބަލި މީހުން ތިބޭނެ އެކަށީގެންވާ ތަންތަން ގާއިމް ކުރެވިފައި ނެތް ކަމަށާއި ސަބަބަކީ އެ ވަރަށް ޖާގަ ނެތުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އަންނަ ބަލި މީހުން އިށީދެލައިގެން ތިބޭނެ ޖާގަ އާއިމާރާތާ އެކު ގާއިމް ކުރެވިގެންދާނެ ކަމަށާއި އަދި އެންމެން އެއްތަނަކަށް ތޮއްޖެހިގެން ތިބެން ޖެހޭ މައްސަލަ އަށް ވެސް ހައްލު ލިބި، ހިތްހަމަޖެހިގެން ފަސޭހަ ކަމާއެކު ޑޮލްޓަރަށް ދެއްކުމުގެ ކަންކަން ކުރިއަށް ގެންދެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ "ނޭޝަނަލް ޑައިގްނޯސްޓިކް ސެންޓާ" ނިމުމުން އައިޖީއެމްއެޗުން މިހާރު ދެމުން ގެންދާ ހުރިހާ އައުޓް ޕޭޝަންޓް ޚިދުމަތާއި ރާއްޖޭގައި ފަރުވާ ދިނުމަށް ބޭނުންވާ ބަލިތަކުގެ މުހިންމު ހުރިހާ ތަޙްލީލްތަކެއް ހެދޭނޭ އިންތިޒާމް ޤާއިމްކުރެވިގެންދާނެ ކަމަށެވެ. އަދި އިތުރު އާ ޚިދުމަތްތައް ވެސް ތަޢާރަފް ކުރެވޭނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

އެގޮތުން ސްޕޯޓްސް މެޑިސިންގެ ޚިދުމަތާއި ފިޒިއޯތެރެޕީ ހައިދްރޯތެރެޕީ އަދި އިތުރު ޚިދުމަތްތަކެއް އައިޖީއެމްއެޗްއަށް ތަޢާރަފުކުރާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ. ހަމައެހެންމެ ރޭޑިއޮލޮޖީގެ ޚިދުމަތް ވެސް އިތުރަށް ފުޅާވެގެންދާނެ ކަމަށް މައުސޫމް ވިދާޅުވިއެވެ.

މީގެއިތުރުން ނެޝަނަލް ޑައިގްނޯސްޓިކް ޢިމާރާތުގައި ޗައިލްޑް ކެއަރ ސެންޓަރަކާއި، ޖިމާއި، ރިހެބިލިޓޭޝަން ސުއިޓެއް ވެސް ހިމެނެއެވެ. އަދި ހައިޑްރޯ ތެރަޕީ ސުއިޓެއްގެ ގޮތުގައި ބޭނުން ކުރާނެ ސްވިމިންގޕޫ ލް ވެސް ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ 25 ބުރީގެ މި ޢިމާރާތުގެ މަސައްކަތް 2018 ވަނަ އަހަރުގެ ޖޫންމަހުގެ ނިޔަލަށް ނިންމައި، އެތަނުގެ ޚިދުމަތް ޢާއްމުންނަށް ދެއްވަން ފެއްޓުން ކަމަށް މައުސޫމް ވިދާޅުވިއެވެ.

އައިޖީއެމްއެޗް އާ އިމާރާތް އަންނަ އަހަރު ހުޅުވުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާއިރު އެ އިމާރާތަށް " ދަރުމަވަންތަ ހޮސްޕިޓަލް" ގެ ނަމުން ނަމް ދިނުމަށް ނިންމާފައިވާ ކަމުގެ އިޝާރާތެއް ސަރުކާރުން ވަނީ ކޮށްފައެވެ.

އެގޮތުން ޕީޕީއެމްގެ "ރުމާލު 2" ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމީއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވީ 25 ބުރީގެ އިމާރާތުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އަދި އެ އިމާރާތަށް އިޝާރާތް ކުރައްވާ ރައީސް ވިދާޅުވީ "ދަރުމަވަންތަ ހޮސްޕިޓަލް" އަންނަ އަހަރު ހުޅުވޭނެ ކަމަށެވެ. ނަމަވެސް އޭގެ އިތުރު އެއްވެސް ތަފްސީލެއް ރައީސް ޔާމީން ދެއްވާފަ އެއް ނުވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އާޒިމާ ސުޕްރީމް ކޯޓަށް ގެނައުމާ ދެކޮޅަށް ހުރިހާ މަސައްކަތްތަކެއް ކުރާނަން:މަހްލޫފް

އާޒިމާ ސުޕްރީމް ކޯޓަށް ގެނައުމާ ދެކޮޅަށް ހުރިހާ މަސައްކަތްތަކެއް ކުރާނަން:މަހްލޫފް

29 ޖުލައި 2017
25 ބުރީގެ އިމާރާތް ނިމުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ: އައިޖީއެމްއެޗް

25 ބުރީގެ އިމާރާތް ނިމުމުން ހޮސްޕިޓަލްގެ ހިދުމަތްތައް ތިން ގުނަ އަށް އިތުރުވެގެންދާނެ: އައިޖީއެމްއެޗް

26 ޖޫން 2017
ޕޮލިސް ފްލެޓް އިމާރާތްކުރަން އުޅުނު ބިދޭސީއަކު އިމާރާތުގެ މަތިން ވެއްޓި މަރުވެއްޖެ

ޕޮލިސް ފްލެޓް އިމާރާތްކުރަން އުޅުނު ބިދޭސީއަކު އިމާރާތުގެ މަތިން ވެއްޓި މަރުވެއްޖެ

22 ޖޫން 2017
އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ

އައިޖީއެމްއެޗްގެ 25 ބުރީގެ އިމާރާތުގެ މަސައްކަތް ނިމި އަންނަ އަހަރުގެ ޖޫން މަހު ހިދުމަތް ދޭން ފެށޭނެ

19 ޖޫން 2017
ވެލާނާ އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތުގެ މަސައްކަތް ފަށައިފި

ވެލާނާ އެއާޕޯޓުގައި ހަދާ ރެސްޓޯރެންޓް އިމާރާތުގެ މަސައްކަތް ފަށައިފި

18 ޖޫން 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު