Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ހޮންގްކޮންގް

ހޮންކޮންގ ރަންވޭއިން ކައްސާލައިގެން ކާގޯ މަތިންދާބޯޓެއް މޫދަށް ވެއްޓި ދެމީހަކު މަރުވެއްޖެ

ހޮންކޮންގ އިންޓަނޭޝަނަލް އެއަރޕޯޓުގައި އެމިރޭޓްސް ކާގޯ ބޯޓެއް ކައްސާލައިގެން މޫދަށް ވެއްޓި ސެކިއުރިޓީގެ ދެމުވައްޒަފަކު މަރުވެއްޖެއެވެ. މި ހާދިސާގައި ބޯޓުގެ ހަތަރު ފަޅުވެރިން ސަލާމަތްވިއެވެ.

ދުބާއީން ދަތުރުކުރި އެމިރޭޓްސްގެ ފްލައިޓް އީކޭ 9788 އަށް ހާދިސާ ކުރިމަތިވެ ސެކިއުރިޓީގެ ދެމުވައްޒަފަކު މަރުވި

ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2025 | ހޯމަ 10:01
ހޮންކޮންގްގެ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯ އެއަރ ރަންވޭގައި ޖެއްސުމުގެ ތެރޭގައި ރަންވޭ އިން ކައްސާލައިގެން ބޯޓު މޫދައް ވެއްޓިފައި - އޮކްޓޯބަރު 20 އޮކްޓޯބަރު 2025

ހޮންކޮންގްގެ އިންޓަނޭޝަނަލް އެއާޕޯޓްގެ ކާގޯ އެއަރ ރަންވޭގައި ޖެއްސުމުގެ ތެރޭގައި ރަންވޭ އިން ކައްސާލައިގެން ބޯޓު މޫދައް ވެއްޓިފައި - އޮކްޓޯބަރު 20 އޮކްޓޯބަރު 2025

ހޮންކޮންގ ރަންވޭއިން ކައްސާލައިގެން ކާގޯ މަތިންދާބޯޓެއް މޫދަށް ވެއްޓި ދެމީހަކު މަރުވެއްޖެ އެވެ.

ހާދިސާގައި މަރުވީ ހޮންކޮންގ ވައިގެ ބަނދަރުގެ ސެކިއުރިޓީގެ ދެމުވައްޒަފެއް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެމީހުން މަރުވީ ކާގޯ މަތިންދާބޯޓު ރަންވޭއިން ބޭރަށް ކައްސާލައިގެން ގޮސް ޕެޓްރޯލް ކުރަން އުޅުނު ވެހިކަލްއާ ޖެހުމުގެ ސަބަބުންނެވެ.

ދުބާއީ އިން ދަތުރު ކުރި އެމިރޭޓްސްގެ ފްލައިޓް އީކޭ 9788 އަށް މިހާދިސާ ކުރިމަތިވީ ގާތްގަނޑަކަށް ހެނދުނު 3:50 ގައެވެ. މި ބޯޓު ރަންވޭ އިން ކައްސާލައިގެން ގޮސް، ސަރަޙައްދު ވަކިކުރާ ފެންސް ވައްޓާލައި، ސެކިއުރިޓީ ވެހިކަލް އަކާ ޖެހި، އެ ވެހިކަލް ވެސް މޫދަށް ވެއްޓުނެވެ.

ބޯއިންގ 747 މަތިންދާބޯޓު މޫދަށް ވެއްޓުނު ނަމަވެސް ބޯޓުގައި ތިބި ހަތަރު ފަޅުވެރިން ސަލާމަތްވިއެވެ.

ހާދިސާގައި މަރުވެފައި ވަނީ ދެ ސެކިއުރިޓީ އޮފިސަރުންނެވެ. އެއީ އުމުރުން 30 އަހަރުގެ މީހަކާއި، 41 އަހަރުގެ މީހެކެވެ. މީގެ ތެރެއިން އެކަކު ހަތް އަހަރު އަދި އަނެކަކު 12 އަހަރު ވަންދެން އެއަރޕޯޓުގައި މަސައްކަތް ކޮށްފައިވާއިރު، ދެ މީހުންނަކީ ވެސް ވަރަށް ތަޖުރިބާކާރު ދެ މީހުން ކަމަށް ބުނެފައިވެ އެވެ.

ހާދިސާ އަށް ފަހު ދެ މީހުންގެ ހަށިގަނޑު ހޯދިއިރު ވެސް، ދެ މީހުން ވަނީ މަރުވެފަ އެވެ. ހާދިސާގައި އެކްސިޑެންޓުވި ވެހިކަލް އޮތީ ގޮނޑޮދޮށުން ފަސް މީޓަރު ދުރުން، ހަތް މީޓަރު އަޑީގައި ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެއާޕޯޓު އޮޕަރޭޝަންސްގެ އެގްޒެކްޓިވް ޑިރެކްޓަރު ސްޓީވަން ޔިއު ވިދާޅުވެފައިވާ ގޮތުގައި ހާދިސާ ހިނގިއިރު، ޕެޓްރޯލް ކާރު ދުއްވަމުން ދިޔައީ ރަންވޭއިން ރައްކާތެރި ދުރު މިނެއްގައި، ފެންސުން ބޭރުގައި އޮންނަ މަގުންނެވެ.

މި ހާދިސާއާ ގުޅިގެން މޫސުމުގެ ޙާލަތާއި، ރަންވޭގެ ޙާލަތާއި، މަތިންދާ ބޯޓާއި ކުރޫގެ ޙާލަތު ބަލައި ތަހުގީގު ކުރިއަށް ގެންދަމުން އަންނަ ކަމަށް އޮފިޝަލުން ވަނީ ހާމަ ކޮށްފަ އެވެ. އެކަމާ ގުޅިގެން ފުލުހުން ބުނެފައި ވަނީ ޖިނާއީ ތަހުގީގެއް ކުރިއަށް ގެންދިޔުމުގެ ފުރުސަތު ވެސް އެކަމުގައި އޮތް ކަމަށެވެ.

ބީބީސީ އަށް މައުލޫމާތު ދެމުން އެމިރޭޓްސް އިން ބުނެފައި ވަނީ ބޯއިންގް 747-481 ކާގޯ މަތިންދާ ބޯޓަކީ ޓާކިޝް ކެރިއާ އެކްޓް އެއާލައިންސް އިން ވެޓް ލީސް ކޮށްފައިވާ ބޯޓެއް ކަމަށެވެ. ބޯޓުގައި އެއްވެސް ކާގޯއެއް ނެތް ކަމަށާއި، ކުރޫ މެމްބަރުން ރައްކާތެރި ކަމާ އެކު ސަލާމަތްވެފައިވާ ކަމަށް ވެސް ވަނީ ހާމަ ކޮށްފަ އެވެ

މިއީ ރަނގަޅު ސަލާމަތީ ރެކޯޑެއް އޮތް ހޮންކޮންގ އިންޓަރނޭޝަނަލް އެއަރޕޯޓުގައި މި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި ވައިގެ ދަތުރުފަތުރުގެ ހާދިސާތަކުގެ ތެރެެއިން ހާދިސާ އެކެވެ.

ހޮންގްކޮންގްއެމިރޭޓްސްކާގޯ މަތިންދާބޯޓުބޯއިންގ 737

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

27 ނޮވެމްބަރު 2025
އެމިރޭޓްސް ފްލައިޓްތަކުން ވޯކީޓޯކީ އާއި ޕޭޖަރު މަނާކޮށްފި

އެމިރޭޓްސް ފްލައިޓްތަކުން ވޯކީޓޯކީ އާއި ޕޭޖަރު މަނާކޮށްފި

05 އޮކްޓޯބަރު 2024
އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

22 މެއި 2024
ސްމަގްލް ކޮށްގެން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ރަން ހޮންގކޮންގ ގެ އިދާރާތަކުން ހިފަހައްޓައިފި

ސްމަގްލް ކޮށްގެން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ރަން ހޮންގކޮންގ ގެ އިދާރާތަކުން ހިފަހައްޓައިފި

09 އެޕްރީލު 2024
ހޮންގކޮންގއަށް ފަތުރުވެރިން ގެންދިއުމަށް ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ދެނީ

ހޮންގކޮންގއަށް ފަތުރުވެރިން ގެންދިއުމަށް ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ދެނީ

04 ފެބުރުއަރީ 2023

އަހަރުތަކުން މިއަދު

22 މެއި
ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި
20251 އަހަރު ކުރިން
ދުނިޔެ

ހުކުރު ދުވަހު ހެނދުނު ޔަމަނުން އިސްރާއީލަށް މިސައިލު ހަމަލާ އެއް ދީފި

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ދާއިމީ އެކަނިވެރިކަމުން ސިކުނޑިއަށް ބޮޑު ގެއްލުމެއް... ދެވޭ ލަފާއަކީ އެންމެ ރަނގަޅު ހައްލުބާ؟

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

ނިލަންދޫ ދާއިރާގެ މެންބަރު މުހުސިން އެމްޑީޕީއަށް ސޮއިކުރައްވައިފި

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ
20224 އަހަރު ކުރިން
ރިޕޯޓު

މާވިން: މީހަކު ހޭނައްތާލާނެ ގޮތް ފޯނުން ސާރޗް ކުރީ ބަޔަަކު ބިރުދަައްކާތީ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ބްލެކް ފަންގަސް ފެތުރެމުން ދަނިކޮށް ވައިޓް ފަންގަސް ވެސް ފެނިއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް
20197 އަހަރު ކުރިން
ރާއްޖެ

ބިދޭސީން ގަވާއިދާ ހިލާފަށް މަސައްކަތް ކުރަނީ އެ މީހުން ގެންނަ މީހާގެ އިހުމާލުން: ތޮލާލް

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!
20188 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުރުނބާގެ އަގު ބޮޑުވިއިރު ކޮޕީ ފަތް ލިބުމަށް ދަތިވެއްޖެ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު