Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ކަސްޓަމްސް

ސިނގިރެޓް ވައްކަން: "ފުޓޭޖްތައް 3 މަސް ވަންދެން ހުންނާނެ، މިއީ އާދައިގެ ބަޔަކަށް ވާނެ ކަމެއް ނޫން."

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ސިނގިރެޓް ކޮންޓެއިނަރު ދެ ކޮންޓެއިނަރު ހުޅުމާލެ ޕޯޓަލުން ވަގަށް ވަނީ ނަގާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 އޮކްޓޯބަރު 2025 | ހުކުރު 06:50
އެމްޕީއެލްގެ ކުރީގެ ބޯޑު މެމްބަރު އިބްރާހިމް އަބްދުﷲ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

އެމްޕީއެލްގެ ކުރީގެ ބޯޑު މެމްބަރު އިބްރާހިމް އަބްދުﷲ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަނީ

ވަގަށް ނެގި 13 މިލިއަން ސިނގިރެޓް ކޮންޓެއިނަރތައް ވަގަށް ނަގާފައި ވާ ސަރަހައްދުގެ ސަލާމަތީ ކަންކަމަށް ބަލާއިރު މިއީ އާދައިގެ ބަޔަކަށް އެކަނި ކުރެވޭނެ ވައްކަމެއް ނޫން ކަމަށް އެމްޕީއެލްގެ ކުރީގެ ބޯޑު މެމްބަރު އިބްރާހިމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

Advertisement - newsAdvertisement

ރާއްޖެ އަށް ގަވައިދާއި ޚިލާފަށް އެތެރެކުރަން އުޅުނު ސިނގިރެޓް ކޮންޓެއިނަރތަކެއް ވަގަށް ނެގީ ދައުލަތުގެ ބެލުމުގެ ދަށުގަ ހުއްޓާ އެވެ. ދެ ކޮންޓެއިނަރގެ ސިނގިރެޓް ވަގަށް ނެގީ އެމްޕީއެލްގެ ބެލުމުގެ ދަށުން ހުޅުމާލެ ޕޯޓަލްގައި ބަހައްޓާފައި ހުއްޓާއެވެ.

މި ކޮންޓެއިނަރތައް ގެއްލުނު ތަނަކީ ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ފުރިހަމަކުރަން ޖެހޭ ވަރަށް ގިނަ ކަންކަން ފުރިހަމަކޮށްފައި ހުރި ތަންތަން ކަމަށާއި އެތަނުން އެއްޗެއް ގެއްލުމަކީ ނުވަތަ ވަގަށް ނެގުމަކީ އިއްތިފާގެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. މިއީ ބަޔަކު ރާވައިގެން ހިންގާފައިވާ ބޮޑު ޖަރީމާ އެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ. އެތަނުގެ ވީޑިއޯ ކަސްޓަމްސް އަށް ވެސް ފެންނަން ހުންނާނެ ކަމަށާއި އެތަނުގެ ފުޓޭޖްތައް ގެއްލުވާލުމަކީ އެއީ އާދައިގެ ސްޓާފުންތަކަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އިބްރާހިމް އަބްދުﷲ ވިދާޅުވީ މިފަދަ މުދާތައް ބަހައްޓަން ޖެހޭ އުސޫލުތައް ބަޔާންކޮށް، ކޮންމެ ކަމަކަށް ވަރަށް ސާފު އެސްއޯޕީތަކެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި ތަނުގެ އަލިކަން ހުންނަން ޖެހޭ މިންވަރާއި، ތަނުގެ ކެމެރާތައް ހުންނަ މިންވަރަށް ވެސް ވަކި އުސޫލުތަކެއް ކަނޑައެޅިފައިވާތީ މިފަދަ ވައްކަމެއް ކުރެވޭނީ ވަރަށް ފުޅާކޮށް އެކަން ރާވާ ވިލަރެސްކޮށްގެން ކަން އޭނާގެ ވާހަކައިގައި ވަނީ ފާހަގަކުރައްވާފައެވެ.

"އެމްޕީއެލް އިން މިދިޔަ ވެރިކަމުގައި ހުޅުމާލެ ފަޅި ދޯދިޔާ ވީމަ، އެކަން ހަރުދަނާ ކުރީ. އެތާ ހުންނަ ކެމެރާތައް އެއީ ކުޅޭ ކުޅޭ އެއްޗިއްސެއް ނޫން. އެ ނިވައެއް ނުލެވޭނެ. ސަރވަރގެ އެކްސެސް ވެސް ހުންނާނީ ވަރަށް މަދު ބަޔަކަށް." އޭނާ ވިދާޅުވިއެވެ.

އެ ތަނުގެ ކެމެރާ ސިސްޓަމް އަކީ ބެކަޕް ވެސް ހުރި ކެމެރާ ސިސްޓަމްތައް ކަަމަށާއި 3 މަސް ދުވަހުގެ ރެކޯޑިން އާއި ފުޓޭޖް ހުންނަ ގޮތަށް ތަނުގެ ވީޑިއޯ ރެކޯޑް ސިސްޓަމްގެ އިންތިޒާމްތައް ނިމިދިޔަ ސަރުކާރުން ހަމަޖައްސާފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އިބްރާހިމް އަބްދުﷲއެމްޕީއެލްސިނގިރޭޓް ވައްކަންކަސްޓަމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

ވިލިމާލެ ޕޮލިސް ސްޓޭޝަނުން ސިނގިރޭޓް ކާޓަންތަކެއް ވަގަަށްނެގި މައްސަލައި ގައި، ސީނިއަރ ސާޖަންޓް މުނައްވަރު ހައްޔަރުކޮށްފި

08 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025
ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަ ތަކެތި ވަގައް ނަގާތީ ފާޑު ކިޔުން ބޮޑުވެއްޖެ، ފުލުހުން ބުނީ އިތުބާރު ގެއްލުވާލަން ފުރުސަތު ނުދޭނެ ކަަމަށް

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

20 ޖޫން
އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!
20251 އަހަރު ކުރިން
ދުނިޔެ

އިސްރާއީލުން އަވަހާރަ ކޮށްލި ކަމަށް ބުނި އީރާނުގެ ލީޑަރުގެ މުޝީރު ދުނިޔޭގައި އެބަ ހުންނެވި!

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި
20242 އަހަރު ކުރިން
ރާއްޖެ

އީދު މިސްކިތުން މި މަހު އެކަނި 10 ފަންކާ ވަގަށް ނަގައިފި

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް
20233 އަހަރު ކުރިން
ރާއްޖެ

މާދަމާގެ ޖަލްސާއަކީ އިދިކޮޅުން އެދިގެން ކަމެއް ހާސިލްކުރަން ބާއްވާ ޖަލްސާއެއް - އަސްލަމް

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ
20224 އަހަރު ކުރިން
ރާއްޖެ

ޔޯގާ ހަރަކާތުގެ ހަމަނުޖެހުމުގައި ސިޔާސީ ޕާޓީއެއްގެ ބައިވެރިވުން އޮތްނަމަ ފިޔަވަޅުއަޅާނަން: އީސީ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ
20215 އަހަރު ކުރިން
ރާއްޖެ

ރައީސް ސާލިހުގެ ކޮއްކޯފުޅު އަހުމަދު މުހައްމަދު ސާލިހު އަވަހާރަވެއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ
20197 އަހަރު ކުރިން
ރާއްޖެ

ޝޯ ފެށުމުގެ ކުރިން ޑާންސް އިންޑިއާ ޑާންސްގެ ހޯސްޓް ޝޯއިން ވަކިވެއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!
20188 އަހަރު ކުރިން
ރާއްޖެ

މަހެއް ފަހުން އަދީބަށް ދިން އާއިލީ ބައްދަލުވުން: ބިއްލޫރި ދޮރެއްގެ ބިއްދޮށުން ފޯނުގެ އަތްގަނޑުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު