Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޑރ. މުޙައްމަދު މުއިއްޒު

ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރާނެ ކަމަށް ރައީސް މުއިއްޒު އަނެއްކާ ވެސް ވިދާޅުވެއްޖެ

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް 3000 ރުފިޔާއަށް ބޮޑުކުރެވޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް, ރާއްޖެ އެމްވީ | 22 އޮކްޓޯބަރު 2025 | ބުދަ 00:46
ރައީސް ޑރ މުހައްމަދު މުއިއްޒު ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ

ރައީސް ޑރ މުހައްމަދު މުއިއްޒު ލ. ގަމުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަނީ

ތެލެސީމިއާ އެލަވަންސް ދޭން ފަށާނެ ކަމަށާއި އެކަނިވެރި މައިންގެ އެލަވަންސް ބޮޑުކުރައްވާނެ ކަމަށާއި އެކަން ބަޖެޓުގައި ވެސް ހިމަނާނެ ކަމަށް ވިދާޅުވެ، ރައީސް ޑރ މުހައްމަދު މުއިއްޒު ކުރިން ވިދާޅުވި ބަސް އަނެއްކާ ވެސް ތަކުރާރު ކުރައްވައިފި އެވެ.

ރައީސް މުއިއްޒު މިފަދައިން ވިދާޅުވީ ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދާ ދަތުރުރުފުޅުގެ ތެރެއިން އެ އަތޮޅު ގަމަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުންނެވެ.

Advertisement - newsAdvertisement

މިއީ ތެލެސީމިއާ އެލަވަންސް ބަޖެޓުގައި ހިމަނާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ފުރަތަމަ ފަހަރެއް ނޫނެވެ. މިދިޔަ އަހަރުގެ ފެބްރުއަރީ މަހު "ރައީސްގެ ޖަވާބު" ސީރީޒްގައި ވެސް މި އަހަރުގެ ބަޖެޓުގައި މިކަން ހިމަނައިގެން ތެލެސީމިއާ ކުދިންނަށް އެލަވަންސް ދޭން ފަށާނެ ކަމަށް ވިދާޅުވެފައި ވެއެވެ. އެހެން ނަމަވެސް އަހަރު ނިމެން ކައިރިވެފައިވާ އިރު އަދިވެސް މުއިއްޒު އެ ވިދަޅުވި ގޮތަށް އަމަލީގޮތުން އެ ވައުދު ތަންފީޒުވާތަން ނުފެނެ އެވެ.

ލ. ގަމު ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، މިހާރު ދޭ އެލެވެންސް ކޮންމެ ދަރިއަކަށް މަހަކު 3،000ރ. ރޭޓުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑުވާނެ ކަމަށެވެ.

ތެލެސީމިއާ ހުންނަ ކުދިންނަށް ސަރުކާރުން މި އަހަރު ދޭން ފަށާނެ ކަމަށް ވިދާޅުވި އެލަވަންސާއި އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ބޮޑުކުރުން އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާ ބަޖެޓުގައި ހިމަނާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އެކަނިވެރި މައިންނާއި ބަފައިންނަށް ދޭ އެލަވަންސް ކޮންމެ ކުއްޖަކަށް 3،000 ރުފިޔާއަށް ބޮޑުކުރެވޭނެ ކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ މި އެލަވަންސް ލިބެންޖެހޭ 5،870 ފަރާތެއް މިހާރު ރަޖިސްޓްރީވެފައިވާ ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

މި އަންނަ އަހަރު ބަޖެޓު ފާސްވެގެން ދިޔުމުން، ޖެނުއަރީ މަހުން ފެށިގެން. ސިންގަލް ޕޭރެންޓު އެލަވަންސް. އެކަނިވެރި މައިންނަށް ދޭ އެލަވަންސް. ކޮންމެ ކުއްޖަކަށް 3،000ރ. އަށް ބޮޑުވެގެންދާނެ. މިގޮތަށް މި ފައިސާ ލިބެންޖެހޭ 5،87 ފަރާތެއް އެބަތިބި.
ރައީސް ޑރ މުހައްމަދު މުއިއްޒު

ރައީސް ވިދާޅުވީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކަނިވެރި މައިންނާއި ބަފައިންގެ އެލެވެންސްގެ އިތުރުން ތެލެސީމިއާ ކުދިންނަށް 1،000ރ. ގެ އެލެވެންސެއް ލިބިގެންދާނެ ކަމަށެވެ.

އަންނަ އަހަރުގެ ބަޖެޓުގައި އެކަނިވެރި މައިންގެ އެލަވަންސަށް 211 މިލިއަން ރުފިޔާ ހިމަނާފައިވާނެ ކަމަށާއި، އަދި އަލަށް ތަޢާރަފުކުރާ ތެލެސީމިއާ އެލަވަންސަށް 11.7 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ. މިވަގުތު ރާއްޖޭގައި 982 ތެލެސީމިއާ ބަލިމީހުން ތިބިކަން ފާހަގަކުރެވެ އެވެ.

އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިންނަށް، ދަރީންގެ ތަރުބިއްޔަތަށްޓަކައި ދޭ މިންވަރު، ޖުމުލަ 12،000 ރުފިޔާ އާ ހަމައަށް، ކޮންމެ ދަރިއަކަށް 3000 ރުފިޔާގެ މަގުން އިތުރުކުރުމަކީ، މުއިއްޒުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދެއް ކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނުގައި ފާހަގަ ކޮށްފައިވާއިރު، ދައުރުގެ ދެވަނަ އަހަރު މިހާރު އަންނަނީ ނިމެމުންކަން ފާހަގަ ކުރެވެއެވެ.

އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، އެކަނިވެރި މައިން ނުވަތަ ބަފައިންގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންގެ އަދަދު ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިދިޔަ ސެޕްޓެމްބަރު މަހު އެކަނި ވެސް 69 ކުދިން އަލަށް ރަޖިސްޓްރީވެފައިވެ އެވެ. އަދި މިދިޔަ އޮގަސްޓް މަހު އެކަނި ވެސް މި ފަދަ ކުދިންނަށް 4.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް އެ އިދާރާއިން ބުނެފައި ވެ އެވެ.

ތެލެސީމިއާ އެލަވަންސްއެކަނިވެރި މައިންގެ އެލަވަންސްލ. ގަންއެންސްޕާރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުރާއްޖޭގެ ބަޖެޓް

ކޮމެންޓް

އިތުރަށް ކިޔާލަން

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

ދުވާފަރު ގައި ގަވާއިދާ ޚިލާފަށް ދޫކޮށްފައި އޮތް ބިމެއް ގައި ޕީއެންސީ އިން ޖަގަހައެއް ހަދައިފި

09 ޑިސެމްބަރު 2025
ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

ރައީސް މުޢިއްޒުގެ ރައްޔިތުންގެ ބައްދަލުވުން: ފުރުސަތު ހޯދަން ޖެހުނީ ހަޅޭ ޖަހައި، އިހުތިޖާޖު ކޮށްގެން

09 ޑިސެމްބަރު 2025
ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

ގޮނޑި ގެއްލޭ އިސްލާހު ފާސްކުރީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުމަށް ކަމަށް ރައީސް ވިދާޅުވުމުން މެންބަރު އަބްދުއްރަޙްމާންގެ ސުވާލެއް

08 ޑިސެމްބަރު 2025
ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

ހަފްތާއަކު ހަތަރު ރޭ ބޯޅަ ކުޅެން އާރަށަށް ވަޑައިގެންނެވޭ، ރައްޔިތަކާ ބައްދަލު ކުރައްވަން ވަގުތެއް ނެތް!

08 ޑިސެމްބަރު 2025
ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

ރައީސް މުއިއްޒު ގެ މެނިފެސްޓޯ އަކީ ގައުމީ ތަރައްގީގެ ޕްލޭން ކަމަށް ވިދާޅުވެ، މެނިފެސްޓޯ ގައި ހުރި ވައުދު ތަކަކީ ޕްލޭނު ގައި ހުންނާނެ ވައުދުތައް ކަމަށް ވިދާޅުވެއްޖެ

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

14 ޖެނުއަރީ
މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން
20251 އަހަރު ކުރިން
ރާއްޖެ

މިނިސްޓަރ އިހްސާން އިންނެވީ ޑީއެންއާރުގެ މީޓީން ރޫމުގައި: މުވައްޒަފުން

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް
20242 އަހަރު ކުރިން
ރާއްޖެ

ބޭކަރީއެއްގެ ޝެފަކު ތައްޔާރުކުރި ކާއެއްޗަކަށް ފާޑުކިއުމުން ޙަމަލާދިން މައްސަލައިގައި ޝެފް 7 އަހަރަށް ޖަލަށް

ބަރަބޯ އޮށުގެ ފައިދާ
20233 އަހަރު ކުރިން
ރިޕޯޓު

ބަރަބޯ އޮށުގެ ފައިދާ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

11 ފަންނާނުންނާއެކު ޕެޓްރޯލް އޮފިސީ ސެލެބްރިޓީ ރޭސް ލޯންޗުކޮށްފި

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ރާއްޖޭގެ އެންމެ ބޮޑު ރިސޯޓް، ރެއަކަށް 80،000 ޑޮލަރު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟
20197 އަހަރު ކުރިން
ރިޕޯޓު

އަރިހުގައި ހުންނަވައި ލަތީފު މަޅާލަން އަތް ނެންގެވުމުން ކޮސްވެއްޖެ!؟

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން
20188 އަހަރު ކުރިން
ރިޕޯޓު

66.38 މިލިއަން ޑޮލަރު: ދިވެހި ދައުލަތުން ކުރި އެންމެ ބޮޑު ވައްކަން

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު