Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެހޮންގކޮންގ އިން ރަން ސްމަގްލް ކުރުން

ސްމަގްލް ކޮށްގެން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ރަން ހޮންގކޮންގ ގެ އިދާރާތަކުން ހިފަހައްޓައިފި

ބޭރަށް ފޮނުވަން ތައްޔާރު ކުރި ދެކޮމްޕރެސަރު ރަގަޅަށް ބެލިއިރު ދޭތީގެވެސް އެތެރޭގެ ބައިތައް ހުރީ ރަނުން ހަދާފަ ކަމަށް ހޯމަ ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ފާޠިމަތު ޒުހައިރާ
ފާޠިމަތު ޒުހައިރާ | 9 އެޕްރީލު 2024 | އަންގާރަ 16:53
ރަނުން ބައިތައް ހަދާފައިވާ ދެ ކޮމްޕްރެސަރު

ރަނުން ބައިތައް ހަދާފައިވާ ދެ ކޮމްޕްރެސަރު

ސްމަގްލް ކޮށްގެން ބޭރު ކުރަން އުޅުނު ގިނަ އަދަދެއްގެ ރަން، ހޮންގކޮންގ ގެ އިދާރާތަކުން ހިފަހައްޓައިފިއެވެ. ރަން ސްމަގްލް ކުރުމުގެ އެންމެ ބޮޑު ހާދިސާގައި 146 ކިލޯގެ ރަން ފެނިފައިވަނީ އެއިން މެޝިންގެ ބައިބައި ހަދައިގެން ވަގަށް ބޭރުކުރަން މަސައްކަތް ކުރަނިކޮށެވެ.  މިއީ މިގޮތަށް މިހާތަނަށް އަތުލައިގަނެވުނު އެންމެ ގިނަ ރަން ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އަތުލައިގަނެވުނު ރަނުގެ އަގު 10 މިލިއަން ޑޮލަރަށް އަރާއިރު، މިކަން ކުރުމުގައި އިސްކޮން ހަރަކާތްތެރިވި 31 އަހަރުގެ ފިރިހެނަކު ވަނީ ހައްޔަރުކޮށް ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ.

ހޮންގކޮންގ ގައި ސްމަގްލް ކުރުމަކީ ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ. މިގޮތުން ހަތް އަހަރު ދުވަހާހަމަޔަށް ޖަލު ހުކުމް ކަނޑައެޅިފައި ވެއެވެ.

މިފެނުނު ރަނުގެ މައްސަލައިގައި ކަސްޓަމް އޮފިޝަލުން ބުނެފައިވަނީ މިޖަރީމާ ހާމަވެފައިވަނީ ޖަޕާނަށް ފޮނުވަން ތައްޔާރު ކޮށްފައިވާ ދެ އެއާ ކޮންޕްރސަރ ޗެކް ކުރަން އުޅުމުގެ ތެރޭގައި، ފެނުނު ތަކެތީގައި އާދަޔާޚިލާފް "ޓެކްސްޗަރ" އަކާ ބަރުދަނެއް ހުރުމުން ޝައްކު ވެގެން ބެލުމުންނެވެ. ރަގަޅަށް ބެލިއިރު ދޭތީގެވެސް އެތެރޭގެ ބައިތަކާ ގިއަރުތައް، އިސްކުރުތައް އަދި މޯޓަރުގެ އެކިބައިތައް ހުރީ ރަނުން ހަދާފަ ކަމަށް ހޯމަ ދުވަހު ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވެއެވެ.

ހޮންގކޮންގ ގެ ކަމާބޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި މިއީ ޖަޕާނުގެ ބަޔަކު އަޑީގަ ތިބެގެން ޓެކްސް އިން ބަރީއަ ވުމަށް ހިންގާފައިވާ ޖަރީމާއެއް ކަމަށް ބެލެވެއެވެ.

ހޮންގކޮންގ އަކީ ރަނުގެ ވިޔަފާރި އެންމެ ފުޅާ ދާއިރާއެއްގައި ކުރާ އެއްގައުމެވެ. ނަމަވެސް ޖިއޯ ޕޮލިޓިކަލް މައްސަލަތަކާހެދި އެގައުމުގައިވެސް ރަނުގެ އަގު އަންނަނީ އުފުލެމުންނެވެ.

ސްމަގްލް ކުރުން ހޮންގްކޮންގް

އިތުރަށް ކިޔާލަން

27 ނޮވެމްބަރު 2025

ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ

27 ނޮވެމްބަރު 2025
ހޮންކޮންގް ގެ އެޕާޓްމަންޓް ކޮމްޕްލެކްސް އެއް ގައި ހިނގި އަލިފާނުގެ ބޮޑު ހާދިސާގައި މަރުވި މީހުންގެ އަދަދު 44 އަށް އަރައި، ތިން ސަތޭކަ އަށް ވުރެ ގިނަ މީހުން ގެއްލިއްޖެ
20 އޮކްޓޯބަރު 2025

ހޮންކޮންގ ރަންވޭއިން ކައްސާލައިގެން ކާގޯ މަތިންދާބޯޓެއް މޫދަށް ވެއްޓި ދެމީހަކު މަރުވެއްޖެ

20 އޮކްޓޯބަރު 2025
ހޮންކޮންގ ރަންވޭއިން ކައްސާލައިގެން ކާގޯ މަތިންދާބޯޓެއް މޫދަށް ވެއްޓި ދެމީހަކު މަރުވެއްޖެ
15 އޮކްޓޯބަރު 2025

ގަވައިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓް ކޮންޓޭނަރެއް ލަންކާ ކަސްޓަމްސް އިން ނައްތާލައިފި

15 އޮކްޓޯބަރު 2025
ގަވައިދާ ޚިލާފަށް އެތެރެކުރި ސިނގިރޭޓް ކޮންޓޭނަރެއް ލަންކާ ކަސްޓަމްސް އިން ނައްތާލައިފި
04 ފެބުރުއަރީ 2023

ހޮންގކޮންގއަށް ފަތުރުވެރިން ގެންދިއުމަށް ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ދެނީ

04 ފެބުރުއަރީ 2023
ހޮންގކޮންގއަށް ފަތުރުވެރިން ގެންދިއުމަށް ފަސްލައްކަ އެއާލައިން ޓިކެޓް ހިލޭ ދެނީ
16 އެޕްރީލު 2021

ހޮންކޮންގ ގެ ބިލިއަނަރ ޖިމީ ލައި 14 މަހަށް ޖަލަށް

16 އެޕްރީލު 2021
ހޮންކޮންގ ގެ ބިލިއަނަރ ޖިމީ ލައި 14 މަހަށް ޖަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު